Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމޫސުމީ ކާރިސާ

ފެންބޮޑުވުމުގެ ކާރިސާއާ ގުޅިގެން ނޭޕާލަށް އދ. އިން 20 މިލިޔަން ޑޮލަރު ދެނީ

23 އޮކްޓޯބަރު 2026 | ހުކުރު 09:18

ނޭޕާލަށް އޮގަސްޓު މަހު ކުރިމަތިވި ފެންބޮޑުވުމުގެ ކާރިސާގައި 1،500 އަށްވުރެ ގިނަ މީހުން މަރުވެ، އުމްރާނީ ވަސީލަތްތަކަށް 2.7 ބިލިޔަން ޑޮލަރުގެ ބޮޑު ގެއްލުމެއް ލިބިފައިވޭ. މި ގެއްލުންތަކުން އަރައިގަތުމަށް 4.7 ބިލިޔަން ޑޮލަރު ބޭނުންވާނެ ކަމަށް އަންދާޒާކުރެވޭއިރު، މިއީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވި ކާރިސާއެއް ކަމަށް އެ ޤައުމުގެ ބޮޑުވަޒީރު ވަނީ ވިދާޅުވެފައި

ނިއުސް ޓީމް
ނިއުސް ޓީމް | 23 އޮކްޓޯބަރު 2026 | ހުކުރު 09:18
ނޭޕާލްގެ ފަރުބަދަމަތީ ސަރަހައްދުތަކުގައި ހިނގި ފެންބޮޑުވުމުގެ ހާދިސާގައި ގެއްލުން ލިބިފައިވާ އިމާރާތްތަކެއް ހުރި ސަރަހައްދެއް

ނޭޕާލްގެ ފަރުބަދަމަތީ ސަރަހައްދުތަކުގައި ހިނގި ފެންބޮޑުވުމުގެ ހާދިސާގައި ގެއްލުން ލިބިފައިވާ އިމާރާތްތަކެއް ހުރި ސަރަހައްދެއް | ރޮއިޓަރސް

ޗައިނާގެ ޓިބެޓް ސަރަހައްދާއި ނޭޕާލް ގުޅޭ ސަރަހައްދީ ރޮނގު ކައިރިއަށް އޮގަސްޓު މަހު ހިނގި ފެންބޮޑުވުމުގެ ހާދިސާއާ ގުޅިގެން، އދ. ގެ ކްލައިމެޓް ލޮސް އެންޑް ޑެމޭޖް ފަންޑުން އެ ޤައުމަށް އެހީގެ ގޮތުގައި 20 މިލިޔަން ޑޮލަރު ލިބޭނެ ކަމަށް، ބުރާސްފަތި ދުވަހުގެ ރޭ އެ ޤައުމުގެ ސަރުކާރުން ބުނެފި އެވެ.

އޮގަސްޓު މަހުގެ 26 ވަނަ ދުވަހު ހިނގި ފެންބޮޑުވުމުގެ ހާދިސާގައި ގާތްގަނޑަކަށް 1،500 މީހުން މަރުވެފައިވާއިރު، 5،000 އަށްވުރެ ގިނަ މީހުން އަދިވެސް ވަނީ ގެއްލިފަ އެވެ. މި ހާދިސާގައި 15،000 އާއިލާއަކުން ގާތްގަނޑަކަށް 60،000 މީހުންނަށް އަސަރުކޮށްފައިވާ ކަމަށް ރަސްމީ ތަފާސްހިސާބުތަކުން ދައްކަ އެވެ. އަދި، މަގުތަކާއި ފާލަންތަކާއި މަދަރުސާތައް އަދި ފެނުން ހަކަތަ އުފައްދާ 13 ޕްލާންޓް ހިމެނޭހެން އުމްރާނީ ވަސީލަތްތަކަށް ގާތްގަނޑަކަށް 2.7 ބިލިޔަން ޑޮލަރުގެ ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް ވެސް ރަސްމީ ހިސާބުތަކުން ދައްކަ އެވެ.

Advertisement - worldAdvertisement

އަލުން އާރާސްތުކުރުމުގެ މަސައްކަތްތަކުގެ ޚަރަދު 4.7 ބިލިޔަން ޑޮލަރަށް ވުރެ މައްޗަށް އަރާފާނެ ކަމަށް ރަސްމީ އިދާރާތަކުން އަންދާޒާކޮށްފައިވެ އެވެ. ނަމަވެސް، ފެންބޮޑުވުމުގެ ގެއްލުންތައް ފޫބެއްދުމަށް ނޭޕާލަށް ބޭނުންވާ ޖުމްލަ ޚަރަދާ އަޅާބަލާއިރު، އދ. އިން ދޭ މި މޫސުމީ އެހީއަކީ އެންމެ %1 އަށްވުރެ ވެސް ކުޑަ މިންވަރެއް ކަމަށް މަސްރަހުގެ ދާރިސުން ފާހަގަކުރައްވަ އެވެ.

ފަންޑް ފޯ ރެސްޕޮންޑިންގ ޓު ލޮސް އެންޑް ޑެމޭޖްއިން (އެފްއާރްއެލްޑީ) ލިބޭ މި އެހީގެ ބޭނުމަކީ "މޫސުމީ ކާރިސާތަކުގެ ސަބަބުން ލިބުނު ބޮޑެތި ގެއްލުންތަކަށް ހައްލު ހޯދުމަށް އެހީތެރިވުން" ކަމަށް، ނޭޕާލްގެ ދަނޑުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުންޏެވެ. ނޭޕާލުން މި އެހީއަށް އެދިފައި ވަނީ، ފެންބޮޑުވިތާ ހަފުތާއެއްހާ ދުވަސް ވެސް ނުވަނީސް، އޮގަސްޓު މަހުގެ ތެރޭގައި އެފްއާރްއެލްޑީއަށް ފޮނުވި ސިޓީއެއް މެދުވެރިކޮށެވެ.

ނޭޕާލުން ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ މިންވަރު ނިސްބަތުން ކުޑަ ނަމަވެސް، ފެންބޮޑުވުމުގެ މި ހާދިސާއަކީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ކުރިމަތިވި ކަމެއް ކަމަށާއި، މި ކާރިސާއަކީ މުޅި ދުނިޔެއަށް ދިން އިންޒާރެއް ކަމަށް، އުމުރުން 36 އަހަރުގެ ބޮޑުވަޒީރު ބަލެންދުރަ ޝާހު ސެޕްޓެންބަރު މަހު އދ. ގައި ކުރެއްވި ފުރަތަމަ ތަޤުރީރުގައި ވިދާޅުވި އެވެ.

ޓިބެޓްނޭޕާލްކްލައިމެޓް ލޮސް އެންޑް ޑެމޭޖް ފަންޑްއދކްލައިމެޓް ޗޭންޖް

އެންމެ ހިނގާ

1

ވިންޑްސަރ ގަނޑުވަރުގައި ރަސްގެފާނު ޗާލްސް އަރަބި ބަހުން ވިދާޅުވީ މާތް ނަބިއްޔާގެ ހަދީސްފުޅެއް!

2

ބިމުގެ އަޑީގައިވާ އީރާންގެ ނިއުކްލިޔަރ މަރުކަޒުތައް ނައްތާލަން އެމެރިކާއާއި އިސްރާއީލުން ތައްޔާރުވަނީ!

3

މުއިއްޒު އާއި އެކު ޝެހެބާޒް ދެއްވި ރަސްމީ ސްޓޭޓްމަންޓުގައި ކަޝްމީރުގައި ވަކި ދައުލަތެއް ބިނާކުރުމަށާއި، ސިންދު ކޯރުގެ މައްސަލައިގައި ރަތްރޮނގު ހުރަސްކުރާނަމަ ހަނގުރާމައަކަށް ދާންޖެހިދާނެކަމުގެ އިންޒާރު!

4

ސުލްހައިގެ އުންމީދުތައް ވިއްސިވިހާލި: އެތައް ސަތޭކަ ޑްރޯނާއި މިސައިލް ހަމަލާތަކުން މޮސްކޯ އަދި ކީވް ސިއްސުވާލައިފި!

5

ރައީސް އޮފީސް، މަޖިލިސް އަދި ސުޕްރީމް ކޯޓުގައި ހުޅުޖަހާ ވާހަކަ ދެއްކި ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޒިހާން ހައްޔަރު ކޮށްފި

އިތުރަށް ކިޔާލަން

23 އޮކްޓޯބަރު 2026

ޓިބެޓަށް އައި ބިންހެލުމާއެކު އިމާރާތްތައް ވެއްޓުމުގެ ބިރު: އެތައް ހާސް ބަޔަކު ރައްކާތެރި ހިސާބުތަކަށް

23 އޮކްޓޯބަރު 2026
ޓިބެޓަށް އައި ބިންހެލުމާއެކު އިމާރާތްތައް ވެއްޓުމުގެ ބިރު: އެތައް ހާސް ބަޔަކު ރައްކާތެރި ހިސާބުތަކަށް
23 އޮކްޓޯބަރު 2026

އެލް-ނީނޯގެ ބާރުގަދަވެ ކުރިއަށް އޮތް އިރުވައި މޫސުމުގައި ރާއްޖޭގެ ހޫނުމިން އާދަޔާ ހިލާފަށް މަތިވާނެ ކަމަށް ލަފާކުރެވޭ: މެޓް

23 އޮކްޓޯބަރު 2026
އެލް-ނީނޯގެ ބާރުގަދަވެ ކުރިއަށް އޮތް އިރުވައި މޫސުމުގައި ރާއްޖޭގެ ހޫނުމިން އާދަޔާ ހިލާފަށް މަތިވާނެ ކަމަށް ލަފާކުރެވޭ: މެޓް
21 އޮކްޓޯބަރު 2026

އިންޑިޔާގެ މުޒާހަރާތަކާ ދެކޮޅަށް "ހާލަތާ ނުބައްދަލު ބާރު" ގެ ބޭނުންކުރުން ހުއްޓާލަން އދ. އިން ގޮވާލައިފި

21 އޮކްޓޯބަރު 2026
އިންޑިޔާގެ މުޒާހަރާތަކާ ދެކޮޅަށް "ހާލަތާ ނުބައްދަލު ބާރު" ގެ ބޭނުންކުރުން ހުއްޓާލަން އދ. އިން ގޮވާލައިފި
17 އޮކްޓޯބަރު 2026

ރަޝިޔާގެ ހަމަލާތަކުގައި ޔޫކްރެއިންގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑި، ގިނަ އަދަދެއްގެ އާންމުން މަރުވެއްޖެ

17 އޮކްޓޯބަރު 2026
ރަޝިޔާގެ ހަމަލާތަކުގައި ޔޫކްރެއިންގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑި، ގިނަ އަދަދެއްގެ އާންމުން މަރުވެއްޖެ
10 އޮކްޓޯބަރު 2026

ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރެމުންދާދިއުމާ މެދު ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި

10 އޮކްޓޯބަރު 2026
ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރެމުންދާދިއުމާ މެދު ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި
03 އޮކްޓޯބަރު 2026

އިސްރާއީލްގެ ޗެކްޕޮއިންޓްތަކުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުންގެ ދިރިއުޅުމަށް ހުރަސްއެޅިފައި: އަލްބަނޭޒޭ

03 އޮކްޓޯބަރު 2026
އިސްރާއީލްގެ ޗެކްޕޮއިންޓްތަކުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުންގެ ދިރިއުޅުމަށް ހުރަސްއެޅިފައި: އަލްބަނޭޒޭ
29 ސެޕްޓެމްބަރު 2026

ޓޯކިޔޯއަށް ވިއްސާރަ އަލިނުވާތާ 34 ދުވަސް، މިއީ ރެކޯޑެއް!

29 ސެޕްޓެމްބަރު 2026
ޓޯކިޔޯއަށް ވިއްސާރަ އަލިނުވާތާ 34 ދުވަސް، މިއީ ރެކޯޑެއް!
28 ސެޕްޓެމްބަރު 2026

ހަށިގަނޑުގައި ރައްކާކޮށްގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ނޭޕާލްގެ ދެ މީހުން ހައްޔަރުކޮށްފި

28 ސެޕްޓެމްބަރު 2026
ހަށިގަނޑުގައި ރައްކާކޮށްގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ނޭޕާލްގެ ދެ މީހުން ހައްޔަރުކޮށްފި
25 ސެޕްޓެމްބަރު 2026

މޫސުމީ ބަދަލުތަކަށް ހޭނުމަށް ބޭނުންވާ ފައިސާގެ ބޮޑު މިންވަރެއް ހަމަޖައްސައިދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ގޮވާލައްވައިފި

25 ސެޕްޓެމްބަރު 2026
މޫސުމީ ބަދަލުތަކަށް ހޭނުމަށް ބޭނުންވާ ފައިސާގެ ބޮޑު މިންވަރެއް ހަމަޖައްސައިދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ގޮވާލައްވައިފި
25 ސެޕްޓެމްބަރު 2026

އެލްނީނޯއާ ގުޅިގެން ހާލަތު ގޯސްވެއްޖެނަމަ ބިންހިއްކުމުގެ މަޝްރޫއުތައް މެދުކަނޑާލާނެ: މިނިސްޓަރު ޝަރީފް

25 ސެޕްޓެމްބަރު 2026
އެލްނީނޯއާ ގުޅިގެން ހާލަތު ގޯސްވެއްޖެނަމަ ބިންހިއްކުމުގެ މަޝްރޫއުތައް މެދުކަނޑާލާނެ: މިނިސްޓަރު ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް