Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްތީން ޤަތުލުއާންމު

ހުޅަނގު އައްސޭރި ފުރަބަންދުކޮށްފި: 15 ރަށަކަށް އިސްރާއީލު ފައުޖުތައް ވަދެގަނެ، އެތައް ބަޔަކު ހައްޔަރުކޮށްފި

24 އޮކްޓޯބަރު 2026 | ހޮނިހިރު 07:22

އިސްރާއީލުގެ ދެ ސިފައިން މަރުވުމާ ގުޅިގެން ހުޅަނގު އައްސޭރީގެ ރަށްތަކަށް ޔަހޫދީ ފައުޖުތަކުން ވަދެގަނެ، ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށް ގެދޮރު ސުންނާފަތިކުރަން ފަށައިފި. މުޅި ސަރަހައްދު ފުރަބަންދުކޮށް އެއް ހާހެއްހާ ޗެކްޕޮއިންޓު ބަންދުކުރުމަށް ނަތަންޔާހޫ އަމުރުކުރުމާ ގުޅިގެން، ފަލަސްތީނުގެ ރައްޔިތުންގެ ދިރިއުޅުމަށް ބޮޑެތި ހުރަސްތަކެއް އެޅި މަސްރަހު ވަނީ ނުތަނަވަސްވެފައި

ނިއުސް ޓީމް
ނިއުސް ޓީމް | 24 އޮކްޓޯބަރު 2026 | ހޮނިހިރު 07:22
ހުޅަނގު އައްސޭރީގެ ރަށްތައް ފުރަބަންދުކޮށް ޔަހޫދީ އިސްރާއީލުގެ ސިފައިން މަގުތަކުގައި ފޯރިމަރަނީ

ހުޅަނގު އައްސޭރީގެ ރަށްތައް ފުރަބަންދުކޮށް ޔަހޫދީ އިސްރާއީލުގެ ސިފައިން މަގުތަކުގައި ފޯރިމަރަނީ | އޭއެފްޕީ

އިސްތިއުމާރު ކޮށްފައިވާ ހުޅަނގު އައްސޭރީގެ އަލްޚަލީލު ސިޓީގައި ދިން ހަމަލާއެއްގައި އިސްރާއީލުގެ ދެ ސިފައިން މަރުވުމާ ގުޅިގެން، މުޅި ހުޅަނގު އައްސޭރި ފުރަބަންދު ކުރުމަށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަމުރުކުރިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި، ޔަހޫދީ އިސްރާއީލު ސިފައިން އެކި ރަށްތަކަށް ވަދެގަނެ ފަލަސްތީނުގެ ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފި އެވެ.

ހުޅަނގު އައްސޭރީގެ އުތުރުގެ ސަރަހައްދުތަކުން ގާތްގަނޑަކަށް 15 ރަށަކަށް އިސްރާއީލުގެ އަސްކަރީ ފައުޖުތައް ވަދެގަނެ، ފަލަސްތީނުގެ ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފައިވާ ކަން މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ. ސިފައިންގެ މި ވަރުގަދަ ރޭޑުތައް އަމާޒުކޮށްފައި ވަނީ އުތުރުގެ ބޮޑެތި ސިޓީތަކާއި އަވަށްތަކަށެވެ. މީގެ ތެރޭގައި ނާބްލުސް، ޖަނީން، ޠޫބާސް އަދި ޤަލްޤީލިޔާ ހިމެނެ އެވެ.

Advertisement - worldAdvertisement

މި ގޮތުން ނާބްލުސްގެ ޖާލޫދު އަދި ޤަރްޔޫތު އަވަށުގެ ގެތަކަށް އިސްރާއީލު ސިފައިން ވަދެގަނެ، ބަލައިފާސްކުރުމުގެ އޮޕަރޭޝަންތައް ހިންގައި މީހުން ހައްޔަރުކޮށްފައިވެ އެވެ. މީގެ އިތުރުން ޖަނީން ކައިރީގައި އޮންނަ ޢައްރާބާއާއި ބުރުޤީނުން ވެސް މީހުން ހައްޔަރުކުރި ކަމަށް ރިޕޯޓުކޮށްފައިވާއިރު، ޔަހޫދީ އިސްރާއީލު ސިފައިން ވަނީ ޠޫބާސްއަށާއި އެ ސިޓީ ކައިރީގައި އޮންނަ ޢައްޤާބާ އަވަށަށް ވެސް ވަދެގަނެފަ އެވެ.

ހުޅަނގު އައްސޭރީގެ ދެކުނުގައި އޮންނަ އަލް-ޚަލީލުގައި، އިސްރާއީލުގެ ބުލްޑޯޒަރުތައް ބޭނުންކޮށްގެން ތިން ފަންގިފިލާގެ އިމާރާތެއް ވެސް ވަނީ ބިމާހަމަކޮށްފަ އެވެ. އެ އިމާރާތުގައި ދިރިއުޅެމުންދިޔަ އާއިލާތަކަށް އެ މީހުންގެ އަމިއްލަ މުދާތައް ނެރުމަށް ފުރުސަތު ދީފައިވަނީ އެންމެ ފަސް މިނެޓުގެ ވަގުތުކޮޅަކަށެވެ. ހަމަމިއާއެކު، އަލް-ޚަލީލުގެ ޢައިނު ދައިރު ބަޙާ ސަރަހައްދާއި އެ ސަރަހައްދުގެ ވަށައިގެންވާ ހިސާބުތަކުގައި ދިރިއުޅޭ ފަލަސްތީނުގެ އެތައް ސަތޭކަ އާއިލާއަކަށް، ގަދަކަމުން ގެދޮރު ދޫކޮށް ނުކުތުމަށް ޔަހޫދީ އިސްރާއީލު ސިފައިން ވަނީ މަޖުބޫރުކޮށްފަ އެވެ.

އަލް-ޚަލީލުގައި ދެ ޔަހޫދީ ސިފައިން މަރާލި ބަޑީގެ ހަމަލާގެ ތުހުމަތުކުރެވޭ މީހުންގެ ތެރެއިން އެކެއްގެ ގެ، އިސްރާއީލު ސިފައިން ވަށާލާފައިވާއިރު، އެ ސިޓީގެ އަލް-ޖަލްދާ އަވަށަށް ވެސް ސިފައިން ވަދެގަނެ ވަރުގަދަ ރޭޑުތަކެއް ވަނީ ޖަހާފަ އެވެ. ހުކުރު ދުވަހުގެ ރޭ ދަންވަރު ޔަހޫދީ އިސްރާއީލު އަސްކަރިއްޔާއިން ބުނީ، އަލް-ޚަލީލުގައި ފަށާފައިވާ މި އަސްކަރީ އޮޕަރޭޝަން "ގިނަ ދުވަސްތަކަކަށް" ދެމިގެންދާނެ ކަމަށެވެ. މިއާއެކު، ހުޅަނގު އައްސޭރީގެ އެކި ކަންކޮޅުތަކުގައިވާ ގިނަ އަދަދެއްގެ ސަރަހައްދެއްގައި އެހެން ފައުޖުތަކުން ވެސް އޮޕަރޭޝަންތައް ކުރިއަށްގެންދާ ކަމަށް އަސްކަރިއްޔާއިން ބުންޏެވެ.

ހުޅަނގު އައްސޭރީގެ އިރުމައްޗަށް ބަލާއިރު، އިސްރާއީލުގެ އިސްރާއީލުގެ އަސްކަރީ ބާރުތަކުން ވަނީ އަރީޙާ ސިޓީއަށާއި އެ ސިޓީގެ އަރިމަތީގައި އޮންނަ ޢަޤަބަތު ޖަބްރު ރެފިއުޖީ ކޭމްޕަށް ވެސް ވަދެގަނެފަ އެވެ.

ހާހެއްހާ ޗެކްޕޮއިންޓު ބަންދުކުރުން: މުޅި ހުޅަނގު އައްސޭރި "ކުޑަ ޖަލަކަށް"

ހުޅަނގު އައްސޭރި ފުރަބަންދު ކުރުމަށް ނިންމި ނިންމުމާއެކު، އެ ސަރަހައްދުގައި ގާއިމުކޮށްފައިވާ ގާތްގަނޑަކަށް 1،000 ޗެކްޕޮއިންޓާއި ގޭޓު ބަންދުކުރެވިގެންދާނެ އެވެ. މީގެ ނޭދެވޭ އަސަރު ފަލަސްތީނުގެ އެތައް މިލިޔަން ރައްޔިތުންނެއްގެ ދިރިއުޅުމަށް ސީދާގޮތުން ފޯރާނެ އެވެ.

ޔަހޫދީ އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ މި އަމުރު ނެރުނީ ހުކުރު ދުވަހު އެވެ. އެއީ، އިސްރާއީލުގެ ތެލެމް ޔަހޫދީ އާބާދީ ކައިރީގައި ހަރަކާތްތެރިވަމުންދިޔަ ރިޒާވް ބެޓަލިއަނަކަށް ހަމަލާދީ އިސްރާއީލުގެ ދެ ސިފައިން މަރާލި ފަލަސްތީނުގެ ހަތިޔާރުއެޅި ދެ މީހުން ޝަހީދުކޮށްލާފައިވާ ކަމަށް އަސްކަރިއްޔާއިން ހާމަކުރިތާ ކުޑައިރުކޮޅެއްގެ ތެރޭގަ އެވެ.

މި ހާދިސާގައި އިސްރާއީލު ސިފައިންގެ ގާތްގަނޑަކަށް ފަސް މީހަކު ޒަޚަމުވި ކަމަށް އެ ޤައުމުގެ އެމްބިއުލާންސް ޚިދުމަތުން ފުރަތަމަ ރިޕޯޓުކުރި ނަމަވެސް، އޭގެ ތެރެއިން ދެ މީހުން ފަހުން ވަނީ މަރުވެފަ އެވެ. ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން، ތެލެމް ހިމެނޭހެން އިސްރާއީލުން ގާއިމުކޮށްފައިވާ ހުރިހާ ޔަހޫދީ އާބާދީތަކަކީ ވެސް ސަރީހަކޮށް ޣައިރުގާނޫނީ އާބާދީތަކެކެވެ.

އުދުވާނުތައް އިތުރުވުމާއި މަސްރަހު ގޯސްވުން

މި ހަމަލާއާއި އަސްކަރީ ހަރުކަށި ފިޔަވަޅުތައް ކުރިމަތިވެފައި މި ވަނީ، ހައްދުފަހަނައެޅި ޔަހޫދީ ޓެރެރިސްޓު ވަޒަންވެރިންނާއި އިސްރާއީލު ސިފައިން ހިންގަމުންދާ އަނިޔާވެރި ޤަތުލުއާންމުތަކާއި ޖަރީމާތަކާ ގުޅިގެން މުޅި ފަލަސްތީނުގެ ބިންތަކުގައި މަސްރަހު އިންތިހާއަށް ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގަ އެވެ. އަންގާރަ ދުވަހު ބާއްވާ އިސްރާއީލުގެ ބަރުލަމާނީ އިންތިޚާބާ ދިމާކޮށް އިސްރާއީލުގެ އުދުވާންތައް ފުޅާވަމުން އަންނައިރު، ޒައިތޫނި ބިންނަ ދަނޑުވެރިންނަށް އަމާޒުކޮށް ދޭ ހަމަލާތައް ވެސް ވަނީ އާދަޔާޚިލާފަށް އިތުރުވެފަ އެވެ.

އިސްރާއީލު ސިފައިން މަރުވުމާ ގުޅިގެން، އެ ޤައުމުގެ ޤައުމީ ސަލާމަތާ ބެހޭ ކަނާތުފިޔައިގެ ހަރުކަށި ވަޒީރު އިތަމާރު ބެން-ގްވީރު ވަނީ، މުޅި ހުޅަނގު އައްސޭރީގެ ފުރިހަމަ ކޮންޓުރޯލު އިސްރާއީލުން އަތުލުމަށް ގޮވާލާވާފަ އެވެ. ހުޅަނގު އައްސޭރިއަކީ އިސްރާއީލު ސަރުކާރުން އެތައް ޔަހޫދީ އާބާދީތަކެއް އަޅައި ފުޅާކުރުމަށް ރަސްމީކޮށް ހިތްވަރުދެމުން އަންނަ ސަރަހައްދެކެވެ.

ޕަލަސްތީނިޔަން ނޭޝަނަލް އިނީޝިއޭޓިވް ސިޔާސީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް މުޞްޠަފާ ބަރުޣޫޘީ ވިދާޅުވީ، އިސްރާއީލުގެ ހަރުކަށި ފިކުރުގެ ވަޒީރުން ފަތުރަމުންދާ ފިތުނަވެރި އަމަލުތަކާއި އަނިޔާވެރިކަމަށް ހިތްވަރުދެމުން ދިޔުމުގެ ސަބަބުން މި ނުރައްކާތެރި ހާލަތު އިތުރަށް ގޯސްވަމުންދާ ކަމަށެވެ.

ހުޅަނގު އައްސޭރި ފުރަބަންދު ކުރުމަކީ ކޮންމެ ސިޓީއަކާއި އަވަށެއް "ކުޑަ ޖަލަކަށް" ބަދަލުކޮށްލުން ކަމަށާއި، ޗެކްޕޮއިންޓުތަކާއި ގޭޓުތަކުގެ ސަބަބުން ސިއްހީ ފަރުވާއަށާއި، އިގުތިސާދަށް އަދި ތަޢުލީމަށް ހުރަސްއެޅިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ހަމަމިއާއެކު، އާންމު ރައްޔިތުންނަށް އަމާޒުކޮށް މި ފަދައިން ދެވޭ ޖަމާޢީ އަދަބަކީ "ފަޅައިގެންދިޔުމަށް މަގުފަހިވާނެ" ފަދަ ހާލަތެއް ކަމަށް ވިދާޅުވެ އޭނާ ވަނީ ވަރުގަދަ އިންޒާރެއް ދެއްވާފަ އެވެ.

މަސްދަރު: އަލް ޖަޒީރާ

ވެސްޓް ބޭންކްބެންޖަމިން ނަތަންޔާހޫއިޓަމާރ ބެން-ގްވިރްފަލަސްތީންޣައްޒާ ޤަތުލުއާންމު

އެންމެ ހިނގާ

1

ވިންޑްސަރ ގަނޑުވަރުގައި ރަސްގެފާނު ޗާލްސް އަރަބި ބަހުން ވިދާޅުވީ މާތް ނަބިއްޔާގެ ހަދީސްފުޅެއް!

2

ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން ބައެއް މެންބަރުންނާ އެކު ރައީސް މުއިއްޒުގެ ބައްދަލުވުންތަކެއް، ސަރުކާރާއެކު ކުރިއަށްދާން ބޭނުންވާނަމަ އެ މަޝްރޫއާ މެދު ދެކޭގޮތް ބަދަލުކުރަން ޖެހޭކަމުގެ އިންޒާރު!

3

ކީވްއަށް ބެލިސްޓިކް މިސައިލްތަކެއް، މޮސްކޯ ވަށައިގެން އެތައް ސަތޭކަ ޑްރޯނެއް އަދި ވޮޝިންގޓަނުގެ ސިއްރު ޑީލްތައް ފަޅާއެރުން!

4

ބިމުގެ އަޑީގައިވާ އީރާންގެ ނިއުކްލިޔަރ މަރުކަޒުތައް ނައްތާލަން އެމެރިކާއާއި އިސްރާއީލުން ތައްޔާރުވަނީ!

5

މުއިއްޒު އާއި އެކު ޝެހެބާޒް ދެއްވި ރަސްމީ ސްޓޭޓްމަންޓުގައި ކަޝްމީރުގައި ވަކި ދައުލަތެއް ބިނާކުރުމަށާއި، ސިންދު ކޯރުގެ މައްސަލައިގައި ރަތްރޮނގު ހުރަސްކުރާނަމަ ހަނގުރާމައަކަށް ދާންޖެހިދާނެކަމުގެ އިންޒާރު!

އިތުރަށް ކިޔާލަން

22 އޮކްޓޯބަރު 2026

ބިމުގެ އަޑީގައިވާ އީރާންގެ ނިއުކްލިޔަރ މަރުކަޒުތައް ނައްތާލަން އެމެރިކާއާއި އިސްރާއީލުން ތައްޔާރުވަނީ!

22 އޮކްޓޯބަރު 2026
ބިމުގެ އަޑީގައިވާ އީރާންގެ ނިއުކްލިޔަރ މަރުކަޒުތައް ނައްތާލަން އެމެރިކާއާއި އިސްރާއީލުން ތައްޔާރުވަނީ!
21 އޮކްޓޯބަރު 2026

ޣައްޒާގެ ސިއްހީ ކާރިސާ: ޖަނަރޭޓަރުތަކަށް ބޭނުންވާ ތެޔޮ ހުސްވުމުން، ހަސްފަތާލުތަކުގެ ޚިދުމަތްތައް މެދުކެނޑުމުގެ އިންޒާރު!

21 އޮކްޓޯބަރު 2026
ޣައްޒާގެ ސިއްހީ ކާރިސާ: ޖަނަރޭޓަރުތަކަށް ބޭނުންވާ ތެޔޮ ހުސްވުމުން، ހަސްފަތާލުތަކުގެ ޚިދުމަތްތައް މެދުކެނޑުމުގެ އިންޒާރު!
20 އޮކްޓޯބަރު 2026

ޤަތުލުއާންމު ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފަށް އިސްރާއީލުން ހަމަލާދީ ޣައްޒާ ސިޓީން ދެމަފިރިއަކު ޝަހީދުކޮށްލައިފި

20 އޮކްޓޯބަރު 2026
ޤަތުލުއާންމު ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފަށް އިސްރާއީލުން ހަމަލާދީ ޣައްޒާ ސިޓީން ދެމަފިރިއަކު ޝަހީދުކޮށްލައިފި
19 އޮކްޓޯބަރު 2026

ފައިސާގެ ދަތިކަމާހުރެ ޣައްޒާއަށް ދޭ އެހީ ތިންބައިކުޅަ އެއްބަޔަށް ކަނޑާލައިފި، ބައި މިލިޔަން މީހުން ހާލުގައި

19 އޮކްޓޯބަރު 2026
ފައިސާގެ ދަތިކަމާހުރެ ޣައްޒާއަށް ދޭ އެހީ ތިންބައިކުޅަ އެއްބަޔަށް ކަނޑާލައިފި، ބައި މިލިޔަން މީހުން ހާލުގައި
19 އޮކްޓޯބަރު 2026

ޖަލު އަދަބުން ސަލާމަތްވާން ނަތަންޔާހޫ އުޅެނީ އެމެރިކާ އަލުން ހަނގުރާމައިގެ ތެރެއަށް ވައްޓާލަން: ޢިރާޤިޗީ

19 އޮކްޓޯބަރު 2026
ޖަލު އަދަބުން ސަލާމަތްވާން ނަތަންޔާހޫ އުޅެނީ އެމެރިކާ އަލުން ހަނގުރާމައިގެ ތެރެއަށް ވައްޓާލަން: ޢިރާޤިޗީ
18 އޮކްޓޯބަރު 2026

ޔަހޫދީ ޓެރެރިސްޓުންގެ ހަމަލާތައް ހުއްޓުވަން އެމެރިކާގެ ޕްރެޝަރު އިސްރާއީލަށް: ނޫސްވެރިޔަކު ޒަޚަމުކޮށްލި މައްސަލައިގައި ހޫނު ބަހުސެއް

18 އޮކްޓޯބަރު 2026
ޔަހޫދީ ޓެރެރިސްޓުންގެ ހަމަލާތައް ހުއްޓުވަން އެމެރިކާގެ ޕްރެޝަރު އިސްރާއީލަށް: ނޫސްވެރިޔަކު ޒަޚަމުކޮށްލި މައްސަލައިގައި ހޫނު ބަހުސެއް
17 އޮކްޓޯބަރު 2026

ޣައްޒާ ފްލޮޓިއްލާއަށް ހުރަސްއެޅި މައްސަލަ: އިސްރާއީލުގެ ދިފާޢީ ވަޒީރާ ދެކޮޅަށް އިޓަލީވިލާތުން ތަހުގީގު ފަށައިފި

17 އޮކްޓޯބަރު 2026
ޣައްޒާ ފްލޮޓިއްލާއަށް ހުރަސްއެޅި މައްސަލަ: އިސްރާއީލުގެ ދިފާޢީ ވަޒީރާ ދެކޮޅަށް އިޓަލީވިލާތުން ތަހުގީގު ފަށައިފި
14 އޮކްޓޯބަރު 2026

އިންތިޚާބުތަކުގެ ކުރިން އީރާނާ ދެކޮޅަށް ބޮޑު އޮޕަރޭޝަނެއް ފަށަން ޓްރަމްޕާއި ނަތަންޔާހޫ ރާވައިފި

14 އޮކްޓޯބަރު 2026
އިންތިޚާބުތަކުގެ ކުރިން އީރާނާ ދެކޮޅަށް ބޮޑު އޮޕަރޭޝަނެއް ފަށަން ޓްރަމްޕާއި ނަތަންޔާހޫ ރާވައިފި
11 އޮކްޓޯބަރު 2026

ކުށެއް ނެތް އާންމުން ކަތިލައި ޤަތުލުއާންމު ހިންގަމުންދާ ޔަހޫދީން ޑިމޮކްރެސީގެ ދަރުސް ދޭން ކުފޫހަމަނުވޭ: ފަލަސްތީނުގެ ނައިބު ރައީސް

11 އޮކްޓޯބަރު 2026
ކުށެއް ނެތް އާންމުން ކަތިލައި ޤަތުލުއާންމު ހިންގަމުންދާ ޔަހޫދީން ޑިމޮކްރެސީގެ ދަރުސް ދޭން ކުފޫހަމަނުވޭ: ފަލަސްތީނުގެ ނައިބު ރައީސް
09 އޮކްޓޯބަރު 2026

ޣައްޒާ ޤަތުލުއާންމު "ނަމެއްގައި" ހުއްޓާލި ފަހުން ކޮންމެ 90 މިނެޓަކުން މީހަކު ޝަހީދުކޮށްލާ، ނުވަތަ ޒަޚަމުކޮށްލާ!

09 އޮކްޓޯބަރު 2026
ޣައްޒާ ޤަތުލުއާންމު "ނަމެއްގައި" ހުއްޓާލި ފަހުން ކޮންމެ 90 މިނެޓަކުން މީހަކު ޝަހީދުކޮށްލާ، ނުވަތަ ޒަޚަމުކޮށްލާ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް