Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްތީން ޤަތުލުއާންމު

ހުޅަނގު އައްސޭރީގެ އަލް-ޚަލީލުން 3،000 މީހުން މަގުމަތިކޮށްލައި، 14 މިސްކިތަކަށް ގެއްލުންދީފި

30 އޮކްޓޯބަރު 2026 | ހުކުރު 06:44

އިސްރާއީލުން ހުޅަނގު އައްސޭރީގައި ހިންގާ އަސްކަރީ އޮޕަރޭޝަންތަކާއި މަގުތައް ބަންދުކުރުމުގެ ސަބަބުން ފަލަސްތީނު ރައްޔިތުންގެ އަސާސީ ޚިދުމަތްތަކަށް ބޮޑެތި ހުރަސްތަކެއް އެޅިފައިވާތީ، އެ މީހުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އދ. އިން ގޮވާލައިފި. މީގެ އިތުރުން، ހުޅަނގު އައްސޭރީގެ މިސްކިތްތަކަށް ދެމުންދާ ހަމަލާތައް ކުށްވެރިކޮށް، އަޅުކަންކުރާ ތަންތަނުގެ ހުރުމަތް ހިފެހެއްޓުމަށް ވެސް އދ. އިން ވަނީ ބާރުއަޅާފައި

ނިއުސް ޓީމް
ނިއުސް ޓީމް | 30 އޮކްޓޯބަރު 2026 | ހުކުރު 06:44
އިސްރާއީލުގެ ސިފައިން އިސްތިއުމާރު ކޮށްފައިވާ ހުޅަނގު އައްސޭރީގެ އަލް-ޚަލީލަށް ވަދެވޭ ދޮރެއް ބަންދުކޮށް، އެ ސަރަހައްދުގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުންގެ ހަރަކާތްތަކަށް ހުރަސްއަޅައި، އެ ސަރަހައްދުގެ ދަތުރުފަތުރުތައް ހުއްޓުވަނީ

އިސްރާއީލުގެ ސިފައިން އިސްތިއުމާރު ކޮށްފައިވާ ހުޅަނގު އައްސޭރީގެ އަލް-ޚަލީލަށް ވަދެވޭ ދޮރެއް ބަންދުކޮށް، އެ ސަރަހައްދުގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުންގެ ހަރަކާތްތަކަށް ހުރަސްއަޅައި، އެ ސަރަހައްދުގެ ދަތުރުފަތުރުތައް ހުއްޓުވަނީ | އަނަދޮލު އޭޖެންސީ

އިސްރާއީލުން އިސްތިއުމާރު ކޮށްފައިވާ ހުޅަނގު އައްސޭރީގެ އަލް-ޚަލީލް ސިޓީގެ ދެ އަވަށަކުން ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ 3،000 ރައްޔިތުން އަދިވެސް ތިބީ ރައްކާތެރި ބޯހިޔާވަހިކަމެއް ނެތި ހާލުގައި ޖެހިފައި ކަމަށް އެކުވެރި ދައުލަތްތަކުން (އދ) ބުރާސްފަތި ދުވަހު ބުނެފި އެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން، އިންސާނީ އެހީ ފޯރުކޮށްދޭ ބައިވެރިންނާ ހަވާލާދެއްވައި އދ. ގެ ތަރުޖަމާނު ޝިރީން ޔާސީން ވިދާޅުވީ، "[ހުޅަނގު އައްސޭރީގެ] މުނިސިޕަލްޓީން އެންމެ ފަހުން ފޯރުކޮށްދީފައިވާ ހިސާބުތަކަށް ބަލާއިރު، އަލް-ޚަލީލް ސިޓީގެ ދެ އަވަށަކުން ގާތްގަނޑަކަށް 3،000 ފަލަސްތީނު މީހުން އަދިވެސް ތިބީ ގެދޮރު ގެއްލި، ނިކަމެތިވެފައި.". މިއާއެކު، އެ ސަރަހައްދުގައި ޔަހޫދީ އިސްރާއީލުގެ އަސްކަރިއްޔާއިން ދަނީ ވަރުގަދަ ހުރަސްތަކެއް ކުރިމަތިކުރުވަމުން ކަން ފާހަގަކުރައްވައި، "އިސްރާއީލު ސިފައިން އަދިވެސް ދަނީ އެ އަވަށްތަކުގައި ހަރަކާތްތެރިވަމުން؛ އަދި، އެ ސަރަހައްދުތަކަށް ވަދެވެން ހުރި މަގުތައް ބަންދުކޮށް، މުޅި ގަވަރުނަރޭޓުގައި ދަތުރުފަތުރުކުރުމަށް ވަނީ ހަރުކަށި ހުރަސްތަކެއް އަޅާފައި،" އޭނާ ވިދާޅުވި އެވެ.

Advertisement - worldAdvertisement

"އިސްރާއީލުގެ އޮޕަރޭޝަންތަކުގެ ސަބަބުން، ދިރިއުޅުމަށް ކުރާ މަސައްކަތްތަކަށާއި، ތަޢުލީމު ހާސިލުކުރުމަށާއި، ސިއްހީ ފަރުވާ ފަދަ ޚިދުމަތްތައް ހޯދުމަށް ފަލަސްތީނުގެ ރައްޔިތުންނަށް ވަނީ ހުރަސްއެޅިފައި،" އިސްރާއީލުން ހިންގަމުންދާ މި ޖަރީމާތަކުގެ ސަބަބުން އާންމު ދިރިއުޅުމުގެ އަސާސީ ނިޒާމުތައް ފުނޑުފުނޑުވަމުންދާ ކަން ހާމަކުރައްވަމުން ޔާސީން ވިދާޅުވި އެވެ. ހަމަމިއާއެކު، އާންމު ރައްޔިތުންނަށް ދިފާޢީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވައި، "ހުޅަނގު އައްސޭރީގެ ހުރިހާ ސަރަހައްދެއްގައި ދިރިއުޅޭ ފަލަސްތީނު މީހުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް އަޅުގަނޑުމެން އަނެއްކާ ވެސް ގޮވާލަން،" ކަމަށް ޔާސީން ބަޔާންކުރެއްވި އެވެ.

މި އަހަރުގެ ތެރޭގައި އިސްރާއީލުގެ ޔަހޫދީ ޓެރެރިސްޓު ވަޒަންވެރިން ހުޅަނގު އައްސޭރީގެ 14 މިސްކިތަކަށް ގެއްލުންދީ، ހަލާކުކޮށްފައިވާ ކަމަށް އދ. ގެ އިންސާނީ އެހީތައް ވިލަރެސްކުރާ އިދާރާއިން (އޯސީއެޗްއޭ) ދާދި ފަހުން ނެރުނު ރިޕޯޓަކާ ގުޅޭގޮތުން ސުވާލުކުރުމުން، އަޅުކަންކުރާ ތަންތަނަށް ދެވޭ އެ ފަދަ ހަމަލާތަކަކީ "ޝައްކެއް ވެސް ނެތް ގޮތުގައި ބަލައިގަނެވޭނެ ކަންކަމެއް ނޫން" ކަމަށް ޔާސީން ވިދާޅުވި އެވެ.

"އަޅުކަންކުރާ ތަންތަނަކީ ރައްކާތެރި ތަންތަނަށް ވާންޖެހޭނެ. އަދި، ހަމައެކަނި އެ ސަރަހައްދުގައި އެކަންޏެއް ނޫން، ހުރިހާ ތަނެއްގައި ވެސް ދީނީ މިނިވަންކަން ކަށަވަރުކުރެވެން ޖެހޭނެ،" އޭނާ ވިދާޅުވި އެވެ. އަދި، ދީނީ މުޤައްދަސް ބިނާތަކުގެ ހުރުމަތް ރައްކާތެރިކުރުމަށް އދ. ގެ ތަރުޖަމާނު ވަނީ ބާރުއަޅުއްވާފަ އެވެ.

މަސްދަރު: އަނަދޮލު އޭޖެންސީ

ވެސްޓް ބޭންކްއަ ނޭޝަން ޔުނައިޓެޑްފަލަސްތީންޣައްޒާ ޤަތުލުއާންމު

އެންމެ ހިނގާ

1

އަލައްބާރުގެ ވާހަކަތަކުން ފަޅާއެރި ސިއްރު: އެތައް މިލިއަން ޑޮލަރެއް ދިޔައީ ކޮން އަބްދުﷲ އަކަށް؟

2

އިންތިޚާބަށްފަހު އީރާނާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަން ޓްރަމްޕް ގަލްފުގެ ޤައުމުތަކަށް އަންގަވައިފި

3

ގޭސް ހޮޅިތަކުގެ ތެރެއިން ވަދެ ރަޝިޔާ ސިފައިން ވަށައިލައި، ޔޫކްރެއިނުން ކުއްލި ހަމަލާތަކެއް ދީފި

4

ކުށްވެރިއެއް ނޫންކަމަށް ކަނޑައެޅީ ޖަލު ހުކުމް ތަންފީޒުކޮށް ނިމުނު ދުވަހު، ހުކުމް ކުރުމާއެކު ވަގުތުން ފެށީ ރޯން

5

ޑިގްރީ ނިންމާފައި ގްރެޖުއޭޝަނަށް ފައިސާ ދެއްކި ފަހުން އެންގީ ގްރެޖުއޭޓް ނުވެވެނީ "ނަސީބު ދެރަކަމުން" ކަމަށް!

އިތުރަށް ކިޔާލަން

29 އޮކްޓޯބަރު 2026

ބަރުލަމާނީ އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް ޔަހޫދީ ނަތަންޔާހޫ ހުރީ ވެރިކަން ދޫކޮށްލާ ގޮތަކަށް ނޫން!

29 އޮކްޓޯބަރު 2026
ބަރުލަމާނީ އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް ޔަހޫދީ ނަތަންޔާހޫ ހުރީ ވެރިކަން ދޫކޮށްލާ ގޮތަކަށް ނޫން!
27 އޮކްޓޯބަރު 2026

ޔަހޫދީ އިސްރާއީލުން ޣައްޒާގައި ނަސްލުހޭދު ހިންގަމުންދާ ކަމަށް އދ. ގެ ކޮމިޝަނަކުން އަނެއްކާ ވެސް ކަނޑައަޅައިފި

27 އޮކްޓޯބަރު 2026
ޔަހޫދީ އިސްރާއީލުން ޣައްޒާގައި ނަސްލުހޭދު ހިންގަމުންދާ ކަމަށް އދ. ގެ ކޮމިޝަނަކުން އަނެއްކާ ވެސް ކަނޑައަޅައިފި
25 އޮކްޓޯބަރު 2026

އަލް-ޚަލީލްގެ ހިސާރާއި މަޖުބޫރުން ގެދޮރު ގެއްލުވާލުން: ހުޅަނގު އައްސޭރީގައި 'ނަކްބާ' ތަކުރާރުކުރުމުގެ އިންޒާރެއް

25 އޮކްޓޯބަރު 2026
އަލް-ޚަލީލްގެ ހިސާރާއި މަޖުބޫރުން ގެދޮރު ގެއްލުވާލުން: ހުޅަނގު އައްސޭރީގައި 'ނަކްބާ' ތަކުރާރުކުރުމުގެ އިންޒާރެއް
24 އޮކްޓޯބަރު 2026

ހުޅަނގު އައްސޭރި ފުރަބަންދުކޮށްފި: 15 ރަށަކަށް އިސްރާއީލު ފައުޖުތައް ވަދެގަނެ، އެތައް ބަޔަކު ހައްޔަރުކޮށްފި

24 އޮކްޓޯބަރު 2026
ހުޅަނގު އައްސޭރި ފުރަބަންދުކޮށްފި: 15 ރަށަކަށް އިސްރާއީލު ފައުޖުތައް ވަދެގަނެ، އެތައް ބަޔަކު ހައްޔަރުކޮށްފި
21 އޮކްޓޯބަރު 2026

ޣައްޒާގެ ސިއްހީ ކާރިސާ: ޖަނަރޭޓަރުތަކަށް ބޭނުންވާ ތެޔޮ ހުސްވުމުން، ހަސްފަތާލުތަކުގެ ޚިދުމަތްތައް މެދުކެނޑުމުގެ އިންޒާރު!

21 އޮކްޓޯބަރު 2026
ޣައްޒާގެ ސިއްހީ ކާރިސާ: ޖަނަރޭޓަރުތަކަށް ބޭނުންވާ ތެޔޮ ހުސްވުމުން، ހަސްފަތާލުތަކުގެ ޚިދުމަތްތައް މެދުކެނޑުމުގެ އިންޒާރު!
19 އޮކްޓޯބަރު 2026

ފައިސާގެ ދަތިކަމާހުރެ ޣައްޒާއަށް ދޭ އެހީ ތިންބައިކުޅަ އެއްބަޔަށް ކަނޑާލައިފި، ބައި މިލިޔަން މީހުން ހާލުގައި

19 އޮކްޓޯބަރު 2026
ފައިސާގެ ދަތިކަމާހުރެ ޣައްޒާއަށް ދޭ އެހީ ތިންބައިކުޅަ އެއްބަޔަށް ކަނޑާލައިފި، ބައި މިލިޔަން މީހުން ހާލުގައި
18 އޮކްޓޯބަރު 2026

ޔަހޫދީ ޓެރެރިސްޓުންގެ ހަމަލާތައް ހުއްޓުވަން އެމެރިކާގެ ޕްރެޝަރު އިސްރާއީލަށް: ނޫސްވެރިޔަކު ޒަޚަމުކޮށްލި މައްސަލައިގައި ހޫނު ބަހުސެއް

18 އޮކްޓޯބަރު 2026
ޔަހޫދީ ޓެރެރިސްޓުންގެ ހަމަލާތައް ހުއްޓުވަން އެމެރިކާގެ ޕްރެޝަރު އިސްރާއީލަށް: ނޫސްވެރިޔަކު ޒަޚަމުކޮށްލި މައްސަލައިގައި ހޫނު ބަހުސެއް
11 އޮކްޓޯބަރު 2026

ކުށެއް ނެތް އާންމުން ކަތިލައި ޤަތުލުއާންމު ހިންގަމުންދާ ޔަހޫދީން ޑިމޮކްރެސީގެ ދަރުސް ދޭން ކުފޫހަމަނުވޭ: ފަލަސްތީނުގެ ނައިބު ރައީސް

11 އޮކްޓޯބަރު 2026
ކުށެއް ނެތް އާންމުން ކަތިލައި ޤަތުލުއާންމު ހިންގަމުންދާ ޔަހޫދީން ޑިމޮކްރެސީގެ ދަރުސް ދޭން ކުފޫހަމަނުވޭ: ފަލަސްތީނުގެ ނައިބު ރައީސް
09 އޮކްޓޯބަރު 2026

ޣައްޒާ ޤަތުލުއާންމު "ނަމެއްގައި" ހުއްޓާލި ފަހުން ކޮންމެ 90 މިނެޓަކުން މީހަކު ޝަހީދުކޮށްލާ، ނުވަތަ ޒަޚަމުކޮށްލާ!

09 އޮކްޓޯބަރު 2026
ޣައްޒާ ޤަތުލުއާންމު "ނަމެއްގައި" ހުއްޓާލި ފަހުން ކޮންމެ 90 މިނެޓަކުން މީހަކު ޝަހީދުކޮށްލާ، ނުވަތަ ޒަޚަމުކޮށްލާ!
07 އޮކްޓޯބަރު 2026

ޣައްޒާ ޤަތުލުއާންމަށް 3 އަހަރު: 20،000 އަށްވުރެ ގިނަ ދަރިވަރުންނާއި 1،000 އަށްވުރެ ގިނަ މުދައްރިސުން ޝަހީދުކޮށްލި

07 އޮކްޓޯބަރު 2026
ޣައްޒާ ޤަތުލުއާންމަށް 3 އަހަރު: 20،000 އަށްވުރެ ގިނަ ދަރިވަރުންނާއި 1،000 އަށްވުރެ ގިނަ މުދައްރިސުން ޝަހީދުކޮށްލި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް