Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ޤަތުލުއާންމު

ޔަހޫދީ އިސްރާއީލުން ޣައްޒާގައި ނަސްލުހޭދު ހިންގަމުންދާ ކަމަށް އދ. ގެ ކޮމިޝަނަކުން އަނެއްކާ ވެސް ކަނޑައަޅައިފި

27 އޮކްޓޯބަރު 2026 | އަންގާރަ 03:32

ޣައްޒާގައި އިސްރާއީލުން ހިންގާ ލާއިންސާނީ ޖަރީމާތަކުގައި 75،000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ ކަމަށް އދ. ގެ ކޮމިޝަނަކުން ހާމަކޮށްފި. ހުޅަނގު އައްސޭރީގައި ވެސް ނަސްލު ނައްތާލުމުގެ އަމަލުތައް ހިންގަމުންދާކަން ފާހަގަކޮށް، އިސްރާއީލަށް ދޭ އަސްކަރީ އަދި މާލީ އެހީތެރިކަން ހުއްޓާލުމަށާއި ބައިނަލްއަގުވާމީ ޖިނާއީ ކޯޓަށް އެއްބާރުލުން ދިނުމަށް އެ ކޮމިޝަނުން ވަނީ ގައުމުތަކަށް ގޮވާލާފައi

ނިއުސް ޓީމް
ނިއުސް ޓީމް | 27 އޮކްޓޯބަރު 2026 | އަންގާރަ 03:32
ޔަހޫދީ އިސްރާއީލުގެ ސިފައިން ވައިގެ ހަމަލާތަކެއް ދީފައިވާ އިމާރާތެއް ވެެއްޓުމުގެ ސަބަބުން ޝަހީދުވި މީހުންގެ ހަށިތައް ހޯދުމުގެ މަސައްކަތް ކުރަނީ

ޔަހޫދީ އިސްރާއީލުގެ ސިފައިން ވައިގެ ހަމަލާތަކެއް ދީފައިވާ އިމާރާތެއް ވެެއްޓުމުގެ ސަބަބުން ޝަހީދުވި މީހުންގެ ހަށިތައް ހޯދުމުގެ މަސައްކަތް ކުރަނީ | ރޮއިޓަރސް

ޤަތުލުއާންމު ހުއްޓާލުމުގެ އެއްބަސްވުމެއް ގާއިމުކޮށްފައި އޮތް ނަމަވެސް، އިސްރާއީލުގެ ކަމާބެހޭ އިދާރާތަކާއި އަސްކަރިއްޔާއިން އިސްތިއުމާރު ކޮށްފައިވާ ފަލަސްތީނުގެ ބިންތަކުގައި ހަނގުރާމައިގެ ކުށްތަކާއި އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގަމުންދާ ކަމަށާއި، ޣައްޒާގައި ނަސްލުހޭދުގެ އަމަލުތައް މެދުކެނޑުމެއްނެތި ކުރިއަށް ގެންދާ ކަމަށް އދ. ގެ ކޮމިޝަނަކުން ހޯމަ ދުވަހު ކަނޑައަޅައިފި އެވެ.

2023 އޮކްޓޫބަރު 7 ގެ ފަހުން އަތްގަދަ ކޮށްފައިވާ ޣައްޒާގެ ބިންތަކުގައި އިސްރާއީލުން 75،000 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޝަހީދު ކޮށްލާފައިވާ ކަމަށް، އދ. ގެ އާންމު މަޖިލީހުގައި ތަޤުރީރު ކުރައްވަމުން އެ ކޮމިޝަނުގެ މުގައްރިރު ސްރީނިވާސަން މުރަލީދަރު ވިދާޅުވި އެވެ. މީގެ ތެރޭގައި  21،500 ކުޑަކުދިންނާއި 11،000 އަންހެނުން ހިމެނޭ ކަން އޭނާ ފާހަގަކުރެއްވި އެވެ.

Advertisement - worldAdvertisement

ޤަތުލުއާންމު ހުއްޓާލިކަމަށް ބުނި ފަހުން ވެސް ޣައްޒާއަށް ދެމުންދާ ހަމަލާތައް

ޣައްޒާގެ 'ޔެލޯ ލައިން' ކައިރިއަށް ދާ ނުވަތަ އެ ސަރަހައްދު ހުރަސްކުރާ އާންމު ރައްޔިތުންނާއި ކުޑަކުދިންނަށް އަމާޒުކޮށް ޔަހޫދީ އިސްރާއީލު ސިފައިން ހަމަލާދީ، ޝަހީދުކޮށް، ޒަޚަމުކުރަމުންދާ ކަމަށް، ކޮމިޝަނުގެ އެންމެ ފަހުގެ ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ. މި ގޮތުން، 2025 އޮކްޓޫބަރު 10 ގައި އަމަލުކުރަން ފެށި ޤަތުލުއާންމު ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފަށް ޔަހޫދީ އިސްރާއީލުގެ އިސްތިއުމާރީ ސިފައިން ޣައްޒާއަށް ކޮންމެ ދުވަހަކު ދެމުންދާ ހަމަލާތަކުގައި 1،551 ފަލަސްތީނު މީހުން ޝަހީދުކޮށްލައި، 5،573 މީހުން ޒަޚަމުކޮށްލާފައިވާ ކަމަށް ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެ އެވެ.

ހުޅަނގު އައްސޭރީގެ މަސްރަހާއި އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް

އިސްތިއުމާރު ކޮށްފައިވާ ހުޅަނގު އައްސޭރީގެ މަސްރަހު ވެސް ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށާއި، އިސްރާއީލުގެ އަސްކަރީ ހަރަކާތްތަކާއި ބިންފޭރޭ ޓެރެރިސްޓު ވަޒަންވެރިން ހިންގާ އަނިޔާވެރި އަމަލުތަކާއި ލާއިންސާނީ ޖަރީމާތަކަކީ ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ރޭވިގެން ހިންގާ ހަމަލާތަކެއްގެ ބައެއް ކަމަށް ކޮމިޝަނުން ސިފަކުރެ އެވެ. އެ އަމަލުތަކުގެ މައިގަނޑު މަގުސަދަކީ ޔަހޫދީ ޓެރެރިސްޓު ވަޒަންވެރިންގެ އާބާދީތައް ފުޅާކުރުމާއި، ފަލަސްތީނުގެ ބިންތައް ފޭރިގަނެ އިސްރާއީލުގެ ދަށަށް ގެންދިއުމާއި، އަދި ރައްޔިތުން ގެދޮރުން ނެރެ ވަކިކުރުން ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ.

ހުޅަނގު އައްސޭރީގައި ނަސްލު ނައްތާލުމާއި، އަނިޔާކުރުމާއި، ރޭޕްކުރުން ހިމެނޭހެން ޖިންސީ ގޯނާގެ އެކި ބާވަތްތައް ފަދަ އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް އިސްރާއީލުން ހިންގާފައިވާ ކަމަށް ކޮމިޝަނުން ބުންޏެވެ. ހަމަމިއާއެކު، ފަލަސްތީނުގެ ކުޑަކުދިންނަށް އެ ކުދިންގެ އުމުރަށް ބަލައި އަނިޔާވެރިކަން އަމާޒުކުރަމުންދާ ކަމަށާއި، ފަލަސްތީނު ރައްޔިތުން ގެދޮރުން ބޭރުކޮށް، ދަށުކޮށް، އަދި މުޖުތަމައުގެ ހަމަޖެހުން ނަގާލުމަށް ހިންގާ އަނިޔާވެރިކަން ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރަމުންދާ ކަން ވެސް ތަހުގީގަށް ވަނީ ފާހަގަކުރެވިފަ އެވެ.

މީގެ އިތުރުން، 2023 އޮކްޓޫބަރު 7 ގެ ފަހުން ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ ސަލާމަތީ ބާރުތަކުން ވެސް ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ނުބައްދަލު އަދި ކޮންމެހެން ބޭނުންކުރަން ނުޖެހޭ ބާރުގެ ބޭނުން ހިފުން އިތުރުވެފައިވާ ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ. އަދި، ހިނގަމުންދާ މަރުގެ ހާދިސާތަކާ ގުޅިގެން މިނިވަން އަދި އިންސާފުވެރި ތަހުގީގުތައް ހިންގުމަށާއި، އަނިޔާ ލިބުނު ފަރާތްތަކަށާއި އެމީހުންގެ އާއިލާތަކަށް އިންސާފާއި ބަދަލު ހޯދައިދިނުމުގައި ޕަލަސްޓީނިއަން އޮތޯރިޓީ ނުކުޅެދިފައިވާ ކަމަށް ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ބައިނަލްއަގުވާމީ ފިޔަވަޅުތަކަށާއި އައިސީސީއަށް އެއްބާރުލުން ދިނުމަށް ގޮވާލުން

ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެގެން ތިބި ތިބުން ނިމުމަކަށް ގެނައުމަށާއި، ޣައިރުގާނޫނީ އާބާދީތައް ހުސްކުރުމަށާއި، އަދި ފަލަސްތީނު ރައްޔިތުން އަމިއްލަ އިޚުތިޔާރުގައި ކަންކަން ނިންމުމުގެ ހައްގަށް ހުރަސްއަޅާ އެންމެހައި ކަންކަން ނައްތާލުމަށް މުރަލީދަރު ވަނީ އިސްރާއީލަށް ގޮވާލައްވާފަ އެވެ. މިއާއެކު، އިސްރާއީލުގެ ވެރިވެގަތުމާއި އާބާދީތައް ދެމެހެއްޓުމަށް މަގުފަހިވާ ގޮތަށް ސިޔާސީ، އަސްކަރީ، އިގުތިސާދީ ނުވަތަ މާލީ އެހީތެރިކަން ފޯރުކޮށްދިނުން ހުއްޓާލުމަށް އދ. ގެ މެންބަރު ޤައުމުތަކަށް އޭނާ ގޮވާލެއްވި އެވެ.

ދައުލަތްތަކުން ނަސްލުނައްތާލުން ހުއްޓުވުމަށާއި އެ ފަދަ ކުށްތަކަށް އަދަބު ދިނުމަށް ލިބިފައިވާ ހުރިހާ ވަސީލަތެއް ބޭނުންކުރަންޖެހޭ ކަމަށާއި، ވަކިން ޚާއްސަކޮށް އެމެރިކާއިން ބައިނަލްއަގުވާމީ ޖިނާއީ ކޯޓަށާއި އެ ކޯޓުގެ އޮފިޝަލުންނަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ ދަނޑިވަޅެއްގައި، އެ ކޯޓަށް އެއްބާރުލުން ދިނުމަށް ވެސް މުރަލީދަރު ވިދާޅުވި އެވެ. ނިއު ޔޯކަށް ދަތުރުކުރުމަށް ޓަކައި ވިސާ ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ނަމަވެސް، ވިސާ ލިބޭ ގޮތް ނުވުމުން އޭނާ އދ. ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ.

މަސްދަރު: އަނަދޮލު އޭޖެންސީ

ޣައްޒާވެސްޓް ބޭންކްސްރީނިވާސަން މުރަލީދަރުއައިސީސީޔޫއެންފަލަސްތީނުއިސްރާއީލް

އެންމެ ހިނގާ

1

ހެލްތު މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރުންތަކެއް އޮފީސްތެރޭ ނަށާ ވީޑިއޯ އާންމުވެ، ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

2

އަލައްބާރު އެތައް މިލިއަން ޑޮލަރެއް ދިން ކަމަށް ބުނާ "އަބްދުﷲ" އަކީ ކާކު؟

3

ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިމާއި ޕްރޮޕަޓީ މިލްކުކުރެވޭ ގޮތަށް ގާނޫނެއް ފާސްކުރުމަށް އޭޖީން މަޖިލީހަށް ފޮނުވަން ތައްޔާރުވެއްޖެ

4

އެމެރިކާއަށް އީރާނުގެ ހަރުކަށި ރައްދެއް، މުޅި ސަރަހައްދުގައި ހަނގުރާމައިގެ "ސުންގަޑި" ކައިރިވަނީ

5

"ވައިޓް ހައުސް ހީވަނީ ޞައްދާމް ހުސައިން ހުޅުއްވި ޗީޒްކޭކް ފެކްޓަރީއެއް ހެން": އޮބާމާގެ ފާޑުކިޔުން ޓްރަމްޕަށް!

އިތުރަށް ކިޔާލަން

25 އޮކްޓޯބަރު 2026

ނަތަންޔާހޫ ހިމެނޭ މައްސަލައިގައި އިސްރާއީލުގެ ބަންދުގައި ހިންގި އަނިޔާތަކާ ގުޅިގެން ފުޅާ ތަހުގީގަކަށް އެދިއްޖެ

25 އޮކްޓޯބަރު 2026
ނަތަންޔާހޫ ހިމެނޭ މައްސަލައިގައި އިސްރާއީލުގެ ބަންދުގައި ހިންގި އަނިޔާތަކާ ގުޅިގެން ފުޅާ ތަހުގީގަކަށް އެދިއްޖެ
25 އޮކްޓޯބަރު 2026

އަލް-ޚަލީލްގެ ހިސާރާއި މަޖުބޫރުން ގެދޮރު ގެއްލުވާލުން: ހުޅަނގު އައްސޭރީގައި 'ނަކްބާ' ތަކުރާރުކުރުމުގެ އިންޒާރެއް

25 އޮކްޓޯބަރު 2026
އަލް-ޚަލީލްގެ ހިސާރާއި މަޖުބޫރުން ގެދޮރު ގެއްލުވާލުން: ހުޅަނގު އައްސޭރީގައި 'ނަކްބާ' ތަކުރާރުކުރުމުގެ އިންޒާރެއް
24 އޮކްޓޯބަރު 2026

ހުޅަނގު އައްސޭރި ފުރަބަންދުކޮށްފި: 15 ރަށަކަށް އިސްރާއީލު ފައުޖުތައް ވަދެގަނެ، އެތައް ބަޔަކު ހައްޔަރުކޮށްފި

24 އޮކްޓޯބަރު 2026
ހުޅަނގު އައްސޭރި ފުރަބަންދުކޮށްފި: 15 ރަށަކަށް އިސްރާއީލު ފައުޖުތައް ވަދެގަނެ، އެތައް ބަޔަކު ހައްޔަރުކޮށްފި
24 އޮކްޓޯބަރު 2026

"އަނެއްކާވެސް ކުޑަ 'އެޕިކް ފިޔުރީ' އެއް ފެށިދާނެ": އީރާނަށް އާ އިންޒާރާއެކު، ކަނޑުއަޑީގެ ކޭބަލްތަކަށް ހަމަލާދޭން ތެހެރާނުން ތައްޔާރުވެއްޖެ

24 އޮކްޓޯބަރު 2026
"އަނެއްކާވެސް ކުޑަ 'އެޕިކް ފިޔުރީ' އެއް ފެށިދާނެ": އީރާނަށް އާ އިންޒާރާއެކު، ކަނޑުއަޑީގެ ކޭބަލްތަކަށް ހަމަލާދޭން ތެހެރާނުން ތައްޔާރުވެއްޖެ
22 އޮކްޓޯބަރު 2026

ޣައްޒާއިން އިސްރާއީލު ސިފައިން ފޭބުމަށާއި އީރާނުގެ ނިއުކްލިއަރ މައްސަލައަށް އަވަސް ހައްލެއް ގެނައުމަށް ޤަތަރާއި ފަރަންސޭސިވިލާތުން ގޮވާލައިފި

22 އޮކްޓޯބަރު 2026
ޣައްޒާއިން އިސްރާއީލު ސިފައިން ފޭބުމަށާއި އީރާނުގެ ނިއުކްލިއަރ މައްސަލައަށް އަވަސް ހައްލެއް ގެނައުމަށް ޤަތަރާއި ފަރަންސޭސިވިލާތުން ގޮވާލައިފި
22 އޮކްޓޯބަރު 2026

"ހަނގުރާމަ މިހާރު ވެސް ނިންމާލެވިދާނެ، އެކަމަކު...؟" އީރާނަށް ޓްރަމްޕްގެ އާ އިންޒާރުތަކެއް!

22 އޮކްޓޯބަރު 2026
"ހަނގުރާމަ މިހާރު ވެސް ނިންމާލެވިދާނެ، އެކަމަކު...؟" އީރާނަށް ޓްރަމްޕްގެ އާ އިންޒާރުތަކެއް!
22 އޮކްޓޯބަރު 2026

ބިމުގެ އަޑީގައިވާ އީރާންގެ ނިއުކްލިޔަރ މަރުކަޒުތައް ނައްތާލަން އެމެރިކާއާއި އިސްރާއީލުން ތައްޔާރުވަނީ!

22 އޮކްޓޯބަރު 2026
ބިމުގެ އަޑީގައިވާ އީރާންގެ ނިއުކްލިޔަރ މަރުކަޒުތައް ނައްތާލަން އެމެރިކާއާއި އިސްރާއީލުން ތައްޔާރުވަނީ!
21 އޮކްޓޯބަރު 2026

ޣައްޒާގެ ސިއްހީ ކާރިސާ: ޖަނަރޭޓަރުތަކަށް ބޭނުންވާ ތެޔޮ ހުސްވުމުން، ހަސްފަތާލުތަކުގެ ޚިދުމަތްތައް މެދުކެނޑުމުގެ އިންޒާރު!

21 އޮކްޓޯބަރު 2026
ޣައްޒާގެ ސިއްހީ ކާރިސާ: ޖަނަރޭޓަރުތަކަށް ބޭނުންވާ ތެޔޮ ހުސްވުމުން، ހަސްފަތާލުތަކުގެ ޚިދުމަތްތައް މެދުކެނޑުމުގެ އިންޒާރު!
20 އޮކްޓޯބަރު 2026

އީރާނުން އެމެރިކާގެ 54 ވަނަ އެމްކިޔު-9 ޑްރޯން ވައްޓާލައިފި، ހުރްމުޒް ކަނޑުއޮޅީގެ ސަލާމަތީ ކަންބޮޑުވުންތައް އިތުރުވަނީ

20 އޮކްޓޯބަރު 2026
އީރާނުން އެމެރިކާގެ 54 ވަނަ އެމްކިޔު-9 ޑްރޯން ވައްޓާލައިފި، ހުރްމުޒް ކަނޑުއޮޅީގެ ސަލާމަތީ ކަންބޮޑުވުންތައް އިތުރުވަނީ
20 އޮކްޓޯބަރު 2026

ޤަތުލުއާންމު ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފަށް އިސްރާއީލުން ހަމަލާދީ ޣައްޒާ ސިޓީން ދެމަފިރިއަކު ޝަހީދުކޮށްލައިފި

20 އޮކްޓޯބަރު 2026
ޤަތުލުއާންމު ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފަށް އިސްރާއީލުން ހަމަލާދީ ޣައްޒާ ސިޓީން ދެމަފިރިއަކު ޝަހީދުކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް