Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިޔާގެ ހަމަނުޖެހުން

އިންޑިޔާގެ މުޒާހަރާތަކާ ދެކޮޅަށް "ހާލަތާ ނުބައްދަލު ބާރު" ގެ ބޭނުންކުރުން ހުއްޓާލަން އދ. އިން ގޮވާލައިފި

21 އޮކްޓޯބަރު 2026 | ބުދަ 09:33

އިންޑިޔާގެ ވޯޓުލާ މީހުންގެ ލިސްޓުން ގިނަ ބަޔަކު އުނިކުރުމާ ގުޅިގެން ކުރިއަށްދާ މުޒާހަރާތަކުގައި ބައިވެރިވާ ދަރިވަރުންނާއި އިދިކޮޅު ފަރާތްތަކާ ދެކޮޅަށް ހާލަތާ ނުބައްދަލު ބާރު ބޭނުންކުރުން ހުއްޓާލުމަށް އދ. ގެ މާހިރުން ގޮވާލައްވައިފި. މުޒާހަރާގެ ބައިވެރިންނަށް ޖިންސީ އަނިޔާއާއި އިހާނެތިކޮށް ހިތާފައިވާ ކަމުގެ ރިޕޯޓުތަކާ މެދު ކަންބޮޑުވުން ފާޅުކޮށް، މި މައްސަލަތައް މިނިވަންކަމާއެކު ތަހުގީގުކުރުމަށް ވެސް އދ. އިން ވަނީ އިންޑިޔާ ސަރުކާރަށް ބާރުއަޅާފައި

ނިއުސް ޓީމް
ނިއުސް ޓީމް | 21 އޮކްޓޯބަރު 2026 | ބުދަ 09:33
އިންޑިޔާގެ ވެރިރަށް ނިއު ދެއްލީގައި ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކުގެ ބައިވެރިއަކު ގަދަބާރުން ހައްޔަރު ކުރުމުން ފުލުހުންނާއި ސަލާމަތީ ބާރުގެ އޮފިސަރުން މަސައްކަތް ކުރަނީ

އިންޑިޔާގެ ވެރިރަށް ނިއު ދެއްލީގައި ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކުގެ ބައިވެރިއަކު ގަދަބާރުން ހައްޔަރު ކުރުމުން ފުލުހުންނާއި ސަލާމަތީ ބާރުގެ އޮފިސަރުން މަސައްކަތް ކުރަނީ | އަނަދޮލު އޭޖެންސީ

އިންޑިޔާގައި އިދިކޮޅު ފަރާތްތަކާއި ދަރިވަރުން ކުރަމުންދާ މުޒާހަރާތައް ހުއްޓުވުމަށް ހިންގި އޮޕަރޭޝަނާ ގުޅިގެން, "ހާލަތާ ނުބައްދަލު ބާރު" ގެ ބޭނުންކުރުން ހުއްޓާލުމަށް އިންޑިޔާގެ ސަރުކާރަށް ގޮވާލާފައިވާ ކަމަށް އދ. ގެ މާހިރުން ވިދާޅުވެއްޖެ އެވެ. މުޒާހަރާގެ ބައިވެރިންނަށް ޒަޚަމުތައް ލިބި, ބައެއް މީހުންނަށް އިހާނެތިކޮށް ހިތާފައިވާ ކަމަށް ރިޕޯޓުކޮށްފައިވާތީ, އިންޑިޔާގެ ކަމާބެހޭ އިދާރާތަކުން އަމަލުކުރި ގޮތް ވަކިފަރާތަކަށް ނުޖެހި ތަހުގީގުކުރުމަށް އަންގާރަ ދުވަހު ނެރުއްވި ބަޔާނެއްގައި އދ. ގެ މުސްތަޤިއްލު މާހިރުންގެ ޓީމަކުން ވަނީ ބާރުއަޅުއްވާފަ އެވެ.

"މުޒާހަރާގެ ބައިވެރިންނަށް ޒަޚަމުތައް ލިބިފައިވާއިރު, ބައެއް މީހުންނަށް އިހާނެތިކޮށް ހިތާފައިވާ ކަމަށް ވަނީ ރިޕޯޓުކޮށްފައި. މުޒާހަރާތަކާއި އެއާ ގުޅިގެން ހައްޔަރުކުރި ކުރުންތަކުގައި ޖިންސީ އަނިޔާއާއި ޖެންޑަރަށް ބިނާކޮށް ހިންގާފައިވާ އެހެނިހެން ގޯނާތަކުގެ ރިޕޯޓުތަކާ މެދު މާހިރުން ވަނީ ޚާއްސަ ކަންބޮޑުވުން ފާޅުކުރައްވާފައި،" އެ ބަޔާނުގައި ބުނެފައިވެ އެވެ. އިންސާނީ ހައްގުތަކާ ގުޅޭ ޚާއްސަ ކާރިސާތައް މޮނިޓަރުކޮށް ލިޔެކިޔުމުން ބެލެހެއްޓުމަށް އދ. ގެ މާހިރުން ކަނޑައަޅަނީ އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން ކަމުގައިވީ ނަމަވެސް، އެ ބޭފުޅުންނަކީ އެ ޖަމުއިއްޔާއާ ވަކިން މަސައްކަތްކުރައްވާ މިނިވަން ބޭފުޅުންނެވެ.

Advertisement - worldAdvertisement

ވޯޓުލާ މީހުންގެ ލިސްޓުން 130 މިލިޔަން މީހުންގެ ނަން އުނިކުރުމާ ގުޅިގެން, ޗީފް އިލެކްޝަން ކޮމިޝަނަރު ގްޔަނޭޝް ކުމާރު އިސްތިއުފާ ދެއްވުމަށް ގޮވާލައި އިންޑިޔާގެ 'ކޮކްރޯޗް ޖަންތާ ޕާޓީ' (ސީޖޭޕީ) ހަރަކާތާއި އިދިކޮޅު އެހެނިހެން ޕާޓީތަކާއި ދަރިވަރުންގެ ޖަޖުއިއްޔާތަކުން އިސްވެ ވަނީ މި މަހު މުޒާހަރާތައް ކުރިއަށް ގެންގޮސްފަ އެވެ.

ވޮޓުލާ މީހުންގެ ލިސްޓުން ނަންތައް އުނިކުރުމުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކޮށްފައި ވަނީ ފަގީރުންނާއި ގެދޮރުނެތް މީހުންގެ އިތުރުން, ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބާރްތިޔާ ޖަންތާ ޕާޓީއަށް(ބީޖޭޕީ) ވޯޓު ދިނުމުގެ ފުރުސަތު ކުޑަ މުސްލިމުން ހިމެނޭހެން ނަސްލީ ކުދި ޖަމާއަތްތަކަށް ކަމަށް މުޒާހަރާކުރާ ފަރާތްތަކުން ބުންޏެވެ.

މި ތުހުމަތުތައް ބީޖޭޕީންނާއި އިންޑިޔާގެ އިލެކްޝަން ކޮމިޝަނުން ދޮގުކުރެ އެވެ. އުނިކުރަމުން ދަނީ އެއް ނަމެއް ތަކުރާރުވެފައިވާ މީހުންނާއި, މަރުވެފައިވާ މީހުންނާއި, ދިރިއުޅޭ ތަން ބަދަލުވެފައިވާ މީހުންގެ އިތުރުން ވޯޓުލުމުގެ ޝަރުތު ހަމަނުވާ އެހެނިހެން މީހުންގެ ނަންތައް ކަމަށާއި, އޮޅުމަކުން ނަން އުނިކުރެވިފައިވާ ކޮންމެ މީހަކަށް ވެސް އިސްތިއުނާފު ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ބުންޏެވެ.

ބާރުގެ ބޭނުންކޮށް މުޒާހަރާތައް ކޮންޓުރޯލުކުރުން

"މުޒާހަރާތަކަކީ ސުލްހަވެރި އެއްވުންތަކެއް ކަމުގައިވީ ނަމަވެސް، ހަތިޔާރެއް ނެތް ދަރިވަރުންނާ ދެކޮޅަށް ފުލުހުންނާއި ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ބާރުގެ ބޭނުންކޮށްފައިވާ ކަމަށާއި, އަދި އެތައް ހާސް ބަޔަކު މުޒާހަރާތަކާ ގުޅުމަށް ވަނީ ހުރަސްއަޅާފައި," ކަމަށް އދ. ގެ މާހިރުން ވިދާޅުވި އެވެ.

"ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރުން ވަގުތުން ހުއްޓާލުމަށާއި, އެއްވުންތައް މަނާކުރުމަށް އަޅާފައިވާ ހުރިހާ ފިޔަވަޅުތަކެއް އުވާލުމަށާއި, އަދި ބަޔޯމެޓްރިކްސް ހިމެނޭހެން ޑިޖިޓަލް މޮނިޓަރިން ނަހަމަ ގޮތުގައި ބޭނުންކުރުމާއި އިންޓަނެޓްގެ ޚިދުމަތް މެދުކަނޑާލުން ހުއްޓާލުމަށް ކަމާބެހޭ ފަރާތްތަކަށް އަޅުގަނޑުމެން ގޮވާލަން," އެ ބޭފުޅުން ވިދާޅުވި އެވެ.

އެންމެ ފަހުން ކުރިއަށްދިޔަ މުޒާހަރާތަކާ ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކުރަމުންދާތީ މި މަހުގެ ކުރީކޮޅު އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން ކަންބޮޑުވުން ފާޅުކުރުމުން ވެސް, އެ ފަދަ ފާޑުކިޔުންތަކަކީ ޤައުމުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަނުން ކަމަށް ސިފަކޮށް އިންޑިޔާއިން ވަނީ އެ ވާހަކަތައް ތަކުރާރުކޮށް ދޮގުކޮށްފަ އެވެ.

މަސްދަރު: އަލް ޖަޒީރާ

އިންޑިއާއދގްޔަނޭޝް ކުމާރުނަރެންދުރަ މޯދީ ބާރަތީޔާ ޖަނަތާ ޕާޓީކޮކްރޯޗް ޖަނަތާ ޕާޓީ

އެންމެ ހިނގާ

1

ބެއިޖިންގގެ ހުއްދަ ނެތި އެމެރިކާގެ މަނަވަރެއް ޗައިނާ ކަނޑަށް، މަސްރަހު ހޫނުވެ ޗައިނާގެ އިންޒާރެއް

2

އިންޑިއާގެ ބަދަލުގައި ޕާކިސްތާނުން ޑޮކްޓަރުންނާއި ޓީޗަރުން ގެންނަން ނިންމާ، ރައީސް މުއިއްޒު ސަރުކާރުން އެ މަސައްކަތް ފަށައިފި

3

އޭއީއެޗްގެ ސީއީއޯ އަދީލްގެ އާއިލީ މީހުންނަށް ނާޖާއިޒު ގޮތުގައި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭ ކަމުގެ ސީރިއަސް ތުހުމަތުތަކެއް، މިފަހަރު ކޮއްކޮ އަށް އިސް މަގާމެއް!

4

ރަސްމާލެ މަޝްރޫއުގެ ހަގީގީ ނުރައްކަލަކީ އެތަނުގައި ރިސޯޓު އުސޫލުތައް ހުއްދަކުރުން ކަމަށް ވަޒީރު ވިދާޅުވި ވިދާޅުވުން ކަމަށް އިލްމުވެރިންގެ ގުޅުމުން ބުނެފި

5

އެއްކަލަ ސައީދު، އަނެއްކާ އަނެއް މޮޅުވާހަކަ

އިތުރަށް ކިޔާލަން

17 އޮކްޓޯބަރު 2026

ރަޝިޔާގެ ހަމަލާތަކުގައި ޔޫކްރެއިންގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑި، ގިނަ އަދަދެއްގެ އާންމުން މަރުވެއްޖެ

17 އޮކްޓޯބަރު 2026
ރަޝިޔާގެ ހަމަލާތަކުގައި ޔޫކްރެއިންގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑި، ގިނަ އަދަދެއްގެ އާންމުން މަރުވެއްޖެ
14 އޮކްޓޯބަރު 2026

އިންޑިޔާގައި ހިނގި ބޯޓެއް ބަންޑުންޖަހާލުމުގެ ހާދިސާއެއްގައި ގިނަ އަދަދެއްގެ ކުޑަކުދިންތަކެއް މަރުވެއްޖެ

14 އޮކްޓޯބަރު 2026
އިންޑިޔާގައި ހިނގި ބޯޓެއް ބަންޑުންޖަހާލުމުގެ ހާދިސާއެއްގައި ގިނަ އަދަދެއްގެ ކުޑަކުދިންތަކެއް މަރުވެއްޖެ
14 އޮކްޓޯބަރު 2026

ރާއްޖެއަށް އެހީވުމަށް އިންޑިއާއިން ހަމަޖައްސައިދިން 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވަޕް އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްދިނުމަށް ދިވެހި ސަރުކާރުން އެދިއްޖެ

14 އޮކްޓޯބަރު 2026
ރާއްޖެއަށް އެހީވުމަށް އިންޑިއާއިން ހަމަޖައްސައިދިން 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވަޕް އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްދިނުމަށް ދިވެހި ސަރުކާރުން އެދިއްޖެ
10 އޮކްޓޯބަރު 2026

ދެއްލީގައި ބޭއްވި މުޒާހަރާތަކުގައި 'ކުރަފި' ޕާޓީގެ ބާނީއާއި އެތައް ސަތޭކަ ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް

10 އޮކްޓޯބަރު 2026
ދެއްލީގައި ބޭއްވި މުޒާހަރާތަކުގައި 'ކުރަފި' ޕާޓީގެ ބާނީއާއި އެތައް ސަތޭކަ ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް
04 އޮކްޓޯބަރު 2026

ތެޔޮ ޓޭންކަރަކަށް ދިން ހަމަލާއަކާ ގުޅިގެން އިންޑިޔާގެ ފަސް ރައްޔިތަކު ސަލާމަތްކޮށްފި

04 އޮކްޓޯބަރު 2026
ތެޔޮ ޓޭންކަރަކަށް ދިން ހަމަލާއަކާ ގުޅިގެން އިންޑިޔާގެ ފަސް ރައްޔިތަކު ސަލާމަތްކޮށްފި
03 އޮކްޓޯބަރު 2026

އިސްރާއީލްގެ ޗެކްޕޮއިންޓްތަކުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުންގެ ދިރިއުޅުމަށް ހުރަސްއެޅިފައި: އަލްބަނޭޒޭ

03 އޮކްޓޯބަރު 2026
އިސްރާއީލްގެ ޗެކްޕޮއިންޓްތަކުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުންގެ ދިރިއުޅުމަށް ހުރަސްއެޅިފައި: އަލްބަނޭޒޭ
30 ސެޕްޓެމްބަރު 2026

ރެޑް ބުލް "އެނާޖީ ޑްރިންކް" އެއްގެ ގޮތުގައި އިޝްތިހާރު ކުރެވިދާނެތޯ ބެލުމަށް ކުރިއަށްދިޔަ ގާނޫނީ ހަނގުރާމައިގެ ހުކުމް އިއްވައިފި

30 ސެޕްޓެމްބަރު 2026
ރެޑް ބުލް "އެނާޖީ ޑްރިންކް" އެއްގެ ގޮތުގައި އިޝްތިހާރު ކުރެވިދާނެތޯ ބެލުމަށް ކުރިއަށްދިޔަ ގާނޫނީ ހަނގުރާމައިގެ ހުކުމް އިއްވައިފި
29 ސެޕްޓެމްބަރު 2026

ދެކުނު އޭޝިޔާގެ ރައްޔިތުންނަށް އެމެރިކާ މީހުން މިހާ ބޮޑަށް ނަފުރަތު ކުރަނީ ކީއްވެ؟

29 ސެޕްޓެމްބަރު 2026
ދެކުނު އޭޝިޔާގެ ރައްޔިތުންނަށް އެމެރިކާ މީހުން މިހާ ބޮޑަށް ނަފުރަތު ކުރަނީ ކީއްވެ؟
29 ސެޕްޓެމްބަރު 2026

އޭޝިޔާއަށް ކުރަމުންދާ ވިއްސާރައިގައި ތައިލެންޑާއި އިންޑިޔާއިން 100 އަށްވުރެ ގިނަ މަރު!

29 ސެޕްޓެމްބަރު 2026
އޭޝިޔާއަށް ކުރަމުންދާ ވިއްސާރައިގައި ތައިލެންޑާއި އިންޑިޔާއިން 100 އަށްވުރެ ގިނަ މަރު!
27 ސެޕްޓެމްބަރު 2026

އިންޑިޔާގެ ޚާރިޖީ ވަޒީރު ގޮވާލެއްވީ އިސްރާއީލާ ޖެހިގެން ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކޮށްދޭން!

27 ސެޕްޓެމްބަރު 2026
އިންޑިޔާގެ ޚާރިޖީ ވަޒީރު ގޮވާލެއްވީ އިސްރާއީލާ ޖެހިގެން ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކޮށްދޭން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް