Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުމޯލްޑިވިއަން

މޯލްޑިވިއަންގެ ލަގްޒަރީ ފްލީޓަށް 'ކިންގް އެއަރ 360' މަރުކާގެ ބޯޓެއް އިތުރުކޮށް ޚިދުމަތަށް ނެރެނީ

2 ނޮވެމްބަރު 2026 | ހޯމަ 15:09

މޯލްޑިވިއަނުން ނިލާ ކޮރެލްސްއާ ގުޅިގެން 8 މީހުންގެ ޖާގަ ހިމެނޭ "ކިންގް އެއަރ 360" މަރުކާގެ ބޯޓެއް ލަގްޒަރީ ދަތުރުތަކަށް ޚާއްސަކޮށް ތައާރަފްކޮށްފި. މި ބޯޓުގެ ސަބަބުން ރޭގަނޑު ސީޕްލޭން ނުއުދުހޭ ވަގުތުތަކުގައި ފަތުރުވެރިންނަށް ފަސޭހަކަމާއެކު ރިސޯޓުތަކަށް ދެވޭނެ މަގު ފަހިވެ، ޗާޓަރު ދަތުރުތަކަށް ވެސް ފުރުސަތު ހުޅުވިގެންދާނެ. މިއާއެކު ގައުމީ އެއާލައިންގެ ފްލީޓުގައި ހިމެނޭ ބޯޓުގެ އަދަދު ވަނީ 25 އަށް އިތުރުވެފައި

ދެލިކޮޕީ
ދެލިކޮޕީ | 2 ނޮވެމްބަރު 2026 | ހޯމަ 15:09
މޯލްޑިވިއަންގެ ފްލީޓަށް އަލަށް އިތުރުކުރި 'ކިންގް އެއަރ 360' މަރުކާގެ ބޯޓު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި

މޯލްޑިވިއަންގެ ފްލީޓަށް އަލަށް އިތުރުކުރި 'ކިންގް އެއަރ 360' މަރުކާގެ ބޯޓު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި | ނިލާ ކޮރަލް މޯލްޑިވްސް

ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލީޓަށް މުޅިން އަލަށް އިތުރުކުރި "ކިންގް އެއަރ 360" މަރުކާގެ މަތިންދާބޯޓު ލަގްޒަރީ ދަތުރުތަކަށް ބޭނުންކުރުމަށްޓަކައި ޚިދުމަތަށް ނެރެން ތައްޔާރުވެއްޖެ އެވެ.

މިއީ ގައުމީ އެއާލައިނުން މިފަދަ މަރުކާގެ ބޯޓެއް ބޭނުންކޮށްގެން ހައި-އެންޑް ނުވަތަ ލަގްޒަރީ ދަތުރުފަތުރުގެ ޚިދުމަތް ތައާރަފްކުރި ފުރަތަމަ ފަހަރެވެ.

މި ޚިދުމަތް މޯލްޑިވިއަނުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ނިލާ ކޮރެލްސްއާ ގުޅިގެންނެވެ. މި ބޯޓު ފްލީޓަށް އިތުރުކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި އައިލެންޑް އޭވިއޭޝަން ސާވިސަސްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު އަލީ ސަލީމް ވިދާޅުވީ، ރޭގަނޑު ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ސީޕްލޭންގެ ޚިދުމަތް ނުލިބޭ ވަގުތުތަކުގައި، ލަގްޒަރީ ފަތުރުވެރިކަމަށް ޚާއްސަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަކީ އަބަދުވެސް ބޮޑު ޑިމާންޑެއް އޮންނަ ކަމެއް ކަމަށެވެ. އަދި މި އައު ބޯޓާއެކު ރާއްޖޭގެ ލަގްޒަރީ ރިސޯޓުތަކަށް ކުރާ ދަތުރުތަކަށް ބޮޑު ލުޔެއްލިބި، ދާއިރާގެ ހިއްސާދާރުން ބޭނުންވާ ފެންވަރުގެ ޚިދުމަތް ދެވޭނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ޖުމްލަ 8 ފަސިންޖަރުންގެ ޖާގައާއެކު ވިޔަފާރި އަދި ލަގްޒަރީ ދަތުރުތަކަށް ޚާއްސަކޮށްގެން ފަރުމާކޮށްފައިވާ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ "ނިލާ ކޮރަލް އައިލެންޑް" އަށް ކުރާ އެއަރ ޓްރާންސްފަރ ދަތުރުތަކަށެވެ. މީގެ އިތުރުން، ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކުރާ ޗާޓަރު ދަތުރުތަކަށް އާންމުންނަށާއި، ވިޔަފާރި ކުންފުނިތަކުގެ އިތުރުން ޖަމްއިއްޔާ ޖަމާއަތްތަކަށް ވެސް މި ބޯޓު ކުއްޔަށް ހިފުމުގެ ފުރުސަތު އޮންނާނެ ކަމަށް އެއާލައިނުން ހާމަކުރެ އެވެ.

ދެ އިންޖީނުލީ މި ޓާބޯޕްރޮޕް މަތިންދާބޯޓަކީ އޭގެ ހަލުވި ދުވެއްޔާއި، ހިތްފަސޭހަ އަދި ޖާގަ ތަނަވަސް ކެބިންގެ ސަބަބުން މަގުބޫލުކަން ހޯދާފައިވާ ބޯޓެކެވެ. މި ޚިދުމަތް ތައާރަފްވުމުން ދަތުރުވެރިން އެއާޕޯޓުގައި ޓްރާންސިޓް ކުރަންޖެހޭ ވަގުތު ބޮޑުތަނުން ކުޑަވެ، ބޭނުންވާ ވަގުތެއްގައި ސީދާ މަންޒިލަށް ދިއުމުގެ ފަސޭހަކަން ލިބިގެންދާނެ އެވެ.

މި އައު ބޯޓާއެކު މޯލްޑިވިއަންގެ ފްލީޓުގައި މިހާރު އޮޕަރޭޓްކުރާ ބޯޓުގެ ޖުމްލަ އަދަދު ވަނީ 25 އަށް އަރާފަ އެވެ. އެއާލައިންގެ ފްލީޓުގައި މިހާރު ހިމެނެނީ އެއާބަސްގެ 2 ބޯޓާއި އޭޓީއާރުގެ 5 ބޯޓާއި ޑޭޝް 8 ގެ 7 ބޯޓުގެ އިތުރުން ސީޕްލޭންގެ ގޮތުގައި ބޭނުންކުރާ 11 ޓްވިން އޮޓާ ބޯޓެވެ.

މޯލްޑިވިއަން

އެންމެ ހިނގާ

1

ރަސްމާލެ އެއްބަސްވުމުގައި ސޮއިކޮށްފިނަމަ އިސްތިއުފާ ދެއްވާނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވެއްޖެ

2

ރާއްޖެޓީވީ ހިމެނޭ ގޮތަށް އިތުރު ދެ ޗަނަލަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މީޑިއާ ކޮމިޝަނުން ފަށައިފި

3

ރިސޯޓެއް ހަދަން ނެގި ލޯނާ ގުޅިގެން ފައްޔާޒަށް ތުހުމަތުކޮށް ދެކެވުނު ވާހަކަ ތަކަށް ފައްޔާޒުގެ ރައްދެއް!

4

"ނިއުކްލިއަރ ހަމަލާއަކާއެކު ތިންވަނަ ބޮޑުހަނގުރާމަ ފެށޭނެ": އީރާނަށް ހަމަލާދޭން އިސްރާއީލުން ބާރުއަޅާ ކަމަށް ބުނެ ކާލްސަންގެ އިންޒާރު

5

އަސީލުގެ މަރުގެ މައްސަލަ ކުރިއަށްދާތާ 12 އަހަރު: 4 މީހެއްގެ މައްޗަށް ކުށް ސާބިތުވެއްޖެ

އިތުރަށް ކިޔާލަން

17 ސެޕްޓެމްބަރު 2026

ގޮތެއް ނެތިގެން ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށްދާ އާއިލާތަކަށް ރާއްޖެއަށް އައުމަށް ވެސް ސަލާން ޖަހަންޖެހިފައި!

17 ސެޕްޓެމްބަރު 2026
ގޮތެއް ނެތިގެން ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށްދާ އާއިލާތަކަށް ރާއްޖެއަށް އައުމަށް ވެސް ސަލާން ޖަހަންޖެހިފައި!
17 ސެޕްޓެމްބަރު 2026

ކޮޗިންއިން ރާއްޖެއަށް އަންނަން އޮތް މޯލްޑިވިއަންގެ ފްލައިޓެއް ކެންސަލްވެ، ގިނަ އަދަދެއްގެ ދިވެހިން ހާލުގައި ޖެހިއްޖެ

17 ސެޕްޓެމްބަރު 2026
ކޮޗިންއިން ރާއްޖެއަށް އަންނަން އޮތް މޯލްޑިވިއަންގެ ފްލައިޓެއް ކެންސަލްވެ، ގިނަ އަދަދެއްގެ ދިވެހިން ހާލުގައި ޖެހިއްޖެ
28 އޯގަސްޓު 2026

އޮސްޓްރޭލިއާ-ރާއްޖެ ސީދާ ދަތުރުތައް މިއަހަރު ދާއިމީކޮށް ކުރިއަށް ގެންދަން ނިންމައިފި

28 އޯގަސްޓު 2026
އޮސްޓްރޭލިއާ-ރާއްޖެ ސީދާ ދަތުރުތައް މިއަހަރު ދާއިމީކޮށް ކުރިއަށް ގެންދަން ނިންމައިފި
28 ޖުލައި 2026

އެއް ޓިކެޓެއްގައި ރާއްޖޭގެ 17 މަންޒިލަކަށް ދަތުރުކުރުމުގެ ފުރުސަތު ފަސިންޖަރުންނަށް ލިބޭ އެއްބަސްވުމެއްގައި ސްރީލަންކަން އާއި މޯލްޑިވިއަން އިން ސޮއިކޮށްފި

28 ޖުލައި 2026
އެއް ޓިކެޓެއްގައި ރާއްޖޭގެ 17 މަންޒިލަކަށް ދަތުރުކުރުމުގެ ފުރުސަތު ފަސިންޖަރުންނަށް ލިބޭ އެއްބަސްވުމެއްގައި ސްރީލަންކަން އާއި މޯލްޑިވިއަން އިން ސޮއިކޮށްފި
22 ޖުލައި 2026

މޯލްޑިވިއަން އިން ޓްވިން އޮޓާ ކްލެސިކް 300-ޖީ ގެ ދެ މަތިންދާ ބޯޓު ގަތުމަށް ސޮއިކޮށްފި

22 ޖުލައި 2026
މޯލްޑިވިއަން އިން ޓްވިން އޮޓާ ކްލެސިކް 300-ޖީ ގެ ދެ މަތިންދާ ބޯޓު ގަތުމަށް ސޮއިކޮށްފި
19 ޖުލައި 2026

މޯލްޑިވިއަންގެ ވައިޑް ބޮޑީ ބޯޓު ދުއްވަނީ ދަމަކުން ބެރެއް ޖަހާހެން، އެކަމަކު ބޯޓަށް ޚާއްސަ ޕައިލެޓުންނަށް އެކަނިވެސް މަހަކު 1.2 މިލިއަން ރުފިޔާ!

19 ޖުލައި 2026
މޯލްޑިވިއަންގެ ވައިޑް ބޮޑީ ބޯޓު ދުއްވަނީ ދަމަކުން ބެރެއް ޖަހާހެން، އެކަމަކު ބޯޓަށް ޚާއްސަ ޕައިލެޓުންނަށް އެކަނިވެސް މަހަކު 1.2 މިލިއަން ރުފިޔާ!
30 ޖޫން 2026

އެތެރޭގެ އުދުހުންތަކުގެ ޓިކެޓުގެ އަގު ހެޔޮ ކުރެވޭކަށް ނެތް، އެކަށީގެންވާ މިންވަރަށް ފަސިންޖަރުން ނުލިބޭ: އަމީން

30 ޖޫން 2026
އެތެރޭގެ އުދުހުންތަކުގެ ޓިކެޓުގެ އަގު ހެޔޮ ކުރެވޭކަށް ނެތް، އެކަށީގެންވާ މިންވަރަށް ފަސިންޖަރުން ނުލިބޭ: އަމީން
30 ޖޫން 2026

މޯލްޑިވިއަންގެ ދެވަނަ ވައިޑް-ބޮޑީ މަތިންދާބޯޓު އޮޕަރޭޝަނަށް ގެނެވޭނީ އަންނަ އަހަރު: މިނިސްޓަރ އަމީން

30 ޖޫން 2026
މޯލްޑިވިއަންގެ ދެވަނަ ވައިޑް-ބޮޑީ މަތިންދާބޯޓު އޮޕަރޭޝަނަށް ގެނެވޭނީ އަންނަ އަހަރު: މިނިސްޓަރ އަމީން
06 ޖޫން 2026

ދިވެހި ހައްޖުވެރިން ރާއްޖެ އަންނަން ފަށައިފި

06 ޖޫން 2026
ދިވެހި ހައްޖުވެރިން ރާއްޖެ އަންނަން ފަށައިފި
29 މެއި 2026

އެބޯލާ ވައިރަހާ ގުޅިގެން އިންޑިއާ އަށް ދަތުރުކުރާއިރު، ސެލްފް ޑެކްލަރޭޝަން ފޯމް ހުށަހަޅަން ޖެހޭ ގޮތަށް މަޖުބޫރު ކޮށްފި

29 މެއި 2026
އެބޯލާ ވައިރަހާ ގުޅިގެން އިންޑިއާ އަށް ދަތުރުކުރާއިރު، ސެލްފް ޑެކްލަރޭޝަން ފޯމް ހުށަހަޅަން ޖެހޭ ގޮތަށް މަޖުބޫރު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް