Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހައްޖުވެރިން ރާއްޖެ އައުން

ދިވެހި ހައްޖުވެރިން ރާއްޖެ އަންނަން ފަށައިފި

މި އަހަރު ރާއްޖެއިން ހައްޖަށް ދިޔަ 1،019 މީހުން އެނބުރި އައުމަށް ހަމަޖެހިފައިވާ ހަތަރު ފްލައިޓުގެ ތެރެއިން ފުރަތަމަ ފްލައިޓް މިހާރު ވަނީ ރާއްޖެ އައިސްފަ. ބާކީ ތިބި ހައްޖުވެރިން މި މަހުގެ 7، 8 އަދި 9 ވަނަ ދުވަހު ރާއްޖެ އައުމަށް ތާވަލުކޮށްފައިވާއިރު، މި ދަތުރުތައް ކުރަނީ މޯލްޑިވިއަން އާއި ސައުދިއާ އެއަރލައިން ގުޅިގެން.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް, ރާއްޖެ އެމްވީ | 6 ޖޫން 2026 | ހޮނިހިރު 09:52
ދިވެހި ހައްޖުވެރިންގެ ފުރަތަމަ ގުރޫޕް މާލެ އައިސްފައިވަނީ ހުކުރު ދުވަހުގެ ރޭ.

ދިވެހި ހައްޖުވެރިންގެ ފުރަތަމަ ގުރޫޕް މާލެ އައިސްފައިވަނީ ހުކުރު ދުވަހުގެ ރޭ. | ހައްޖު ކޯޕަރޭޝަން

މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު، ދިވެހި ހައްޖުވެރިން އެނބުރި ރާއްޖެ އަންނަން ފަށައިފި އެވެ.

ހައްޖުވެރިންގެ ފުރަތަމަ ގްރޫޕް ރާއްޖެ އައިސްފައިވަނީ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.

Advertisement - newsAdvertisement

މި އަހަރު ރާއްޖެ އިން ހައްޖަށް ދިޔަ މީހުން ދަތުރުކޮށްފައިވަނީ ސައުދިއާ އެއަރލައިން އަދި ރާއްޖޭގެ ގައުމީ އެއަރލައިން، މޯލްޑިވިއަންގެ ފްލައިޓުތަކުގަ އެވެ. ހައްޖުވެރިން އެނބުރި ރާއްޖެ އައުމަށް ޖުމްލަ 4 ފްލައިޓެއް ހަމަޖެހިފައިވާއިރު، ފުރަތަމަ ފްލައިޓް މިހާރު ވަނީ ރާއްޖެ އައިސްފަ އެވެ. ބާކީ ތިބި ހައްޖުވެރިން ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މި ފެށޭ ހަފްތާގެ އާދިއްތަ، ހޯމަ އަދި އަންގާރަ ދުވަހު އެވެ.

ދިވެހި ހައްޖު މިޝަނުން މައުލޫމާތު ދެއްވާ ގޮތުގައި، ހައްޖުވެރިންގެ ދެވަނަ ފްލައިޓް ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 7 ވާ އާދިއްތަ ދުވަހުއެވެ. މޯލްޑިވިއަންގެ މި ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ޖައްސާނީ އެދުވަހުގެ ހަވީރު ރާއްޖެ ގަޑިން 17:40 ގަ އެވެ.

ހައްޖުވެރިންގެ ތިންވަނަ ފްލައިޓް ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 8 ވާ ހޯމަ ދުވަހު އެވެ. ސައުދިއާ އެއަރލައިންގެ މި ފްލައިޓް ރާއްޖެ އައުމަށް ތާވަލުކޮށްފައިވަނީ އެދުވަހުގެ މެންދުރުފަހު 14:00 އަށެވެ.

މި އަހަރުގެ ހައްޖުވެރިންގެ އެންމެ ފަހު ގްރޫޕް ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 9 ވާ އަންގާރަ ދުވަހު އެވެ. މޯލްޑިވިއަންގެ މި ފްލައިޓް ރާއްޖޭގައި ޖައްސާނީ އެދުވަހުގެ ދަންވަރު 12:00 ހާއިރު ކަމަށް ހައްޖު މިޝަނުން މައުލޫމާތު ދެއެވެ.

މި އަހަރު ރާއްޖެއިން ހައްޖުގެ އަޅުކަން އަދާކުރުމަށްޓަކައި މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ޖުމްލަ 1،019 ދިވެހިން މައްކާ އަށް ދަތުރުކުރި އެވެ. 

ހައްޖުމޯލްޑިވިއަންސައުދީ އެއަރލައިންސްމޯލްޑިވްސް ހައްޖު ކޯޕަރޭޝަން

އިތުރަށް ކިޔާލަން

04 ޖޫން 2026

ހައްޖުވެރިން އެނބުރި އަންނަން ފަށާނީ މާދަމާ، ހައްޖާޖީންނަށް ވެސް ފަސޭހައިން ޑޮކްޓަރަށް ދެއްކޭނެ: އެޗްޕީއޭ

04 ޖޫން 2026
ހައްޖުވެރިން އެނބުރި އަންނަން ފަށާނީ މާދަމާ، ހައްޖާޖީންނަށް ވެސް ފަސޭހައިން ޑޮކްޓަރަށް ދެއްކޭނެ: އެޗްޕީއޭ
29 މެއި 2026

1.7 މިލިއަން ހައްޖުވެރިން ހައްޖުގެ އަޅުކަން ފުރިހަމަކޮށްފި

29 މެއި 2026
1.7 މިލިއަން ހައްޖުވެރިން ހައްޖުގެ އަޅުކަން ފުރިހަމަކޮށްފި
29 މެއި 2026

އެބޯލާ ވައިރަހާ ގުޅިގެން އިންޑިއާ އަށް ދަތުރުކުރާއިރު، ސެލްފް ޑެކްލަރޭޝަން ފޯމް ހުށަހަޅަން ޖެހޭ ގޮތަށް މަޖުބޫރު ކޮށްފި

29 މެއި 2026
އެބޯލާ ވައިރަހާ ގުޅިގެން އިންޑިއާ އަށް ދަތުރުކުރާއިރު، ސެލްފް ޑެކްލަރޭޝަން ފޯމް ހުށަހަޅަން ޖެހޭ ގޮތަށް މަޖުބޫރު ކޮށްފި
27 މެއި 2026

ޙައްޖުވެރިން ބުދަ ދުވަހު ޖަމްރާ އަށް ހިލައުކުން ކުރިއަށް ގެންގޮސްފި

27 މެއި 2026
ޙައްޖުވެރިން ބުދަ ދުވަހު ޖަމްރާ އަށް ހިލައުކުން ކުރިއަށް ގެންގޮސްފި
27 މެއި 2026

އަޟްހާ އީދަކީ މައާފުކުރުމުގެ ފިނި ރޯޅިން އެންމެންގެ ހިތްތަކަށް ދިރުން ގެނެސްދޭ މޫސުން، ކުޅިވަރުތައް ކުޅުމުގައި ވެސް އިސްލާމީ އުސޫލުތައް ހިފަހައްޓަން ޖެހޭ: ރައީސް

27 މެއި 2026
އަޟްހާ އީދަކީ މައާފުކުރުމުގެ ފިނި ރޯޅިން އެންމެންގެ ހިތްތަކަށް ދިރުން ގެނެސްދޭ މޫސުން، ކުޅިވަރުތައް ކުޅުމުގައި ވެސް އިސްލާމީ އުސޫލުތައް ހިފަހައްޓަން ޖެހޭ: ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު