Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޓިކެޓުގެ އަގު

އެތެރޭގެ އުދުހުންތަކުގެ ޓިކެޓުގެ އަގު ހެޔޮ ކުރެވޭކަށް ނެތް، އެކަށީގެންވާ މިންވަރަށް ފަސިންޖަރުން ނުލިބޭ: އަމީން

ރާއްޖޭގެ އެތެރޭގެ އުދުހުންތަކަށް ބޭނުންވާ ވަރަށް ފަސިންޖަރުން ނެތުމާއި، ބައެއް އެއަރޕޯޓްތަކަށް އޮތް ޑިމާންޑް ކުޑަވުމަކީ ޓިކެޓުގެ އަގު ހެޔޮކުރުމަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށް މިނިސްޓަރު މުހައްމަދު އަމީން ފާހަގަ ކުރެއްވި. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން އެއަރލައިންތަކުގެ ޚަރަދު ބޮޑުވި ނަމަވެސް، ދިވެހިންނަށް ވިއްކާ ޓިކެޓުގެ އަގު މިހާތަނަށް ހިފަހައްޓާފައިވަނީ ޚަރަދުތައް އެހެން ގޮތްގޮތުން މެނޭޖްކޮށްގެން ކަމަށް މިނިސްޓަރު ފާހަގަކުރެއްވި. މީގެ އިތުރުން މަތިންދާ ބޯޓުތައް ބެލެހެއްޓުމުގެ ޚަރަދު ބޮޑުވުމަކީވެސް މި ދާއިރާ އެފިޝަންޓްކޮށް ހިންގުމަށް ކުރިމަތިވާ ހުރަހެއް ކަމަށް އެމަނިކުފާނު ވިދާޅުވި.

ރާއްޖެ އެމްވީ | 30 ޖޫން 2026 | އަންގާރަ 13:58
ޓޫރިޒަމް އެންޑް ސިވިލްއޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން

ޓޫރިޒަމް އެންޑް ސިވިލްއޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން | ރައީސް އޮފީސް

ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ އަގު ކުޑަކުރުމަށް ބޮޑެތި ގޮންޖެހުންތައް އެބަހުރި ކަމަށާއި، މިހާރުވެސް ޓިކެޓުގެ އަގު ހުރީ ހިނގާ ޚަރަދަށްވުރެ ބޮޑުކޮށް ކަމަށް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރ މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

އަންގާރަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އަމީން ވިދާޅުވީ، ރާއްޖޭގައި އެކަށީގެންވާ އޮޕަރޭޝަނެއް ހިންގުމަށް ބޭނުންވާ ވަރަށް ފަސިންޖަރުން ނެތް ކަމަށެވެ.

މިިނިސްޓަރ އަމީން އިތުރަށް ވިދާޅުވީ، ރާއްޖޭގެ ބައެއް ޑޮމެސްޓިކް އެއަރޕޯޓްތަކަކީ ވަރަށް ދަށް ޑިމާންޑެއް އޮންނަ ތަންތަން ކަމުގަ އެވެ.

އަމީން ވިދާޅުވީ، ރާއްޖޭގައި ގެންގުޅެނީ އެންމެ ފެންވަރު ރަނގަޅު މަތިންދާ ބޯޓު ކަމަށާއި ބޯޓުތައް ބެލެހެއްޓުމަކީ ވަރަށް ޚަރަދު ބޮޑު ކަމެއް ކަމުގަ އެވެ.

އިތުރަށް މިނިސްޓަރ ވިދާޅުވީ މިއީ ވަރަށް ޗެލެންޖިންގ މަސައްކަތެއް ކަމަށާއި މެދުއިރުމަތީގެ ހަނގުރާމަ އާ ގުޅިގެން ތެލުގެ އަގު މައްޗަށް ދިއުމުން ދުނިޔޭގެ އެއަރލައިންތަކުގެ ޓިކެޓްގެ އަގުތައް 30 ނުވަތަ 40 އިންސައްތަ މައްޗަށް ދިޔަ ކަމަށާއި، އެހެން ނަމަވެސް ޚަރަދުތައް އެހެން ގޮތްގޮތައް މެނޭޖް ކޮށްގެން ދިވެހިންނަށް ޓިކެޓްގެ އަގުބޮޑު ނުކޮށް މިއަދާ ހިސާބަށްވެސް ހިފަހައްޓަމުން އައިސްފައިވާ ކަމަށެވެ.

މިނިސްޓަރ މިހެން ވިދާޅުވި ނަމަވެސް އެތެރޭގެ އުދުހުންތަކުގައި ދަތުރުކުރާ ޓޫރިސްޓުންނަށް ޓިކެޓް ވިއްކާ އަގު މޯލްޑިވިއަން އިން މިދިޔަ އޭޕްރިލްމަހު ވަނީ ބޮޑުކޮށްފަ އެވެ.

މިނިސްޓަރ ތަކުރާރުކޮށް ވިދާޅުވީ، އެތެރޭގެ އުދުހުންތައް އެފިޝަންޓް ކޮށް ގެންދިއުމަށް ބޭނުންވާ މިންވަރަށް ފަސިންޖަރުން ރާއްޖޭގައި ލިބެން ނެތް ކަމުގަ އެވެ.

"އެއީ ހަގީގަތަކީ، ޓިކެޓުގެ އަގު ދަށްކުރުމަކީ، ވަރަށް ޗެލެންޖިންގ މަސައްކަތަކަށް އެއްވެސް ފަރާތަކަށް ވާނި،" މިނިސްޓަރ އަމީން ވިދާޅުވި އެވެ.

މުހައްމަދު އަމީންމިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން20 ވަނަ ރައްޔިތުންގެ މަޖިލީސްމޯލްޑިވިއަން

އިތުރަށް ކިޔާލަން

30 ޖޫން 2026

މިދިޔަ އަހަރުގެ މިނިވަން ދުވަސް ފާހަގަކުރުމަށް ހިނގި ޚަރަދުތަކާ ގުޅޭގޮތުން ހީނާ ވަލީދުއާ ސުވާލުކުރަން އެޖެންޑާކޮށްފި

30 ޖޫން 2026
މިދިޔަ އަހަރުގެ މިނިވަން ދުވަސް ފާހަގަކުރުމަށް ހިނގި ޚަރަދުތަކާ ގުޅޭގޮތުން ހީނާ ވަލީދުއާ ސުވާލުކުރަން އެޖެންޑާކޮށްފި
30 ޖޫން 2026

ޕީއެންސީގެ ރަޖިސްޓްރާ ކަމުގެ މަގާމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ކަމުގެ މަގާމަށް ޝަކީލް އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފި

30 ޖޫން 2026
ޕީއެންސީގެ ރަޖިސްޓްރާ ކަމުގެ މަގާމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ކަމުގެ މަގާމަށް ޝަކީލް އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފި
30 ޖޫން 2026

މޯލްޑިވިއަންގެ ދެވަނަ ވައިޑް-ބޮޑީ މަތިންދާބޯޓު އޮޕަރޭޝަނަށް ގެނެވޭނީ އަންނަ އަހަރު: މިނިސްޓަރ އަމީން

30 ޖޫން 2026
މޯލްޑިވިއަންގެ ދެވަނަ ވައިޑް-ބޮޑީ މަތިންދާބޯޓު އޮޕަރޭޝަނަށް ގެނެވޭނީ އަންނަ އަހަރު: މިނިސްޓަރ އަމީން
29 ޖޫން 2026

އެމްޑީޕީގެ ލީޑަރޝިޕުން ޤުރްއާން ކިޔަވަން އެދުނަސް އެކަމާ ދެކޮޅުހަދަން ޖެހޭ: ޖަނާބު

29 ޖޫން 2026
އެމްޑީޕީގެ ލީޑަރޝިޕުން ޤުރްއާން ކިޔަވަން އެދުނަސް އެކަމާ ދެކޮޅުހަދަން ޖެހޭ: ޖަނާބު
29 ޖޫން 2026

ބައެއް ގާނޫނުތައް ހަދާފައި ހުންނަގޮތުން ރަށްފުށުގައި ދިރިއުޅޭ ރައްޔިތުން ތިބީ ކަސްތޮޅު އެޅުވިފައި: މެންބަރު ސަމީރު

29 ޖޫން 2026
ބައެއް ގާނޫނުތައް ހަދާފައި ހުންނަގޮތުން ރަށްފުށުގައި ދިރިއުޅޭ ރައްޔިތުން ތިބީ ކަސްތޮޅު އެޅުވިފައި: މެންބަރު ސަމީރު
28 ޖޫން 2026

ތަރައްޤީގެ މަޝްރޫއުތައް ކުރިއަކަށް ނުދޭ، ޕޯޑިއަމްތަކުގައި ރައްޔިތުންނަށް މާނައެއް ނެތް އުއްމީދުތައް ދިނުން ހުއްޓާލަންވެއްޖެ: ޝަމްހީދު

28 ޖޫން 2026
ތަރައްޤީގެ މަޝްރޫއުތައް ކުރިއަކަށް ނުދޭ، ޕޯޑިއަމްތަކުގައި ރައްޔިތުންނަށް މާނައެއް ނެތް އުއްމީދުތައް ދިނުން ހުއްޓާލަންވެއްޖެ: ޝަމްހީދު
26 ޖޫން 2026

ރައީސް މުއިއްޒަށް ރައްޔިތުންގެ ތާއީދު ނެތުމުން، ޚުދުމުހުތާރުކަމާއެކު ވެރިކަން ކާމިޔާބު ކުރުމަށް މަގުފަހި ކުރާ މަންޒަރު ދަނީ ފެންނަމުން: މެމްބަރު ދީދީ

26 ޖޫން 2026
ރައީސް މުއިއްޒަށް ރައްޔިތުންގެ ތާއީދު ނެތުމުން، ޚުދުމުހުތާރުކަމާއެކު ވެރިކަން ކާމިޔާބު ކުރުމަށް މަގުފަހި ކުރާ މަންޒަރު ދަނީ ފެންނަމުން: މެމްބަރު ދީދީ
25 ޖޫން 2026

ފޯޖް ސަނަދު އިތުރުވާ މައްސަލަ: ޖީނާއީ ބޮޑު ކުށަކަށް ހަދައި، އެމްކިއުއޭގެ އިސްވެރިން މަޖިލީހަށް ހާޒިރު ކޮށްދިނުމަށް ހުށަހަޅައިފި

25 ޖޫން 2026
ފޯޖް ސަނަދު އިތުރުވާ މައްސަލަ: ޖީނާއީ ބޮޑު ކުށަކަށް ހަދައި، އެމްކިއުއޭގެ އިސްވެރިން މަޖިލީހަށް ހާޒިރު ކޮށްދިނުމަށް ހުށަހަޅައިފި
25 ޖޫން 2026

ރައްޔިތުންގެ ޝަކުވާ އަޑުއެހުމަށް ވަކި އޮފީހެއް ގާއިމުކުރަން ޖެހުމުން ސަރުކާރުން އައްޔަނުކޮށްފައި ތިބި މީހުންގެ ނާކާމިޔާބީ ހާމަވޭ: ރީކޯ

25 ޖޫން 2026
ރައްޔިތުންގެ ޝަކުވާ އަޑުއެހުމަށް ވަކި އޮފީހެއް ގާއިމުކުރަން ޖެހުމުން ސަރުކާރުން އައްޔަނުކޮށްފައި ތިބި މީހުންގެ ނާކާމިޔާބީ ހާމަވޭ: ރީކޯ
24 ޖޫން 2026

އެފްޑީސީ ފްލެޓުތަކުގައި ގާބެޖް ޝޫޓް ހަރުނުކުރާ މައްސަލައިގައި މިނިސްޓަރ މުއްތަލިބު މަޖިލީހަށް ހާޒިރުކުރަނީ

24 ޖޫން 2026
އެފްޑީސީ ފްލެޓުތަކުގައި ގާބެޖް ޝޫޓް ހަރުނުކުރާ މައްސަލައިގައި މިނިސްޓަރ މުއްތަލިބު މަޖިލީހަށް ހާޒިރުކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު