Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުސްރީލަންކަން އެއަރލައިންސް

އެއް ޓިކެޓެއްގައި ރާއްޖޭގެ 17 މަންޒިލަކަށް ދަތުރުކުރުމުގެ ފުރުސަތު ފަސިންޖަރުންނަށް ލިބޭ އެއްބަސްވުމެއްގައި ސްރީލަންކަން އާއި މޯލްޑިވިއަން އިން ސޮއިކޮށްފި

28 ޖުލައި 2026 | އަންގާރަ 06:27

ސްރީލަންކަން އެއާލައިންސާއި މޯލްޑިވިއަން ގުޅިގެން ސޮއިކުރި އިންޓަލައިން އެއްބަސްވުމުގެ ދަށުން، އެއް ޓިކެޓެއްގައި ރާއްޖޭގެ 17 މަންޒިލަކަށް ދަތުރުކުރުމުގެ ފުރުސަތު ފަސިންޖަރުންނަށް ފަހިވެގެންދާނެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ގަން އެއާޕޯޓް މެދުވެރިކޮށް ދަތުރުކުރާ ފަރާތްތަކަށް ލިބޭ މި ލުއިފަސޭހަކަމާއެކު، ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަތުރުކުރާ ފަތުރުވެރިންގެ އަދަދު އެއްބަސްވުމުގެ ސަބަބުން އިތުރުވާނެ ކަމަށް ބެލޭ

ރާއްޖެ އެމްވީ | 28 ޖުލައި 2026 | އަންގާރަ 06:27
ކަޓުނަޔަކަގައި އޮންނަ ކޮލަމްބޯ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭއަށް، ސްރީލަންކަން އެއަރލައިންގެ ފްލައިޓެއް ޖައްސަނީ

ކަޓުނަޔަކަގައި އޮންނަ ކޮލަމްބޯ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭއަށް، ސްރީލަންކަން އެއަރލައިންގެ ފްލައިޓެއް ޖައްސަނީ | ގެޓީ އިމޭޖަސް

ސްރީލަންކަން އެއާލައިންސްގެ ދަތުރުތައް ސަރަހައްދީ ގޮތުން ފުޅާކުރުމުގެ ގޮތުން، ރާއްޖޭގެ ގައުމީ އެއާލައިން "މޯލްޑިވިއަން" ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސްއާއެކު އިންޓަލައިން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ. މި އެއްބަސްވުމުގެ ދަށުން އެއް ޓިކެޓެއް ބޭނުންކޮށްގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ 17 މަންޒިލަކަށް ފަސޭހަކަމާއެކު ދަތުރުކުރުމުގެ ފުރުސަތު ފަސިންޖަރުންނަށް ފަހިވެގެންދާނެ އެވެ.

ސްރީލަންކާގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި މި އެއްބަސްވުމުގެ ސަބަބުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް އަންނަ އަދި ރާއްޖެއިން ބޭރަށްދާ ފަސިންޖަރުންނަށް، ސްރީލަންކަން އެއާލައިންސާއި މޯލްޑިވިއަންގެ ދަތުރުތައް އެއް އިލެކްޓްރޯނިކް ޓިކެޓެއްގައި ބުކް ކުރެވޭނެ އެވެ.

ސްރީލަންކަން އެއާލައިންސްގެ ބައިނަލްއަގުވާމީ ދަތުރުތަކާއި މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތައް މި ޕާޓްނަޝިޕްގެ ދަށުން ގުޅާލުމުން، ރާއްޖޭގެ ދުރު ރަށްތަކަށާއި މަގުބޫލު މަންޒިލްތަކަށް ދަތުރުކުރުން އިތުރަށް ފަސޭހަވެގެންދާނެ އެވެ. މީގެ ސަބަބުން ޗުއްޓީ ހޭދަކުރުމަށް އަންނަ ފަތުރުވެރިންނަށާއި ވިޔަފާރި ދަތުރުވެރިންނަށް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަތުރުކުރުމުގައި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެ އެއާލައިނުން ބުނެ އެވެ.

ސްރީލަންކަން އެއާލައިންސުން މިހާރު ވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދުވާލަކު ތިން ފްލައިޓް އަދި ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ހަފުތާއަކު ދެ ފްލައިޓް ބާއްވަމުން ގެންދެ އެވެ. 

މި އިންޓަލައިން އެއްބަސްވުމުގެ ސަބަބުން ޓްރެވަލް އެޖެންޓުންނަށާއި، ޓުއާ އޮޕަރޭޓަރުންނަށާއި، ކޯޕަރޭޓް ދަތުރުތައް ރާވާ ފަރާތްތަކުގެ އިތުރުން އަމިއްލަ ދަތުރުވެރިންނަށް ވެސް ބުކިން ހެދުމުގައި އާ ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް އެއާލައިނުން ބުނެ އެވެ. އަދި މީގެ ސަބަބުން މާލެއާއި ގަމުގެ ރޫޓުތަކުން ދަތުރުކުރާ ފަސިންޖަރުންގެ އަދަދު އިތުރުވުމަށް މަގުފަހިވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

"މޯލްޑިވިއަންއާއެކު އަޅުގަނޑުމެން މި ފެށި ގުޅުމަކީ މި ސަރަހައްދުގައި އަޅުގަނޑުމެންގެ ޚިދުމަތްތައް ފުޅާކޮށް، ކަސްޓަމަރުންނަށް ދަތުރުފަތުރުގެ ލުއިފަސޭހަކަން ހޯދައިދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް. އަޅުގަނޑުމެންގެ ބައިނަލްއަގުވާމީ ވިއުގަ މޯލްޑިވިއަންގެ އެތެރޭގެ ދަތުރުތަކާ ގުޅާލުމުން، ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަތުރުކުރުމުގެ ފުރުސަތު ބޮޑުވެ، ވިޔަފާރީގެ މުހިންމު ދާއިރާތަކުން ކުރިއެރުމަށް އާ ދޮރުތަކެއް ހުޅުވިގެންދާނެ،" ސްރީލަންކަން އެއާލައިންސްގެ ހެޑް އޮފް ކޮމާޝަލް ދިމުތު ތެންނަކޫން ވިދާޅުވި އެވެ.

ސްރީލަންކަން އެއާލައިންސްގެ މޯލްޑިވްސް މެނޭޖަރު ނަޔޯމީ ތެންނަކޫން ވިދާޅުވި ގޮތުގައި، މި ޕާޓްނަޝިޕްގެ ސަބަބުން އެ އެއާލައިންގެ ބައިނަލްއަގުވާމީ ވިއުގަ މެދުވެރިކޮށް ދަތުރުކުރާ ފަސިންޖަރުންނަށް، މާލެއާއި ގަން މެދުވެރިކޮށް ރާއްޖޭގެ ގިނަ އަދަދެއްގެ މަންޒިލްތަކަށް އެއް ޓިކެޓެއްގައި ފަސޭހަކަމާއެކު ދަތުރުކުރެވޭނެ އެވެ.

ސްރީލަންކަން އެއާލައިންސުން ބުނި ގޮތުގައި، މިއީ މި ސަރަހައްދުގެ ދަތުރުފަތުރުގެ ގުޅުންތައް ވަރުގަދަކޮށް، ދަތުރުވެރިންނަށް ލުއިފަސޭހަ އަދި އިތުރު ފުރުސަތުތައް ހޯދައިދިނުމަށް އެ އެއާލައިނުން ކުރަމުންދާ މަސައްކަތުގެ ބައެކެވެ.

ސްރީލަންކާގެ ގައުމީ އެއާލައިނުން މިހާރު ދުނިޔޭގެ 63 ގައުމެއްގެ 130 މަންޒިލަކަށް ޚިދުމަތް ދެމުންދާއިރު، މީގެ ތެރޭގައި ކޯޑްޝެއާ އެއްބަސްވުންތައް ވެސް ހިމެނެ އެވެ. އެ އެއާލައިނުން އޭ330-200/300 އަދި އޭ320/321 މަރުކާގެ އެއާބަސް ބޯޓުތައް ބޭނުންކޮށްގެން ދުނިޔޭގެ 33 މަންޒިލަކަށް ސީދާ ދަތުރުތައް ކުރެ އެވެ.

ސްރީލަންކަން އެއަރލައިންސްމޯލްޑިވިއަންއައިލެންޑް އޭވިއޭޝަން ސާވިސަސްއައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓް

އިތުރަށް ކިޔާލަން

22 ޖުލައި 2026

މޯލްޑިވިއަން އިން ޓްވިން އޮޓާ ކްލެސިކް 300-ޖީ ގެ ދެ މަތިންދާ ބޯޓު ގަތުމަށް ސޮއިކޮށްފި

22 ޖުލައި 2026
މޯލްޑިވިއަން އިން ޓްވިން އޮޓާ ކްލެސިކް 300-ޖީ ގެ ދެ މަތިންދާ ބޯޓު ގަތުމަށް ސޮއިކޮށްފި
19 ޖުލައި 2026

މޯލްޑިވިއަންގެ ވައިޑް ބޮޑީ ބޯޓު ދުއްވަނީ ދަމަކުން ބެރެއް ޖަހާހެން، އެކަމަކު ބޯޓަށް ޚާއްސަ ޕައިލެޓުންނަށް އެކަނިވެސް މަހަކު 1.2 މިލިއަން ރުފިޔާ!

19 ޖުލައި 2026
މޯލްޑިވިއަންގެ ވައިޑް ބޮޑީ ބޯޓު ދުއްވަނީ ދަމަކުން ބެރެއް ޖަހާހެން، އެކަމަކު ބޯޓަށް ޚާއްސަ ޕައިލެޓުންނަށް އެކަނިވެސް މަހަކު 1.2 މިލިއަން ރުފިޔާ!
30 ޖޫން 2026

އެތެރޭގެ އުދުހުންތަކުގެ ޓިކެޓުގެ އަގު ހެޔޮ ކުރެވޭކަށް ނެތް، އެކަށީގެންވާ މިންވަރަށް ފަސިންޖަރުން ނުލިބޭ: އަމީން

30 ޖޫން 2026
އެތެރޭގެ އުދުހުންތަކުގެ ޓިކެޓުގެ އަގު ހެޔޮ ކުރެވޭކަށް ނެތް، އެކަށީގެންވާ މިންވަރަށް ފަސިންޖަރުން ނުލިބޭ: އަމީން
30 ޖޫން 2026

މޯލްޑިވިއަންގެ ދެވަނަ ވައިޑް-ބޮޑީ މަތިންދާބޯޓު އޮޕަރޭޝަނަށް ގެނެވޭނީ އަންނަ އަހަރު: މިނިސްޓަރ އަމީން

30 ޖޫން 2026
މޯލްޑިވިއަންގެ ދެވަނަ ވައިޑް-ބޮޑީ މަތިންދާބޯޓު އޮޕަރޭޝަނަށް ގެނެވޭނީ އަންނަ އަހަރު: މިނިސްޓަރ އަމީން
24 ޖޫން 2026

އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމަށް ޝެރީނާ !

24 ޖޫން 2026
އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމަށް ޝެރީނާ !
06 ޖޫން 2026

ދިވެހި ހައްޖުވެރިން ރާއްޖެ އަންނަން ފަށައިފި

06 ޖޫން 2026
ދިވެހި ހައްޖުވެރިން ރާއްޖެ އަންނަން ފަށައިފި
29 މެއި 2026

އެބޯލާ ވައިރަހާ ގުޅިގެން އިންޑިއާ އަށް ދަތުރުކުރާއިރު، ސެލްފް ޑެކްލަރޭޝަން ފޯމް ހުށަހަޅަން ޖެހޭ ގޮތަށް މަޖުބޫރު ކޮށްފި

29 މެއި 2026
އެބޯލާ ވައިރަހާ ގުޅިގެން އިންޑިއާ އަށް ދަތުރުކުރާއިރު، ސެލްފް ޑެކްލަރޭޝަން ފޯމް ހުށަހަޅަން ޖެހޭ ގޮތަށް މަޖުބޫރު ކޮށްފި
01 މާރިޗު 2026

އީރާނުން ދިން ހަމަލާ އެއްގައި އަބޫދާބީގެ ޒައިދު އިންޓަނޭޝަނަލް އެއާޕޯޓުގައި މަދުވެގެން އެކަކު މަރުވެއްޖެ

01 މާރިޗު 2026
އީރާނުން ދިން ހަމަލާ އެއްގައި އަބޫދާބީގެ ޒައިދު އިންޓަނޭޝަނަލް އެއާޕޯޓުގައި މަދުވެގެން އެކަކު މަރުވެއްޖެ
06 ޑިސެމްބަރު 2025

މޯލްޑިވިއަން އާއި އެއާ އިންޑިއާ އިން ދަތުރުފަތުރުގެ ގުޅުން ފުޅާ ކުރުމަށް އެއްބަސްވުމެއް ގައި ސޮއި ކޮށްފި

06 ޑިސެމްބަރު 2025
މޯލްޑިވިއަން އާއި އެއާ އިންޑިއާ އިން ދަތުރުފަތުރުގެ ގުޅުން ފުޅާ ކުރުމަށް އެއްބަސްވުމެއް ގައި ސޮއި ކޮށްފި
04 ނޮވެމްބަރު 2025

މޯލްޑިވިއަން އިން ބަންގްލަދޭޝްގެ ޑާކާއަށް އަލުން ދަތުރުތައް ފަށަނީ

04 ނޮވެމްބަރު 2025
މޯލްޑިވިއަން އިން ބަންގްލަދޭޝްގެ ޑާކާއަށް އަލުން ދަތުރުތައް ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް