Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޯލްޑިވިއަން

މޯލްޑިވިއަންގެ ދެވަނަ ވައިޑް-ބޮޑީ މަތިންދާބޯޓު އޮޕަރޭޝަނަށް ގެނެވޭނީ އަންނަ އަހަރު: މިނިސްޓަރ އަމީން

މޯލްޑިވިއަންގެ ދުރު ރާސްތާގެ ދަތުރުތައް ފުޅާކުރުމަށް ގެންނަ ދެވަނަ ވައިޑް-ބޮޑީ މަތިންދާބޯޓު ހޯދުމުގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވެއްޖެ. ދުނިޔޭގެ ބާޒާރުގައި ބޯޓުތައް ހޯދުމަށް ހުރި ދަތިތަކާއެކު ވެސް، އަންނަ އަހަރުގެ ތެރޭގައި މި ބޯޓުގެ އޮޕަރޭޝަންތައް ފެށޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދީފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 30 ޖޫން 2026 | އަންގާރަ 07:42
ޓުއަރިޒަމް މިނިސްޓަރު މުހައްމަދު އަމީން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ

ޓުއަރިޒަމް މިނިސްޓަރު މުހައްމަދު އަމީން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ | ރައީސް އޮފީސް

ގައުމީ އެއާލައިން، މޯލްޑިވިއަންގެ އޮޕަރޭޝަންތައް ފުޅާކުރުމަށްޓަކައި ގެންނަ ދެވަނަ ވައިޑް-ބޮޑީ މަތިންދާބޯޓު އަންނަ އަހަރުގެ ތެރޭގައި އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުޙައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

 މިނިސްޓަރ މިހެން ވިދާޅުވީ އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މަޖިލީހުގައި ވާހަކަދައްކަވަމުން މިނިސްޓަރ އަމީން ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށާއި ދުރު ރާސްތާގެ ދަތުރުތައް ފެށުމަށްޓަކައި ވައިޑް-ބޮޑީ އެއާކްރާފްޓް ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެއް ކަމަށެވެ. އެގޮތުން ދެވަނަ ބޯޓެއް ހޯދުމުގެ މަސައްކަތް މިހާރު ނިމުމަކާ ހިސާބަށް އައިސްފައިވާ ކަމަށް މިނިސްޓަރ ފާހަގަކުރެއްވި އެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ، މިފަދަ ބޮޑެތި މަތިންދާބޯޓުތައް ހޯދުމުގައި ދުނިޔޭގެ ބާޒާރުގައި މިވަގުތު ގިނަ ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. ނަމަވެސް އެ ދަތިތަކާއެކުވެސް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، އަންނަ އަހަރުގެ ތެރޭގައި ދެވަނަ ވައިޑް-ބޮޑީ ބޯޓު އޮޕަރޭޓް ކުރަން ފެށޭނެ ކަމުގެ ޔަގީންކަން މިނިސްޓަރ ވަނީ ދެއްވާފަ އެވެ.

މިދިޔަ އަހަރުގެ  އޮކްޓޯބަރު މަހުގެ ތެރޭގައި ދެވަނަ ވައިޑް-ބޮޑީ މަތިންދާބޯޓު ރާއްޖެއަށް ގެންނާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. އެގޮތުން ރައީސް މުއިއްޒު  އެހެން ވިދާޅުވީ، ވައިޑް-ބޮޑީ އެއާކްރާފްޓް އޮޕަރޭޝަން އަދި އެއާބަސް  އިފްތިތާޙުކުރުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ހަފުލާގައި ރައްޔިތުންނާ މުޚާޠަބުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

އެހެންނަމަވެސް ފަހުން އެ ތާރީޚު ބަދަލުކޮށް ސަރުކާރުން ވަނީ މިއަހަރުގެ ފަހުކޮޅު ދެވަނަ ވައިޑްބޮޑީ އެއާކްރާފްޓް ރާއްޖެއަށް ގެންނާނެކަމަށް ބުނެފަ އެވެ.

މޯލްޑިވިއަންމުހައްމަދު އަމީންމައުރޫފް ޒާކިރުޑރ. މުޙައްމަދު މުޢިއްޒުއެއަރބަސް

އިތުރަށް ކިޔާލަން

29 ޖޫން 2026

"ނޭޝަން ޗެޓް"ގެ ދެވަނަ ޕްރޮގްރާމްގައި ރައީސް މުޢިއްޒު އަށް ކުރި ސުވާލުތަކާއި، އެ ސުވާލުތަކަށް ދެއްވި ޖަވާބު

29 ޖޫން 2026
"ނޭޝަން ޗެޓް"ގެ ދެވަނަ ޕްރޮގްރާމްގައި ރައީސް މުޢިއްޒު އަށް ކުރި ސުވާލުތަކާއި، އެ ސުވާލުތަކަށް ދެއްވި ޖަވާބު
29 ޖޫން 2026

ވައުދާ ހުވާ ކުރާނެއޭ، އެ ހަނދާން ނެތޭނެޔޭ.. ނޫނީ އެހެން ގޮތެއްގާ، މަޖުބޫރުވާނެޔޭ...

29 ޖޫން 2026
ވައުދާ ހުވާ ކުރާނެއޭ، އެ ހަނދާން ނެތޭނެޔޭ.. ނޫނީ އެހެން ގޮތެއްގާ، މަޖުބޫރުވާނެޔޭ...
29 ޖޫން 2026

ފުލުހުންގެ މުއައްސަސާ ހަރުދަނާކުރުމަށް ޤާނޫނީ ބަދަލުތަކާއި އުމްރާނީ ތަރައްޤީ ގެނެސްދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި

29 ޖޫން 2026
ފުލުހުންގެ މުއައްސަސާ ހަރުދަނާކުރުމަށް ޤާނޫނީ ބަދަލުތަކާއި އުމްރާނީ ތަރައްޤީ ގެނެސްދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި
29 ޖޫން 2026

އިޤްތިޞާދު ހަރުދަނާ ކުރުމާއި މަސައްކަތުގެ އަޚުލާގު ކުރިއެރުވުމަށް ކުންފުނިތައް އެންމެ ރަނގަޅު މިންގަޑަކަށް ބަދަލު ކުރުމާއި ޕޭ ހާމަނައިޒްކުރުން މުހިންމު - ރައީސް މުއިއްޒު

29 ޖޫން 2026
އިޤްތިޞާދު ހަރުދަނާ ކުރުމާއި މަސައްކަތުގެ އަޚުލާގު ކުރިއެރުވުމަށް ކުންފުނިތައް އެންމެ ރަނގަޅު މިންގަޑަކަށް ބަދަލު ކުރުމާއި ޕޭ ހާމަނައިޒްކުރުން މުހިންމު -  ރައީސް މުއިއްޒު
29 ޖޫން 2026

2028 ވަނަ އަހަރުގެ މެދުތެރެއަށް ގޯއްޗާއި ފްލެޓް ރައްޔިތުންނާ ހަވާލު ކުރާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި

29 ޖޫން 2026
2028 ވަނަ އަހަރުގެ މެދުތެރެއަށް ގޯއްޗާއި ފްލެޓް ރައްޔިތުންނާ ހަވާލު ކުރާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި
29 ޖޫން 2026

ޑިވެލޮޕްމަންޓް ބޭންކުގެ ހިއްސާ އެމެރިކާގެ ޖޭޕީ މޯގަންއަށް ވިއްކާލަން އުޅޭކަމަށް ބުނާ ވާހަކައަކީ ގޮސިޕެއް: ރައީސް

29 ޖޫން 2026
ޑިވެލޮޕްމަންޓް ބޭންކުގެ ހިއްސާ އެމެރިކާގެ ޖޭޕީ މޯގަންއަށް ވިއްކާލަން އުޅޭކަމަށް ބުނާ ވާހަކައަކީ ގޮސިޕެއް: ރައީސް
29 ޖޫން 2026

ލާމު އެއާޕޯޓާ ގުޅޭ ނިންމުން ބަދަލު ކުރުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް، ރައީސް ވިދާޅުވީ އެއާޕޯޓު އަޅާނީ ހަމަ އިސްދޫކަލައިދޫގައި ކަމަށް!

29 ޖޫން 2026
ލާމު އެއާޕޯޓާ ގުޅޭ ނިންމުން ބަދަލު ކުރުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް، ރައީސް ވިދާޅުވީ އެއާޕޯޓު އަޅާނީ ހަމަ އިސްދޫކަލައިދޫގައި ކަމަށް!
29 ޖޫން 2026

އިންތިޚާބަށް ކަންކަން ނިންމާތީ ފާޑުކިޔުމަށްފަހު، މާލެ ސަރަޙައްދުގައި އަޅާ ފްލެޓުތައް ނިންމޭނެ ކަމަށް ރައީސް ވިދާޅުވި ތާރީޚަކީ 2028 ގެ މެދުތެރެ!

29 ޖޫން 2026
އިންތިޚާބަށް ކަންކަން ނިންމާތީ ފާޑުކިޔުމަށްފަހު، މާލެ ސަރަޙައްދުގައި އަޅާ ފްލެޓުތައް ނިންމޭނެ ކަމަށް ރައީސް ވިދާޅުވި ތާރީޚަކީ 2028 ގެ މެދުތެރެ!
28 ޖޫން 2026

ސަޢޫދީ ޢަރަބިއްޔާގައި ހެލިކޮޕްޓަރެއް ވެއްޓުމުގެ ހާދިސާއާއި ގުޅިގެން އެ ޤައުމުގެ ވަލީޢަހުދު އަދި ބޮޑުވަޒީރަށް ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

28 ޖޫން 2026
ސަޢޫދީ ޢަރަބިއްޔާގައި ހެލިކޮޕްޓަރެއް ވެއްޓުމުގެ ހާދިސާއާއި ގުޅިގެން އެ ޤައުމުގެ ވަލީޢަހުދު އަދި ބޮޑުވަޒީރަށް ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ
28 ޖޫން 2026

ރައީސުލްޖުމްހޫރިއްޔާގެ ކުލަ 20 ފުލުހަކަށް އަދި މެޑަލް 7 ފުލުހަކަށް

28 ޖޫން 2026
ރައީސުލްޖުމްހޫރިއްޔާގެ ކުލަ 20 ފުލުހަކަށް އަދި މެޑަލް 7 ފުލުހަކަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު