Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިންޑިއާ

އެބޯލާ ވައިރަހާ ގުޅިގެން އިންޑިއާ އަށް ދަތުރުކުރާއިރު، ސެލްފް ޑެކްލަރޭޝަން ފޯމް ހުށަހަޅަން ޖެހޭ ގޮތަށް މަޖުބޫރު ކޮށްފި

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އެބޯލާ ވައިރަސް އާ ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމާ ގުޅިގެން، އިންޑިއާއަށް ދަތުރުކުރާ ފަރާތްތަކުން ސެލްފް ޑެކްލަރޭޝަން ފޯމު ހުށަހެޅުން ވަނީ މަޖުބޫރު ކޮށްފައި. މި ފިޔަވަޅާއެކު ބައިނަލްއަގުވާމީ ޓާމިނަލްތަކުގައި ފަސިންޖަރުން ސްކްރީން ކުރުމުގެ މަސައްކަތް ފަށާފައިވާއިރު، އިންޑިއާއަށް ދަތުރުކުރާ ދިވެހިން މިކަމަށް ސަމާލުވުމަށް ގައުމީ އެއާލައިން މޯލްޑިވިއަން އިން އިލްތިމާކޮށްފައިވޭ. މި ފޯމު ހުށަހަޅަން ޖެހޭނީ އިންޑިއާއަށް ގޮސް އެ ގައުމުގެ ހެލްތު އެންޑް އިމިގްރޭޝަން ކައުންޓަރަށް.

އަމްނާ އިމާދު
އަމްނާ އިމާދު | 29 މެއި 2026 | ހުކުރު 11:05
އިންޑިއާގެ ކެރެލާގެ ޓްރިވެންޑްރަމް އިންޓަނޭޝަނަލް އެއާޕޯޓުގައި ފަސިންޖަރުން ޕާސްޕޯޓް ކޮންޓްރޯލް ގައި ކިޔު ޖެހިފައި.

އިންޑިއާގެ ކެރެލާގެ ޓްރިވެންޑްރަމް އިންޓަނޭޝަނަލް އެއާޕޯޓުގައި ފަސިންޖަރުން ޕާސްޕޯޓް ކޮންޓްރޯލް ގައި ކިޔު ޖެހިފައި. | ގެޓީއިމޭޖަސް

އެބޯލާ ވައިރަހާ ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައިވާތީ، އިންޑިއާ އަށް ދަތުރުކުރާއިރު ސެލްފް ޑެކްލަރޭޝަން ފޯމް ހުށަހަޅަން ޖެހޭ ގޮތަށް މަޖުބޫރު ކޮށްފި އެވެ. 

މި ނިންމުން ނިންމީ، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރްސީ) ގައި ފެތުރެމުންދާ އެބޯލާ ވައިރަހާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން މުޅި ދުނިޔެއަށް ހެލްތު އިމަޖެންސީ އިއުލާނުކުރުމާ ގުޅިގެން އަމަލުކުރުމަށް ޑައިރެކްޓަރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން (ޑީޖީސީއޭ) އެއާލައިންތަކުން ކަނޑައެޅި އެސްއޯޕީއެއްގަ އެވެ. 

މި އެސްއޯޕީގެ ދަށުން ފަސިންޖަރުން އަމިއްލައަށް ސިއްހީ ހާލަތު ބަޔާންކުރާ ސެލްފް ޑެކްލަރޭޝަން ފޯމު ފުރުން ވަނީ މަޖުބޫރުކޮށްފަ އެވެ.

މި އެސްއޯޕީގެ ދަށުން އެބޯލާ ފެތުރިފައިވާ ގައުމުތަކުން ދަތުރުކުރާ ނުވަތަ އެފަދަ ގައުމަކަށް ގޮސްފައިވާ ފަސިންޖަރުން، އެމީހުންގެ ދަތުރުގެ ތާރީހާއި ސިއްހީ ހާލަތުގެ ތަފްސީލް ސެލްފް ޑެކްލަރެޝަން ފޯމްގައި ހިމަނަން ޖެހެ އެވެ. އަދި ބައިނަލްއަގުވާމީ ފްލައިޓްތައް އަންނަ ޓާމިނަލްތަކުގައި ތާމަލް ސްކޭނަރުތައް ބޭނުންކޮށްގެން ފަސިންޖަރުންގެ ހުން ހުރިތޯ ބަލަންޖެހެ އެވެ. 

އިންޑިއާއިން މި ނިންމުން ނިންމާފައިވާތީ މިކަން ރާއްޖޭގެ ގައުމީ އެއަރލައިން މޯލްޑިވިއަން އިން ވަނީ ސަމާލު ކަމަށް ގެނެސްފަ އެވެ. އަދި މި ފިޔަވަޅަކީ ރައްކާތެރިކަމުގެ ގޮތުން އަޅާފައިވާ ފިޔަވަޅެއް ކަމަށާއި، މިކަމަށް އިންޑިއާ އަށް ދަތުރުކުރާ ހުރިހާ ފަރާތްތަކުން ވެސް ސަމާލުވުމަށް  މޯލްޑިވިއަން އިން އެދިފައިވެ އެވެ. 

ސެލްފް ޑެކްލަރޭޝަން ފޯމް މޯލްޑިވިއަންގެ ވެބްސައިޓުން ލިބޭނެ އެވެ.

މި ފޯމު ފުރުމަށް ފަހު، ހުށަހަޅަން ޖެހޭނީ އިންޑިއާއަށް ގޮސް އެ ގައުމުގެ ހެލްތު އެންޑް އިމިގްރޭޝަން ކައުންޓަރަށެވެ.

އެބޯލާ ވައިރަހާ ގުޅިގެން އެކި ގައުމުތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުން އަންނައިރު، ރާއްޖޭގެ ހެލްތް މިނިސްޓްރީން ބުނީ ހާލަތު މޮނިޓަރ ކުރަމުންދާ ކަމަށެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރި ނަމަވެސް ބައިނަލްއަގުވާމީ ސިއްހީ ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ "ޕެންޑެމިކް" ނުވަތަ މުޅި ދުނިޔެއަށް ފެތުރިފައިވާ ބަލިމަޑުކަމެއްގެ މިންގަނޑަށް މި ބަލި އަދި ފެތިފައިނުވާ ކަމަށް ޑަބްލިއުއެޗްއޯއިން ބުނެފައިވެ އެވެ. 

އެބޯލާއަށް، "އެބޯލާ ހެމެރެޖިކް ފީވާ"، ވެސް ކިޔަ އެވެ. އެއީ ހުންއައިސް ހަށިގަނޑުން ލޭ ފައިބާތީ އެވެ. މިއީ ވަރަށް ފަސޭހައިން ގައިން ގަޔަށް އަރާ އަދި ފުރާނައަށް ނުރައްކާތެރި ބައްޔެކެވެ. މި ވައިރަސް ހަށިގަނޑުގެ ދިފާއީ ނިޒާމު ބަލިކޮށްލަ އެވެ. ނަތީޖާއެއްގެ ގޮތުން ހަށިގަނޑުން ލޭ ފޭބުމާއި ގުނަވަންތައް ފޭލްވުމާއި އަދި އެންމެ ފަހުން މަރާކުރިމަތިލުން ގާތެވެ. 

އިންޑިއާއެބޯލާޑަބްލިޔުއެޗްއޯމޯލްޑިވިއަން

އިތުރަށް ކިޔާލަން

22 މެއި 2026

އެބޯލާ ވައިރަހުގެ ނުރައްކާ ކުޑަވެދާނެ ކަމަށް ނުބެލުމަށް ޑަބްލިއުއެޗްއޯން އިންޒާރު ދީފި

22 މެއި 2026
އެބޯލާ ވައިރަހުގެ ނުރައްކާ ކުޑަވެދާނެ ކަމަށް ނުބެލުމަށް ޑަބްލިއުއެޗްއޯން އިންޒާރު ދީފި
22 މެއި 2026

ދުވާލަކު 5 މިނެޓުގެ ކަސްރަތުން ވެސް އުމުރު ދިގުވެދާނެ

22 މެއި 2026
ދުވާލަކު 5 މިނެޓުގެ ކަސްރަތުން ވެސް އުމުރު ދިގުވެދާނެ
22 މެއި 2026

އެބޯލާ ބައްޔަށް އޮކްސްފޯޑުން އާ ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ފަށައިފި

22 މެއި 2026
އެބޯލާ ބައްޔަށް އޮކްސްފޯޑުން އާ ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ފަށައިފި
22 މެއި 2026

އިންޑިއާގެ މަޝްހޫރު މޮޑެލް އަދި އެކްޓްރެސް ޓްވިޝާ ޝަރުމާގެ ކުއްލި މަރުގެ މައްސަލައިގައި، އޭނާގެ ފިރިމީހާގެ އާއިލާއަށް ބޮޑެތި ތުހުމަތުތަކެއް!

22 މެއި 2026
އިންޑިއާގެ މަޝްހޫރު މޮޑެލް އަދި އެކްޓްރެސް ޓްވިޝާ ޝަރުމާގެ ކުއްލި މަރުގެ މައްސަލައިގައި، އޭނާގެ ފިރިމީހާގެ އާއިލާއަށް ބޮޑެތި ތުހުމަތުތަކެއް!
22 މެއި 2026

އިންޑިއާގެ އަސްކަރިއްޔާއިން ކުރިއަށްގެންދާ ފަރުބަދަމަތީ ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަންސްތަކެއްގައި ދިވެހި ސިފައިން ބައިވެރިވެއްޖެ

22 މެއި 2026
އިންޑިއާގެ އަސްކަރިއްޔާއިން ކުރިއަށްގެންދާ ފަރުބަދަމަތީ ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަންސްތަކެއްގައި ދިވެހި ސިފައިން ބައިވެރިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު