Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓު

ގޮތެއް ނެތިގެން ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށްދާ އާއިލާތަކަށް ރާއްޖެއަށް އައުމަށް ވެސް ސަލާން ޖަހަންޖެހިފައި!

17 ސެޕްޓެމްބަރު 2026 | ބުރާސްފަތި 08:06

ބޭސްފަރުވާއަށް އިންޑިއާގެ ކޮޗިންއަށް ދިޔަ ދިވެހި އާއިލާއަކަށް ފްލައިޓް ޝެޑިއުލްތަކާއި އާސަންދައިގެ އިންތިޒާމުތައް ހުރިގޮތުން ބޮޑެތި ތަކުލީފުތަކަކާ ކުރިމަތިލާން ވަނީ ޖެހިފައި. މި ހާދިސާއާ ގުޅިގެން، ބޭރު ގައުމުތަކުގައި ބަލިމީހުން ބިކަވެ ސަލާންޖަހަންޖެހޭ ހާލަތްތައް މަދުކުރުމަށްޓަކައި، ކަމާބެހޭ މުއައްސަސާތަކުންނާއި ގައުމީ އެއާލައިނުން މިއަށްވުރެ ޒިންމާދާރު އިންތިޒާމުތަކެއް ހަމަޖެއްސުމަށް އާންމުން ދަނީ ގޮވާލަމުން

އަމްނާ އިމާދު
އަމްނާ އިމާދު | 17 ސެޕްޓެމްބަރު 2026 | ބުރާސްފަތި 08:06
ކޮޗިންއިން ރާއްޖެއަށް އަންނަން އޮތް މޯލްޑިވިއަންގެ ފްލައިޓެއް ކެންސަލްވެ، ގިނަ އަދަދެއްގެ ދިވެހިން ހާލުގައިޖެހިފައި

ކޮޗިންއިން ރާއްޖެއަށް އަންނަން އޮތް މޯލްޑިވިއަންގެ ފްލައިޓެއް ކެންސަލްވެ، ގިނަ އަދަދެއްގެ ދިވެހިން ހާލުގައިޖެހިފައި | ރާއްޖެއެމްވީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި އެންމެ ބޮޑަށް ރައްޔިތުންގެ ފާޑު ކިޔުމާއި، އިތުބާރު ގެއްލިފައިވާ އެއް ދާއިރާއަކީ ނުވަތަ ނިޒާމަކީ ސިއްހީ ނިޒާމެވެ. ރާއްޖޭގައި ސިއްހީ ނިޒާމު ތަރައްގީވަމުން އަންނަ ކަމަށް މިސަރުކާރުން ބުނި ނަމަވެސް އަދިވެސް އެތައް ދިވެހިންނެއް ބޭސްފަރުވާ ހޯދުމުގައި ބޮޑެތި ތަކުލީފުތަކާއި ހާލުގައި ޖެހުމުގެ ހިތި ތަޖުރިބާތަކާ ކުރިމަތިލާން ޖެހޭކަމީ ފެންނަން އޮތް ހަގީގަތެވެ. 

ރާއްޖެއިން ޑޮކްޓަރަށް ދެއްކި ނަމަވެސް ބަލި ދެނެގަތުމުގައި ދިމާވާ ގޮންޖެހުންތަކާއި، ސިއްހީ ފަރުވާގެ ފެންވަރާމެދު އޮތް ކަންބޮޑުވުންތަކުގެ ސަބަބުން ގިނަ ދިވެހީން އަދިވެސް ބަރޯސާވާން ޖެހެނީ ރާއްޖެއިން ބޭރުގެ ހޮސްޕިޓަލްތަކަށެވެ. ޚާއްސަކޮށް އިންޑިއާގެ ކޮޗިން އާއި ޓްރެވިންޑްރަމް ފަދަ ސިޓީތަކަށް ދިވެހީން ކުރާ ދަތުރުތަކަކީ އަމިއްލަ ފަސޭހައަކަށްވުރެ ބޮޑަށް، ފުރާނަ ސަލާމަތްކުރުމަށްޓަކައި މަޖުބޫރުވެގެން ކުރާ ދަތުރުތަކެކެވެ. ނަމަވެސް މި ދަތުރުތަކުގައި ވެސް މާލީ ގޮތުންނާއި އިދާރީ ގޮތުން ދިމާވާ ދަތިތަކުގެ ސަބަބުން އެތައް އާއިލާއެއް މަގުމަތިވެ ހާލުގައި ޖެހޭ މަންޒަރު ފެނުމަކީ ހިތާމަހުރި ކަމެއްނުންތޯ އެވެ. 

އާސަންދައިގެ އެހީގައި ރާއްޖެއިން ބޭރަށް ފޮނުވާ ބަލިމީހުންނާއި، އަމިއްލަ ޚަރަދުގައި ދާ އާއިލާތަކަށް އެންމެ ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހެނީ ދަތުރުފަތުރުގެ ނިޒާމާއި ފްލައިޓް ޝެޑިއުލްތަކުގެ ސަބަބުންނޭ ވެސް މިއަދު ބުނެވެން އޮބަ އޮތެވެ. ހޮސްޕިޓަލްތަކުން ޓެސްޓުތަކުގެ ނަތީޖާއާއި ޑޮކްޓަރުންގެ ލަފާ ލިބުން ލަސްވާއިރު، ފްލައިޓްތަކުގެ ތާވަލުތައް ކުއްލި ގޮތަކަށް ބަދަލުވުމަކީ އާއިލާތައް ވަރަށް ބޮޑު ބިކަހާލެއްގައި ޖައްސާ ކަމެއްނުންތޯ އެވެ. އެއްފަހަރާ ފުރަން ބޭނުންވާ ބޮޑެތި އާއިލާތައް އެކި ދުވަސްވަރަށް ބަހާލައިގެން ޓިކެޓް ހަމަޖެހުމާއި، ޓިކެޓް ހޯދުމަށް ސިޔާސީ ފަރާތްތަކާއި އެކި ވެރިންގެ ގާތުގައި ސަލާންޖަހަން ޖެހުމަކީ ރައްޔިތުންގެ ކަރާމާތް ގެއްލިގެންދާ ވެސް ކަމެކެވެ.

ނަމަވެސް މިފަހަރު މިއޮތީ އެފަދަ ކަމެއް ހިނގާފަ އެވެ. އިންޑިއާގެ ކޮޗިންއަށް ބޭސްފަރުވާއަށް ދިޔަ ދިވެހި އާއިލާއެއް ފުރުމުގެ އިންތިޒާމުތައް ހަމަޖެހުމުގައި ދިމާވި މައްސަލަތަކަކާ ގުޅިގެން ބޮޑު ތަކުލީފަކާ ވަނީ ކުރިމަތިލާން ޖެހިފަ އެވެ. އެކަމާ ގުޅިގެން އެ އާއިލާގެ މެންބަރަކު ވަނީ އެމީހުން ތަހައްމަލު ކުރަމުންދާ ދަތި ހާލަތު ރާއްޖެއެމްވީއާ ވަރަށް އަސަރާއެކު ހިއްސާކޮށްފަ އެވެ.

މި އާއިލާއިން ބޭސްފަރުވާއަށް ކޮޗިންއަށް ދިޔައީ މި މަހުގެ 4 ވަނަ ދުވަހު އެވެ. އަދި އާސަންދަ އެހީ ހަމަޖެހިގެން އެ އާއިލާއަށް ނިސްބަތްވާ ދެމަފިރިންނާއި އެމީހުންގެ ދަރިފުޅު ކޮޗިންއަށް ގޮސްފައިވަނީ މި މަހުގެ 7 ވަނަ ދުވަހު އެވެ. އެ އާއިލާގައި ބޮޑު 6 މީހުންނާއި 3 ކުޑަ ކުދިން ހިމެނެ އެވެ.

އެ އާއިލާއިން މައުލޫމާތު ދިން ގޮތުގައި، ޑޮކްޓަރަށް ދައްކައި ނިމުމާއި، އޮޕަރޭޝަން ކޮށްފައި ތިބި މީހުންނާއި ޓެސްޓުތަކުގެ ރިޕޯޓުތައް ލިބެން އޮތީ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:30 ގެފަހުންނެވެ. އާސަންދައިގެ އެހީގައި ދިޔަ މީހުންނަށް ވެސް މާލެ އައުމަށް ޓިކެޓް ހަމަޖައްސާފައި އޮތީ ބުރާސްފަތި ދުވަހުގެ ރޭގެ ފްލައިޓުން ކަމަށްވާތީ، އާއިލާގެ އެހެން މީހުން ވެސް ވަނީ އެ ރޭ 12:00 ގައި ފުރާ ގޮތަށް އިތުރު ފައިސާ ދައްކައިގެން ޓިކެޓް ލަސްކުރި އެވެ. 

ނަމަވެސް ކުއްލި ގޮތަކަށް އާސަންދައިގެ އެހީގައި ދިޔަ ދެމަފިރިންނާއި ކުއްޖާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި ފުރަން ޖެހޭ ކަމަށް އީމެއިލް މެދުވެރިކޮށް އެންގި އެވެ. ޑޮކްޓަރަށް ދައްކައި ނުނިމެނީސް ފުރަން އެންގުމުން އެ އާއިލާ ވަނީ ބޮޑު ކަންބޮޑުވުމެއްގެ ތެރެއަށް ވެއްޓިފަ އެވެ. އަދި އެންމެ ފުރަތަމަ މޯލްޑިވިއަންއިން އެންގީ އެންމެ އަވަހަށް ވެސް ޓިކެޓެއް ލިބެން އޮތީ އަންނަ މަހުގެ 1 ވަނަ ދުވަހު ކަމަށް އެ އާއިލާއިން ބުނެފައިވެ އެވެ. 

އިތުރަށް އެތަނުގައި މަޑުކުރަން ޖެހިއްޖެނަމަ އަތުން ބޮޑު ހަރަދެއް ހިނގައި ހާލުގައި ޖެހޭނެތީ، އެކި ފަރާތްތަކަށް ގުޅައި ޝަކުވާ ކުރުމުން، މިހާރު މި މަހުގެ 18 ވަނަ ދުވަހު އެއްބަޔަކު އަދި 23 ވަނަ ދުވަހު އަނެއް ބަޔަކު ފުރާ ގޮތަށް ވަނީ ހަމަޖައްސައިދީފަ އެވެ. އާއިލާއިން ބޭނުންވަނީ އެންމެން އެކުގައި އެއް ފްލައިޓެއްގައި ފުރަން ކަމަށް ވިޔަސް، އިތުރު ގޮތެއް ނެތްނަމަ އެގޮތަށް ވެސް ފުރަން ތައްޔާރަށް ތިބި ކަމަށް އެ އާއިލާއިން ބުނެ އެވެ.

މިއީ ހަމައެކަނި އެއް އާއިލާއަށް ދިމާވި މައްސަލައެއް ނޫން ކަމަށާއި މިފަދަ ހާލުގައި ޖެހިފައިވާ ގިނަ އާއިލާތަކެއް އެބަތިބި ކަމަށް ވެސް އެ ފަރާތުން ފާހަގަކުރި އެވެ.

މިފަދަ ކަންކަމުގެ ސަބަބުން މިއަދު ގައުމީ އެއާލައިން މޯލްޑިވިއަން އަށް ވެސް އިތުބާރެއް ނެތެވެ. ބަލިމީހުން ރާއްޖެއިން ބޭރަށް ގޮސް ހާލުގައި ޖެހި، ސަލާންޖަހަން ޖެހޭ ހާލަތްތައް މަދުކުރުމަށްޓަކައި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކާއި އެއާލައިންތަކުން މިއަށްވުރެ ޒިންމާދާރު އިންތިޒާމުތަކެއް ހަމަޖައްސަންޖެހެ އެވެ. ކޮންމެ ދިވެހި ރައްޔިތަކަށް ވެސް އިންސާނީ ކަރާމާތް ނުގެއްލޭ ފަދަ ގޮތަކަށް ފަރުވާ ހޯދުމުގެ ފުރުސަތު ފަހިވެފައި އޮތުމަކީ ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ކޮންމެހެން މުހިންމު ކަމެއްނުންތޯ އެވެ. 

ޑރ. މުހައްމަދު މުއިއްޒުމޯލްޑިވިއަންއިންޑިއާސިއްހީ ނިޒާމު

އެންމެ ހިނގާ

1

ސިނަމާލެ ބްރިޖަށް އުރުނު ދެ ބޯޓު އަޑިއަށް ދާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ: ނާޒިމް

2

ބޭނުންކުރެވޭ ރިޒާވް ދަށަށް ދިއުމާއެކު ޑޮލަރު މާރުކުރުމުގެ ގަވާއިދަށް ސަރުކާރުން ބޮޑެތި ބަދަލުތަކެއް ގެނެސްފި

3

ޕީއެންސީ ކޮންގްރެސްގެ ބެކްޑްރޮޕް އާއި ޤައުމީ ދިދައިގެ ހުރުމަތް

4

އީރާނުގެ ހަމަލާތަކުން އެމެރިކާ އަސްކަރިއްޔާ "ހުއްޓުމަކަށް" އައުމުގެ ނުރައްކަލުގައި

5

ކޮޗިންއިން ރާއްޖެއަށް އަންނަން އޮތް މޯލްޑިވިއަންގެ ފްލައިޓެއް ކެންސަލްވެ، ގިނަ އަދަދެއްގެ ދިވެހިން ހާލުގައި ޖެހިއްޖެ

އިތުރަށް ކިޔާލަން

17 ސެޕްޓެމްބަރު 2026

ޕްރައިމަރީއަކާ ނުލައި ރައީސް މުއިއްޒު އަށް ރިޔާސީ ޓިކެޓު ދިނުމަށް ކޮންގްރެސްގެ އިއްތިފާގުން ފާސްކޮށްފި

17 ސެޕްޓެމްބަރު 2026
ޕްރައިމަރީއަކާ ނުލައި ރައީސް މުއިއްޒު އަށް ރިޔާސީ ޓިކެޓު ދިނުމަށް ކޮންގްރެސްގެ އިއްތިފާގުން ފާސްކޮށްފި
17 ސެޕްޓެމްބަރު 2026

ކޮޗިންއިން ރާއްޖެއަށް އަންނަން އޮތް މޯލްޑިވިއަންގެ ފްލައިޓެއް ކެންސަލްވެ، ގިނަ އަދަދެއްގެ ދިވެހިން ހާލުގައި ޖެހިއްޖެ

17 ސެޕްޓެމްބަރު 2026
ކޮޗިންއިން ރާއްޖެއަށް އަންނަން އޮތް މޯލްޑިވިއަންގެ ފްލައިޓެއް ކެންސަލްވެ، ގިނަ އަދަދެއްގެ ދިވެހިން ހާލުގައި ޖެހިއްޖެ
16 ސެޕްޓެމްބަރު 2026

50 މިލިއަން ޑޮލަރުގެ ދަރަނި އިންޑިއާއަށް ދައްކަން މަޖުބޫރުވެ، ޒަރޫރީ ތަކެތި އެތެރެކުރުމަށް ނުރައްކާ ވެދާނެ ކަމުގެ އިންޒާރު ރައީސް ނަޝީދު ދެއްވައިފި

16 ސެޕްޓެމްބަރު 2026
50 މިލިއަން ޑޮލަރުގެ ދަރަނި އިންޑިއާއަށް ދައްކަން މަޖުބޫރުވެ، ޒަރޫރީ ތަކެތި އެތެރެކުރުމަށް ނުރައްކާ ވެދާނެ ކަމުގެ އިންޒާރު ރައީސް ނަޝީދު ދެއްވައިފި
16 ސެޕްޓެމްބަރު 2026

ރާއްޖެއަކީ އިންވެސްޓުކުރަން ރައްކާތެރި ތަނެއް ނޫން ކަމަށް ބުނުމަކީ އާދައިގެ ވާހަކައެއް ނޫން، މިއީ އިގުތިސާދީ މުސްތަގުބަލާ ގުޅިފައިވާ އިންތިހާއަށް ބިރުވެރި އިންޒާރެއް!

16 ސެޕްޓެމްބަރު 2026
ރާއްޖެއަކީ އިންވެސްޓުކުރަން ރައްކާތެރި ތަނެއް ނޫން ކަމަށް ބުނުމަކީ އާދައިގެ ވާހަކައެއް ނޫން، މިއީ އިގުތިސާދީ މުސްތަގުބަލާ ގުޅިފައިވާ އިންތިހާއަށް ބިރުވެރި އިންޒާރެއް!
15 ސެޕްޓެމްބަރު 2026

2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ރައީސް މުއިއްޒު އަށް ކާމިޔާބުކޮށްދެއްވުމަށް އަބްދުއްރަހީމް ގޮވާލައްވައިފި

15 ސެޕްޓެމްބަރު 2026
2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ރައީސް މުއިއްޒު އަށް ކާމިޔާބުކޮށްދެއްވުމަށް އަބްދުއްރަހީމް ގޮވާލައްވައިފި
15 ސެޕްޓެމްބަރު 2026

ސިޔާސީ މައިދާނުގައި އެއްވެސް އިމެއް ނެތް، ގައުމުގައި ހަމަނުޖެހުން އުފެއްދުމަށް ޒިންމާދާރުކަން ކުޑަ ގޮތެއްގައި ކަންކަން ކުރާތަން ފެނޭ: ރައީސް މުއިއްޒު

15 ސެޕްޓެމްބަރު 2026
ސިޔާސީ މައިދާނުގައި އެއްވެސް އިމެއް 
ނެތް، ގައުމުގައި ހަމަނުޖެހުން އުފެއްދުމަށް ޒިންމާދާރުކަން ކުޑަ ގޮތެއްގައި ކަންކަން ކުރާތަން ފެނޭ: ރައީސް މުއިއްޒު
15 ސެޕްޓެމްބަރު 2026

މެލޭޝިއާއިން 100 މިލިއަން ޑޮލަރުގެ ފައިނޭންޝަލް ފެސިލިޓީއެއް ހަމަޖައިސައިދޭން މުއިއްޒު ސަރުކާރުން އެދިއްޖެ

15 ސެޕްޓެމްބަރު 2026
މެލޭޝިއާއިން 100 މިލިއަން ޑޮލަރުގެ ފައިނޭންޝަލް ފެސިލިޓީއެއް ހަމަޖައިސައިދޭން މުއިއްޒު ސަރުކާރުން އެދިއްޖެ
15 ސެޕްޓެމްބަރު 2026

ދީނީ މުއައްސަސާތައް ނިވާފަތްގަނޑަކަށް ހަދައިގެން ހިންގާ ކޮރަޕްޝަން ފޮރުވަން އައުގާފްގެ ނަމުގައި އައު ކުންފުންޏެއް!

15 ސެޕްޓެމްބަރު 2026
ދީނީ މުއައްސަސާތައް ނިވާފަތްގަނޑަކަށް ހަދައިގެން ހިންގާ ކޮރަޕްޝަން ފޮރުވަން އައުގާފްގެ ނަމުގައި އައު ކުންފުންޏެއް!
15 ސެޕްޓެމްބަރު 2026

ރާއްޖެއާއި މެލޭޝިއާގެ ގުޅުން އައު އުސްމިނަކަށް: ކަރަންސީ ސްވަޕް އަވަސްކޮށް، ގިނަ ދާއިރާތަކުން އެއްބާރުލުން ދޭން ނިންމައިފި

15 ސެޕްޓެމްބަރު 2026
ރާއްޖެއާއި މެލޭޝިއާގެ ގުޅުން އައު އުސްމިނަކަށް: ކަރަންސީ ސްވަޕް އަވަސްކޮށް، ގިނަ ދާއިރާތަކުން އެއްބާރުލުން ދޭން ނިންމައިފި
15 ސެޕްޓެމްބަރު 2026

ދިވެހިރާއްޖެ އާއި މެލޭޝިއާއާ ދެމެދު އިސްލާމީ ކަންކަމާއި ދިފާއީ ދާއިރާއިން އެހިތެރިކަން ފޯރުކޮށްދޭން އެމްއޯޔޫއެއްގައި ސޮއިކޮށްފި

15 ސެޕްޓެމްބަރު 2026
ދިވެހިރާއްޖެ އާއި މެލޭޝިއާއާ ދެމެދު އިސްލާމީ ކަންކަމާއި ދިފާއީ ދާއިރާއިން އެހިތެރިކަން ފޯރުކޮށްދޭން އެމްއޯޔޫއެއްގައި ސޮއިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް