Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޯލްޑިވިއަން

މޯލްޑިވިއަންގެ ވައިޑް ބޮޑީ ބޯޓު ދުއްވަނީ ދަމަކުން ބެރެއް ޖަހާހެން، އެކަމަކު ބޯޓަށް ޚާއްސަ ޕައިލެޓުންނަށް އެކަނިވެސް މަހަކު 1.2 މިލިއަން ރުފިޔާ!

މޯލްޑިވިއަންގެ ވައިޑް-ބޮޑީ ބޯޓު އޮޕަރޭޓްކުރާ ހަތަރު ޕައިލެޓުންގެ މުސާރައަށް މަހަކު 1.2 މިލިއަން ރުފިޔާ ޚަރަދުވާކަން ހާމަވެފައިވާއިރު، ބޯޓު ބޭނުންނުކޮށް ގްރައުންޑްކޮށްފައި އޮންނަ ދުވަސްތަކުގައި ވެސް މި ބޮޑު ޚަރަދު ހިނގަމުންދޭ. ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން މަދުކޮށް ޚަރަދު ކުޑަކުރަން އަންގާފައިވާ ދަނޑިވަޅެއްގައި، މިފަދަ އިސްރާފުތައް ހިނގާތީ ސަރުކާރުގެ ސިޔާސަތުތަކާ މެދު އާންމުން ދަނީ ސުވާލު އުފައްދަމުން

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 19 ޖުލައި 2026 | އާދީއްތަ 12:16
މޯލްޑިވިއަން އިން ވައިޑް ބޮޑީ އެއަރކްރާފް ގެނައުމުގެ ރަސްމިއްޔާތުގެ ތެރެއިން

މޯލްޑިވިއަން އިން ވައިޑް ބޮޑީ އެއަރކްރާފް ގެނައުމުގެ ރަސްމިއްޔާތުގެ ތެރެއިން | ރައީސް އޮފީސް

ޚަރަދު ކުޑަކުރުމަށާއި ސަރުކާރުގެ ކުންފުނިތައް "ރައިޓް ސައިޒް" ކުރުމަށް ދައުލަތުން މަސައްކަތް ކުރަމުންދާ ކަމަށް ބުނާއިރު، ގައުމީ އެއާލައިން "މޯލްޑިވިއަން" އިން ގެނެސްފައިވާ ވައިޑް-ބޮޑީ (އޭ330) މަތިންދާބޯޓަށް ކުރާ ބޮޑެތި ޚަރަދުތަކުގެ ސަބަބުން ދައުލަތުގެ އެތައް މިލިއަން ރުފިޔާ ޚަރަދު ވަމުންދާކަން ހާމަވެއްޖެ އެވެ.

އިތުބާރު ހުރި މަސްދަރުތަކުން ރާއްޖެއެމްވީ އަށް ކަށަވަރުވެފައިވާ ގޮތުގައި، މި ބޯޓު ދުއްވުމަށް ޚާއްސަ ހަތަރު ޕައިލެޓުން ހަމަޖައްސާފައިވާއިރު، ކޮންމެ ޕައިލެޓަކަށް މަހަކު 3 ލައްކަ ރުފިޔާގެ މުސާރައެއް ދެ އެވެ. މިއާއެކު، މި ހަތަރު ޕައިލެޓުންގެ މުސާރައަށް އެކަނި ވެސް އެ ކުންފުނިން ކޮންމެ މަހަކު 1.2 މިލިއަން ރުފިޔާ ޚަރަދު ކުރަންޖެހެ އެވެ.

މިކަމުގެ ކަންބޮޑުވުން އެންމެ ބޮޑުވަނީ، އެ ބޯޓަކީ 14 އަހަރުވެފައިވާ ބައު ބޯޓަކަށް ވެފައި، ޓެކްނިކަލް ގިނަ މައްސަލަތަކެއް ދިމާވުމުގެ ސަބަބުން ދަތުރުތައް ކުރަނީ ވަރަށް މަދުން ކަމަށް ވުމުންނެވެ. ބޯޓު ބޭނުން ނުކުރެވި ގްރައުންޑް ކުރެވިފައި އޮންނަ ދުވަސްތަކުގައި ވެސް މިފަދަ ބޮޑެތި މުސާރަތައް ދެމުން ދިއުމަކީ ކުންފުންޏަށް މާލީ ގޮތުން ބޮޑު ބުރައެކެވެ.

މި ސަރުކާރުން އަބަދުވެސް ދަނީ ދައުލަތުގެ ރިކަރަންޓް ޚަރަދުތައް ކުޑަކުރުމަށާއި، މުސާރައާއި އިނާޔަތްތައް އެކަށީގެންވާވަރަށް ކުޑަކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނަމުންނެވެ. އޭގެ އިތުރުން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވެސް ވަނީ، ކުރިއަށް އޮތް 3 މަސްދުވަހުގެ ތެރޭގައި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތައަށް މަދުކުރުމަށް ވެސް ވަނީ އަންގާފަ އެވެ.

ނަމަވެސް، އާންމު މުވައްޒަފުން ވަޒީފާތަކުން ވަކިކޮށް "ރައިޓް ސައިޒް" ކުރާ ކަމަށް ބުނާއިރު، މިފަދަ ބޮޑެތި ބޭކާރު ޚަރަދުތައް ކުންފުނިތަކުގެ ތެރޭގައި ހިނގަމުންދާތީ ސަރުކާރުގެ ސިޔާސަތުތަކާ މެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު މުސާރައާއި އިނާޔަތްތަކަށް މިއަހަރު ކުރާ ހޭދަ ވަނީ އިންތިހާއަށް އިތުރުވެފައެވެ.

މޯލްޑިވިއަންގެ ވައިޑް-ބޮޑީ ބޯޓުގެ މި މައްސަލައަކީ ސަރުކާރުން ޚަރަދު ކުޑަކުރަން އުޅޭ ކަމަށް ބުނާ ވާހަކައާއި އަމަލާ ދިމާނުވާކަން ހާމަކޮށްދޭ އަލިގަދަ ހެއްކެތް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

މިކަމާ ގުޅޭ ގޮތުން މޯލްޑިވިއަންގެ ކޮމަރޝަލް ޑިޕާޓްމަންޓްގެ ހެޑް، އަމްރާހް ވިދާޅުވީ، އެ އެއަރ ކްރާފްޓް ދުއްވުމަށް 4 ޕައިލެޓުންނަށް ވުރެ ގިނަ ޕައިލެޓުން ތިބޭ ކަމަށާއި އެ މީހުންގެ މުސާރަ ހާމަ ކުރެވެން ނެތް ކަމަށެވެ. ނަމަވެސް އޮޕަރޭޝަނަށް ބޭނުންވާ މިންވަރަށް ޕައިލެޓުން ތިބި ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

މޯލްޑިވިއަންޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑުވައިޑް-ބޮޑީ (އޭ330) މަތިންދާބޯޓު

އިތުރަށް ކިޔާލަން

18 ޖުލައި 2026

ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު މަދުކުރަން 3 މަހުގެ މުއްދަތެއް ދީފި

18 ޖުލައި 2026
ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު މަދުކުރަން 3 މަހުގެ މުއްދަތެއް ދީފި
16 ޖުލައި 2026

އިންތިޚާބުތަކާ ދިމާކޮށް ގިނަ އަދަދެއްގެ ވަޒީފާ އުފައްދައި މުވައްޒަފުން ވެއްދި އެޗްޑީސީން، އެމަގާމުތައް އުވާލައި ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަނީ!

16 ޖުލައި 2026
އިންތިޚާބުތަކާ ދިމާކޮށް ގިނަ އަދަދެއްގެ ވަޒީފާ އުފައްދައި މުވައްޒަފުން ވެއްދި އެޗްޑީސީން، އެމަގާމުތައް އުވާލައި ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަނީ!
05 ޖުލައި 2026

ޚިދުމަތް ނުފެށޭ ޑީބީއެމްގެ ޗެއަރޕާސަންގެ މަގާމުގައި ހުންނެވި އަރޫނީ މަގާމުން އިސްތިއުފާ ދެއްވައިފި

05 ޖުލައި 2026
ޚިދުމަތް ނުފެށޭ ޑީބީއެމްގެ ޗެއަރޕާސަންގެ މަގާމުގައި ހުންނެވި އަރޫނީ މަގާމުން އިސްތިއުފާ ދެއްވައިފި
01 ޖުލައި 2026

ޙައްޖު ކޯޕަރޭޝަންގެ އެމްޑީގެ މަޤާމަށް ފިރުޒުލް އައްޔަނުކޮށްފި!

01 ޖުލައި 2026
ޙައްޖު ކޯޕަރޭޝަންގެ އެމްޑީގެ މަޤާމަށް ފިރުޒުލް އައްޔަނުކޮށްފި!
30 ޖޫން 2026

އެތެރޭގެ އުދުހުންތަކުގެ ޓިކެޓުގެ އަގު ހެޔޮ ކުރެވޭކަށް ނެތް، އެކަށީގެންވާ މިންވަރަށް ފަސިންޖަރުން ނުލިބޭ: އަމީން

30 ޖޫން 2026
އެތެރޭގެ އުދުހުންތަކުގެ ޓިކެޓުގެ އަގު ހެޔޮ ކުރެވޭކަށް ނެތް، އެކަށީގެންވާ މިންވަރަށް ފަސިންޖަރުން ނުލިބޭ: އަމީން
30 ޖޫން 2026

މޯލްޑިވިއަންގެ ދެވަނަ ވައިޑް-ބޮޑީ މަތިންދާބޯޓު އޮޕަރޭޝަނަށް ގެނެވޭނީ އަންނަ އަހަރު: މިނިސްޓަރ އަމީން

30 ޖޫން 2026
މޯލްޑިވިއަންގެ ދެވަނަ ވައިޑް-ބޮޑީ މަތިންދާބޯޓު އޮޕަރޭޝަނަށް ގެނެވޭނީ އަންނަ އަހަރު: މިނިސްޓަރ އަމީން
24 ޖޫން 2026

އެމްޓީސީސީގެ ޗެއަރޕާސަންގެ މަޤާމަށް ސަޢާދާ އައްޔަނުކުރައްވައިފި

24 ޖޫން 2026
އެމްޓީސީސީގެ ޗެއަރޕާސަންގެ މަޤާމަށް ސަޢާދާ އައްޔަނުކުރައްވައިފި
20 ޖޫން 2026

އެޗްޑީސީގެ މުވައްޒަފުންނަށް 2025 ވަނަ އަހަރުގެ ބޯނަސް ދިނުމަށްފަހު އެއްބައި ދިނުމަށް އަންގައިފި

20 ޖޫން 2026
އެޗްޑީސީގެ މުވައްޒަފުންނަށް 2025 ވަނަ އަހަރުގެ ބޯނަސް ދިނުމަށްފަހު އެއްބައި ދިނުމަށް އަންގައިފި
06 ޖޫން 2026

ދިވެހި ހައްޖުވެރިން ރާއްޖެ އަންނަން ފަށައިފި

06 ޖޫން 2026
ދިވެހި ހައްޖުވެރިން ރާއްޖެ އަންނަން ފަށައިފި
29 މެއި 2026

އެބޯލާ ވައިރަހާ ގުޅިގެން އިންޑިއާ އަށް ދަތުރުކުރާއިރު، ސެލްފް ޑެކްލަރޭޝަން ފޯމް ހުށަހަޅަން ޖެހޭ ގޮތަށް މަޖުބޫރު ކޮށްފި

29 މެއި 2026
އެބޯލާ ވައިރަހާ ގުޅިގެން އިންޑިއާ އަށް ދަތުރުކުރާއިރު، ސެލްފް ޑެކްލަރޭޝަން ފޯމް ހުށަހަޅަން ޖެހޭ ގޮތަށް މަޖުބޫރު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު