Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހއ. ފިއްލަދޫ

ވަގުތީ އެސްޖީ ހަމަޖެއްސި ގޮތާ މެދު ހިތްހަމަނުޖެހި، ފިއްލަދޫ ކައުންސިލްގެ ހުރިހާ މުވައްޒަފުން އެއްފަހަރާ ސަލާމް ބުނެފި

2 ނޮވެމްބަރު 2026 | ހޯމަ 14:52

ހއ. ފިއްލަދޫ ކައުންސިލްގެ ވަގުތީ އެސްޖީގެ މަގާމަށް ސިވިލް ސަރވިސް ކޮމިޝަނުން މުވައްޒަފަކު ހަމަޖެއްސި ގޮތާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް، އެ އިދާރާގެ ހުރިހާ މުވައްޒަފުން އެއްފަހަރާ ސަލާމް ބުނުމުން ކައުންސިލްގެ ޚިދުމަތްތަކަށް ބުރޫއަރައިފި. މުވައްޒަފުން ތުހުމަތުކުރާ ގޮތުގައި މި ނިންމުމަކީ ސިޔާސީ ނުފޫޒު އޮތް ނިންމުމެއް ކަމުން، އެސްޖީ ބަދަލުކުރަންދެން މަސައްކަތަށް ނުނިކުތުމަށް ވަނީ ނިންމާފައި

ދެލިކޮޕީ
ދެލިކޮޕީ | 2 ނޮވެމްބަރު 2026 | ހޯމަ 14:52
 ހއ. ފިއްލަދޫ ކައުންސިލްގެ އިދާރީ މުވައްޒަފުން

ހއ. ފިއްލަދޫ ކައުންސިލްގެ އިދާރީ މުވައްޒަފުން | ހއ. ފިއްލަދޫ ކައުންސިލް

ހއ. ފިއްލަދޫ ކައުންސިލްގެ ވަގުތީ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) ގެ މަގާމަށް ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) އިން ބޭފުޅަކު ހަމަޖެއްސި ގޮތާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް، އެ އިދާރާގެ ހުރިހާ އިދާރީ މުވައްޒަފުން އެއްފަހަރާ އޮފީހަށް ސަލާމް ބުނެފި އެވެ.

މި މައްސަލާގައި ހިތްހަމަނުޖެހުން އުފެދުނީ ކައުންސިލްގެ އާންމު އުސޫލުން އެސްޖީއެއްގެ ނަން ނިންމުމުގެ ބަދަލުގައި، ސީދާ ސީއެސްސީން ވަކި މުވައްޒަފަކަށް މަގާމު ހަވާލުކުރަން އެންގުމާ ގުޅިގެންނެވެ. މުވައްޒަފުން ތުހުމަތުކުރާ ގޮތުގައި މިއީ ސިޔާސީ ނުފޫޒުން ނިންމާފައިވާ ނިންމުމެކެވެ. މީގެ އިތުރުން ވަގުތީ ގޮތުން އެ މަގާމާ ހަވާލުވި ފަރާތަކީ ކުރިން އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމު ފުރާފައިވާ ބޭފުޅެއް ނަމަވެސް، އެއީ މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރައްވާ ބޭފުޅެއް ނޫން ކަމަށް ވެސް މުވައްޒަފުން ވަނީ ބުނެފަ އެވެ.

Advertisement - newsAdvertisement

މި މައްސަލައިގައި ކައުންސިލްގެ ރައީސާ މަޝްވަރާކޮށް، ނިންމުން ބަދަލުކޮށްދިނުމަށް އެދުނު ނަމަވެސް، ސީއެސްސީގެ އެންގުމާ އެއްގޮތަށް ކުރިއަށްދާން ރައީސް ބޭނުންފުޅުވުމުން ހިތްހަމަނުޖެހުން ވަނީ އިތުރަށް ބޮޑުވެފަ އެވެ. އެގޮތުން އާދީއްތަ ދުވަހުގެރޭ ބޭއްވި ސްޓާފް ނައިޓްގައި ވެސް މުވައްޒަފުން ބައިވެރިވެފައި ނުވާއިރު، ހދ. ނޭކުރަންދޫ ކައުންސިލުން ފިއްލަދޫ ކައުންސިލަށް ކުރި ތަޖުރިބާ ދަތުރަށް މަރުހަބާ ކިޔުމަށް ވެސް އެއްވެސް މުވައްޒަފަކު ގޮސްފައެއް ނުވެ އެވެ.

ފިއްލަދޫ ކައުންސިލްގެ ރައީސް މުހައްމަދު ހާމިދު ހާމަކުރެއްވި ގޮތުގައި ހޯމަ ދުވަހު އޮފީސް ހުޅުވިއިރު އިދާރީ މުވައްޒަފުންނާއި، ޑްރައިވަރުން އަދި ސަޕޯޓް ސްޓާފުން ވެސް ވަނީ ސަލާމް ބުނެފަ އެވެ. އޮފީހަށް ނުކުތީ ވަގުތީ އެސްޖީއާއި ތިން ކައުންސިލަރުންގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ އެކަނި ކަމަށާއި، މުވައްޒަފުން ސަލާމް ބުނުމުގެ ސަބަބުން ކައުންސިލްގެ އާންމު ޚިދުމަތްތަކަށް ބުރޫއަރާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ހާމިދު އިތުރަށް ވިދާޅުވީ ވަގުތީ އެސްޖީއަކަށް ހަމަޖެއްސީ އޮފީހުގައި ތިބި މުވައްޒަފުންގެ ތެރެއިން ރޭންކުގެ ގޮތުން އެންމެ މަތީ ފަރާތް ކަމަށެވެ.

ނަމަވެސް މުވައްޒަފުން ބުނަމުންދަނީ މިހާރު ހަމަޖެއްސި އެސްޖީ ބަދަލުކޮށް، ސިވިލް ސަރވިސް ކޮމިޝަނުން ރަސްމީކޮށް ވަކި ގޮތެއް އަންގަންދެން އަލުން ވަޒީފާއަށް ނުނިކުންނާނެ ކަމަށެވެ.

ހއ. ފިއްލަދޫސިވިލް ސަވިރސް ކޮމިޝަން

އެންމެ ހިނގާ

1

ރަސްމާލެ އެއްބަސްވުމުގައި ސޮއިކޮށްފިނަމަ އިސްތިއުފާ ދެއްވާނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވެއްޖެ

2

ރާއްޖެޓީވީ ހިމެނޭ ގޮތަށް އިތުރު ދެ ޗަނަލަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މީޑިއާ ކޮމިޝަނުން ފަށައިފި

3

ރިސޯޓެއް ހަދަން ނެގި ލޯނާ ގުޅިގެން ފައްޔާޒަށް ތުހުމަތުކޮށް ދެކެވުނު ވާހަކަ ތަކަށް ފައްޔާޒުގެ ރައްދެއް!

4

"ނިއުކްލިއަރ ހަމަލާއަކާއެކު ތިންވަނަ ބޮޑުހަނގުރާމަ ފެށޭނެ": އީރާނަށް ހަމަލާދޭން އިސްރާއީލުން ބާރުއަޅާ ކަމަށް ބުނެ ކާލްސަންގެ އިންޒާރު

5

އަސީލުގެ މަރުގެ މައްސަލަ ކުރިއަށްދާތާ 12 އަހަރު: 4 މީހެއްގެ މައްޗަށް ކުށް ސާބިތުވެއްޖެ

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2026

ސިވިލް ސަރވިސްގެ 20 އަހަރުވީ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ނިންމުމަށްފަހު ތިން ގަޑިއިރު ތެރޭގައި އެ ނިންމުން ބަދަލުކޮށްފި

28 އޮކްޓޯބަރު 2026
ސިވިލް ސަރވިސްގެ 20 އަހަރުވީ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ނިންމުމަށްފަހު ތިން ގަޑިއިރު ތެރޭގައި އެ ނިންމުން ބަދަލުކޮށްފި
15 ސެޕްޓެމްބަރު 2026

އޮފީހުން ކުރާ މަސައްކަތްތަކުގެ މައުލޫމާތު ދޭން ސިވިލް މުވައްޒަފުން ޕީއެންސީގެ ކޮންގްރެސްގެ މަސައްކަތަށް ނެރެވޭނެ: ސީއެސްސީގެ ރައީސް

15 ސެޕްޓެމްބަރު 2026
އޮފީހުން ކުރާ މަސައްކަތްތަކުގެ މައުލޫމާތު ދޭން ސިވިލް މުވައްޒަފުން ޕީއެންސީގެ ކޮންގްރެސްގެ މަސައްކަތަށް ނެރެވޭނެ: ސީއެސްސީގެ ރައީސް
15 ސެޕްޓެމްބަރު 2026

ޕީއެންސީގެ ކޮންގްރެސްއާ ދިމާކޮށް، މިނިސްޓްރީތަކުގެ ސިވިލް މުވައްޒަފުން ގަޑިބަހައިގެން ކޮންގްރެސްގެ މަސައްކަތަށް ނުކުންނަން މަޖުބޫރުކޮށްފި

15 ސެޕްޓެމްބަރު 2026
ޕީއެންސީގެ ކޮންގްރެސްއާ ދިމާކޮށް، މިނިސްޓްރީތަކުގެ ސިވިލް މުވައްޒަފުން ގަޑިބަހައިގެން ކޮންގްރެސްގެ މަސައްކަތަށް ނުކުންނަން މަޖުބޫރުކޮށްފި
13 އޯގަސްޓު 2026

ރާއްޖޭގެ ކޮންމެ ފަސް މީހަކުން އެކަކީ ޑިޕްރެޝަންގެ އަލާމާތްތައް ތަހައްމަލުކުރާ މީހެއް، މަސައްކަތުގެ މާހައުލުގައި ދިމާވާ ތަފާތުކުރުންތައް ނައްތާލަން ޖެހޭ: ސާޖިދާ

13 އޯގަސްޓު 2026
ރާއްޖޭގެ ކޮންމެ ފަސް މީހަކުން އެކަކީ ޑިޕްރެޝަންގެ އަލާމާތްތައް ތަހައްމަލުކުރާ މީހެއް، މަސައްކަތުގެ މާހައުލުގައި ދިމާވާ ތަފާތުކުރުންތައް ނައްތާލަން ޖެހޭ: ސާޖިދާ
26 ޖުލައި 2026

ރައީސުލްޖުމްހޫރިއްޔާ، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން، ޑޮކްޓަރ މުޙައްމަދު ލަތީފަށް އަރުވައިފި

26 ޖުލައި 2026
ރައީސުލްޖުމްހޫރިއްޔާ، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން، ޑޮކްޓަރ މުޙައްމަދު ލަތީފަށް އަރުވައިފި
22 ޖުލައި 2026

އަތޮޅު ކައުންސިލްތައް އުވާލުމަކީ ޤާނޫނުއަސާސީގެ ރޫހާ ޚިލާފަށް ކުރި ކަމެއް، އެމްޑީޕީން ކޯޓަށް ދާން ނިންމީ އެ ސަބަބާހުރެ: ނިޔާޒް

22 ޖުލައި 2026
އަތޮޅު ކައުންސިލްތައް އުވާލުމަކީ ޤާނޫނުއަސާސީގެ ރޫހާ ޚިލާފަށް ކުރި ކަމެއް، އެމްޑީޕީން ކޯޓަށް ދާން ނިންމީ އެ ސަބަބާހުރެ: ނިޔާޒް
22 ޖުލައި 2026

ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުންނާއި ޕާމަނަންޓް ސެކްރެޓަރީންގެ މުސާރަ ކުޑަކުރަން ނިންމައިފި

22 ޖުލައި 2026
ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުންނާއި ޕާމަނަންޓް ސެކްރެޓަރީންގެ މުސާރަ ކުޑަކުރަން ނިންމައިފި
03 ޖުލައި 2026

ސިވިލް ސާވިސް މުވައްޒަފުންނަށް ގަޑިނުޖެހޭ ގޮތަށް 30 މިނެޓުގެ "ބަފާ ޓައިމް" އެއް ދީފި

03 ޖުލައި 2026
ސިވިލް ސާވިސް މުވައްޒަފުންނަށް ގަޑިނުޖެހޭ ގޮތަށް 30 މިނެޓުގެ "ބަފާ ޓައިމް" އެއް ދީފި
16 ޖޫން 2026

އެހެން މީހެއްގެ ނަމުގައި މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި 3 މުވައްޒަޒުންގެ މައްސަލަ އޭސީސީން ބަލަނީ

16 ޖޫން 2026
އެހެން މީހެއްގެ ނަމުގައި މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި 3 މުވައްޒަޒުންގެ މައްސަލަ އޭސީސީން ބަލަނީ
13 ޖޫން 2026

މުވައްޒަފުންގެ މަަސައްކަތުގެ ފެންވަރު މަތިކުރުމުގެ ގޮތްތައް ހޯދުމަށް ދިރާސާކުރަން ޖެހޭ: ސީއެސްސީގެ ރައީސް

13 ޖޫން 2026
މުވައްޒަފުންގެ މަަސައްކަތުގެ ފެންވަރު މަތިކުރުމުގެ ގޮތްތައް ހޯދުމަށް ދިރާސާކުރަން ޖެހޭ: ސީއެސްސީގެ ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް