Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ ސިވިލް ސަރވިސް

ސިވިލް ސަރވިސްގެ 20 އަހަރުވީ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ނިންމުމަށްފަހު ތިން ގަޑިއިރު ތެރޭގައި އެ ނިންމުން ބަދަލުކޮށްފި

28 އޮކްޓޯބަރު 2026 | ބުދަ 06:52

ސިވިލް ސަރވިސްގައި 20 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރި މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ނިންމި ނިންމުން ނޭޝަނަލް ޕޭ ކޮމިޝަނުން ކުއްލި ގޮތަކަށް މަޑުޖައްސާލުމާ ގުޅިގެން މުވައްޒަފުންގެ މެދުގައި ބޮޑު ކަންބޮޑުވުމެއް ވަނީ އުފެދިފައި. މި ނިންމުން ތަންފީޒުކުރުން މަޑުޖައްސާލަން އެންގި ވަކި ސަބަބެއް އެ ކޮމިޝަނުން ހާމަކޮށްފައި ނުވާއިރު، ސިވިލް ސަރވިސް ކޮމިޝަނުން ބުނަނީ އެއީ ޕޭ ކޮމިޝަނުގެ އެންގުމަކަށް ނިންމި ނިންމުމެއް ކަމަށް.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 28 އޮކްޓޯބަރު 2026 | ބުދަ 06:52

ސިވިލް ސަރވިސްގެ 20 އަހަރުވީ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ނިންމުމަށްފަހު ތިން ގަޑިއިރު ތެރޭގައި އެ ނިންމުން ބަދަލުކޮށްފި | ރާއްޖެ ޓީވީ

ސިވިލް ސަރވިސްގައި 20 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކޮށްފައިވާ މުވައްޒަފުންގެ މުސާރަ ބޮޑުކުރިކަން އެންގުމަށްފަހު، އެ ނިންމުން ތަންފީޒުކުރުން ތިން ގަޑިއިރު ވެސް ނުވަނީސް ނޭޝަނަލް ޕޭ ކޮމިޝަނުން މަޑުޖައްސާލައިފި އެވެ.

މި ނިންމުމާ ގުޅިގެން ސިވިލް ސަރވިސްގެ ގިނަ އަދަދެއްގެ މުވައްޒަފުންގެ މެދުގައި ވަނީ ކަންބޮޑުވުން އުފެދިފަ އެވެ.

Advertisement - newsAdvertisement

މިކަމާ ގުޅޭގޮތުން ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސިވިލް ސަރވިސް ކޮމިޝަންގެ ކައުންސެލް ޖެނެރަލް އިބްރާހީމް ރަޝީދު ވިދާޅުވީ، ދައުލަތުގެ މުސާރައިގެ ސިޔާސަތާ ގުޅޭ ޤާނޫނަށް އަމަލުކުރަން ފެށިފަހުން މުސާރައާ ގުޅޭ ހުރިހާ ނިންމުންތަކެއް ނިންމުމުގެ އިޚްތިޔާރު އޮންނަނީ ނޭޝަނަލް ޕޭ ކޮމިޝަނަށް ކަމަށެވެ.

ކައުންސެލް ޖެނެރަލް އިތުރަށް ބަޔާންކުރެއްވި ގޮތުގައި، މުސާރައާ ގުޅޭ ކަންކަމުގައި ސިވިލް ސަރވިސް ކޮމިޝަނުގެ މައިގަނޑު ދައުރަކީ ޕޭ ކޮމިޝަނުން ނިންމާ ނިންމުންތައް ތަންފީޒު ކުރުމެވެ. ސިވިލް ސަރވިސްގައި 20 އަހަރަށްވުރެ ގިނަ ދުވަސްވީ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމުގެ ކަންކަމުގައި ވެސް އަމަލުކޮށްފައިވަނީ އެ އުސޫލުގެ ތެރެއިން ކަމަށާއި، އެ ނިންމުން ތަންފީޒު ކުރުން މަޑުޖައްސާލުމަށް ސިވިލް ސަރވިސް ކޮމިޝަނަށް އެންގީވެސް ޕޭ ކޮމިޝަނުން ކަމަށް އޭނާ ވިދާޅުވި އެވެ.

މި މައްސަލައިގެ ފަސްފަހަތަށް ބަލާއިރު، ޕޭ ކޮމިޝަނުގެ ކުރީގެ ނިންމުމާ އެއްގޮތަށް މުސާރަ ބޮޑުކޮށް، ބައެއް މުވައްޒަފުންނަށް އެކަން އަންގައި ޗިޓުވެސް ވަނީ ހަވާލުކޮށްފަ އެވެ. ނަމަވެސް އެ ނިންމުން ނިންމިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ޕޭ ކޮމިޝަނުން ވަނީ ސަރކިއުލަރ އެއް މެދުވެރިކޮށް އެ ނިންމުން ތަންފީޒުކުރުން މަޑުޖައްސާލުމަށް އަންގާފަ އެވެ.

މިގޮތަށް އެންގި ވަކި ސަބަބެއް ޕޭ ކޮމިޝަނުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

މިކަމާ ގުޅޭގޮތުން އިތުރު ތަފްސީލު ހޯދުމަށާއި، ކުއްލި ގޮތަކަށް ނިންމުން ބަދަލުކުރި ސަބަބު ސާފުކުރުމަށް ރާއްޖެޓީވީން ނޭޝަނަލް ޕޭ ކޮމިޝަނަށް ގުޅުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފަ އެވެ. މުސާރަ ބޮޑުވާނެ ކަމުގެ އުންމީދުގައި ތިބި ގިނަ ދުވަސްވީ މުވައްޒަފުން މިހާރު ތިބީ މި ނިންމުމުގެ ސަބަބުން މާޔޫސްކަމެއްގެ ތެރޭގަ އެވެ.

ސިވިލް ސަވިރސް ކޮމިޝަން ނޭޝަނަލް ޕޭ ކޮމިޝަންއިބްރާހިމް ރަޝީދު

އެންމެ ހިނގާ

1

ހެލްތު މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރުންތަކެއް އޮފީސްތެރޭ ނަށާ ވީޑިއޯ އާންމުވެ، ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

2

އަލައްބާރުގެ ވާހަކަތަކުން ފަޅާއެރި ސިއްރު: އެތައް މިލިއަން ޑޮލަރެއް ދިޔައީ ކޮން އަބްދުﷲ އަކަށް؟

3

ފެނަކައިގެ ކޮރަޕްޝަން މައްސަލައިގައި ދީނާ ޖަލަށްލާން ހުކުމްކޮށްފި، ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކުރަން ދައުލަތުން އިންކާރުކުރޭ!

4

އަލައްބާރު އެތައް މިލިއަން ޑޮލަރެއް ދިން ކަމަށް ބުނާ "އަބްދުﷲ" އަކީ ކާކު؟

5

އެމެރިކާއަށް އީރާނުގެ ހަރުކަށި ރައްދެއް، މުޅި ސަރަހައްދުގައި ހަނގުރާމައިގެ "ސުންގަޑި" ކައިރިވަނީ

އިތުރަށް ކިޔާލަން

14 އޮކްޓޯބަރު 2026

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ 360 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް ރައީސް މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅައިފި

14 އޮކްޓޯބަރު 2026
އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ 360 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް ރައީސް މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅައިފި
15 ސެޕްޓެމްބަރު 2026

އޮފީހުން ކުރާ މަސައްކަތްތަކުގެ މައުލޫމާތު ދޭން ސިވިލް މުވައްޒަފުން ޕީއެންސީގެ ކޮންގްރެސްގެ މަސައްކަތަށް ނެރެވޭނެ: ސީއެސްސީގެ ރައީސް

15 ސެޕްޓެމްބަރު 2026
އޮފީހުން ކުރާ މަސައްކަތްތަކުގެ މައުލޫމާތު ދޭން ސިވިލް މުވައްޒަފުން ޕީއެންސީގެ ކޮންގްރެސްގެ މަސައްކަތަށް ނެރެވޭނެ: ސީއެސްސީގެ ރައީސް
15 ސެޕްޓެމްބަރު 2026

ޕީއެންސީގެ ކޮންގްރެސްއާ ދިމާކޮށް، މިނިސްޓްރީތަކުގެ ސިވިލް މުވައްޒަފުން ގަޑިބަހައިގެން ކޮންގްރެސްގެ މަސައްކަތަށް ނުކުންނަން މަޖުބޫރުކޮށްފި

15 ސެޕްޓެމްބަރު 2026
ޕީއެންސީގެ ކޮންގްރެސްއާ ދިމާކޮށް، މިނިސްޓްރީތަކުގެ ސިވިލް މުވައްޒަފުން ގަޑިބަހައިގެން ކޮންގްރެސްގެ މަސައްކަތަށް ނުކުންނަން މަޖުބޫރުކޮށްފި
13 އޯގަސްޓު 2026

ރާއްޖޭގެ ކޮންމެ ފަސް މީހަކުން އެކަކީ ޑިޕްރެޝަންގެ އަލާމާތްތައް ތަހައްމަލުކުރާ މީހެއް، މަސައްކަތުގެ މާހައުލުގައި ދިމާވާ ތަފާތުކުރުންތައް ނައްތާލަން ޖެހޭ: ސާޖިދާ

13 އޯގަސްޓު 2026
ރާއްޖޭގެ ކޮންމެ ފަސް މީހަކުން އެކަކީ ޑިޕްރެޝަންގެ އަލާމާތްތައް ތަހައްމަލުކުރާ މީހެއް، މަސައްކަތުގެ މާހައުލުގައި ދިމާވާ ތަފާތުކުރުންތައް ނައްތާލަން ޖެހޭ: ސާޖިދާ
26 ޖުލައި 2026

ރައީސުލްޖުމްހޫރިއްޔާ، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން، ޑޮކްޓަރ މުޙައްމަދު ލަތީފަށް އަރުވައިފި

26 ޖުލައި 2026
ރައީސުލްޖުމްހޫރިއްޔާ، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން، ޑޮކްޓަރ މުޙައްމަދު ލަތީފަށް އަރުވައިފި
22 ޖުލައި 2026

އަތޮޅު ކައުންސިލްތައް އުވާލުމަކީ ޤާނޫނުއަސާސީގެ ރޫހާ ޚިލާފަށް ކުރި ކަމެއް، އެމްޑީޕީން ކޯޓަށް ދާން ނިންމީ އެ ސަބަބާހުރެ: ނިޔާޒް

22 ޖުލައި 2026
އަތޮޅު ކައުންސިލްތައް އުވާލުމަކީ ޤާނޫނުއަސާސީގެ ރޫހާ ޚިލާފަށް ކުރި ކަމެއް، އެމްޑީޕީން ކޯޓަށް ދާން ނިންމީ އެ ސަބަބާހުރެ: ނިޔާޒް
22 ޖުލައި 2026

ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުންނާއި ޕާމަނަންޓް ސެކްރެޓަރީންގެ މުސާރަ ކުޑަކުރަން ނިންމައިފި

22 ޖުލައި 2026
ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުންނާއި ޕާމަނަންޓް ސެކްރެޓަރީންގެ މުސާރަ ކުޑަކުރަން ނިންމައިފި
03 ޖުލައި 2026

ސިވިލް ސާވިސް މުވައްޒަފުންނަށް ގަޑިނުޖެހޭ ގޮތަށް 30 މިނެޓުގެ "ބަފާ ޓައިމް" އެއް ދީފި

03 ޖުލައި 2026
ސިވިލް ސާވިސް މުވައްޒަފުންނަށް ގަޑިނުޖެހޭ ގޮތަށް 30 މިނެޓުގެ "ބަފާ ޓައިމް" އެއް ދީފި
21 ޖޫން 2026

ރިޝްވަތާއި ފަސާދައަށް ފައިސާ ޚަރަދުކުރަން ޖެހިގެން ދައުލަތުގެ ޚަރަދު ބޮޑުވިއިރު، އޭގެ އަސަރު ކުރީ މުވައްޒަފުންގެ މުސާރައަށް: ބޮންޑާ

21 ޖޫން 2026
ރިޝްވަތާއި ފަސާދައަށް ފައިސާ ޚަރަދުކުރަން ޖެހިގެން ދައުލަތުގެ ޚަރަދު ބޮޑުވިއިރު، އޭގެ އަސަރު ކުރީ މުވައްޒަފުންގެ މުސާރައަށް: ބޮންޑާ
16 ޖޫން 2026

އެހެން މީހެއްގެ ނަމުގައި މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި 3 މުވައްޒަޒުންގެ މައްސަލަ އޭސީސީން ބަލަނީ

16 ޖޫން 2026
އެހެން މީހެއްގެ ނަމުގައި މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި 3 މުވައްޒަޒުންގެ މައްސަލަ އޭސީސީން ބަލަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް