Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސިވިލް ސަވިރސް ކޮމިޝަން

މުވައްޒަފުންގެ މަަސައްކަތުގެ ފެންވަރު މަތިކުރުމުގެ ގޮތްތައް ހޯދުމަށް ދިރާސާކުރަން ޖެހޭ: ސީއެސްސީގެ ރައީސް

ސިވިލް ސާވިސްގެ ޚިދުމަތްތައް ހަރުދަނާކޮށް، މުވައްޒަފުންގެ ފެންވަރު މަތިކުރުމަށް ބާއްވާ 5 ވަނަ ސިވިލް ސާވިސް ކޮންފަރެންސް 300 އަށް ވުރެ ގިނަ ބައިވެރިންނާއެކު ވަނީ ފަށާފައި. މި ކޮންފަރެންސްގައި ޓެކްނޮލޮޖީގެ އެހީގައި ޚިދުމަތްތައް އަވަސްކުރުމާއި، އިދާރީ ހިންގުން ރަނގަޅުކުރުމާ ގުޅޭ 18 ދިރާސީ ކަރުދާހެއް ހުށަހަޅައި މަޝްވަރާ ކުރުމަށް ހަމަޖެހިފައިވޭ. މީގެ އިތުރުން، ކުރިއަށް އޮތް ފަސް އަހަރަށް އަމާޒުކޮށް އެކުލަވައިލި ސިވިލް ސާވިސްގެ އާ އެކްޝަން ޕްލޭން ވެސް މި ރަސްމިއްޔާތުގައި ވަނީ އިފްތިތާހްކޮށްފައި.

އަމްނާ އިމާދު
އަމްނާ އިމާދު | 13 ޖޫން 2026 | ހޮނިހިރު 10:21
ސިވިލް ސާވިސް ކޮންފަރެންސްގައި ސީއެސްސީގެ ރައީސް މުހައްމަދު މުޖުތާޒު ވާހަކަ ދައްކަވަނީ.

ސިވިލް ސާވިސް ކޮންފަރެންސްގައި ސީއެސްސީގެ ރައީސް މުހައްމަދު މުޖުތާޒު ވާހަކަ ދައްކަވަނީ. | ސިވިލް ސަރވިސް ކޮމިޝަން

ސިވިލް ސާވިސްގެ މުވައްޒަފުންގެ މަަސައްކަތުގެ ފެންވަރު މަތިކުރުމުގެ ގޮތްތައް ހޯދުމަށް ދިރާސާކުރަން ޖެހޭ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް މުހައްމަދު މުޖުތާޒު ވިދާޅުވެއްޖެ އެވެ.

ހޮނިހިރު ދުވަހު ސޯޝަލް ސެންޓަރުގައި ވަނީ 300ށް ވުރެ ބައިވެރިންނާއެކު ސީއެސްސީގެ މިއަހަރުގެ ކޮންފަރެންސް ފަށާފަ އެވެ. މި ކޮންފަރެންސް ފައްޓަވައި ދެއްވީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސީއެސްސީގެ ރައީސް މުޖުތާޒު ވިދާޅުވީ، މޯލްޑިވްސް 2.0 ތަސައްވުރާއެކު އެ ސަރވިސްގެ ޚިދުމަތްތަކަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ކަމަށާއި، މި ބަދަލުތަކަށް އެންމެންވެސް ހޭލުންތެރިވާން ޖެހޭ ކަމަށެވެ. އަދި މި ކޮންފަރެންސްގައި ރައްޔިތުންނަށް ފޯރުކޮށްދެއްވަމުންދާ ޚިދުމަތްތައް ހަރުދަނާ ކުރުމަށާއި، ޓެކްނޮލޮޖީގެ އެހީގައި ގެނެވޭނެ ބަދަލުތަކާއި މިހާރު ދިމާވަމުންދާ މައްސަލަތަކާއި ގުޅެގޮތުން މަޝްވަރާ ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

ސީއެސްސީގައި 35،000 އަށް ވުރެ ގިނަ މުވައްޒަފުން ހަރަކާތްތެރިވާކަން ފާހަގަކުރައްވައި މުޖުތާޒު ވިދާޅުވީ، މުވައްޒަފުން ގިނަ ނަމަވެސް ރާއްޖެ އުފެދިފައިވާ ގޮތުން ޚިދުމަތްތައް ދިނުމަށް ގޮންޖެހުންތައް ކުރިމަތިވާ ކަމަށެވެ. ނަމަވެސް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. 

މުޖުތާޒު ވިދާޅުވީ، ސީއެސްސީގެ ޚިދުމަތްތައް ތަރައްގީ ކުރުމަށް މި ނިޒާމު ހަރުދަނާ ކުރަން ޖެހޭ ކަމަށާއި، ކަމާ ގުޅުންހުރި ދިރާސާތައް ހުށަހަޅާނެ ކަމަށެވެ.

އެ އިލްމީ ދިރާސާތަކުގެ ތެރޭގައި ހިންގުން ހަރުދަނާ ކުރުމާއި، އިދާރާތަކުގެ މަސައްކަތުގެ ފެންވަރު ރަނގަޅު ކުރުމާއި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރުމާއި މަސައްކަތުގެ ރައްކާތެރި މާހައުލެއް ގާއިމުކުރުން ފަދަ ކަރުދާސްތައް ހުށަހަޅާ މަޝްވަރާ ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ މި ދިރާސާތަކުން ލިބޭ މައުލޫމާތު އެންމެ ފުރިހަމަ ގޮތުގައި ބޭނުންކޮށް، ރާއްޖޭގެ މާހައުލަށާއި ހާލަތަށް އެންމެ އެކަށޭނަ ގޮތްތައް ދެނެގަނެވޭނެ ކަމަށެވެ. 

މީގެ އިތުރުން މުޖުތާޒު ވިދާޅުވީ، ސީއެސްސީގެ ޚިދުމަތްތައް ލިބިގަންނަ ރައްޔިތުންގެ އުއްމީދާ އެއްވަރަށް މަސައްކަތް ނުކުރެވޭކަން ގަބޫލުކުރާ ކަމަށާއި، ރައްޔިތުންގެ ފަރާތުން އެންމެ ބޮޑަށް ލިބެމުންދާ ޝަކުވާއަކީ އޮފީސްތަކުން ދެވޭ ޚިދުމަތްތައް ލަސްވުމާއި ފޯނަށް ޖަވާބު ނުދިނުމާއި މުވައްޒަފުންގެ ފަރުވާ ކުޑަވުމުގެ މައްސަލަ ކަމަށެވެ.

މުޖުތާޒު ވިދާޅުވީ މި މައްސަލަތަކަށް ވެސް ހައްލު ހޯދުމަށްޓަކައި މުވައްޒަފުންގެ ފެންވަރު ބެލުމުގެ ނިޒާމު ހަރުދަނާކޮށް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި، މަަސައްކަތުގެ ފެންވަރު މަތިކުރެވޭނެ ގޮތްތައް ހޯދުމަށްޓަކައި ވެސް ދިރާސާކުރަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ  މިކުރެވޭ ދިރާސާތަކުގެ އަލީގައި މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. 

މިއަހަރުގެ ސިވިލް ސާވިސް ކޮންފަރެންސަކީ މިހާތަނަށް ބާއްވާ ފަސްވަނަ ކޮންފަރެންސެވެ. މިއީ ސިވިލް ސާވިސްގެ މަސައްކަތާއި ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް، ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވާ ކޮންފަރެންސްއެކެވެ. 

މި އަހަރުގެ ކޮންފަރެންސްގައި 8 ދާއިރާއަކުން 18 ދިރާސީ ކަރުދާސްވަނީ ހުށައަޅައިފަ އެވެ.

މިކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި 2026 އިން 2030 ގެ ނިޔަލަށް ސިވިލް ސާވިސްގެ އެކްޝަން ޕްލޭން އިފްތިތާހްކޮށްފައިވެ އެވެ. އަދި ކޮންފަރެންސްގެ އެބްސްޓްރެކްޓް ފޮތް ވެސް ވަނީ ނެރެފަ އެވެ.

ސިވިލް ސަވިރސް ކޮމިޝަން މުޙައްމަދު މުޖްތާޒުއިސްމާއިލް ޝަފީއު

އިތުރަށް ކިޔާލަން

11 ޖޫން 2026

ހުރިހާ އަތޮޅު ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުން ވަޒީފާއިން ވަކިކޮށް، އެހެން މުވައްޒަފުން "އަތޮޅު އޮފީސް" ތަކަށް ބަދަލުކުރަނީ

11 ޖޫން 2026
ހުރިހާ އަތޮޅު ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުން ވަޒީފާއިން ވަކިކޮށް، އެހެން މުވައްޒަފުން "އަތޮޅު އޮފީސް" ތަކަށް ބަދަލުކުރަނީ
04 ޖޫން 2026

ކިނބިދޫ ކައުންސިލް އެސްޖީ ނޮވެމްބަރާ ހަމައަށް މަގާމުގައި ބަހައްޓަން ނިންމައިފި

04 ޖޫން 2026
ކިނބިދޫ ކައުންސިލް އެސްޖީ ނޮވެމްބަރާ ހަމައަށް މަގާމުގައި ބަހައްޓަން ނިންމައިފި
31 މެއި 2026

ދުންފަތުގެ އިސްތިޢުމާލު ކުރާ މީހުން މަދު ކުރުމަށް 5 އަހަރުގެ ޤައުމީ ކެމްޕެއިނެއް

31 މެއި 2026
ދުންފަތުގެ އިސްތިޢުމާލު ކުރާ މީހުން މަދު ކުރުމަށް 5 އަހަރުގެ ޤައުމީ ކެމްޕެއިނެއް
12 މެއި 2026

އެލްޖީއޭގެ ބޯޑުގެ ބާރު ކަނޑުވާލާ ބިލު ދިރާސާ ކުރަން ލާމަރުކަޒީ ކޮމިޓީ އަށް

12 މެއި 2026
އެލްޖީއޭގެ ބޯޑުގެ ބާރު ކަނޑުވާލާ ބިލު ދިރާސާ ކުރަން ލާމަރުކަޒީ ކޮމިޓީ އަށް
12 މެއި 2026

އަތޮޅުތައް ހިންގުން އެލްޖީއޭ އާ ހަވާލު ކުރަން ނިންމުމަށް ފަހު އެލްޖީއޭގެ މުވައްޒަފުން ސިވިލް ސަރވިސްގެ ދަށަށް ބަދަލު ކުރަން ސަރުކާރުގެ ފަރާތުން އިސްލާހެއް

12 މެއި 2026
އަތޮޅުތައް ހިންގުން އެލްޖީއޭ އާ ހަވާލު ކުރަން ނިންމުމަށް ފަހު އެލްޖީއޭގެ މުވައްޒަފުން ސިވިލް ސަރވިސްގެ ދަށަށް ބަދަލު ކުރަން ސަރުކާރުގެ ފަރާތުން އިސްލާހެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު