Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ ސިވިލް ސާވިސް

ސިވިލް ސާވިސް މުވައްޒަފުންނަށް ގަޑިނުޖެހޭ ގޮތަށް 30 މިނެޓުގެ "ބަފާ ޓައިމް" އެއް ދީފި

3 ޖުލައި 2026 | ހުކުރު 12:36

މި އުސޫލުގެ ދަށުން ލަސްވާ ވަގުތު އެ ދުވަހުގެ މަސައްކަތު ގަޑީގެ ތެރޭގައި ފުރިހަމަކުރަން ޖެހޭއިރު، 30 މިނެޓަށްވުރެ އިތުރުވާނަމަ ބަލާނީ ގަޑިޖެހުނީ ކަމަށް. މީގެ މައިގަނޑު މަގުސަދަކީ މުވައްޒަފުންނަށް ދިމާވާ ޚާއްސަ ހާލަތްތަކުގައި މަސައްކަތު ގަޑި އެޖަސްޓް ކުރުމުގެ ލުއި ފުރުސަތެއް ފަހިކޮށްދިނުން.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 3 ޖުލައި 2026 | ހުކުރު 12:36
ވެލާނާގެ: ސިވިލް ސާވިސްގެ ގިނަ އޮފީސްތަކެއް ހުންނަ އިމާރާތެއް

ވެލާނާގެ: ސިވިލް ސާވިސްގެ ގިނަ އޮފީސްތަކެއް ހުންނަ އިމާރާތެއް

ސިވިލް ސާވިސްގެ މުވައްޒަފުންނަށް ދިމާވާ ކުއްލި ނުވަތަ ޚާއްސަ ހާލަތްތަކާ ގުޅިގެން، ރަސްމީ ގަޑިއަށް އޮފީހަށް ހާޒިރުނުވެވޭ ހާލަތްތަކުގައި ގަޑިނުޖެހޭ ގޮތަށް 30 މިނެޓުގެ "ބަފާ ޓައިމް" އެއް ލިބޭ ގޮތަށް ސިވިލް ސާވިސް ގަވާއިދަށް އިސްލާހު ގެނެސްފި އެވެ.

ސިވިލް ސާވިސް ކޮމިޝަނުން ގެނައި މި އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުގައި، "ބަފާ ޓައިމް" އަކީ މުވައްޒަފުންނަށް ދިމާވާ ކުއްލި ދަތިތަކުގެ ސަބަބުން ގަޑިއަށް ހާޒިރުނުވެވޭ ހާލަތްތަކުގައި ލުއި ދިނުމަށް ކަނޑައެޅި ވަގުތެކެވެ. މި އައު އުސޫލުގެ ދަށުން ކޮންމެ މުވައްޒަފަކަށްވެސް ރަސްމީ މަސައްކަތު ގަޑި ފެށޭ ވަގުތުން ފެށިގެން 30 މިނެޓުގެ މުއްދަތެއް ބަފާ ޓައިމްގެ ގޮތުގައި ލިބޭނެ އެވެ.

Advertisement - newsAdvertisement

މި އުސޫލުގެ ދަށުން ބަފާ ޓައިމް ބޭނުންކުރާ މުވައްޒަފުން، އެ ވަގުތުގެ ތެރޭގައި އޮފީހަށް ހާޒިރުވާނަމަ، އެކަން ދިމާވި ސަބަބު ބަޔާންކޮށް އެ އިދާރާއެއްގެ އެޗްއާރު ސެކްޝަނަށް އަންގަން ޖެހޭނެ އެވެ. ނަމަވެސް، ރަސްމީ ގަޑި ފެށޭތާ 30 މިނެޓަށްވުރެ ލަހުން އޮފީހަށް ހާޒިރުވާ މުވައްޒަފުން ބަލާނީ ގަޑިޖެހިގެން ހާޒިރުވި މުވައްޒަފުންގެ ގޮތުގަ އެވެ.

މީގެ އިތުރުން، ބަފާ ޓައިމްގެ ތެރޭގައި ހާޒިރުވާ މުވައްޒަފުން، ލަސްވި ވަގުތު އެ ދުވަހުގެ މަސައްކަތު ގަޑީގެ ތެރޭގައި ފުރިހަމަ ކުރަން ޖެހޭނެ ކަމަށްވެސް އުސޫލުގައިވެ އެވެ. މިސާލަކަށް، އޮފީސް ގަޑިއަކީ ހެނދުނު 8:00 ކަމަށްވެފައި، މުވައްޒަފު ހާޒިރުވީ 8:20 ގައި ނަމަ، އެ މުވައްޒަފަކު އެ ދުވަހު މަސައްކަތް ނިންމާފައި ދެވޭނީ މެންދުރުފަހު 2:20 ގަ އެވެ.

ސިވިލް ސާވިސް ކޮމިޝަނުން ބުނީ، މި އިސްލާހު ގެނައުމުގެ މައިގަނޑު މަގުސަދަކީ މުވައްޒަފުންނަށް ދިމާވާ ދަތި ހާލަތްތަކުގައި ލުޔެއް ދިނުން ކަމަށެވެ. އެހެންނަމަވެސް، ބަފާ ޓައިމްގެ ގޮތުގައި ކަނޑައެޅިފައިވާ 30 މިނެޓަށްވުރެ އިތުރުވާ އެއްވެސް ވަގުތަކީ އެޖަސްޓް ކުރެވޭނެ ވަގުތެއް ނޫން ކަމަށްވެސް އެ ކޮމިޝަނުން ވަނީ ހާމަކޮށްފަ އެވެ.

ސިވިލް ސަވިރސް ކޮމިޝަން ބަފާ ޓައިމްސިވިލް ސަރވިސް މުވައްޒަފުން

އެންމެ ހިނގާ

1

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

2

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

3

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

މެދުއިރުމަތީގައި ތިބި އެމެރިކާ ރައްޔިތުން ފުރަން ތައްޔާރުވުމަށް އެމްބަސީތަކުން އިންޒާރުދީފި

އިތުރަށް ކިޔާލަން

16 ޖޫން 2026

އެހެން މީހެއްގެ ނަމުގައި މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި 3 މުވައްޒަޒުންގެ މައްސަލަ އޭސީސީން ބަލަނީ

16 ޖޫން 2026
އެހެން މީހެއްގެ ނަމުގައި މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި 3 މުވައްޒަޒުންގެ މައްސަލަ އޭސީސީން ބަލަނީ
13 ޖޫން 2026

މުވައްޒަފުންގެ މަަސައްކަތުގެ ފެންވަރު މަތިކުރުމުގެ ގޮތްތައް ހޯދުމަށް ދިރާސާކުރަން ޖެހޭ: ސީއެސްސީގެ ރައީސް

13 ޖޫން 2026
މުވައްޒަފުންގެ މަަސައްކަތުގެ ފެންވަރު މަތިކުރުމުގެ ގޮތްތައް ހޯދުމަށް ދިރާސާކުރަން ޖެހޭ: ސީއެސްސީގެ ރައީސް
11 ޖޫން 2026

ހުރިހާ އަތޮޅު ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުން ވަޒީފާއިން ވަކިކޮށް، އެހެން މުވައްޒަފުން "އަތޮޅު އޮފީސް" ތަކަށް ބަދަލުކުރަނީ

11 ޖޫން 2026
ހުރިހާ އަތޮޅު ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުން ވަޒީފާއިން ވަކިކޮށް، އެހެން މުވައްޒަފުން "އަތޮޅު އޮފީސް" ތަކަށް ބަދަލުކުރަނީ
04 ޖޫން 2026

ކިނބިދޫ ކައުންސިލް އެސްޖީ ނޮވެމްބަރާ ހަމައަށް މަގާމުގައި ބަހައްޓަން ނިންމައިފި

04 ޖޫން 2026
ކިނބިދޫ ކައުންސިލް އެސްޖީ ނޮވެމްބަރާ ހަމައަށް މަގާމުގައި ބަހައްޓަން ނިންމައިފި
12 މެއި 2026

އެލްޖީއޭގެ ބޯޑުގެ ބާރު ކަނޑުވާލާ ބިލު ދިރާސާ ކުރަން ލާމަރުކަޒީ ކޮމިޓީ އަށް

12 މެއި 2026
އެލްޖީއޭގެ ބޯޑުގެ ބާރު ކަނޑުވާލާ ބިލު ދިރާސާ ކުރަން ލާމަރުކަޒީ ކޮމިޓީ އަށް
12 މެއި 2026

އަތޮޅުތައް ހިންގުން އެލްޖީއޭ އާ ހަވާލު ކުރަން ނިންމުމަށް ފަހު އެލްޖީއޭގެ މުވައްޒަފުން ސިވިލް ސަރވިސްގެ ދަށަށް ބަދަލު ކުރަން ސަރުކާރުގެ ފަރާތުން އިސްލާހެއް

12 މެއި 2026
އަތޮޅުތައް ހިންގުން އެލްޖީއޭ އާ ހަވާލު ކުރަން ނިންމުމަށް ފަހު އެލްޖީއޭގެ މުވައްޒަފުން ސިވިލް ސަރވިސްގެ ދަށަށް ބަދަލު ކުރަން ސަރުކާރުގެ ފަރާތުން އިސްލާހެއް
27 އެޕްރީލު 2026

ސާހިބު މީހާ ކުރީމާ އޯކޭ އެވެ. އަޅުން ކުރީމާ ގޯހެވެ.

27 އެޕްރީލު 2026
ސާހިބު މީހާ ކުރީމާ އޯކޭ އެވެ. އަޅުން ކުރީމާ ގޯހެވެ.
25 އެޕްރީލު 2026

އެޑިއުކޭޝަން މިނިސްޓްރީގެ އިހުމާލުން 100 އަށްވުރެ ގިނަ ޕްރިންސިޕަލުންގެ ކުރިއެރުން ހުއްޓިފައި

25 އެޕްރީލު 2026
އެޑިއުކޭޝަން މިނިސްޓްރީގެ އިހުމާލުން 100 އަށްވުރެ ގިނަ ޕްރިންސިޕަލުންގެ ކުރިއެރުން ހުއްޓިފައި
24 މާރިޗު 2026

ޕަބްލިކް ވޯކްސް ޔުނިޓްތަކަށް 516 މުވައްޒަފުން ނަގައި، 9.1 މިލިއަން ޑޮލަރުގެ ތަކެތި ގެންނަނީ

24 މާރިޗު 2026
ޕަބްލިކް ވޯކްސް ޔުނިޓްތަކަށް 516 މުވައްޒަފުން ނަގައި، 9.1 މިލިއަން ޑޮލަރުގެ ތަކެތި ގެންނަނީ
03 ޖެނުއަރީ 2026

ހެދުމުގެ ދިގުމިނާއި އިސްތަށިގަނޑުގެ ކުލައަކީ މަސައްކަތުގެ ފެންވަރު ވަޒަންކުރެވޭނެ މިންގަނޑުތަކެއް ނޫން, އެއީ ޕްރޮފެޝަނަލިޒަމްގެ ނަމުގައި އަންހެނުންނާ ދެކޮޅަށް ހިންގާ ތަފާތު ކުރުމެއް: އެމްޑީޕީ އަންހެނުންގެ ރޫހު

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް