Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޑރ. މުޙައްމަދު ލަތީފް

ރައީސުލްޖުމްހޫރިއްޔާ، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން، ޑޮކްޓަރ މުޙައްމަދު ލަތީފަށް އަރުވައިފި

26 ޖުލައި 2026 | އާދީއްތަ 06:38

ދައުލަތަށް 40 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ޑޮކްޓަރ މުޙައްމަދު ލަޠީފަކީ ރާއްޖޭގެ ތަޢުލީމީ ނިޒާމު ޒަމާނީކޮށް، މަތީ ތަޢުލީމާއި ސިވިލް ސަރވިސް ހަރުދަނާކުރުމުގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅެއް. އެޑިޔުކޭޝަން މިނިސްޓަރުކަމާއި ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރުކަން ފުރުއްވި ލަޠީފް ވަނީ ޚާރިޖީ ދާއިރާގައާއި ރައްޔިތުންގެ މަޖިލީހުގައިވެސް އަގުހުރި މަސައްކަތްތަކެއް ކުރައްވާފައި

ރާއްޖެ އެމްވީ | 26 ޖުލައި 2026 | އާދީއްތަ 06:38
ރައީސުލްޖުމްހޫރިއްޔާ، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން، ޑޮކްޓަރ މުޙައްމަދު ލަޠީފަށް އަރުވައިފި

ރައީސުލްޖުމްހޫރިއްޔާ، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން، ޑޮކްޓަރ މުޙައްމަދު ލަޠީފަށް އަރުވައިފި | ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ.)، ޑޮކްޓަރ މުޙައްމަދު ލަޠީފަށް އަރުވައިފިއެވެ. މި ޢިއްޒަތް އެ މަނިކުފާނަށް އެރުވީ މިއަދު ހެނދުނު ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގަ އެވެ.

ޑޮކްޓަރ މުޙައްމަދު ލަޠީފް ދައުލަތަށް 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާއިރު އެމަނިކުފާނުގެ ޚިދުމަތުގެ އެންމެ ދިގު މުއްދަތެއް ހޭދަކުރެއްވީ ރާއްޖޭގެ ތަޢުލީމީ ދާއިރާގައެވެ. ތަޢުލީމީ ދާއިރާގެ ތަރައްޤީއަށާއި ކުރިއެރުމަށްޓަކައި އަދި ރާއްޖޭގެ ތަޢުލީމީ ނިޒާމަށް ޒަމާނީ ބަދަލުތައް ގެންނެވުމަށާއި، ރާއްޖޭގައި މަތީ ތަޢުލީމުގެ ދާއިރާ ފުޅާކުރައްވައި، ހަރުދަނާކުރެއްވުމަށް އެ މަނިކުފާނު ކުރައްވައިފައިވާ މަސައްކަތްޕުޅުތަކަކީ، ތަޢުރީފު ޙައްޤު މަސައްކަތްޕުޅުތަކެކެވެ. ޑޮކްޓަރ މުޙައްމަދު ލަޠީފަކީ، ދައުލަތުގެ ވަރަށް އިސް މަގާމުތަކެއް ފުރުއްވައިފައިވާ ބޭފުޅެކެވެ. އެ މަނިކުފާނު ފުރުއްވި އެންމެ އިސް އެއް މަގާމަކީ، މިނިސްޓަރ އޮފް އެޑިޔުކޭޝަން ކަމުގެ މަގާމެވެ.

ރާއްޖޭގެ ތަޢުލީމީ ދާއިރާގެ ޚިދުމަތުގައި އެ މަނިކުފާނު ހޭދަކުރެއްވި 22 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، ތަޢުލީމީ ދާއިރާގެ ކުރިއެރުމަށް ތަފާތު އެކި ރޮނގުތަކުން ވަނީ ޚިދުމަތް ކުރައްވައިފައެވެ. ކިޔަވައިދިނުމުގެ މަންހަޖު އެކުލަވައިލައި، މުދައްރިސުން ތަމްރީނު ކުރުމުގެ ޚާއްޞަ މަރުކަޒެއްގެ ގޮތުގައި "އެޑިޔުކޭޝަނަލް ޑިވެލޮޕްމަންޓް ސެންޓަރ" އުފެދިގެން ދިޔުމުގައްޔާއި، އޭގެ ފަހުން މުދައްރިސުން ތަމްރީންކުރުމަށްޓަކައި އަލަށް ގާއިމުކުރެވުނު "މުދައްރިސުންގެ ތަޢުލީމީ މަރުކަޒު" އުފެދިގެން ދިޔުމުގައްޔާއި، "މޯލްޑިވްސް ސެންޓަރ ފޮރ މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން" އުފެދި ތަރައްޤީ ކުރެވިގެން ދިޔުމުގައިވެސް ޑޮކްޓަރ މުޙައްމަދު ލަޠީފް އަދާކުރެއްވި ދައުރު ވަރަށް މުހިއްމެވެ.

ރާއްޖޭގެ ފުރަތަމަ އަދި ދެވަނަ އެޑިޔުކޭޝަން މާސްޓަރ ޕްލޭން އެކުލަވައިލުމުގެ މޭސްތިރިއެއްގެ ގޮތުގައި ހުންނެވީވެސް ޑޮކްޓަރ މުޙައްމަދު ލަޠީފެވެ. ދިވެހިރާއްޖޭގައި ސާނަވީ ތަޢުލީމު ފުޅާ ކުރައްވައި، ދިވެހިރާއްޖޭގައި މަތީ ތަޢުލީމު ދެއްވަން ފަށްޓަވައި މުޅި ތަޢުލީމީ ދާއިރާގެ ފެންވަރު ހަރުދަނާ ކުރެއްވުމަށްޓަކައި "ބިލްޓް-އިން ސުޕަރވިޜަން ސިސްޓަމް" އެއް އެމަނިކުފާނު ޤާއިމު ކުރެއްވިއެވެ. ރާއްޖޭގެ ފުރަތަމަ ކޮލެޖް "މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން" 1998 ވަނަ އަހަރު ގާއިމު ކުރެވިގެން ދިޔައިރު، އެ ކޮލެޖު ގާއިމުކުރެއްވުމަށްޓަކައި މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ހައިސިއްޔަތުން ޑޮކްޓަރ މުޙައްމަދު ލަޠީފް މުހިންމު ދައުރެއް އަދާކުރެއްވި އެވެ.

ޑޮކްޓަރ މުޙައްމަދު ލަޠީފަކީ، ރާއްޖޭގެ ޚާރިޖީ ދާއިރާގައިވެސް ޚިދުމަތްކުރައްވައި، އެ ދާއިރާއިންވެސް ތަޖުރިބާ ހާސިލު ކުރައްވައިފައިވާ ބޭފުޅެކެވެ. އެގޮތުން ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީގެ 3ވަނަ ސެކްރެޓެރީ ކަމާއި، އދ. ގައި ހުންނަވާ ދިވެހިރާއްޖޭގެ ދާއިމީ މަންދޫބުގެ މަގާމުވެސް ފުރުއްވިއެވެ. އެ މަނިކުފާނު ވަނީ އދ. އިޞްލާޙުކުރުމުގެ މަސައްކަތްތަކުގައިވެސް ބައިވެރިވެވަޑައިގެންފައެވެ. އަދި، އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން ރާއްޖެ އުނިކުރުމަށްޓަކައި ކުރެވުނު މަސައްކަތްތަކުގައި، ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރައްވައިގެން، އޮމާންކަމާއެކުގައި ބަދަލުވުމުގެ އިސްތިރާޖު ފަރުމާކުރައްވައި، އެ އިސްތިރާޖު ތަންފީޒުކުރުމުގައިވެސް އިސް ދައުރެއް ޑޮކްޓަރ މުޙައްމަދު ލަޠީފް އަދާކުރެއްވިއެވެ. މީގެއިތުރުން، "ދިވެހިރާއްޖޭގެ ސިވިލް ސަރވިސް ކޮމިޝަން" އާއި، ދިވެހިރާއްޖޭގައި ސިވިލް ސަރވިސް ގާއިމުކުރެއްވުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި އެއް ބޭފުޅަކީ، ޑޮކްޓަރ މުޙައްމަދު ލަޠީފެވެ. ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރެއްގެ ހައިސިއްޔަތުންނާއި، އަދި ފަހުން އެ ކޮމިޝަންގެ ރައީސްކަމުގެ މަގާމުގައި ހުންނަވައިގެން، ދިވެހި ސިވިލް ސަރވިސް ހަރުދަނާކުރައްވައި، ޒަމާނާ އެއްގޮތަށް ސިވިލް ސަރވިސް ބައްޓަންކުރެއްވުމަށްޓަކައި ޑޮކްޓަރ މުޙައްމަދު ލަޠީފް ވަރަށްބޮޑު އަހަންމިއްޔަތެއް ދެއްވައިގެން މަސައްކަތްޕުޅު ކުރައްވަމުން ގެންދެވި އެވެ.

ޑޮކްޓަރ މުޙައްމަދު ލަޠީފް އެންމެ ފަހުން ހުންނެވީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ކަމުގެ މަގާމުގައެވެ. ޑޮކްޓަރ މުޙައްމަދު ލަޠީފަކީ، ރައްޔިތުންގެ މަޖިލީހުގައްޔާއި، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގައިވެސް ޚިދުމަތް ކުރެއްވި ބޭފުޅެކެވެ. ޑޮކްޓަރ މުޙައްމަދު ލަޠީފް، ޕީ.އެޗް.ޑީ. ހާސިލު ކުރެއްވީ، އިނގިރޭސިވިލާތުގެ ޔުނިވަރސޓީ އޮފް ވޭލްސް އިން، އެޑިޔުކޭޝަނަލް ޕްލޭނިންގ ގެ ރޮނގުން 1992ވަނަ އަހަރުއެވެ. އެ މަނިކުފާނު، މާސްޓަރ އޮފް އެޑިޔުކޭޝަން ހާސިލު ކުރެއްވީވެސް، ޔުނިވަރސިޓީ އޮފް ވޭލްސް އިންނެވެ.

މަސްދަރު: ރައީސް އޮފީސް

ޑރ. މުޙައްމަދު މުޢިއްޒުނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަންމޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަންސިވިލް ސަވިރސް ކޮމިޝަން

އިތުރަށް ކިޔާލަން

26 ޖުލައި 2026

ރައީސުލްޖުމްހޫރިއްޔާ، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން، ނިޝާން މުލީގޭ ޝަރަފްގެ ޢިއްޒަތުގެ ވެރިޔާ ޙުސައިން ޢަފީފަށް އަރުވައިފި

26 ޖުލައި 2026
ރައީސުލްޖުމްހޫރިއްޔާ، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން، ނިޝާން މުލީގޭ ޝަރަފްގެ ޢިއްޒަތުގެ ވެރިޔާ ޙުސައިން ޢަފީފަށް އަރުވައިފި
26 ޖުލައި 2026

ރައީސުލްޖުމްހޫރިއްޔާ، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން، ނިޝާން މުލީގޭ ޝަރަފްގެ ޢިއްޒަތުގެ ވެރިޔާ މުޙައްމަދު މޫސާއަށް އަރުވައިފި

26 ޖުލައި 2026
ރައީސުލްޖުމްހޫރިއްޔާ، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން، ނިޝާން މުލީގޭ ޝަރަފްގެ ޢިއްޒަތުގެ ވެރިޔާ މުޙައްމަދު މޫސާއަށް އަރުވައިފި
26 ޖުލައި 2026

ލޯނު ދައްކަން ހުންނަ ފައިސާ ރައީސް މުއިއްޒު ހަރަދު ކުރައްވަނީ ލެގަސީ ޕްރޮޖެކްޓުތަކަށް، ނަމަވެސް ނަތީޖާއެއް ނުފެނޭ: ޝާހިދު

26 ޖުލައި 2026
ލޯނު ދައްކަން ހުންނަ ފައިސާ ރައީސް މުއިއްޒު ހަރަދު ކުރައްވަނީ ލެގަސީ ޕްރޮޖެކްޓުތަކަށް، ނަމަވެސް ނަތީޖާއެއް ނުފެނޭ: ޝާހިދު
25 ޖުލައި 2026

ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ރައީސް މުއިއްޒު އާ ބައްދަލު ކުރައްވައިފި

25 ޖުލައި 2026
ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ރައީސް މުއިއްޒު އާ ބައްދަލު ކުރައްވައިފި
25 ޖުލައި 2026

ރައީސް މުއިއްޒުގެ ދައުވަތަކަށް ރާއްޖެ ވަޑައިގެންނެވި މިނިވަންދުވަހުގެ ޝަރަފުވެރިމެހުމާނު، މުއިއްޒުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

25 ޖުލައި 2026
ރައީސް މުއިއްޒުގެ ދައުވަތަކަށް ރާއްޖެ ވަޑައިގެންނެވި މިނިވަންދުވަހުގެ ޝަރަފުވެރިމެހުމާނު، މުއިއްޒުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
25 ޖުލައި 2026

ރޭސިންގ ޓްރެކްގެ މަސައްކަތްތައް އެންމެ އެދެވޭ ސްޕީޑެއްގައި ކުރިއަށް ނުދާ ކަމަށް ރައީސް މުއިއްޒު އެއްބަސްވެވަޑައިގެންފި

25 ޖުލައި 2026
ރޭސިންގ ޓްރެކްގެ މަސައްކަތްތައް އެންމެ އެދެވޭ ސްޕީޑެއްގައި ކުރިއަށް ނުދާ ކަމަށް ރައީސް މުއިއްޒު އެއްބަސްވެވަޑައިގެންފި
23 ޖުލައި 2026

އޮސްޓްރިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

23 ޖުލައި 2026
އޮސްޓްރިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި
23 ޖުލައި 2026

ބުރުކީނާ ފާސޯއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

23 ޖުލައި 2026
ބުރުކީނާ ފާސޯއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި
23 ޖުލައި 2026

ތުރުކުމަނިސްތާނުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

23 ޖުލައި 2026
ތުރުކުމަނިސްތާނުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި
23 ޖުލައި 2026

ގާނާއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ހައިކޮމިޝަނަރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

23 ޖުލައި 2026
ގާނާއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ހައިކޮމިޝަނަރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް