Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމުސާރަ ނެގި މައްސަލަ

އެހެން މީހެއްގެ ނަމުގައި މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި 3 މުވައްޒަޒުންގެ މައްސަލަ އޭސީސީން ބަލަނީ

މާލޭގެ ސްކޫލެއްގެ ތިން މުވައްޒަފަކު ގުޅިގެން، ވަޒީފާއިން ވަކިވެފައިވާ ބިދޭސީއެއްގެ ނަމުގައި ފަސް އަހަރު ވަންދެން މުސާރަ ނަގައި 1.5 މިލިއަން ރުފިޔާއަށް ޚިޔާނާތްތެރިވި މައްސަލައެއް އޭސީސީން ބަލަން ފަށައިފި. މި މައްސަލައާ ގުޅިގެން އެ ސްކޫލުގެ އެޑްމިނިސްޓްރޭޓަރާއި، އެޗްއާރު މެނޭޖަރުގެ އިތުރުން ބަޖެޓް އޮފިސަރު ވަޒީފާއިން ވަކިކުރުމަށް ސިވިލް ސަރވިސް ކޮމިޝަނުން ވަނީ ނިންމާފަ. އެޑިއުކޭޝަން މިނިސްޓްރީގެ އޮޑިޓަކުން ފަޅާއެރި މި މައްސަލައިގައި، ޚިޔާނާތުގެ ފައިސާ ޖަމާކޮށްފައިވަނީ ބަޖެޓް އޮފިސަރުގެ އާއިލީ މީހުންގެ އެކައުންޓުތަކަށް ކަމަށް ތުހުމަތު ކުރެވޭ.

މަޚްތޫމް
މަޚްތޫމް | 16 ޖޫން 2026 | އަންގާރަ 14:01
އެންޓި ކޮރަޕްޝަން ކޮމިޝަންގެ އޮފީސް.

އެންޓި ކޮރަޕްޝަން ކޮމިޝަންގެ އޮފީސް. | އޭސީސީ

މާލޭގެ ސްކޫލެއްގައި މަސައްކަތްކުރި ބިދޭސީ މުވައްޒަފަކު ވަޒީފާއިން ވަކިވެގެން ދިޔަ ފަހުން، އޭނާގެ ނަމުގައި ފަސް އަހަރު ވަންދެން މުސާރަ ނަގައި 1.5 މިލިއަން ރުފިޔާއަށް ޚިޔާނާތްތެރިވި މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރަން ފަށައިފި އެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވެނީ އެ ސްކޫލުގެ އިސް މަގާމުތަކުގައި ތިބި ތިން މުވައްޒަފަކަށެވެ.

އޭސީސީން ބުނީ މާލޭގެ ސްކޫލެއްގައި ހިނގާފައިވާ މި ޚިޔާނާތުގެ މައްސަލަ އެ ކޮމިޝަނަށް ހުށަހެޅިފައިވާތީ އެކަން ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް މިއީ މިހާރު ތަހުގީގު ކުރަމުންދާ މައްސަލައަކަށް ވާތީ، މިކަމާ ގުޅޭ އިތުރު ތަފްސީލެއް މިވަގުތު ހާމަކުރެވެން ނެތް ކަމަށް އެ ކޮމިޝަނުން ބުނެފައިވެ އެވެ.

މި މައްސަލައާ ގުޅިގެން ސިވިލް ސަރވިސް ކޮމިޝަނުން ވަނީ އެ ސްކޫލުގެ ތިން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ނިންމާފަ އެވެ. ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވަނީ އެ ސްކޫލުގެ އެޑްމިނިސްޓްރޭޓަރާއި، ހިއުމަން ރިސޯސް މެނޭޖަރުގެ އިތުރުން ބަޖެޓް އޮފިސަރެވެ. މި ތިން މުވައްޒަފުން ގުޅިގެން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެ ސްކޫލުން ވަކިވެފައިވާ ބިދޭސީ މުވައްޒަފެއްގެ ނަމުގައި މުސާރަ ޝީޓް ތައްޔާރުކޮށްގެން ފައިސާ ނަގާފަ އެވެ.

މައުލޫމާތު ލިބޭ ގޮތުގައި، އެ ބިދޭސީ މުވައްޒަފު ރާއްޖެ ދޫކޮށް ދިއުމުން އޭނާގެ ބަދަލުގައި އެހެން މީހެއްގެ ނަން މުސާރަ ޝީޓަށް އިތުރުކޮށް، އެ މީހާގެ ނަމުގައި މުސާރަ ނަގަމުން ގޮސްފައިވެ އެވެ. މިގޮތަށް ނަގާ ފައިސާ ޖަމާކުރަމުން ގޮސްފައިވަނީ ބަޖެޓް އޮފިސަރާ އާއިލީ ގުޅުން އޮންނަ އެކި މީހުންގެ ބޭންކް އެކައުންޓުތަކަށެވެ. މިގޮތަށް ފަސް އަހަރު ދުވަހުގެ ތެރޭގައި ޖުމްލަ 1.5 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ނަގާފައިވާ ކަމަށް ތުހުމަތު ކުރެވެ އެވެ.

މި ބޮޑު ޚިޔާނާތުގެ މައްސަލަ ފެންމަތިވެފައިވަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ސްކޫލްތަކުގެ އިދާރީ ކަންކަން އޮޑިޓް ކުރަމުންދަނިކޮށެވެ. މި މައްސަލައިގައި ސްކޫލުގެ 3 މުވައްޒަފެއްގެ ބައިވެރިވުން އޮތް ކަމަށް ބައެއް މަސްދަރުތަކުން ބުނި ނަމަވެސް، އެޑިއުކޭޝަން މިނިސްޓްރީން މިހާތަނަށް މިކަމާ ގުޅޭ ރަސްމީ އެއްވެސް ތަފްސީލެއް މީޑިއާއަށް ހާމަކޮށްފައެއް ނުވެ އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަންސިވިލް ސަވިރސް ކޮމިޝަން މިނިސްޓްރީ އޮފް އެޑިއުކޭޝަން

އިތުރަށް ކިޔާލަން

13 ޖޫން 2026

މުވައްޒަފުންގެ މަަސައްކަތުގެ ފެންވަރު މަތިކުރުމުގެ ގޮތްތައް ހޯދުމަށް ދިރާސާކުރަން ޖެހޭ: ސީއެސްސީގެ ރައީސް

13 ޖޫން 2026
މުވައްޒަފުންގެ މަަސައްކަތުގެ ފެންވަރު މަތިކުރުމުގެ ގޮތްތައް ހޯދުމަށް ދިރާސާކުރަން ޖެހޭ: ސީއެސްސީގެ ރައީސް
11 ޖޫން 2026

ހުރިހާ އަތޮޅު ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުން ވަޒީފާއިން ވަކިކޮށް، އެހެން މުވައްޒަފުން "އަތޮޅު އޮފީސް" ތަކަށް ބަދަލުކުރަނީ

11 ޖޫން 2026
ހުރިހާ އަތޮޅު ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުން ވަޒީފާއިން ވަކިކޮށް، އެހެން މުވައްޒަފުން "އަތޮޅު އޮފީސް" ތަކަށް ބަދަލުކުރަނީ
04 ޖޫން 2026

ކިނބިދޫ ކައުންސިލް އެސްޖީ ނޮވެމްބަރާ ހަމައަށް މަގާމުގައި ބަހައްޓަން ނިންމައިފި

04 ޖޫން 2026
ކިނބިދޫ ކައުންސިލް އެސްޖީ ނޮވެމްބަރާ ހަމައަށް މަގާމުގައި ބަހައްޓަން ނިންމައިފި
04 ޖޫން 2026

ރައީސް މުއިއްޒު އާއި ޕީއެންސީގެ އިސްބޭފުޅުންގެ މައްޗަށް ގާނޫނެއް ނުހިނގާ، މި އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށް ރައްޔިތުން މަގުމައްޗަށް ނުކުންނަން ޖެހޭ: ގާނޫނީ ވަކީލު އާސިފް

04 ޖޫން 2026
ރައީސް މުއިއްޒު އާއި ޕީއެންސީގެ އިސްބޭފުޅުންގެ މައްޗަށް ގާނޫނެއް ނުހިނގާ، މި އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށް ރައްޔިތުން މަގުމައްޗަށް ނުކުންނަން ޖެހޭ: ގާނޫނީ ވަކީލު އާސިފް
01 ޖޫން 2026

އެމްއެމްޕީއާރުސީ މައްސަލައިގައި ބައްސާމްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކޮށްދިނުމަށް އެދި ޕީޖީ އަށް

01 ޖޫން 2026
އެމްއެމްޕީއާރުސީ މައްސަލައިގައި ބައްސާމްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކޮށްދިނުމަށް އެދި ޕީޖީ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު