Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމުއިއްޒު ސަރުކާރު

ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުންނާއި ޕާމަނަންޓް ސެކްރެޓަރީންގެ މުސާރަ ކުޑަކުރަން ނިންމައިފި

ޕޭ ކޮމިޝަނުން ގެނައި ބަދަލާއެކު އަންނަ މަހުން ފެށިގެން ކައުންސިލްތަކުގެ އެސްޖީންނާއި ޕާމަނަންޓް ސެކްރެޓަރީންގެ މުސާރައިން ބޮޑު ބައެއް އުނިކުރަން ވަނީ ނިންމާފައި. ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ނަމުގައި ސަރުކާރު ކުންފުނިތަކުން ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކުރަމުންދާ ދަނޑިވަޅެއްގައި ގެނައި މި ބަދަލާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުން

ޖިނާން ޙުސައިން
ޖިނާން ޙުސައިން | 22 ޖުލައި 2026 | ބުދަ 03:35
ނޭޝަނަލް ޕޭ ކޮމިޝަން

ނޭޝަނަލް ޕޭ ކޮމިޝަން | ރާއްޖެ އެމްވީ

ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުން (އެސްޖީ) އާއި ޕާމަނަންޓް ސެކްރެޓަރީންގެ މުސާރައާއި އިނާޔަތްތައް ކުޑަކުރުމަށް ނިންމައިފި އެވެ.

ނޭޝަނަލް ޕޭ ކޮމިޝަނުން ގެނައި މި ބަދަލާއެކު، އަންނަ އޮގަސްޓް މަހުގެ 1 ވަނަ ދުވަހުން ފެށިގެން އައު އުސޫލަށް އަމަލުކުރުމަށް ސިވިލް ސަރވިސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ސައީދު ވަނީ ޕާމަނަންޓް ސެކްރެޓަރީންނާއި ކައުންސިލްތަކުގެ އިސްވެރިންނަށް ސިޓީއަކުން އަންގަވާފަ އެވެ.

މި އައު އޮނިގަނޑުގެ ދަށުން ރަށު ކައުންސިލްތަކުގެ އެސްޖީންނަށް މީގެ ކުރިން ލިބެމުންދިޔަ 32،000 ރުފިޔާގެ ބަދަލުގައި ދެން ލިބޭނީ 17،000 ރުފިޔާގެ މުސާރައެކެވެ. މިއީ 15،000 ރުފިޔާގެ އުނިކުރުމެކެވެ. ހަމައެހެންމެ ސިޓީ ކައުންސިލްތަކުގެ އެސްޖީންނަށް މުސާރައިގެ ގޮތުގައި މީގެ ކުރިން ލިބެމުންދިޔަ 53،000 ރުފިޔާގެ ބަދަލުގައި ދެން ލިބޭނީ 47،000 ރުފިޔާގެ މުސާރައެކެވެ. މީގެ އިތުރުން ޕާމަނަންޓް ސެކްރެޓަރީންނަށް މުސާރައިގެ ގޮތުގައި މީގެ ކުރިން ލިބެމުންދިޔަ 53،000 ރުފިޔާގެ ބަދަލުގައި ދެން ލިބޭނީ 47،000 ރުފިޔާ އެވެ.

މި ނިންމުމާ ގުޅިގެން ކައުންސިލްތަކުގެ މުވައްޒަފުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ އުފެދިފަ އެވެ. ގިނަ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި، މިއީ ގައުމުގެ އިގްތިސާދު މެނޭޖުކުރުމުގައި މި ސަރުކާރު ނުކުޅެދިފައިވާ މިންވަރު ހާމަކޮށްދޭ ކަމެކެވެ. އެގޮތުން ކައުންސިލްތަކުގެ އިދާރީ ހިންގުން ހަރުދަނާ ކުރުމުގައި އިސްވެ މަސައްކަތްކުރާ މުވައްޒަފުންގެ މުސާރައަށް މިފަދަ ބޮޑު ބަދަލެއް ގެނައުމަކީ،  ފަހަތަށް އެޅުނު ފިޔަވަޅެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެ  އެވެ.

ރައީސް މުއިއްޒުގެ ސަރުކާރުން ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ނަމުގައި ސަރުކާރުގެ ކުންފުނިތަކުން އާދައިގެ މުވައްޒަފުން ވަކިކުރަމުންދާ މައްސަލަ މިވަނީ ހޫނުވެފަ އެވެ. މިގޮތުން، ސަރުކާރުގެ ކުންފުނިތަކުން 33 އިންސައްތަ މުވައްޒަފުން ވަކިކުރަން ނިންމުމުގެ އިތުރުން، ހަތަރު މަސްދުވަހުގެ މުސާރައާއެކު އަމިއްލައަށް ފެނިގެން ވަޒީފާތަކުން ވަކިވުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ. 

ނޭޝަނަލް ޕޭ ކޮމިޝަންސިވިލް ސަވިރސް ކޮމިޝަން މުއިއްޒު ސަރުކާރު

އިތުރަށް ކިޔާލަން

17 ޖުލައި 2026

ސަރުކާރު ޖަވާބުދާރީ ކުރެވޭ ގޮތަށް ދައުލަތް ބައްޓަންކުރަން ބޮޑު ބަދަލެއް ގެންނަން ޖެހޭ: ޝިފާޒް

17 ޖުލައި 2026
ސަރުކާރު ޖަވާބުދާރީ ކުރެވޭ ގޮތަށް ދައުލަތް ބައްޓަންކުރަން ބޮޑު ބަދަލެއް ގެންނަން ޖެހޭ: ޝިފާޒް
03 ޖުލައި 2026

ސިވިލް ސާވިސް މުވައްޒަފުންނަށް ގަޑިނުޖެހޭ ގޮތަށް 30 މިނެޓުގެ "ބަފާ ޓައިމް" އެއް ދީފި

03 ޖުލައި 2026
ސިވިލް ސާވިސް މުވައްޒަފުންނަށް ގަޑިނުޖެހޭ ގޮތަށް 30 މިނެޓުގެ "ބަފާ ޓައިމް" އެއް ދީފި
16 ޖޫން 2026

އެހެން މީހެއްގެ ނަމުގައި މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި 3 މުވައްޒަޒުންގެ މައްސަލަ އޭސީސީން ބަލަނީ

16 ޖޫން 2026
އެހެން މީހެއްގެ ނަމުގައި މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި 3 މުވައްޒަޒުންގެ މައްސަލަ އޭސީސީން ބަލަނީ
13 ޖޫން 2026

މުވައްޒަފުންގެ މަަސައްކަތުގެ ފެންވަރު މަތިކުރުމުގެ ގޮތްތައް ހޯދުމަށް ދިރާސާކުރަން ޖެހޭ: ސީއެސްސީގެ ރައީސް

13 ޖޫން 2026
މުވައްޒަފުންގެ މަަސައްކަތުގެ ފެންވަރު މަތިކުރުމުގެ ގޮތްތައް ހޯދުމަށް ދިރާސާކުރަން ޖެހޭ: ސީއެސްސީގެ ރައީސް
11 ޖޫން 2026

ހުރިހާ އަތޮޅު ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުން ވަޒީފާއިން ވަކިކޮށް، އެހެން މުވައްޒަފުން "އަތޮޅު އޮފީސް" ތަކަށް ބަދަލުކުރަނީ

11 ޖޫން 2026
ހުރިހާ އަތޮޅު ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުން ވަޒީފާއިން ވަކިކޮށް، އެހެން މުވައްޒަފުން "އަތޮޅު އޮފީސް" ތަކަށް ބަދަލުކުރަނީ
04 ޖޫން 2026

ކިނބިދޫ ކައުންސިލް އެސްޖީ ނޮވެމްބަރާ ހަމައަށް މަގާމުގައި ބަހައްޓަން ނިންމައިފި

04 ޖޫން 2026
ކިނބިދޫ ކައުންސިލް އެސްޖީ ނޮވެމްބަރާ ހަމައަށް މަގާމުގައި ބަހައްޓަން ނިންމައިފި
21 މެއި 2026

ސިޓީތަކުގެ އަންހެނުންގެ ކޮމެޓީ ރައީސުންނަށް މަހަކު 41،000 ރުފިޔާ އަދި ރަށްރަށުގެ ރައީސުންނަށް މަހަކު 21،000 ރުފިޔާ ދޭން ނިންމައިފި

21 މެއި 2026
 ސިޓީތަކުގެ އަންހެނުންގެ ކޮމެޓީ ރައީސުންނަށް މަހަކު 41،000 ރުފިޔާ އަދި ރަށްރަށުގެ ރައީސުންނަށް މަހަކު 21،000 ރުފިޔާ ދޭން ނިންމައިފި
12 މެއި 2026

އެލްޖީއޭގެ ބޯޑުގެ ބާރު ކަނޑުވާލާ ބިލު ދިރާސާ ކުރަން ލާމަރުކަޒީ ކޮމިޓީ އަށް

12 މެއި 2026
އެލްޖީއޭގެ ބޯޑުގެ ބާރު ކަނޑުވާލާ ބިލު ދިރާސާ ކުރަން ލާމަރުކަޒީ ކޮމިޓީ އަށް
12 މެއި 2026

އަތޮޅުތައް ހިންގުން އެލްޖީއޭ އާ ހަވާލު ކުރަން ނިންމުމަށް ފަހު އެލްޖީއޭގެ މުވައްޒަފުން ސިވިލް ސަރވިސްގެ ދަށަށް ބަދަލު ކުރަން ސަރުކާރުގެ ފަރާތުން އިސްލާހެއް

12 މެއި 2026
އަތޮޅުތައް ހިންގުން އެލްޖީއޭ އާ ހަވާލު ކުރަން ނިންމުމަށް ފަހު އެލްޖީއޭގެ މުވައްޒަފުން ސިވިލް ސަރވިސްގެ ދަށަށް ބަދަލު ކުރަން ސަރުކާރުގެ ފަރާތުން އިސްލާހެއް
27 އެޕްރީލު 2026

ސާހިބު މީހާ ކުރީމާ އޯކޭ އެވެ. އަޅުން ކުރީމާ ގޯހެވެ.

27 އެޕްރީލު 2026
ސާހިބު މީހާ ކުރީމާ އޯކޭ އެވެ. އަޅުން ކުރީމާ ގޯހެވެ.
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު