Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ގަތުލުއާންމު

އިސްރާއީލުގެ ޖަލުތަކުގައި ޣައްޒާގެ އަސީރުންނަށް ކުރާ ލާއިންސާނީ އަނިޔާތަކާ ދެކޮޅަށް އަރަބި ލީގު ތެދުވެއްޖެ

2 ނޮވެމްބަރު 2026 | ހޯމަ 06:55

އިސްރާއީލުގެ ރަމްލާ ޖަލުގައި ތިބި ފަލަސްތީނުގެ އަސީރުންނަށް ދެމުންދާ ލާއިންސާނީ އަނިޔާތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު ޖަރީމާތަކެއް ކަމަށް ބުނެ އަރަބި ލީގުން އެ ކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި. އަދި މި އަނިޔާތައް ހުއްޓުވައި އަސީރުންގެ ހާލަތު ބެލުމަށް ރެޑް ކްރޮސް ފަދަ ޖަމުޢިއްޔާތަކަށް ފުރުސަތު ދިނުމަށާއި، މި ކަމުގައި ޒިންމާވާ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް ބައިނަލްއަގުވާމީ މުޖުތަމަޢަށް އެ އިއްތިހާދުން ވަނީ ގޮވާލާފައި

ނިއުސް ޓީމް
ނިއުސް ޓީމް | 2 ނޮވެމްބަރު 2026 | ހޯމަ 06:55
އިސްރާއީލުގެ ރަމްލާގައި ހުންނަ ރަމްލާ ޖަލުގެ ބޭރުގެ މަންޒަރެއް

އިސްރާއީލުގެ ރަމްލާގައި ހުންނަ ރަމްލާ ޖަލުގެ ބޭރުގެ މަންޒަރެއް | އަނަދޮލު އޭޖެންސީ

ޔަހޫދީ އިސްރާއީލުގެ ރަމްލާ ޖަލުގައި ބަންދުކޮށްފައި ތިބި ޣައްޒާގެ ރައްޔިތުންނަށް ކުރަމުންދާ ލާއިންސާނީ އަނިޔާތަކާއި، ނިޒާމީ ގޮތެއްގައި ހިންގަމުންދާ އިހާނެތި އަމަލުތަކާ ގުޅޭގޮތުން ބައިނަލްއަގުވާމީ މިނިވަން ތަހުގީގެއް ހިންގުމަށް އަރަބި ލީގުން އާދީއްތަ ދުވަހު ގޮވާލައިފި އެވެ. މިއާއެކު، މި އަމަލުތަކަށް ޒިންމާވާންޖެހޭ އެންމެހައި ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް ވެސް އެ އިއްތިހާދުން ވަނީ ބާރުއަޅާފަ އެވެ.

އަރަބި ލީގުން ނެރުނު ބަޔާނެއްގައި، އެ ޖަލުގެ 'ރަކެވެތު' ވިންގުގައި ބަންދުކޮށްފައި ތިބި އަސީރުންނަށް ތަކުރާރުކޮށް ދެމުންދާ ހަމަލާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައިވެ އެވެ. އެ ހަމަލާތަކުގެ ސަބަބުން އަސީރުންނަށް ބޮޑެތި ޒަޚަމުތަކެއް ލިބި، ބައެއް އަސީރުންގެ ހަށިތައް ފިހިފައިވާ ކަން އެ ބަޔާނުގައި ފާހަގަކުރި އެވެ.

Advertisement - worldAdvertisement

"އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް" އަދި މުޢާހަދާތަކާ ޚިލާފުވުން

އަރަބި ލީގުން ސިފަކުރި ގޮތުގައި، ޔަހޫދީ އިސްރާއީލުން ހިންގާ މި އަމަލުތަކަކީ ޖެނީވާ މުޢާހަދާތަކާއި އަނިޔާކުރުމާ ދެކޮޅު މުޢާހަދާ ހިމެނޭހެން، ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތަކާ ކަނޑައެޅިގެން ޚިލާފު ޖަރީމާތަކެކެވެ. ހަމަމިއާއެކު، މިއީ އިންސާފުގެ ކުރިމައްޗަށް ގެނެސް ޖަވާބުދާރީ ކުރުވަންޖެހޭ ފަދަ "އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް" ކަމަށް އެ އިއްތިހާދުން ބުންޏެވެ.

މި އިހާނެތި އަމަލުތައް ވަގުތުން ހުއްޓާލުމަށް ޑިމާންޑުކޮށް، އަސީރުން ތިބި ހާލަތު ދެނެގަތުމަށާއި ބޭނުންވާ ސިއްހީ ފަރުވާ ފޯރުކޮށްދިނުމަށް ޓަކައި، ބައިނަލްއަގުވާމީ ރެޑް ކްރޮސް ކޮމިޓީ (އައިސީއާރްސީ) އަދި މިނިވަން މޮނިޓަރުންނަށް އެއްވެސް ހުރަހެއް ނެތި ޖަލަށް ވަނުމުގެ ފުރުސަތު ދިނުމަށް އަރަބި ލީގުން ވަނީ ޔަހޫދީ އިސްރާއީލަށް ގޮވާލާފަ އެވެ. އަދި، ބަލިމީހުންނާއި ޒަޚަމުކޮށްލާފައިވާ އަސީރުން ވަގުތުން މިނިވަންކުރުމަށާއި، އެއްވެސް ޝަރުޢީ އަސާސެއް ނެތި ހިންގާ ހައްޔަރުކުރުމުގެ ޖަރީމާތައް ހުއްޓާލުމަށް ވެސް ވަނީ ގޮވާލާފަ އެވެ.

ރަކެވެތު ވިންގުގެ އަނިޔާވެރި އަމަލުތަކުގެ ތަފުސީލު

އަރަބި ލީގުގެ މި ބަޔާން ނެރެފައި މި ވަނީ، ޔަހޫދީ ރަމްލާ ޖަލުގެ ރަކެވެތު ވިންގުގައި ތިބި ޣައްޒާގެ އަސީރުންނަށް ދެމުންދާ ތަކުރާރު ހަމަލާތަކުގެ ތަފުސީލު ހާމަކޮށް، ފަލަސްތީނުގެ ޕްރިޒަނަރސް މީޑިއާ އޮފީހުން އޮކްޓޫބަރު 27 ގައި ނެރުނު ރިޕޯޓަކާ ގުޅިގެންނެވެ.

އެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ހަމަލާތައް މައިގަނޑު ގޮތެއްގައި ދެމުން ގޮސްފައި ވަނީ ކޮންމެ ހަފުތާއެއްގެ ވެސް ހުކުރު އަދި ހޮނިހިރު ދުވަސްތަކުގަ އެވެ. މި ގޮތުން، ލަކުޑިގަނޑުތަކުން ތަޅައި އަނިޔާކުރުމާއި، ޕެޕަރ ސްޕްރޭއާއި ކަރުނަގޭސް ޖެހުމާއި، ރަބަރު ވަޒަނާއި ބާރު އަޑުފައްގަނޑާއެކު ގޮވާ ސިއްސުވާލާ ބޮން ނުވަތަ 'ސްޓަން ގްރެނޭޑް' ބޭނުންކުރަމުންދާ ކަމަށް އެ އޮފީހުން ބުންޏެވެ. މީގެއިތުރުން، ޖަލު ބަލަހައްޓާ ގާޑުން ފުލުހުންގެ ކުއްތާތަކާއެކު ގޮޅިތަކަށް ވަދެ، ސަވައިލަންސް ކެމެރާ ނުހުންނަ ކޮޓަރިއަކަށް އަސީރުން ގެންގޮސް ވަރަށް އިހާނެތިކޮށް އަނިޔާކުރަމުންދާ ކަން ވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އަނިޔާކުރުން މި ގޮތުގައި ކުރިއަށްދާނަމަ އަސީރުންގެ ފުރާނައަށް އިޢާދަނުކުރެވޭ ފަދަ ނުރައްކަލެއް އެބައޮތް ކަމަށާއި، ޚާއްސަކޮށް މިހާރު ވެސް ބަލިވެފައިވާ އަދި ޒަޚަމުކޮށްލާފައިވާ އަސީރުންގެ ފުރާނައަށް އޮތް ބިރު އިންތިހާއަށް ބޮޑު ކަމަށް ބުނެ އެ އޮފީހުން ވަނީ ސީރިއަސް އިންޒާރެއް ދީފަ އެވެ.

ފަލަސްތީނުގެ އަސީރުން ހިމާޔަތްކުރުމަށާއި، ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފުވެ އަދަބު ނުލިބި ސަލާމަތްވުމުގެ ސަގާފަތް ހުއްޓުވުމަށް ޓަކައި، ބައިނަލްއަގުވާމީ މުޖުތަމަޢާއި، އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލާއި، އދ. ގެ އާންމު މަޖިލީހުން ވަގުތުން ފިޔަވަޅު އެޅުމަށް އަރަބި ލީގުން ވަނީ ބާރުއަޅާފަ އެވެ.

އަރަބި ލީގުގެ މި ބަޔާނާ ގުޅިގެން ޔަހޫދީ އިސްރާއީލުގެ ކަމާބެހޭ އިދާރާތަކުން އެއްވެސް ރައްދެއް ދީފައެއް ނުވެ އެވެ. ރަމްލާ ޖަލަކީ އިސްރާއީލުގެ މެދުތެރޭ ސަރަހައްދުގައި ހުންނަ، އަދި އިސްރާއީލް ޕްރިޒަން ސަރވިސްގެ ބެލުމުގެ ދަށުން ހިންގަމުން އަންނަ އަސީރުންނަށް ލާއިންސާނީ އަނިޔާދޭ ޖަލެކެވެ.

މަސްދަރު: އަނަދޮލު އޭޖެންސީ

އިޒްރޭލް-ޣައްޒާރަމްލާ ޖަލުއަރަބި ލީގުޖެނީވާ މުއާހަދާބައިނަލްއަގުވާމީ ރެޑް ކްރޮސްފަލަސްތީނު

އެންމެ ހިނގާ

1

ރަސްމާލެ އެއްބަސްވުމުގައި ސޮއިކޮށްފިނަމަ އިސްތިއުފާ ދެއްވާނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވެއްޖެ

2

ރާއްޖެއިން ބޭރަށް ދަތުރުކުރި ދިވެއްސެއްގެ އަތުގައި އޮތް އާއިލާ މެންބަރެއްގެ ބީއެމްއެލް ކާޑު ހިފެހެއްޓި މައްސަލައެއް!

3

ރާއްޖެޓީވީ ހިމެނޭ ގޮތަށް އިތުރު ދެ ޗަނަލަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މީޑިއާ ކޮމިޝަނުން ފަށައިފި

4

ރިސޯޓެއް ހަދަން ނެގި ލޯނާ ގުޅިގެން ފައްޔާޒަށް ތުހުމަތުކޮށް ދެކެވުނު ވާހަކަ ތަކަށް ފައްޔާޒުގެ ރައްދެއް!

5

ދައުލަތުގެ ސިޔާދަތާ ގުޅޭ ކަންކަމުގައި ގޮތް ކަނޑައެޅުމުގެ މެންޑޭޓެއް ސަލަފަކަށް ނެތް: ކުރީގެ އުއްތަމަ ފަނޑިޔާރު

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2026

އިސްރާއީލުގެ ސިޔާސީ މަސްރަހުގެ ބާރު އަރަބި މެންބަރުންގެ އަތްމައްޗަށް ފުރޮޅެނީތަ؟

28 އޮކްޓޯބަރު 2026
އިސްރާއީލުގެ ސިޔާސީ މަސްރަހުގެ ބާރު އަރަބި މެންބަރުންގެ އަތްމައްޗަށް ފުރޮޅެނީތަ؟
27 އޮކްޓޯބަރު 2026

ޔަހޫދީ އިސްރާއީލުން ޣައްޒާގައި ނަސްލުހޭދު ހިންގަމުންދާ ކަމަށް އދ. ގެ ކޮމިޝަނަކުން އަނެއްކާ ވެސް ކަނޑައަޅައިފި

27 އޮކްޓޯބަރު 2026
ޔަހޫދީ އިސްރާއީލުން ޣައްޒާގައި ނަސްލުހޭދު ހިންގަމުންދާ ކަމަށް އދ. ގެ ކޮމިޝަނަކުން އަނެއްކާ ވެސް ކަނޑައަޅައިފި
21 އޮކްޓޯބަރު 2026

ޣައްޒާގެ ސިއްހީ ކާރިސާ: ޖަނަރޭޓަރުތަކަށް ބޭނުންވާ ތެޔޮ ހުސްވުމުން، ހަސްފަތާލުތަކުގެ ޚިދުމަތްތައް މެދުކެނޑުމުގެ އިންޒާރު!

21 އޮކްޓޯބަރު 2026
ޣައްޒާގެ ސިއްހީ ކާރިސާ: ޖަނަރޭޓަރުތަކަށް ބޭނުންވާ ތެޔޮ ހުސްވުމުން، ހަސްފަތާލުތަކުގެ ޚިދުމަތްތައް މެދުކެނޑުމުގެ އިންޒާރު!
13 އޮކްޓޯބަރު 2026

ހޫޘީންނާ ދެކޮޅަށް އެހީވާން އިސްރާއީލުން ހުށަހެޅުމުން ސައުދީ އަރަބިއްޔާއިން ބުނީ ނޫނެކޭ!

13 އޮކްޓޯބަރު 2026
ހޫޘީންނާ ދެކޮޅަށް އެހީވާން އިސްރާއީލުން ހުށަހެޅުމުން ސައުދީ އަރަބިއްޔާއިން ބުނީ ނޫނެކޭ!
11 އޮކްޓޯބަރު 2026

20 އަހަރަށްފަހު ފަލަސްތީނުގައި ބާއްވަން އުޅުނު އިންތިޚާބު އަނެއްކާ ވެސް ފަސްކޮށްފި

11 އޮކްޓޯބަރު 2026
20 އަހަރަށްފަހު ފަލަސްތީނުގައި ބާއްވަން އުޅުނު އިންތިޚާބު އަނެއްކާ ވެސް ފަސްކޮށްފި
10 އޮކްޓޯބަރު 2026

އަނިޔާވެރިކަމަށް ހިތްވަރުލިބޭ އެއްވެސް ވިޔަފާރި ގުޅުމެއް ނުބޭއްވުމަކީ ފަލަސްތީނުގެ ހައްގުގައި ދިވެހިން ދަމަހައްޓަންޖެހޭ ސާބިތު އުސޫލެއް: ޑރ. އިނާޒް

10 އޮކްޓޯބަރު 2026
އަނިޔާވެރިކަމަށް ހިތްވަރުލިބޭ އެއްވެސް ވިޔަފާރި ގުޅުމެއް ނުބޭއްވުމަކީ ފަލަސްތީނުގެ ހައްގުގައި ދިވެހިން ދަމަހައްޓަންޖެހޭ ސާބިތު އުސޫލެއް: ޑރ. އިނާޒް
09 އޮކްޓޯބަރު 2026

ޣައްޒާ ޤަތުލުއާންމު "ނަމެއްގައި" ހުއްޓާލި ފަހުން ކޮންމެ 90 މިނެޓަކުން މީހަކު ޝަހީދުކޮށްލާ، ނުވަތަ ޒަޚަމުކޮށްލާ!

09 އޮކްޓޯބަރު 2026
ޣައްޒާ ޤަތުލުއާންމު "ނަމެއްގައި" ހުއްޓާލި ފަހުން ކޮންމެ 90 މިނެޓަކުން މީހަކު ޝަހީދުކޮށްލާ، ނުވަތަ ޒަޚަމުކޮށްލާ!
07 އޮކްޓޯބަރު 2026

ޣައްޒާ ޤަތުލުއާންމަށް 3 އަހަރު: 20،000 އަށްވުރެ ގިނަ ދަރިވަރުންނާއި 1،000 އަށްވުރެ ގިނަ މުދައްރިސުން ޝަހީދުކޮށްލި

07 އޮކްޓޯބަރު 2026
ޣައްޒާ ޤަތުލުއާންމަށް 3 އަހަރު: 20،000 އަށްވުރެ ގިނަ ދަރިވަރުންނާއި 1،000 އަށްވުރެ ގިނަ މުދައްރިސުން ޝަހީދުކޮށްލި
07 އޮކްޓޯބަރު 2026

ޣައްޒާ ޤަތުލުއާންމަށް 3 އަހަރު: ފަނާކޮށްލާފައިވާ ސަހަރެއްގެ ރައްޔިތުން ދިރިއުޅެމުންދާ ނިކަމެތި ހާލު

07 އޮކްޓޯބަރު 2026
ޣައްޒާ ޤަތުލުއާންމަށް 3 އަހަރު: ފަނާކޮށްލާފައިވާ ސަހަރެއްގެ ރައްޔިތުން ދިރިއުޅެމުންދާ ނިކަމެތި ހާލު
05 އޮކްޓޯބަރު 2026

2023 އޮކްޓޫބަރަށްފަހު ހުޅަނގު އައްސޭރީގެ ރައްޔިތުންނަށް 62,916 ހަމަލާދީފައިވޭ: ރިޕޯޓު

05 އޮކްޓޯބަރު 2026
2023 އޮކްޓޫބަރަށްފަހު ހުޅަނގު އައްސޭރީގެ ރައްޔިތުންނަށް 62,916 ހަމަލާދީފައިވޭ: ރިޕޯޓު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް