Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ގަތުލުއާންމު

ޣައްޒާގެ ސިއްހީ ކާރިސާ: ޖަނަރޭޓަރުތަކަށް ބޭނުންވާ ތެޔޮ ހުސްވުމުން، ހަސްފަތާލުތަކުގެ ޚިދުމަތްތައް މެދުކެނޑުމުގެ އިންޒާރު!

21 އޮކްޓޯބަރު 2026 | ބުދަ 08:53

ޣައްޒާގެ ހަސްފަތާލުތަކުގެ ޖަނަރޭޓަރުތައް ހިންގުމަށް މަހަކު 2،500 ލީޓަރަށް ވުރެ ގިނަ ތެޔޮ ބޭނުންވާއިރު، ތެލާއި ސްޕެއާ ޕާޓްސް ލިބުމުގައި ހުރި ދަތިތަކުގެ ސަބަބުން ސިއްހީ ނިޒާމު މުޅިން ހުއްޓިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައި. އިސްރާއީލުގެ ހަމަލާތަކުގައި އުމްރާނީ ވަސީލަތްތަކުގެ %90 ސުންނާފަތިވެފައިވާތީ، މި ކަމަށް ބައިނަލްއަގުވާމީ އެހީތެރިކަމަށް ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ވަނީ ގޮވާލާފައި

ނިއުސް ޓީމް
ނިއުސް ޓީމް | 21 އޮކްޓޯބަރު 2026 | ބުދަ 08:53
ކަރަންޓު ކެނޑިފައިވާ ޣައްޒާގެ ހަސްފަތާލެއްގެ ތެރޭގައި ބަލިމީހުންނާއި ޑޮކްޓަރުން މޮބައިލް ފޯނުގެ ބޮކި ދިއްލައިގެން ހަރަކާތްތެރިވަނީ

ކަރަންޓު ކެނޑިފައިވާ ޣައްޒާގެ ހަސްފަތާލެއްގެ ތެރޭގައި ބަލިމީހުންނާއި ޑޮކްޓަރުން މޮބައިލް ފޯނުގެ ބޮކި ދިއްލައިގެން ހަރަކާތްތެރިވަނީ | އަނަދޮލު އޭޖެންސީ

ފަލަސްތީނުގެ ޣައްޒާގެ ހަސްފަތާލުތަކުގައި ބޭނުންކުރާ ކަރަންޓު ޖަނަރޭޓަރުތައް ހިންގުމަށް ބޭނުންވާ ތެޔޮ ހުސްވުމާ ގުޅިގެން ކަރަންޓު ކެނޑުމުގެ ބޮޑު ނުރައްކަލަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށާއި، މި ޖަނަރޭޓަރުތައް ހުއްޓިއްޖެ ނަމަ ފުރާނަ ސަލާމަތްކުރުމަށް ދެވޭ މުހިންމު ސިއްހީ ޚިދުމަތްތަކަށް ބުރޫއަރާފާނެ ކަމަށް، ސިއްހަތާ ބެހޭ ވުޒާރާއިން ބުދަ ދުވަހު އިންޒާރު ދީފި އެވެ.

އެ ސަރަހައްދުގައި ދެން ހުރި ޖަނަރޭޓަރުތައް ހިންގަމުންދަނީ "އިންޖިނިއަރިންގ އަދި ޓެކްނިކަލް ގޮތުން އޮޅުންބޮޅުން ބޮޑު ހާލަތްތަކެއްގެ ތެރޭގައި. ކުއްލިއަކަށް މެކޭނިކަލް މައްސަލަތައް ދިމާވެ، ހަލާކުވުމުގެ ނުރައްކާ އެބައޮތް،" ކަމަށް އެ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުންޏެވެ. މީގެ އިތުރުން، މި ޖަނަރޭޓަރުތައް ހުއްޓުމަކަށް އަތުވެއްޖެ ނަމަ، "ފުރާނަ ސަލާމަތްކުރުމަށް ފަރުވާދޭ މުހިންމު އެތައް ބަޔަކަށާއި ޔުނިޓުތަކަކަށް ކަރަންޓު ފޯރުކޮށްދިނުމަށް ހުރަސްއެޅިގެންދާނެ" ކަމުގެ އިންޒާރު ވެސް އެ ވުޒާރާގެ ބަޔާނުގައި ވަނީ ދީފަ އެވެ.

Advertisement - worldAdvertisement

ހަސްފަތާލުތަކުގެ ކަރަންޓު ޖަނަރޭޓަރުތައް ހިންގުމަށް ޓަކައި މަހެއްގެ މައްޗަށް 2،500 ލީޓަރަށް ވުރެ ގިނަ ތެޔޮ ބޭނުންވާ ކަމަށް ސިއްހަތާ ބެހޭ ވުޒާރާއިން ހާމަކުރި އެވެ. ޚާއްސަކޮށް، މި ޖަނަރޭޓަރުތައް މެދުކެނޑުމެއްނެތި ގިނަ ވަގުތުތަކެއް ވަންދެން ހިންގަންޖެހުމާއި، ކުއްލި މަރާމާތުތަކަށް ބޭނުންވެފައިވާ މިންވަރަށް ބަލާއިރު، މަދު މިންވަރަކަށް ތެޔޮ ފޯރުކޮށްދީގެން ހޯދާ ވަގުތީ ހައްލުތަކުގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ޖަނަރޭޓަރުތައް ނުހިންގޭނެ ކަމުގެ އިންޒާރު ތަކުރާރުކޮށް ދީފައިވާނެ ކަމަށް އެ ވުޒާރާއިން ބުންޏެވެ. "އިންސާނީ ޒިންމާތައް އަދާކޮށް، ޖަނަރޭޓަރުތައް ހިންގުމަށް ބޭނުންވާ ތެލާއި ސްޕެއާ ޕާޓްސް އެތެރެކުރެވޭނެކަން ކަށަވަރުކުރުމަށް ވަގުތުން މެދުވެރިވާން ޖެހޭ،" ބައިނަލްއަގުވާމީ މުޖުތަމައުގެ އެހީއަށް އެދި ގޮވައިލަމުން އެ ވުޒާރައިން ބުންޏެވެ.

ޣައްޒާގެ އުމްރާނީ ވަސީލަތްތަކަށް ލިބިފައިވާ ބޮޑެތި ގެއްލުންތަކުގެ އިތުރުން، ވޭތުވެދިޔަ އަހަރުގެ ތެރޭގައި 1،500 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައި، ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ އިސްރާއީލުން ޚިލާފުވަމުންދާ ދިއުމުގެ ސަބަބުން، އެ ސަރަހައްދުގެ ސިއްހީ ނިޒާމަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފަ އެވެ. ޖުމުލަ ގޮތެއްގައި ބަލާއިރު، 2023 އޮކްޓޫބަރު މަހުން ފެށިގެން އިސްރާއީލުން ވަނީ ފަލަސްތީނުގެ 74،000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައި، އިތުރު 175،000 މީހުން ޒަޚަމުކޮށްލައި، އެ ސަރަހައްދުގެ އުމްރާނީ ވަސީލަތްތަކުގެ ގާތްގަނޑަކަށް %90 ސުންނާފަތިކޮށް ނުވަތަ ގެއްލުންދީފަ އެވެ.

މަސްދަރު: އަނަދޮލު އޭޖެންސީ

ޣައްޒާފަލަސްތީނުއިސްރާއީލްޣައްޒާ ޤަތުލުއާންމު

އެންމެ ހިނގާ

1

ބެއިޖިންގގެ ހުއްދަ ނެތި އެމެރިކާގެ މަނަވަރެއް ޗައިނާ ކަނޑަށް، މަސްރަހު ހޫނުވެ ޗައިނާގެ އިންޒާރެއް

2

އިންޑިއާގެ ބަދަލުގައި ޕާކިސްތާނުން ޑޮކްޓަރުންނާއި ޓީޗަރުން ގެންނަން ނިންމާ، ރައީސް މުއިއްޒު ސަރުކާރުން އެ މަސައްކަތް ފަށައިފި

3

އޭއީއެޗްގެ ސީއީއޯ އަދީލްގެ އާއިލީ މީހުންނަށް ނާޖާއިޒު ގޮތުގައި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭ ކަމުގެ ސީރިއަސް ތުހުމަތުތަކެއް، މިފަހަރު ކޮއްކޮ އަށް އިސް މަގާމެއް!

4

ރަސްމާލެ މަޝްރޫއުގެ ހަގީގީ ނުރައްކަލަކީ އެތަނުގައި ރިސޯޓު އުސޫލުތައް ހުއްދަކުރުން ކަމަށް ވަޒީރު ވިދާޅުވި ވިދާޅުވުން ކަމަށް އިލްމުވެރިންގެ ގުޅުމުން ބުނެފި

5

އެއްކަލަ ސައީދު، އަނެއްކާ އަނެއް މޮޅުވާހަކަ

އިތުރަށް ކިޔާލަން

20 އޮކްޓޯބަރު 2026

އީރާނުން އެމެރިކާގެ 54 ވަނަ އެމްކިޔު-9 ޑްރޯން ވައްޓާލައިފި، ހުރްމުޒް ކަނޑުއޮޅީގެ ސަލާމަތީ ކަންބޮޑުވުންތައް އިތުރުވަނީ

20 އޮކްޓޯބަރު 2026
އީރާނުން އެމެރިކާގެ 54 ވަނަ އެމްކިޔު-9 ޑްރޯން ވައްޓާލައިފި، ހުރްމުޒް ކަނޑުއޮޅީގެ ސަލާމަތީ ކަންބޮޑުވުންތައް އިތުރުވަނީ
20 އޮކްޓޯބަރު 2026

ޤަތުލުއާންމު ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފަށް އިސްރާއީލުން ހަމަލާދީ ޣައްޒާ ސިޓީން ދެމަފިރިއަކު ޝަހީދުކޮށްލައިފި

20 އޮކްޓޯބަރު 2026
ޤަތުލުއާންމު ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފަށް އިސްރާއީލުން ހަމަލާދީ ޣައްޒާ ސިޓީން ދެމަފިރިއަކު ޝަހީދުކޮށްލައިފި
19 އޮކްޓޯބަރު 2026

ފައިސާގެ ދަތިކަމާހުރެ ޣައްޒާއަށް ދޭ އެހީ ތިންބައިކުޅަ އެއްބަޔަށް ކަނޑާލައިފި، ބައި މިލިޔަން މީހުން ހާލުގައި

19 އޮކްޓޯބަރު 2026
ފައިސާގެ ދަތިކަމާހުރެ ޣައްޒާއަށް ދޭ އެހީ ތިންބައިކުޅަ އެއްބަޔަށް ކަނޑާލައިފި، ބައި މިލިޔަން މީހުން ހާލުގައި
19 އޮކްޓޯބަރު 2026

ބޮމެއް އޮތް ކަމަށް ބުނުމުން އިސްރާއީލުން ފުރި މަތިންދާބޯޓެއް ބަލްގޭރިޔާއަށް ކުއްލި ހާލަތުގައި ޖައްސައިފި

19 އޮކްޓޯބަރު 2026
ބޮމެއް އޮތް ކަމަށް ބުނުމުން އިސްރާއީލުން ފުރި މަތިންދާބޯޓެއް ބަލްގޭރިޔާއަށް ކުއްލި ހާލަތުގައި ޖައްސައިފި
18 އޮކްޓޯބަރު 2026

ޔަހޫދީ ޓެރެރިސްޓުންގެ ހަމަލާތައް ހުއްޓުވަން އެމެރިކާގެ ޕްރެޝަރު އިސްރާއީލަށް: ނޫސްވެރިޔަކު ޒަޚަމުކޮށްލި މައްސަލައިގައި ހޫނު ބަހުސެއް

18 އޮކްޓޯބަރު 2026
ޔަހޫދީ ޓެރެރިސްޓުންގެ ހަމަލާތައް ހުއްޓުވަން އެމެރިކާގެ ޕްރެޝަރު އިސްރާއީލަށް: ނޫސްވެރިޔަކު ޒަޚަމުކޮށްލި މައްސަލައިގައި ހޫނު ބަހުސެއް
17 އޮކްޓޯބަރު 2026

ޣައްޒާ ފްލޮޓިއްލާއަށް ހުރަސްއެޅި މައްސަލަ: އިސްރާއީލުގެ ދިފާޢީ ވަޒީރާ ދެކޮޅަށް އިޓަލީވިލާތުން ތަހުގީގު ފަށައިފި

17 އޮކްޓޯބަރު 2026
ޣައްޒާ ފްލޮޓިއްލާއަށް ހުރަސްއެޅި މައްސަލަ: އިސްރާއީލުގެ ދިފާޢީ ވަޒީރާ ދެކޮޅަށް އިޓަލީވިލާތުން ތަހުގީގު ފަށައިފި
17 އޮކްޓޯބަރު 2026

ރަސްމާލެ އާއި ވިސާގެ ފަހަތުގައިވާ ކަންކަން ވަރަށް ތަފްސީލުކޮށް ކިޔައި ދެއްވައި، ދިރާސާކުރަން ޒުވާނުންނަށް ގޮވާލައްވައިފި

17 އޮކްޓޯބަރު 2026
ރަސްމާލެ އާއި ވިސާގެ ފަހަތުގައިވާ ކަންކަން ވަރަށް ތަފްސީލުކޮށް ކިޔައި ދެއްވައި، ދިރާސާކުރަން ޒުވާނުންނަށް ގޮވާލައްވައިފި
16 އޮކްޓޯބަރު 2026

އީރާނާ ދެކޮޅަށް ނިއުކްލިއަރ ހަތިޔާރު ބޭނުމެއް ނުކުރާނަން: ޓްރަމްޕް

16 އޮކްޓޯބަރު 2026
އީރާނާ ދެކޮޅަށް ނިއުކްލިއަރ ހަތިޔާރު ބޭނުމެއް ނުކުރާނަން: ޓްރަމްޕް
15 އޮކްޓޯބަރު 2026

މަނާކުރުން އައީ އިސްރާއީލު ޕާސްޕޯޓަށް، އިސްރާއީލުގެ ރައްޔިތުންނަކަށް ނޫން، އެކަމަކު ރަސްމާލެއިން އެމީހުންނަށް ބިން ނުލިބޭނެކަން ބެލޭނެ ގޮތްތައް ހުންނާނެ: މުއްތޮލިބް

އިސްރާއީލުން ވަޒަންވެރިވަނީ އަސްކަރީ ބާރުގެ ބޭނުންކޮށްގެން ހިފާ ބިންތަކުގައި، މިނިވަން ޤައުމެއްގައި ޗުއްޓީ ހޭދަކުރާ ގެތަކުގައެއް ނޫން: މުއްތޮލިބް

15 އޮކްޓޯބަރު 2026
އިސްރާއީލުން ވަޒަންވެރިވަނީ އަސްކަރީ ބާރުގެ ބޭނުންކޮށްގެން ހިފާ ބިންތަކުގައި، މިނިވަން ޤައުމެއްގައި ޗުއްޓީ ހޭދަކުރާ ގެތަކުގައެއް ނޫން: މުއްތޮލިބް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް