Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ޤަތުލުއާންމު

ޣައްޒާ ޤަތުލުއާންމު "ނަމެއްގައި" ހުއްޓާލި ފަހުން ކޮންމެ 90 މިނެޓަކުން މީހަކު ޝަހީދުކޮށްލާ، ނުވަތަ ޒަޚަމުކޮށްލާ!

9 އޮކްޓޯބަރު 2026 | ހުކުރު 05:27

ޣައްޒާގައި ހަމަލާ ބަދަލުކުރުން ހުއްޓާލާފައިވާ ކަމަށް އިސްރާއީލުން ބުނި ނަމަވެސް، ފަލަސްތީނުގެ ރައްޔިތުންނަށް އަމާޒުކޮށް ދެމުންދާ ނިރުބަވެރި ހަމަލާތަކުގައި ޝަހީދުކޮށްލާފައިވާ މީހުންގެ އަދަދު 74,254 އަށް ވަނީ އުފުލިފައި. އިސްލާމިކް ރިލީފުން ހާމަކުރި ގޮތުގައި ޣައްޒާގެ %82 އިމާރާތްތައް ސުންނާފަތިކޮށްލާފައިވާއިރު، އާންމުންނަށް ބޭނުންވާ އަސާސީ އެހީތެރިކަން ފޯރުކޮށްދިނުމަށް އިސްރާއީލުން ދަނީ ހުރަސްއަޅަމުން. އެހެންކަމުން ބައިނަލްއަގުވާމީ ގާނޫނުތައް ނެގެހެއްޓުމަށް ދުނިޔޭގެ ލީޑަރުންނަށް އެ ޖަމާއަތުން ވަނީ ގޮވާލާފައި

ނިއުސް ޓީމް
ނިއުސް ޓީމް | 9 އޮކްޓޯބަރު 2026 | ހުކުރު 05:27
ޣައްޒާ ސިޓީގައި ގެދޮރު ނެތިކޮށްލާފައިވާ މީހުން ދިރިއުޅެމުންދާ ފޭލިގެތަކެއް ޖަހާފައިވާ ސަރަހައްދެއް

ޣައްޒާ ސިޓީގައި ގެދޮރު ނެތިކޮށްލާފައިވާ މީހުން ދިރިއުޅެމުންދާ ފޭލިގެތަކެއް ޖަހާފައިވާ ސަރަހައްދެއް | އޭޕީ

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ޣައްޒާ ޤަތުލުއާންމު ހުއްޓާލިކަން އިސްރާއީލުގެ ޔަހޫދީ ސިފައިން އިއުލާނުކުރި ފަހުން، އެވްރެޖްކޮށް ކޮންމެ 90 މިނެޓަކުން ޣައްޒާގައި ފަލަސްތީން މީހަކު ޝަހީދުކޮށްލައި ނުވަތަ ޒަޚަމުކޮށްލާފައިވާ ކަމަށް އެހީދޭ ޖަމާއަތް އިސްލާމިކް ރިލީފުން ހާމަކޮށްފި އެވެ. ޚައިރާތަށް މަސައްކަތްކުރާ އިނގިރޭސިވިލާތުގެ މި ޖަމުއިއްޔާއިން ބުރާސްފަތި ދުވަހު ބުނީ، ފާއިތުވި އަހަރުގެ ތެރޭގައި ގާތްގަނޑަކަށް 1،454 ފަލަސްތީން މީހުން ޝަހީދުކޮށްލާފައިވާއިރު، 5،000 އަށްވުރެ ގިނަ މީހުން ޒަހަމްކޮށްލާފައިވާ ކަމަށެވެ. މީގެ ތެރެއިން ޝަހީދުކޮށްލާފައިވާ މީހުންގެ ތެރޭގައި ގާތްގަނޑަކަށް 320 ކުޑަކުދިން ހިމެނޭއިރު، މިއީ ދުވާލަކަށް ގާތްގަނޑަކަށް އެއް ކުއްޖެއް ކަމަށް އެ ޖަމުއިއްޔާގެ ރިޕޯޓުގައި ހާމަކޮށްފައިވެ އެވެ.

ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޤަތުލުއާންމު "ނަމެއްގައި" ހުއްޓާލިފަހުން 1،471 ފަލަސްތީން މީހުން ޝަހީދުކޮށްލާފައިވާއިރު، 5،189 މީހުން ވަނީ ޒަޚަމުކޮށްލާފަ އެވެ. މީގެ ތެރޭގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޝަހީދުކޮށްލާފައިވާ ހަތަރު މީހުންނާއި ޒަޚަމުކޮށްލި 28 މީހުން ހިމެނެ އެވެ. މިއާއެކު, 2023 އޮކްޓޫބަރުން ފެށިގެން އިސްރާއީލުން ދެމުންދާ ނިރުބަވެރި ހަމަލާތަކުގައި ޝަހީދުކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 74،254 އަށް އުފުލިފަ އެވެ.

Advertisement - worldAdvertisement

ބުރާސްފަތި ދުވަހު، ޣައްޒާގެ މެދުތެރޭގައި އޮންނަ ދައިރް އަލް-ބަލާހްގެ އިރުދެކުނުން ފަލަސްތީން މީހަކު ޝަހީދުކޮށްލާފައިވާ ކަމަށާއި، ޚާން ޔޫނިސްގެ މެދުތެރޭގައި ހުރި ގެއަކަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި އެތައް ބަޔަކު ޒަޚަމުކޮށްލާފައިވާ ކަމަށް ފަލަސްތީން ގެ ނޫސް އޭޖެންސީ، ވަފާއިން ރިޕޯޓުކޮށްފައި ވެ އެވެ. މީގެ އިތުރުން އިސްތިއުމާރު ކޮށްފައިވާ ހުޅަނގު އައްސޭރީގައި، ޖަނީންގެ ހުޅަނގުން އޮންނަ ޔަމޫންއަށް އިސްރާއީލުން ޖެހި ރޭޑެއްގައި 13 އަހަރުގެ ފިރިހެން ކުއްޖެއްގެ ފަޔަށް ބަޑިޖަހާފައިވާ ކަމަށް ފަލަސްތީން ރެޑް ކްރެސެންޓުން ބުނެ އެވެ.

އިސްލާމިކް ރިލީފުން ބުނީ، އިސްރާއީލުގެ އަސްކަރީ ކޮންޓްރޯލްގެ ދަށުގައިވާ ސަރަހައްދު ފާހަގަކުރާ "ޔެލޯ ލައިން" ބޭނުންކޮށްގެން، ޣައްޒާގެ %65 ސަރަހައްދުން ފަލަސްތީނުގެ ރައްޔިތުން ބޭރުކޮށް، ބާކީ އޮތް %35 ސަރަހައްދަށް ގާތްގަނޑަކަށް 2.1 މިލިޔަން މީހުން ތޮއްޖައްސާފައިވާ ކަމަށެވެ. މި ރިޕޯޓުގައި، ސަލާމަތީ ސަބަބުތަކަށް ޓަކައި ނަން ހާމަކޮށްފައިނުވާ އިސްލާމިކް ރިލީފްގެ އެހީތެރިއަކު ބުނީ، "ހަގީގަތުގައި ހަމަލާ ބަދަލުކުރުން ހުއްޓައެއްނުލާ. އެ މީހުން [އިސްރާއީލު ސިފައިން] ހަމަލާތައް އަމާޒުކުރަނީ ރެފިއުޖީ ކޭމްޕުތަކަށާއި މީހުން ތޮއްޖެހިފައިވާ ސަރަހައްދުތަކަށް، އެހެންކަމުން އަދިވެސް ވަރަށް ބޮޑު ބިރުވެރިކަމެއް އެބައޮތް."

އިސްރާއީލުން އަދިވެސް ދަނީ ހިޔާވަހިކަން ހޯދުމަށް ބޭނުންވާ ތަކެއްޗާއި، ތެލާއި، ސިއްހީ ފަރުވާއަށް ބޭނުންވާ ސާމާނު އެތެރެކުރުން ހުއްޓުވަމުން ކަމަށް އެ ޖަމުއިއްޔާއިން ބުނެ އެވެ. ޣައްޒާގެ އިމާރާތްތަކުގެ ގާތްގަނޑަކަށް %82 ހަލާކުކޮށްލައި ނުވަތަ ބިމާ ހަކޮށްލާފައިވާއިރު، ސިއްހީ ހިދުމަތްދޭ ތަންތަނުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ ތަންތަން ވަނީ ބަންދުކޮށްފަ އެވެ. އަދި, ބޮޑެތި ބަލިތައް ތަހައްމަލުކުރަމުންދާ 20،000 އަށްވުރެ ގިނަ މީހުންނަށް ފަރުވާ ހޯދުމަށް ޤައުމުން ބޭރަށް ދިއުމުގެ ހުއްދަ ނުދީ ހިފަހައްޓާފައިވެ އެވެ.

އާންމުން ހިމާޔަތްކުރުމަށާއި ބައިނަލްއަގުވާމީ ގާނޫނުތައް ނެގެހެއްޓުމަށް ބާރުއެޅުމަށް ދުނިޔޭގެ ލީޑަރުންނަށް އެ ޖަމުއިއްޔާއިން ވަނީ ގޮވާލާފަ އެވެ. "ނަމެއްގައި އޮންނަ ހަމަލާ ބަދަލުކުރުން ހުއްޓާލުމަކީ ބައިނަލްއަގުވާމީ މުޖުތަމައުން ފިޔަވަޅު ނާޅާ ތިބުމަށް އޮތް އުޒުރަކަށް ވެގެން ނުވާނެ،" އެ ޖަމާއަތުން ބުންޏެވެ.

މަސްދަރު: އަލް ޖަޒީރާ

ޣައްޒާއިސްރާއީލްފަލަސްތީނުއިސްލާމިކް ރިލީފްޣައްޒާ ޤަތުލުއާންމު

އެންމެ ހިނގާ

1

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ފައިސަލް އިއުލާނު ކުރައްވައިފި، ރަނިންމޭޓަކަށް މޭޔަރު އާޒިމް

2

ހުޅުމާލޭ އެކްސިޑެންޓު: 4 މީހެއްގެ ހާލު ސީރިއަސް، 3 މީހުން އެއް ސައިކަލަށް އަރައިގެން ދުއްވީ ވަންވޭއާ ޚިލާފަށް، އަދި ލައިސަންސެއްވެސް ނެތް!

3

ބާރު ސްޕީޑުގައި 3 މީހުން އަރައިގެން ދުއްވި ސައިކަލެއް ކޮންޓްރޯލުން ނެއްޓި، އެހެން ސައިކަލެއްގައި ޖެހި، ނުރައްކާތެރި އެކްސިޑެންޓެއް!

4

މިނިސްޓަރު އިހުސާން ސާފުކޮށް އެ ވިދާޅުވީ ސަރުކާރު ޤާނޫނަށްވުރެ މަތިކަން!

5

މާލެއާއި ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި ދުވާ މީހުން އިތުރުވެ އާންމުންގެ ކަންބޮޑުވުން

އިތުރަށް ކިޔާލަން

08 އޮކްޓޯބަރު 2026

އީރާނާއެކު ޑީލެއް ހަދަން ބޭނުން ނުވާ ކަމަށް ޓްރަމްޕް ވިދާޅުވުން، ނަމަވެސް މަޝްވަރާތައް ކުރިއަށް!

08 އޮކްޓޯބަރު 2026
އީރާނާއެކު ޑީލެއް ހަދަން ބޭނުން ނުވާ ކަމަށް ޓްރަމްޕް ވިދާޅުވުން، ނަމަވެސް މަޝްވަރާތައް ކުރިއަށް!
07 އޮކްޓޯބަރު 2026

ޣައްޒާ ޤަތުލުއާންމަށް 3 އަހަރު: 20،000 އަށްވުރެ ގިނަ ދަރިވަރުންނާއި 1،000 އަށްވުރެ ގިނަ މުދައްރިސުން ޝަހީދުކޮށްލި

07 އޮކްޓޯބަރު 2026
ޣައްޒާ ޤަތުލުއާންމަށް 3 އަހަރު: 20،000 އަށްވުރެ ގިނަ ދަރިވަރުންނާއި 1،000 އަށްވުރެ ގިނަ މުދައްރިސުން ޝަހީދުކޮށްލި
07 އޮކްޓޯބަރު 2026

ޣައްޒާ ޤަތުލުއާންމަށް 3 އަހަރު: ފަނާކޮށްލާފައިވާ ސަހަރެއްގެ ރައްޔިތުން ދިރިއުޅެމުންދާ ނިކަމެތި ހާލު

07 އޮކްޓޯބަރު 2026
ޣައްޒާ ޤަތުލުއާންމަށް 3 އަހަރު: ފަނާކޮށްލާފައިވާ ސަހަރެއްގެ ރައްޔިތުން ދިރިއުޅެމުންދާ ނިކަމެތި ހާލު
06 އޮކްޓޯބަރު 2026

ސީއައިއޭގެ ސިއްރު ދިރާސާ: ބައިބައިވުން އުފެދި އިސްރާއީލް ދާޚިލީ ހަނގުރާމައަކަށް ވެއްޓިދާނެ

06 އޮކްޓޯބަރު 2026
ސީއައިއޭގެ ސިއްރު ދިރާސާ: ބައިބައިވުން އުފެދި އިސްރާއީލް ދާޚިލީ ހަނގުރާމައަކަށް ވެއްޓިދާނެ
05 އޮކްޓޯބަރު 2026

އިސްރާއީލަށް އެމެރިކާ ސިފައިން ޖަމާކުރަނީ ކީއްވެ؟ އަނެއްކާ ވެސް އީރާނަށް ހަމަލާދޭން ތައްޔާރުވަނީތަ؟

05 އޮކްޓޯބަރު 2026
އިސްރާއީލަށް އެމެރިކާ ސިފައިން ޖަމާކުރަނީ ކީއްވެ؟ އަނެއްކާ ވެސް އީރާނަށް ހަމަލާދޭން ތައްޔާރުވަނީތަ؟
05 އޮކްޓޯބަރު 2026

2023 އޮކްޓޫބަރަށްފަހު ހުޅަނގު އައްސޭރީގެ ރައްޔިތުންނަށް 62,916 ހަމަލާދީފައިވޭ: ރިޕޯޓު

05 އޮކްޓޯބަރު 2026
2023 އޮކްޓޫބަރަށްފަހު ހުޅަނގު އައްސޭރީގެ ރައްޔިތުންނަށް 62,916 ހަމަލާދީފައިވޭ: ރިޕޯޓު
05 އޮކްޓޯބަރު 2026

ޣައްޒާ ގަތުލުއާންމު ފެށިފަހުން ފަލަސްތީނުގެ 800 އަށްވުރެ ގިނަ މުދައްރިސުން ޝަހީދުކޮށްލައިފި

05 އޮކްޓޯބަރު 2026
ޣައްޒާ ގަތުލުއާންމު ފެށިފަހުން ފަލަސްތީނުގެ 800 އަށްވުރެ ގިނަ މުދައްރިސުން ޝަހީދުކޮށްލައިފި
03 އޮކްޓޯބަރު 2026

ޣައްޒާއަށް ބޭހާއި ސިއްހީ ސާމާނު އެތެރެކުރަން އިސްރާއީލުން ހުރަސްއަޅާތީ ނުރައްކާތެރި ހާލަތަކަށް ގޮސްދާނެ: ޑަބްލިޔުއެޗްއޯ

03 އޮކްޓޯބަރު 2026
ޣައްޒާއަށް ބޭހާއި ސިއްހީ ސާމާނު އެތެރެކުރަން އިސްރާއީލުން ހުރަސްއަޅާތީ ނުރައްކާތެރި ހާލަތަކަށް ގޮސްދާނެ: ޑަބްލިޔުއެޗްއޯ
03 އޮކްޓޯބަރު 2026

އިސްރާއީލްގެ ޗެކްޕޮއިންޓްތަކުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުންގެ ދިރިއުޅުމަށް ހުރަސްއެޅިފައި: އަލްބަނޭޒޭ

03 އޮކްޓޯބަރު 2026
އިސްރާއީލްގެ ޗެކްޕޮއިންޓްތަކުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުންގެ ދިރިއުޅުމަށް ހުރަސްއެޅިފައި: އަލްބަނޭޒޭ
03 އޮކްޓޯބަރު 2026

އަނެއްކާ ވެސް ބޮޑު ހަނގުރާމައެއް ފަށައިގެން އިންތިޚާބު ފަސްކުރަން ނަތަންޔާހޫ ރާވަނީ: އިދިކޮޅު

03 އޮކްޓޯބަރު 2026
އަނެއްކާ ވެސް ބޮޑު ހަނގުރާމައެއް ފަށައިގެން އިންތިޚާބު ފަސްކުރަން ނަތަންޔާހޫ ރާވަނީ: އިދިކޮޅު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް