Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްތީން ގަތުލުއާންމު

2023 އޮކްޓޫބަރަށްފަހު ހުޅަނގު އައްސޭރީގެ ރައްޔިތުންނަށް 62,916 ހަމަލާދީފައިވޭ: ރިޕޯޓު

5 އޮކްޓޯބަރު 2026 | ހޯމަ 05:11

އިސްރާއީލުން ހުޅަނގު އައްސޭރީގައި ހިންގާ ލާއިންސާނީ އަމަލުތަކުގައި 66 މީހުން ޝަހީދުކޮށް، ގިނަ އަދަދެއްގެ އިމާރާތްތަކާއި ދަނޑުބިންތައް ހަލާކުކޮށްލާފައިވާ ކަމަށް ފަލަސްތީނުގެ ކޮމިޝަނަކުން ހާމަކޮށްފި. މީގެ އިތުރުން، ފާއިތުވި ތިން ދަހަރުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ބިން ފޭރިގަނެ، ޣައިރުގާނޫނީ އާބާދީތައް ފުޅާކުރުމުގެ މަޝްރޫއުތައް އިސްރާއީލުން ވަނީ ވަރުގަދަކޮށްފައި

ނިއުސް ޓީމް
ނިއުސް ޓީމް | 5 އޮކްޓޯބަރު 2026 | ހޯމަ 05:11
އިސްރާއީލުގެ ޓެރެރިސްޓު ވަޒަންވެރިންގެ ޖަރީމާތަކުގައި ހުޅުޖަހައި އަންދާލާފައިވާ ފަލަސްތީނުގެ ރައްޔިތުންގެ ކާރުތަކެއް

އިސްރާއީލުގެ ޓެރެރިސްޓު ވަޒަންވެރިންގެ ޖަރީމާތަކުގައި ހުޅުޖަހައި އަންދާލާފައިވާ ފަލަސްތީނުގެ ރައްޔިތުންގެ ކާރުތަކެއް | އަނަދޮލު އޭޖެންސީ

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސްއިން އިސްރާއީލަށް ދިން ޖިހާދުގެ ހަމަލާއަށް ފަހު، އިސްތިއުމާރު ކޮށްފައިވާ ހުޅަނގު އައްސޭރިއާއި އިރުމަތީ ގުދުސްގައި ފަލަސްތީންގެ ރައްޔިތުންނާއި އެ މީހުންގެ ބިންތަކާއި މުދަލަށް އަމާޒުކޮށް އިސްރާއީލްގެ އަސްކަރިއްޔާއާއި ޓެރެރިސްޓު ވަޒަންވެރިން 62,916 ހަމަލާއެއް ދީފައިވާ ކަމަށް ފަލަސްތީންގެ ކޮމިޝަނަކުން އާދީއްތަ ދުވަހު ހާމަކޮށްފި އެވެ.

އިސްރާއީލްގެ ސިފައިން 48,174 ހަމަލާ ދީފައިވާއިރު، އިސްރާއީލްގެ ޓެރެރިސްޓު ވަޒަންވެރިން އިތުރު 14,742 ހަމަލާ ދީފައިވާ ކަމަށް، 'ދި ކޮލޮނައިޒޭޝަން އެންޑް ވޯލް ރެސިސްޓެންސް ކޮމިޝަން' އިން ބުންޏެވެ. އެންމެ ގިނަ ހަމަލާ ރެކޯޑުކުރެވިފައި ވަނީ 10,840 ހަމަލާއާއެކު އަލް-ޚަލީލްގަ އެވެ. ދެން އެންމެ ގިނައިން ހަމަލާ ދީފައި ވަނީ 10,594 ހަމަލާއާއެކު ރާމަﷲ އާއި އަލް-ބީރާއަށެވެ. އަދި، ނާބުލުސްއަށް 10,261 ހަމަލާ ދީފައިވެ އެވެ.

Advertisement - worldAdvertisement

މި މުއްދަތުގެ ތެރޭގައި އިސްރާއީލްގެ ޓެރެރިސްޓު ވަޒަންވެރިން ދިން ހަމަލާތަކުގައި ފަލަސްތީންގެ 66 މީހުން ޝަހީދުކޮށްލާފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ. ފަލަސްތީންގެ ބިންތަކާއި މުދަލަށް އަމާޒުކޮށް 1,182 ފަހަރު ހުޅުޖެހުމުގެ ހަމަލާތައް އަމާޒުކޮށްފައިވާ ކަމަށް ވެސް ކޮމިޝަނުން ރެކޯޑުކޮށްފައިވެ އެވެ. މިއާއެކު، 147,111 ގަސް މުލުން ލުހެލައި ނުވަތަ ގެއްލުންދީފައިވާއިރު، މީގެ ތެރޭގައި 100,000 އަށް ވުރެ ގިނަ ޒައިތޫނި ގަސް ހިމެނެ އެވެ.

އިސްރާއީލްގެ ވަޒަންވެރިން ވަނީ އާ 211 އައުޓްޕޯސްޓެއް ގާއިމުކުރުމަށް ވެސް މަސައްކަތްކޮށްފަ އެވެ. މި ކަމުގެ އަސަރު ފަލަސްތީންގެ 376 އަވަށަކާއި މުޖުތަމައަކަށް ފޯރާފައިވެ އެވެ. އިސްރާއީލްގެ ކަމާބެހޭ ފަރާތްތަކުން 1,814 އިމާރާތް ތަޅާލުމުގެ އޮޕަރޭޝަން ހިންގާފައިވާ ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެ އެވެ. މި އޮޕަރޭޝަންތަކުގެ އަސަރު 5,059 އިމާރާތަކަށް ކޮށްފައިވާއިރު، އޭގެ ތެރޭގައި މީހުން ދިރިއުޅޭ 1,894 ގެ ހިމެނޭ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

އަސްކަރީ އަމުރުތަކާއި "ދައުލަތުގެ ބިން" ކަމަށް ކަނޑައަޅައިގެން ފަލަސްތީންގެ ގާތްގަނޑަކަށް 15,864 އޭކަރުގެ ބިން އަތުލައިގަނެފައިވާ ކަމަށް ވެސް ރިޕޯޓުގައި ހާމަކޮށްފައިވެ އެވެ. މިއީ ފާއިތުވި ތިން ދަހަރުގެ ތެރޭގައި އެންމެ ގިނަ އަދަދެއްގެ ބިންތަކެއް ފޭރިގަަނެފައިވާ މުއްދަތެވެ.

އިސްތިއުމާރު ކޮށްފައިވާ ހުޅަނގު އައްސޭރިއާއި އިރުމަތީ ގުދުސްގައި ދިހަހާހަށް ވުރެ ގިނަ ހައުސިންގ ޔުނިޓު ހިމެނޭ ގޮތަށް، އިސްރާއީލްގެ ޣައިރުގާނޫނީ އާބާދީތަކުގެ 415 ޕްލޭނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެ އެވެ. އިތުރު 15,760 ސެޓްލްމަންޓް ޔުނިޓަށް އިސްރާއީލްގެ ކަމާބެހޭ ފަރާތްތަކުން 97 ޓެންޑަރު ނެރެފައިވެ އެވެ. މީގެ ތެރޭގައި ގުދުސްގެ އިރުމަތީގައިވާ އީ1 ސަރަހައްދު ވެސް ހިމެނެ އެވެ. އެއީ، ހުޅަނގު އައްސޭރި ބައިބައިކޮށްލައި، ފަލަސްތީނުގެ ރައްޔިތުން އިތުރަށް ނިކަމެތިކޮށްލުމަށް ހިންގާ ޖަރީމާއެކެވެ.

މި ފިޔަވަޅުތަކާއެކު، "ޑިފެކްޓޯ އެނެކްސޭޝަން" ހިންގުމަށް ނުވަތަ ޣައިރުގާނޫނީކޮށް ބިންތައް ފޭރިގަތުމަށް އަމާޒުކޮށްގެން ގާނޫނުތައް ހެދުން އިތުރުކޮށްފައިވާ ކަން ވެސް ކޮމިޝަނުން ވަނީ ހާމަކޮށްފަ އެވެ. އަދި، ޣައިރުގާނޫނީ އާބާދީތައް ފުޅާކުރުން ހުއްޓުވުމަށާއި، މި ކަމުގައި ޒިންމާވާ ފަރާތްތައް ޖަވާބުދާރީކުރުވުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ފިޔަވަޅު އެޅުމަށް އެ ކޮމިޝަނުން ވަނީ ގޮވާލާފަ އެވެ.

މަސްދަރު: އަނަދޮލު އޭޖެންސީ

ވެސްޓް ބޭންކްއިރުމަތީ ޤުދުސްފަލަސްތީނުއިސްރާއީލްޣައްޒާ ޤަތުލުއާންމު

އެންމެ ހިނގާ

1

މެލޭޝިއާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދިވެހި އަންހެން ދަރިވަރަކު ނިޔާވެއްޖެ

2

ދ.މީދޫގައި ރާއްޖެޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމް ބޮޑު ސްކްރީންގައި ދެއްކުމަށް ކުރި މަސައްކަތަށް ހުރަސްއަޅައިފި، ޕީއެންސީ ޓިކެޓުގައި އިންތިޚާބުވި ކައުންސިލު ރައީސް އެންގެވީ ޕްރޮގްރާމް ދެއްކުމަކީ މަސްލަހަތު ނަގާލުންކަމަށް!

3

ފެނަކަ އުވާލައި ސްޓެލްކޯއަށް ބަދަލުކުރުމަށް ނިންމި ނިންމުމާއެކު، ހެޑް އޮފީހުގެ މުވައްޒަފުންނަށް ވާންވީ ގޮތެއް ނޭނގި މުވައްޒަފުން ބޮޑު ހާސްކަމެއްގައި!

4

ގާނޫނާ ހިލާފަށް ވަކިކުރި ފަރެސްމާތޮޑާ އެއާޕޯޓުގެ މުވައްޒަފަކަށް އަލުން ވަޒީފާއާއި ގެއްލުމުގެ ބަދަލު ދޭން އަމުރުކޮށްފި

5

"ޖާގަ ދެއްކުމަށް ފަހު ނޫނީ ސްޓިކަރ ނުޖަހާނެ" ކަމަށް ވިދާޅުވި ރައީސްގެ ވައުދު ބަދަލުވެ، ޖޫރިމަނާ ފީތަކުގެ ވެސް އަގު ބޮޑުކޮށްފި!

އިތުރަށް ކިޔާލަން

05 އޮކްޓޯބަރު 2026

ޣައްޒާ ގަތުލުއާންމު ފެށިފަހުން ފަލަސްތީނުގެ 800 އަށްވުރެ ގިނަ މުދައްރިސުން ޝަހީދުކޮށްލައިފި

05 އޮކްޓޯބަރު 2026
ޣައްޒާ ގަތުލުއާންމު ފެށިފަހުން ފަލަސްތީނުގެ 800 އަށްވުރެ ގިނަ މުދައްރިސުން ޝަހީދުކޮށްލައިފި
03 އޮކްޓޯބަރު 2026

ޣައްޒާއަށް ބޭހާއި ސިއްހީ ސާމާނު އެތެރެކުރަން އިސްރާއީލުން ހުރަސްއަޅާތީ ނުރައްކާތެރި ހާލަތަކަށް ގޮސްދާނެ: ޑަބްލިޔުއެޗްއޯ

03 އޮކްޓޯބަރު 2026
ޣައްޒާއަށް ބޭހާއި ސިއްހީ ސާމާނު އެތެރެކުރަން އިސްރާއީލުން ހުރަސްއަޅާތީ ނުރައްކާތެރި ހާލަތަކަށް ގޮސްދާނެ: ޑަބްލިޔުއެޗްއޯ
03 އޮކްޓޯބަރު 2026

އިސްރާއީލްގެ ޗެކްޕޮއިންޓްތަކުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުންގެ ދިރިއުޅުމަށް ހުރަސްއެޅިފައި: އަލްބަނޭޒޭ

03 އޮކްޓޯބަރު 2026
އިސްރާއީލްގެ ޗެކްޕޮއިންޓްތަކުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުންގެ ދިރިއުޅުމަށް ހުރަސްއެޅިފައި: އަލްބަނޭޒޭ
03 އޮކްޓޯބަރު 2026

އަނެއްކާ ވެސް ބޮޑު ހަނގުރާމައެއް ފަށައިގެން އިންތިޚާބު ފަސްކުރަން ނަތަންޔާހޫ ރާވަނީ: އިދިކޮޅު

03 އޮކްޓޯބަރު 2026
އަނެއްކާ ވެސް ބޮޑު ހަނގުރާމައެއް ފަށައިގެން އިންތިޚާބު ފަސްކުރަން ނަތަންޔާހޫ ރާވަނީ: އިދިކޮޅު
03 އޮކްޓޯބަރު 2026

މި އަހަރު އިސްރާއީލުގެ ޓެރެރިސްޓުންގެ ހަމަލާތަކުގައި ހުޅަނގު އައްސޭރިން ޝަހީދުކޮށްލި މީހުންގެ އަދަދު 30 އަށް!

03 އޮކްޓޯބަރު 2026
މި އަހަރު އިސްރާއީލުގެ ޓެރެރިސްޓުންގެ ހަމަލާތަކުގައި ހުޅަނގު އައްސޭރިން ޝަހީދުކޮށްލި މީހުންގެ އަދަދު 30 އަށް!
01 އޮކްޓޯބަރު 2026

ފަލަސްތީނުގެ ބިންތައް ފޭރުމާއި އިސްރާއީލުގެ އާބާދީ ފުޅާކުރުމާ ދެކޮޅަށް އެމެރިކާގެ ހައުސްއަށް ބިލެއް ހުށަހަޅަނީ

01 އޮކްޓޯބަރު 2026
ފަލަސްތީނުގެ ބިންތައް ފޭރުމާއި އިސްރާއީލުގެ އާބާދީ ފުޅާކުރުމާ ދެކޮޅަށް އެމެރިކާގެ ހައުސްއަށް ބިލެއް ހުށަހަޅަނީ
01 އޮކްޓޯބަރު 2026

ފްލައިދުބާއީއިން އިސްރާއީލަށް ކުރާ ދަތުރުތައް މެދުކަނޑާލައިފި

01 އޮކްޓޯބަރު 2026
ފްލައިދުބާއީއިން އިސްރާއީލަށް ކުރާ ދަތުރުތައް މެދުކަނޑާލައިފި
01 އޮކްޓޯބަރު 2026

17 ދުވަހުގެ މަސައްކަތަށް ފަހު ޣައްޒާގެ އިމާރާތެއްގެ ދަށުން 105 މީހެއްގެ ހަށިތައް ހޯދައިފި

01 އޮކްޓޯބަރު 2026
17 ދުވަހުގެ މަސައްކަތަށް ފަހު ޣައްޒާގެ އިމާރާތެއްގެ ދަށުން 105 މީހެއްގެ ހަށިތައް ހޯދައިފި
01 އޮކްޓޯބަރު 2026

'މައްކާ ދިފާއީ އިއްތިހާދު' ގެ މަގުސަދަކީ ސަރަހައްދީ ހަމަޖެހުން ގާއިމުކުރުން: ސައުދީ ވަލީއަހުދު

01 އޮކްޓޯބަރު 2026
'މައްކާ ދިފާއީ އިއްތިހާދު' ގެ މަގުސަދަކީ ސަރަހައްދީ ހަމަޖެހުން ގާއިމުކުރުން: ސައުދީ ވަލީއަހުދު
30 ސެޕްޓެމްބަރު 2026

އިސްރާއީލުގެ ޓެރެރިސްޓު ވަޒަންވެރިން ހިންގަމުންދާ ޖަރީމާތަކުގެ މައުލޫމާތު ހިއްސާކުރަން އެމެރިކާގެ ސެނެޓަރަކު ގޮވާލައްވައިފި

30 ސެޕްޓެމްބަރު 2026
އިސްރާއީލުގެ ޓެރެރިސްޓު ވަޒަންވެރިން ހިންގަމުންދާ ޖަރީމާތަކުގެ މައުލޫމާތު ހިއްސާކުރަން އެމެރިކާގެ ސެނެޓަރަކު ގޮވާލައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް