Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލުގެ އިންތިޚާބު

އިސްރާއީލުގެ ސިޔާސީ މަސްރަހުގެ ބާރު އަރަބި މެންބަރުންގެ އަތްމައްޗަށް ފުރޮޅެނީތަ؟

28 އޮކްޓޯބަރު 2026 | ބުދަ 06:04

އިސްރާއީލުގެ އިންތިޚާބުގައި ފަލަސްތީނު ރައްޔިތުން ރެކޯޑު އަދަދަކަށް ވޯޓުލާން ނުކުތުމާ ގުޅިގެން އަރަބި ޕާޓީތަކުން ބޮޑު ކާމިޔާބީއެއް ހޯދާނެ ކަމަށް ބެލެވޭއިރު، މިއީ 1999 ވަނަ އަހަރުގެ ފަހުން ވޯޓުލީ މީހުންގެ ނިސްބަތް އެންމެ މައްޗަށް ދިޔަ ފަހަރު. ނަތަންޔާހޫގެ ފެކްޝަނުން ނަސްލީ ތަފާތުކުރުންތައް އިސްކޮށް ކެމްޕޭން ކުރި ނަމަވެސް، މި ނަތީޖާއާއެކު ސަރުކާރެއް އެކުލަވައިލުމުގައި އަރަބި ޕާޓީތަކުގެ ދައުރު ބޮޑުވެ، ސިޔާސީ މަސްރަހަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވޭ

ނިއުސް ޓީމް
ނިއުސް ޓީމް | 28 އޮކްޓޯބަރު 2026 | ބުދަ 06:04

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކަށް ލިބެމުންދާ ކުރިއެރުންތައް ފާހަގަކުރުމަށް އަރަބި ދަރިކޮޅުގެ މީހުން ދިރިއުޅޭ ރަށްތަކުގައި އުފާފާޅުކުރަނީ | ހައާރެޓްޒް

އިސްރާއީލުގައި ދިރިއުޅޭ ފަލަސްތީނު ރައްޔިތުން އެ ޤައުމުގެ އާންމު އިންތިޚާބުގައި ވޭތުވެދިޔަ އެތައް އަހަރެއްގެ ތެރޭގައި ނުދެކޭ ފަދަ ބޮޑު އަޣުލަބިއްޔަތަކުން ވޯޓުލާން ނުކުތުމާ ގުޅިގެން، އެ ޤައުމުގެ ގާނޫނުހަދާ މަޖިލިސް ކަމަށްވާ 'ކްނެސެޓް' ގެ 19 ގޮނޑި އަރަބި ޕާޓީތަކުން ކާމިޔާބުކުރާނެ ކަމަށް އެގްޒިޓް ޕޯލްތަކުން ދައްކައިފި އެވެ.

އަންގާރަ ދުވަހު ބޭއްވި އިންތިޚާބުގެ ވޯޓުލުން ނިމުމާއެކު އާންމުކުރި އެގްޒިޓް ޕޯލްތަކުގެ މައުލޫމާތުތަކަށް ބަލާއިރު، ޖުމުލަ 120 މެންބަރުންގެ މައްޗަށް އެކުލެވޭ ކްނެސެޓްގައި އަރަބިންގެ މައިގަނޑު ދެ ޕާޓީ ކަމަށްވާ 'ޖޮއިންޓް ލިސްޓް' އަދި 'ރަޢަމް' އިން ތާރީޚީ ގޮތުން ރެކޯޑު އަދަދަކަށް ގޮނޑި ހޯދާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. މިހާތަނަށް ގުނި ވޯޓުގެ ތިންބައިކުޅަ އެއްބަޔަށް ވުރެ ގިނަ ވޯޓުން ޖޮއިންޓް ލިސްޓުން ވަނީ ވޯޓުގެ %9 އަށްވުރެ ބޮޑު ނަތީޖާއެއް ހޯދާފަ އެވެ. ވަގުތީ ނަތީޖާތަކުން ދައްކާ ގޮތުގައި، އިސްރާއީލުގެ އަސްކަރިއްޔާގެ ކުރީގެ ޗީފް އޮފް ސްޓާފް ގާދީ އައިޒެންކޮޓްގެ 'ޔަޝާރް' ޕާޓީ އިސްވެ އޮންނަ އިދިކޮޅު އިއްތިހާދުން އުޅެނީ ހައްދުފަހަނައެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ލިކޫދު ޕާޓީ އިސްވެ އޮންނަ އިއްތިހާދަށްވުރެ ފަހަތުގަ އެވެ.

Advertisement - worldAdvertisement

އިސްރާއީލުގެ ޗެނަލް 12 އިން އަންގާރަ ދުވަހު ހާމަކުރި ގޮތުގައި، އިސްރާއީލުގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުން ވޯޓުލާން ނުކުތް ނިސްބަތް އުޅެނީ ގާތްގަނޑަކަށް %80 ގަ އެވެ. މިއީ، 1999 ގެ ރެކޯޑު މުގުރާލި ތާރީޚީ އަދަދެކެވެ.

މިއާއެކު، ރަޢަމް ޕާޓީގެ (ޔުނައިޓެޑް އަރަބް ލިސްޓް) ލީޑަރު މަންޞޫރު ޢައްބާސް އުންމީދު ފާޅުކުރެއްވީ، އިންތިޚާބުގެ ފަހު ނަތީޖާއާއެކު ސަރުކާރެއް އެކުލަވައިލުމަށް ބޭނުންވާ 61 ގޮނޑި ނަތަންޔާހޫއާ ދެކޮޅު ފެކްޝަނަށް ލިބިގެން ދިޔުމަށެވެ. އަދި، އޭގެ ތެރޭގައި އޭނާގެ ޕާޓީ ވެސް ހިމެނުމަށެވެ. ވަގުތީ ނަތީޖާތައް އިއުލާނުކުރަން ފެށުމުގެ ކުރިން ޗެނަލް 12 އަށް މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ، މިހާރު ފެންނަން ހުރި ހިސާބުތަކަށް ބަލާއިރު ސަރުކާރެއް އެކުލަވައިލެވޭނެ އެއްވެސް ޖާގައެއް ނެތް ކަމަށެވެ.

މިހާރު ވެސް ކްނެސެޓްގެ ފަސް ގޮނޑި ފުރަމުންދާ އަދި 2021 އިން 2022 އަށް އިސްރާއީލު ހިންގި ވެރިކަމުގެ އިއްތިހާދުގައި ބައިވެރިވި ރަޢަމް ޕާޓީއާ ގުޅުމަށް، އިންތިޚާބުގެ ކުރިންނާއި ފަހުން ވެސް އިސްރާއީލުގެ ސިޔާސީ ދެ ފެކްޝަނުން ވެސް މަސައްކަތްކޮށްފައިވާ ކަމަށް ޢައްބާސް ވިދާޅުވި އެވެ.

ސަރުކާރެއް އެކުލަވައިލުމުގެ ހުރަސްތަކާއި ކުރީގެ ސަފީރެއްގެ އިންޒާރު

މީޑިއާއާ ވާހަކަ ދައްކަމުން އިސްރާއީލުގެ ކުރީގެ ސަފީރު އަލޯން ޕިންކަސް ބުނީ، އައިޒެންކޮޓްގެ ޕާޓީ ފަދަ ޕާޓީތަކަށް ސަރުކާރެއް އެކުލަވައިލުމަކީ އުނދަގޫ ކަމަކަށް ވާނެ ކަމަށެވެ. ސަބަބަކީ، ކުރީގެ އެގްޒިޓް ޕޯލްތަކުން އެ ޕާޓީ ކުޑަ ތަފާތަކުން ކުރީގައި އޮތް ނަމަވެސް، ކެމްޕޭން ތެރޭގައި އަރަބި ޕާޓީތަކާ އެކު ކޯލިޝަން ނުހަދާނެ ކަމަށް އެ ފަރާތްތަކުން ވައުދުވެފައި އޮތުމެވެ.

"މީގެ އަގު ދައްކަން ޖެހޭނެ،" ޕިންކަސް ބުންޏެވެ. އޭނާ ފާހަގަކުރި ގޮތުގައި، އަރަބިން އެއް ފަރާތްކޮށް ބައިތިއްބައި، ހަމައެކަނި އެ މީހުންގެ ވޯޓު ބޭނުންވާ ވަގުތުތަކުގައި އެކަނި ބޭނުން ހިފުމުގެ ސިޔާސަތު ދެން ކުރިއަކަށް ނުގެންދެވޭނެ އެވެ. ހަމަމިއާއެކު، އަރަބި ޕާޓީތަކުން ހުށަހަޅާ ޝަރުތުތަކަކީ ޔަހޫދީން އިސްވެ އޮންނަ ސަރުކާރަކަށް ބަލައިގަންނަން ދަތި ޝަރުތުތަކަކަށް ވާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

ވޯޓުލާ މަރުކަޒުތައް ކައިރީގައި ނަތަންޔާހޫ ހިންގި ޣައިރުގާނޫނީ ކެމްޕޭން

އިންތިޚާބުގެ ވޯޓުލުން ކުރިއަށްދިޔަ އަންގާރަ ދުވަހު، ނަތަންޔާހޫ އާއި އޭނާގެ ހަރުކަށި ފިކުރުގެ އިއްތިހާދުން ވަނީ ސަޕޯޓަރުން ވޯޓުލާން ނެރުމަށް ފަހު ވަގުތު ވަރުގަދަ ކެމްޕޭނެއް ހިންގާފަ އެވެ. މި ގޮތުން، އިސްރާއީލުގައި ދިރިއުޅޭ ފަލަސްތީނު ރައްޔިތުން ގިނަ އަދަދަކަށް ވޯޓުލާން ނުކުންނަ ކަމުގެ އިންޒާރު ދީ އެ މީހުން ބިރުދެއްކުމުގެ އުކުޅުތައް ބޭނުންކުރި އެވެ. މިއީ، ނަސްލީ ތަފާތުކުރުމާއި ފިތުނަ އުފެއްދުމުގެ އަމަލެއްގެ ގޮތުގައި އަރަބި ސިޔާސީ ލީޑަރުން ވަނީ ސިފަކުރައްވާފަ އެވެ.

މަންޒަރު ފެނުނު ފަރާތްތަކުން ބުނީ، ނަތަންޔާހޫގެ ލިކޫދު ޕާޓީގެ ދިދަ ޖަހާފައިވާ ކާރުތައް ޤުދުސްގެ މަގުތަކުގައި އަޑުގަދަކުރާއިން ބަންގީގެ އަޑު ޖަހަމުން ދުއްވި ކަމަށެވެ. އަދި "އަރަބިން ވޯޓުލަނީ" ކަމަށް ބުނެ، ޔަހޫދީ ރައްޔިތުން ވޯޓުލާން ނުކުތުމަށް ގޮވާލަމުން ދިޔަ ކަމަށެވެ.

ނަތަންޔާހޫ ވަނީ އަރަބި އަވަށްތަކުގެ ވޯޓުލާ މަރުކަޒުތައް ކައިރީގައި ދިގު ކިއުތައް އޮތްކަން ފާހަގަކޮށްފަ އެވެ. އަދި މޫނުބުރުގާ އަޅައިގެން ތިބި އަންހެނުން ހިމެނޭހެން، އަރަބި ރައްޔިތުން ވޯޓުލާން މަޑުކޮށްގެން ތިބި މަންޒަރު ފެންނަ ފޮޓޯއެއް އޭނާ މީސްމީޑިއާގައި އާންމުކުރި އެވެ.

ކްނެސެޓްގެ އިސް ދެ ފަލަސްތީނު މެންބަރުންނަށް އިޝާރާތްކޮށް ނަތަންޔާހޫ ބުނީ، "އަހަރެމެން މިހާރު ނުހޭލައިފިނަމަ، އަހަރެމެންނަށް ދެން ފެންނާނީ މަންޞޫރު ޢައްބާސްއާއި އަޙްމަދު ޠީބީ އިސްވެ ހުންނަވާ ސަރުކާރެއް" ކަމަށެވެ.

އިސްރާއީލުގެ ސެންޓްރަލް އިލެކްޝަންސް ކޮމިޓީން ރިޕޯޓުކުރި ގޮތުގައި، މި އިންތިޚާބުގައި ޖުމުލަ ވޯޓުލީ މީހުންގެ ނިސްބަތް ވަނީ %77.7 އަށް އަރާފަ އެވެ. މިއީ، 1999 ގެ ފަހުން ރެކޯޑުކުރެވުނު އެންމެ މަތީ އަދަދެވެ. އިސްރާއީލުގެ 10 މިލިޔަންގެ އާބާދީގެ %21 ހިއްސާކުރަނީ ފަލަސްތީނު ރައްޔިތުންނެވެ. ތާރީޚީ ގޮތުން ބަލާއިރު، ޔަހޫދީންނާ އަޅާބަލާއިރު އެ މީހުން ވޯޓުލާން ނުކުންނަ ނިސްބަތް އާންމުކޮށް ދަށެވެ.

ފަލަސްތީނު ރައްޔިތުންނަށް "ހާޔާތާއި މަރާ ގުޅިފައިވާ" ވަގުތުކޮޅެއް

އިސްތިއުމާރު ކޮށްފައިވާ ހުޅަނގު އައްސޭރީގެ ރާމަﷲ އިން ރިޕޯޓުކުރަމުން މަސްރަހު ދިރާސާކުރާ ނޫސްވެރިޔާ ނޫރު ޢައުދާ ބުނީ، މި އިންތިޚާބަކީ އިސްރާއީލުގައި ދިރިއުޅޭ ފަލަސްތީނު ރައްޔިތުންނަށް "ހަޔާތާއި މަރާ ގުޅިފައިވާ ފަދަ ނާޒުކު ވަގުތުކޮޅެއް" ކަމަށެވެ.

އޭނާ ފާހަގަކުރި ގޮތުގައި، ސިޔާސީ ގޮތުން ނުފޫޒުގަދަ ބާރަކަށް ވެގެންދިޔަ މި ވޯޓުލުމުގައި، އާންމު ގޮތެއްގައި އިންތިޚާބުތައް ބޮއިކޮޓްކުރާ ރައްޔިތުން ވެސް ވަނީ ބައިވެރިވެފަ އެވެ. އެއީ، އެ މީހުންގެ ވޯޓުން އެއްވެސް ބަދަލެއް އަންނާނެ ކަމަށް ނުވަތަ އެމީހުން ތަހައްމަލުކުރަމުންދާ ނިޒާމީ ތަފާތުކުރުންތަކަށް ހައްލެއް ލިބޭނެ ކަމަށް ކުރިން ގަބޫލުނުކުރި ފަރާތްތަކެވެ.

އިސްރާއީލުގައި ދިރިއުޅޭ ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ތަފާތުކުރުންތައް ގެންގުޅޭ 100 އަށް ވުރެ ގިނަ ގާނޫނު ކްނެސެޓުން މިހާތަނަށް ފާސްކޮށްފައިވާ ކަމަށާއި، ދައުލަތުގެ ބަޖެޓުން ފައިސާ ދިނުމުގައި ވެސް އެ މީހުންނަށް ބޮޑެތި ތަފާތުކުރުންތަކާ ކުރިމަތިލާންޖެހޭ ކަމަށް ޢައުދާ ބުންޏެވެ.

މަސްދަރު: އަލް ޖަޒީރާ

އިސްރާއީލްފަލަސްތީނުޤާނޫނު ހަދާ މަޖިލީސްބެންޖަމިން ނަތަންޔާހޫމަންޞޫރު ޢައްބާސްގާދީ އައިޒެންކޮޓް

އެންމެ ހިނގާ

1

ހެލްތު މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރުންތަކެއް އޮފީސްތެރޭ ނަށާ ވީޑިއޯ އާންމުވެ، ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

2

އަލައްބާރުގެ ވާހަކަތަކުން ފަޅާއެރި ސިއްރު: އެތައް މިލިއަން ޑޮލަރެއް ދިޔައީ ކޮން އަބްދުﷲ އަކަށް؟

3

ފެނަކައިގެ ކޮރަޕްޝަން މައްސަލައިގައި ދީނާ ޖަލަށްލާން ހުކުމްކޮށްފި، ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކުރަން ދައުލަތުން އިންކާރުކުރޭ!

4

އަލައްބާރު އެތައް މިލިއަން ޑޮލަރެއް ދިން ކަމަށް ބުނާ "އަބްދުﷲ" އަކީ ކާކު؟

5

އެމެރިކާއަށް އީރާނުގެ ހަރުކަށި ރައްދެއް، މުޅި ސަރަހައްދުގައި ހަނގުރާމައިގެ "ސުންގަޑި" ކައިރިވަނީ

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2026

ޕެންޓަގަންގެ ސިއްރު ހިސާބުތަކެއް ފަޅާއަރައިފި: އީރާން ހަނގުރާމައަށް ހޭދަވި އަދަދު 47 ބިލިޔަން ފަހަނައަޅައިފި

28 އޮކްޓޯބަރު 2026
ޕެންޓަގަންގެ ސިއްރު ހިސާބުތަކެއް ފަޅާއަރައިފި: އީރާން ހަނގުރާމައަށް ހޭދަވި އަދަދު 47 ބިލިޔަން ފަހަނައަޅައިފި
27 އޮކްޓޯބަރު 2026

އީރާނުގެ މަޝްވަރާތަކުން ތެލުގެ ބާޒާރަށް ކުޑަ ލުޔެއް، ނަމަވެސް ހުރްމުޒާއި ސައުދީއަށް ދޭ ހަމަލާތަކުން ނުރައްކާ އަދިވެސް ބޮޑު

27 އޮކްޓޯބަރު 2026
އީރާނުގެ މަޝްވަރާތަކުން ތެލުގެ ބާޒާރަށް ކުޑަ ލުޔެއް، ނަމަވެސް ހުރްމުޒާއި ސައުދީއަށް ދޭ ހަމަލާތަކުން ނުރައްކާ އަދިވެސް ބޮޑު
27 އޮކްޓޯބަރު 2026

19 އަހަރުގެ ވެރިކަމަށް ފަހު ޔަހޫދީ ނަތަންޔާހޫގެ ސިޔާސީ ހަޔާތް ނިމުމަކަށް އަންނަނީތަ؟

27 އޮކްޓޯބަރު 2026
19 އަހަރުގެ ވެރިކަމަށް ފަހު ޔަހޫދީ ނަތަންޔާހޫގެ ސިޔާސީ ހަޔާތް ނިމުމަކަށް އަންނަނީތަ؟
27 އޮކްޓޯބަރު 2026

ޔަހޫދީ އިސްރާއީލުން ޣައްޒާގައި ނަސްލުހޭދު ހިންގަމުންދާ ކަމަށް އދ. ގެ ކޮމިޝަނަކުން އަނެއްކާ ވެސް ކަނޑައަޅައިފި

27 އޮކްޓޯބަރު 2026
ޔަހޫދީ އިސްރާއީލުން ޣައްޒާގައި ނަސްލުހޭދު ހިންގަމުންދާ ކަމަށް އދ. ގެ ކޮމިޝަނަކުން އަނެއްކާ ވެސް ކަނޑައަޅައިފި
26 އޮކްޓޯބަރު 2026

ކޮންގްރެސްގެ ކޮންޓުރޯލު ޑިމޮކްރެޓުންނަށް ލިބިއްޖެ ނަމަ އެމެރިކާގެ ޚާރިޖީ ސިޔާސަތަށް އަންނާނީ ކޮން ބަދަލުތަކެއް؟

26 އޮކްޓޯބަރު 2026
ކޮންގްރެސްގެ ކޮންޓުރޯލު ޑިމޮކްރެޓުންނަށް ލިބިއްޖެ ނަމަ އެމެރިކާގެ ޚާރިޖީ ސިޔާސަތަށް އަންނާނީ ކޮން ބަދަލުތަކެއް؟
25 އޮކްޓޯބަރު 2026

އެމެރިކާއަށް އީރާނުގެ ހަރުކަށި ރައްދެއް، މުޅި ސަރަހައްދުގައި ހަނގުރާމައިގެ "ސުންގަޑި" ކައިރިވަނީ

25 އޮކްޓޯބަރު 2026
އެމެރިކާއަށް އީރާނުގެ ހަރުކަށި ރައްދެއް، މުޅި ސަރަހައްދުގައި ހަނގުރާމައިގެ "ސުންގަޑި" ކައިރިވަނީ
25 އޮކްޓޯބަރު 2026

"އެއްވެސް ހާލަތެއްގައި ގަލްފަށް އެމެރިކާ ސިފައިންނަކަށް ނުވަދެވޭނެ": އެމެރިކާއަށް އީރާނުގެ އާ އިންޒާރުތަކެއް!

25 އޮކްޓޯބަރު 2026
"އެއްވެސް ހާލަތެއްގައި ގަލްފަށް އެމެރިކާ ސިފައިންނަކަށް ނުވަދެވޭނެ": އެމެރިކާއަށް އީރާނުގެ އާ އިންޒާރުތަކެއް!
25 އޮކްޓޯބަރު 2026

ނަތަންޔާހޫ ހިމެނޭ މައްސަލައިގައި އިސްރާއީލުގެ ބަންދުގައި ހިންގި އަނިޔާތަކާ ގުޅިގެން ފުޅާ ތަހުގީގަކަށް އެދިއްޖެ

25 އޮކްޓޯބަރު 2026
ނަތަންޔާހޫ ހިމެނޭ މައްސަލައިގައި އިސްރާއީލުގެ ބަންދުގައި ހިންގި އަނިޔާތަކާ ގުޅިގެން ފުޅާ ތަހުގީގަކަށް އެދިއްޖެ
25 އޮކްޓޯބަރު 2026

އަލް-ޚަލީލްގެ ހިސާރާއި މަޖުބޫރުން ގެދޮރު ގެއްލުވާލުން: ހުޅަނގު އައްސޭރީގައި 'ނަކްބާ' ތަކުރާރުކުރުމުގެ އިންޒާރެއް

25 އޮކްޓޯބަރު 2026
އަލް-ޚަލީލްގެ ހިސާރާއި މަޖުބޫރުން ގެދޮރު ގެއްލުވާލުން: ހުޅަނގު އައްސޭރީގައި 'ނަކްބާ' ތަކުރާރުކުރުމުގެ އިންޒާރެއް
24 އޮކްޓޯބަރު 2026

ހުޅަނގު އައްސޭރި ފުރަބަންދުކޮށްފި: 15 ރަށަކަށް އިސްރާއީލު ފައުޖުތައް ވަދެގަނެ، އެތައް ބަޔަކު ހައްޔަރުކޮށްފި

24 އޮކްޓޯބަރު 2026
ހުޅަނގު އައްސޭރި ފުރަބަންދުކޮށްފި: 15 ރަށަކަށް އިސްރާއީލު ފައުޖުތައް ވަދެގަނެ، އެތައް ބަޔަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް