Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްތީނުގެ އިންތިޚާބު

20 އަހަރަށްފަހު ފަލަސްތީނުގައި ބާއްވަން އުޅުނު އިންތިޚާބު އަނެއްކާ ވެސް ފަސްކޮށްފި

11 އޮކްޓޯބަރު 2026 | އާދީއްތަ 07:32

ފަލަސްތީނުގެ އިންތިޚާބުތައް 2027 ވަނަ އަހަރަށް ފަސްކުރުމަށް ރައީސް މަޙްމޫދު ޢައްބާސް ނިންމެވީ އިސްރާއީލުގެ ހުރަސްތަކާއި ސަލާމަތީ ހާލަތު ހުރިގޮތުން އިންސާފުވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތުމުން. ނަމަވެސް، ގިނަ ދުވަސްތަކެއް ވަންދެން އިންތިޚާބު ނުބާއްވައި ދިގުދަންމާތީ، ފަލަސްތީނުގެ ރައްޔިތުންނާއި ސިޔާސީ ޕާޓީތަކުން ދަނީ ވެރިކަމުގެ ނިޒާމަށް އިސްލާހީ ބަދަލުތަކެއް ގެނައުމަށް ގޮވާލަމުން

ނިއުސް ޓީމް
ނިއުސް ޓީމް | 11 އޮކްޓޯބަރު 2026 | އާދީއްތަ 07:32
ފަލަސްތީނުގެ ރައީސް މަޙްމޫދު ޢައްބާސް ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަންނަވަނީ

ފަލަސްތީނުގެ ރައީސް މަޙްމޫދު ޢައްބާސް ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަންނަވަނީ | ރޮއިޓަރސް

ގާތްގަނޑަކަށް 20 އަހަރުގެ ތެރޭގައި ފަލަސްތީނުގައި ބާއްވަން އުޅުނު ފުރަތަމަ އިންތިޚާބު، ރައީސް މަޙްމޫދު ޢައްބާސް އަނެއްކާ ވެސް ފަސްކުރައްވައިފި އެވެ. މިކަން އިއުލާންކުރެއްވީ، ފަލަސްތީނުގެ ގާނޫނުހަދާ މަޖިލީހުގެ އިންތިޚާބު އިތުރު އަހަރަކަށް ފަސްކުރުމަށް ނެރުއްވި ގަރާރަކުންނެވެ.

އަންނަ މަހު ބޭއްވުމަށް ތާވަލުކޮށްފައިވާ ގާނޫނުހަދާ މަޖިލީހުގެ އިންތިޚާބާއި ރިޔާސީ އިންތިޚާބު އެއްކޮށްލުމަށްފަހު، 2027 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 11 ވަނަ ދުވަހު ބޭއްވުމަށް މި ގަރާރުގައި ކަނޑައަޅާފައިވާ ކަމަށް، ފަލަސްތީނުގެ ރަސްމީ ނޫސް އޭޖެންސީ، ވަފާއިން ހޮނިހިރު ދުވަހު ބުންޏެވެ. ގިނަ ދުވަސްތަކެއް ވަންދެން އިންތިޒާރުކުރަމުން އައި ގާނޫނުހަދާ މަޖިލީހުގެ އިންތިޚާބު އެންމެ ފުރަތަމަ ތާވަލުކޮށްފައި އޮތީ ނޮވެންބަރު މަހުގެ 28 ވަނަ ދުވަހަށެވެ. އަދި, ރިޔާސީ އިންތިޚާބު ބޭއްވުމަށް އޮތީ 2027 ވަނަ އަހަރުގެ ކުރީކޮޅުގަ އެވެ. މި ގަރާރު ނެރުއްވާފައި ވަނީ އިންތިޚާބު ފަސްކުރުމާ މެދު މަޝްވަރާކުރެއްވުމަށް ފަލަސްތީނުގެ އިސް އޮފިޝަލުންގެ ކޮމިޓީއަކުން ހޮނިހިރު ދުވަހުގެ ހެނދުނު ބައްދަލުކުރެއްވުމަށް ފަހުގަ އެވެ.

Advertisement - worldAdvertisement

ޔަހޫދީ އިސްރާއީލުން އިސްތިއުމާރު ކޮށްފައިވާ އިރުމަތީ ގުދުސްއާއި، ހުޅަނގު އައްސޭރި އަދި ޣައްޒާގެ ހާލަތު އޮތީ އިންތިޚާބެއް ބޭއްވޭ ފަދަ ހާލަތެއްގައި ނޫން ކަމަށް، ޢައްބާސް އިސްކޮށް ހުންނަވާ ޕަލަސްޓައިން ލިބަރޭޝަން އޯގަނައިޒޭޝަންގެ (ޕީއެލްއޯ) އެގްޒެކެޓިވް ކޮމިޓީން ނެރުނު ބަޔާނެއްގައި ބުންޏެވެ. އިންތިޚާބާ ގުޅޭ ތަކެއްޗާއި ބައިނަލްއަގުވާމީ އޮބްޒާވަރުން ޣައްޒާއަށް ވަނުމުގެ ހުއްދަ އިސްރާއީލުން ދީފައި ނުވާކަން އެ ކޮމިޓީން ފާހަގަކުރި އެވެ. އިސްތިއުމާރު ކޮށްފައިވާ ހުޅަނގު އައްސޭރީގައި އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާއި، ޔަހޫދީ ޓެރެރިސްޓު ވަަޒަންވެރިންގެ އާބާދީ ފުޅާކުރުމާއި، ވަޒަންވެރިންގެ އަނިޔާވެރިކަމުގެ ސަބަބުން ނޮވެންބަރު މަހު އިންސާފުވެރި އިންތިޚާބެއް ބޭއްވުމަކީ ދަތި ކަމެއް ކަމަށް ވަފާއިން ރިޕޯޓުކޮށްފައިވެ އެވެ.

ފަލަސްތީނުގެ ޓެކުސް އާމްދަނީ އިސްރާއީލުން ހިފެހެއްޓުމާއި، އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނާއި ބައިނަލްއަގުވާމީ އޮބްޒާވަރުން ޣައްޒާއަށާއި އިސްތިއުމާރު ކޮށްފައިވާ އިރުމަތީ ގުދުސްއަށް ވަނުމަށް އަޅާފައިވާ ހުރަސްތަކަކީ ވެސް އިންތިޚާބު ފަސްކުރި ސަބަބުތަކެއް ކަމަށް އެ އޭޖެންސީން ފާހަގަކުރި އެވެ. ޣައްޒާއަށް ބަލާއިރު، އާރާސްތުކުރުމުގެ މަސައްކަތަށް ކުރިއެރުމެއް ލިބިފައި ނުވުމާއި، ބައިނަލްއަގުވާމީ ސްޓެބިލައިޒޭޝަން ފޯސް ނުވަތަ ސުލްހަ ބަލަހައްޓާ ފައުޖެއް ގާއިމުކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި ނުވުމަކީ ވެސް މި ނިންމުމަށް ބާރުދިން ކަމެއް ކަމަށް އެ ފަރާތުން ބުންޏެވެ.

އިންތިޚާބު ފަސްކުރުމާއެކު، ފަލަސްތީނުގެ ވެރިންނަށް ގޮންޖެހުމެއް ނެތި ދެމިތިބުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. ނަމަވެސް, ފަލަސްތީނުގެ ރައްޔިތުންނާއި ފަންޑުދޭ ގައުމުތަކުގެ މެދުގައި ފަލަސްތީނިއަން އޮތޯރިޓީއަށް (ޕީއޭ) އޮތް އިތުބާރު އިތުރަށް ގެއްލިގެން ދިއުމުގެ ނުރައްކާ އެބައޮތެވެ. ވައުދުވެފައިވާ އިންތިޚާބުތައް ކެންސަލްކުރަން ރާވަމުންދާތީ، ޢައްބާސް އުޅުއްވަނީ "ބައިނަލްއަގުވާމީ މުޖުތަމައުއަށް އޮޅުވާލައްވަން" ކަމަށް، އިސްރާއީލްގެ ޚާރިޖީ ވަޒީރު ގިޑިއަން ސާރް ބުންޏެވެ.

ފަލަސްތީނުގެ ޖަމާއަތްތަކުން، އޭގެ ތެރޭގައި ޢައްބާސްގެ ޕަލަސްޓީނިއަން ނޭޝަނަލް ލިބަރޭޝަން މޫވްމަންޓް ނުވަތަ ފަތަހު ޕާޓީ ހިމެނޭހެން، ގާނޫނުހަދާ މަޖިލީހުގެ އިންތިޚާބުގެ ކުރިން "ޤައުމީ މަޝްވަރާއެއް" ބޭއްވުމަށް އެއްބަސްވެ، އިންތިޚާބު ފަސްކުރަން ބޭނުންވި ކަމަށް މައުލޫމާތު އެނގޭ ފަރާތަކުން އޭއެފްޕީ ނޫސް އޭޖެންސީއަށް މައުލޫމާތު ދެމުން ބުރާސްފަތި ދުވަހު ބުންޏެވެ. ފަލަސްތީނުގެ ސަރަހައްދުތަކުގައި އެންމެ ފަހުން ގާނޫނުހަދާ މަޖިލީހުގެ އިންތިޚާބެއް ބޭއްވީ 2006 ވަނަ އަހަރުގަ އެވެ. އެ އިންތިޚާބުގައި ޕީއޭ ކޮންޓްރޯލްކުރަމުން އައި ފަތަހު ޕާޓީގެ މައްޗަށް ހަމާސްއިން ކުރިހޯދި އެވެ. މި ބައިބައިވުމުގެ ސަބަބުން ޖަމާއަތްތަކުގެ މެދުގައި ހަމަނުޖެހުން އުފެދި، ފަހުން ޣައްޒާގެ ކޮންޓްރޯލް ހަމާސްއިން ނެގި އެވެ.

އުމުރުފުޅުން 90 އަހަރުގެ ޢައްބާސް އެންމެ ފަހުން ރިޔާސީ އިންތިޚާބެއް ކާމިޔާބުކުރެއްވީ 2005 ވަނަ އަހަރުގަ އެވެ. އޭނާގެ ދައުރު 2009 ވަނަ އަހަރު ނިމެން ޖެހުނު ނަމަވެސް، އޭގެ ފަހުން އޭނާ ވެރިކަން ކުރައްވަމުން ގެންދަވަނީ ގަރާރުތަކުގެ މައްޗަށް ބިނާކޮށެވެ. ރިޔާސީ އިންތިޚާބު 2027 ވަނަ އަހަރުގެ ކުރީކޮޅު ބޭއްވުމަށް ގޮވާލައްވައި ޖޫން މަހު އޭނާ ވަނީ ގަރާރެއްގައި ސޮއިކުރައްވާފަ އެވެ.

އިންތިޚާބު ފަސްކުރުމަށް ޢައްބާސް ނިންމެވުމާ ގުޅިގެން ފަލަސްތީނުގެ ރައްޔިތުންގެ މެދުގައި ބޮޑު މާޔޫސްކަމެއް އުފެދިފައިވާ ކަމަށް، ޕަލަސްޓީނިޔަން ނޭޝަނަލް އިނިޝިއޭޓިވް ޕާޓީގެ ސެކްރެޓަރީ ޖެނެރަލް މުސްތަފާ ބަރްޣޫތީ ވިދާޅުވި އެވެ. "މި ވަގުތު ހުރިހާ ބާރެއް ޖަމާވެފައި ވަނީ އެގްޒެކެޓިވް އޮތޯރިޓީގެ އަތްމައްޗަށް،" އޭނާ ވިދާޅުވި އެވެ.

"ގާނޫނުތަކާއި ގަވާއިދުތައް އެކުލަވާލެވޭނެ މިނިވަން ޝަރުއީ ނިޒާމެއް އަދި ގާނޫނުހަދާ މަޖިލީހެއް ވެސް ނެތް،" ކަންބޮޑުވުން ފާޅުކުރައްވަމުން ބަރްޣޫތީ ވިދާޅުވި އެވެ. އަދި, 20 އަހަރު ވަންދެން ފަލަސްތީނުގެ ރައްޔިތުންނަށް އިންތިޚާބެއްގައި ބައިވެރިވުމުގެ ހައްގު ނުދީ ހިފެހެއްޓުމަކީ "މުޅިން ބަލައިގަނެވޭނެ ކަމެއް ނޫން" ކަން އޭނާ ފާހަގަކުރެއްވި އެވެ. "ފަލަސްތީނުގެ ރައްޔިތުންގެ ނަޒަރުން ބަލާއިރު އިސްލާހީ ބޮޑެތި ބަދަލުތަކަކަށް އިންތިހާއަށް ބޭނުންވޭ،" އޭނާ ވިދާޅުވި އެވެ.

މަސްދަރު: އަލް ޖަޒީރާ

ފަލަސްތީނުމަޙްމޫދު އައްބާސްޣައްޒާ

އެންމެ ހިނގާ

1

ކޮންމެ މީހަކުވެސް އެމީހަކު އުފައްދާ ކުނިބުނި އަމިއްލައަށް ސާފުކުރުން ޖެހޭނެ ކަމަށް ބުނެ ޣައްޒާއާ ބެހޭގޮތުން ދެއްކި ވާހަކަތަކަށް، ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރަށް ގިނަ ބައެއްގެ ނުރުހުން!

2

ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރު ޔަހޫދީންގެ ކައިވެނީގެ ހަފުލާއެއްގައި ދުޢާކުރި މަައްސަލަ، މިއީ އަނިޔާ ލިބެމުންދާ ފަލަސްތީނުގެ އަޚުންނާއި އުޚުތުންނަށް ކުރެވޭ ފުރައްސާރައެއް!

3

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގައި ކާފަރުން ދާއިމީކޮށް ވަޒަންވެރިވެ، އެހެން ދީންތަކަށް އުޅުމުގެ މިނިވަންކަން ހޯދުމަށް ހުޅުވޭ ދޮރަކަށް ވެގެން ހިނގައިދާނެ: ޝެއިހް ނިޝާން

4

ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރެމުންދާދިއުމާ މެދު ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި

5

ގަލޮޅު ގެއަކަށް ބަޔަކު ވަދެ ފޭރުނު މައްސަލައެއް!

އިތުރަށް ކިޔާލަން

11 އޮކްޓޯބަރު 2026

"އަހަންނަކީ ޚައިރާތުކުރާ މީހެއް ނޫން" ކަމަށް ބުނެ ޣައްޒާއާ ގުޅޭގޮތުން އަލައްބާރު ދެއްކެވި ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

11 އޮކްޓޯބަރު 2026
"އަހަންނަކީ ޚައިރާތުކުރާ މީހެއް ނޫން" ކަމަށް ބުނެ ޣައްޒާއާ ގުޅޭގޮތުން އަލައްބާރު ދެއްކެވި ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ
10 އޮކްޓޯބަރު 2026

އަނިޔާވެރިކަމަށް ހިތްވަރުލިބޭ އެއްވެސް ވިޔަފާރި ގުޅުމެއް ނުބޭއްވުމަކީ ފަލަސްތީނުގެ ހައްގުގައި ދިވެހިން ދަމަހައްޓަންޖެހޭ ސާބިތު އުސޫލެއް: ޑރ. އިނާޒް

10 އޮކްޓޯބަރު 2026
އަނިޔާވެރިކަމަށް ހިތްވަރުލިބޭ އެއްވެސް ވިޔަފާރި ގުޅުމެއް ނުބޭއްވުމަކީ ފަލަސްތީނުގެ ހައްގުގައި ދިވެހިން ދަމަހައްޓަންޖެހޭ ސާބިތު އުސޫލެއް: ޑރ. އިނާޒް
09 އޮކްޓޯބަރު 2026

ކޮންމެ މީހަކުވެސް އެމީހަކު އުފައްދާ ކުނިބުނި އަމިއްލައަށް ސާފުކުރުން ޖެހޭނެ ކަމަށް ބުނެ ޣައްޒާއާ ބެހޭގޮތުން ދެއްކި ވާހަކަތަކަށް، ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރަށް ގިނަ ބައެއްގެ ނުރުހުން!

09 އޮކްޓޯބަރު 2026
ކޮންމެ މީހަކުވެސް އެމީހަކު އުފައްދާ ކުނިބުނި އަމިއްލައަށް ސާފުކުރުން ޖެހޭނެ ކަމަށް ބުނެ ޣައްޒާއާ ބެހޭގޮތުން ދެއްކި ވާހަކަތަކަށް، ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރަށް ގިނަ ބައެއްގެ ނުރުހުން!
09 އޮކްޓޯބަރު 2026

ޣައްޒާ ޤަތުލުއާންމު "ނަމެއްގައި" ހުއްޓާލި ފަހުން ކޮންމެ 90 މިނެޓަކުން މީހަކު ޝަހީދުކޮށްލާ، ނުވަތަ ޒަޚަމުކޮށްލާ!

09 އޮކްޓޯބަރު 2026
ޣައްޒާ ޤަތުލުއާންމު "ނަމެއްގައި" ހުއްޓާލި ފަހުން ކޮންމެ 90 މިނެޓަކުން މީހަކު ޝަހީދުކޮށްލާ، ނުވަތަ ޒަޚަމުކޮށްލާ!
07 އޮކްޓޯބަރު 2026

ޣައްޒާ ޤަތުލުއާންމަށް 3 އަހަރު: 20،000 އަށްވުރެ ގިނަ ދަރިވަރުންނާއި 1،000 އަށްވުރެ ގިނަ މުދައްރިސުން ޝަހީދުކޮށްލި

07 އޮކްޓޯބަރު 2026
ޣައްޒާ ޤަތުލުއާންމަށް 3 އަހަރު: 20،000 އަށްވުރެ ގިނަ ދަރިވަރުންނާއި 1،000 އަށްވުރެ ގިނަ މުދައްރިސުން ޝަހީދުކޮށްލި
07 އޮކްޓޯބަރު 2026

ޣައްޒާ ޤަތުލުއާންމަށް 3 އަހަރު: ފަނާކޮށްލާފައިވާ ސަހަރެއްގެ ރައްޔިތުން ދިރިއުޅެމުންދާ ނިކަމެތި ހާލު

07 އޮކްޓޯބަރު 2026
ޣައްޒާ ޤަތުލުއާންމަށް 3 އަހަރު: ފަނާކޮށްލާފައިވާ ސަހަރެއްގެ ރައްޔިތުން ދިރިއުޅެމުންދާ ނިކަމެތި ހާލު
06 އޮކްޓޯބަރު 2026

ސީއައިއޭގެ ސިއްރު ދިރާސާ: ބައިބައިވުން އުފެދި އިސްރާއީލް ދާޚިލީ ހަނގުރާމައަކަށް ވެއްޓިދާނެ

06 އޮކްޓޯބަރު 2026
ސީއައިއޭގެ ސިއްރު ދިރާސާ: ބައިބައިވުން އުފެދި އިސްރާއީލް ދާޚިލީ ހަނގުރާމައަކަށް ވެއްޓިދާނެ
05 އޮކްޓޯބަރު 2026

2023 އޮކްޓޫބަރަށްފަހު ހުޅަނގު އައްސޭރީގެ ރައްޔިތުންނަށް 62,916 ހަމަލާދީފައިވޭ: ރިޕޯޓު

05 އޮކްޓޯބަރު 2026
2023 އޮކްޓޫބަރަށްފަހު ހުޅަނގު އައްސޭރީގެ ރައްޔިތުންނަށް 62,916 ހަމަލާދީފައިވޭ: ރިޕޯޓު
05 އޮކްޓޯބަރު 2026

ޣައްޒާ ގަތުލުއާންމު ފެށިފަހުން ފަލަސްތީނުގެ 800 އަށްވުރެ ގިނަ މުދައްރިސުން ޝަހީދުކޮށްލައިފި

05 އޮކްޓޯބަރު 2026
ޣައްޒާ ގަތުލުއާންމު ފެށިފަހުން ފަލަސްތީނުގެ 800 އަށްވުރެ ގިނަ މުދައްރިސުން ޝަހީދުކޮށްލައިފި
03 އޮކްޓޯބަރު 2026

ޣައްޒާއަށް ބޭހާއި ސިއްހީ ސާމާނު އެތެރެކުރަން އިސްރާއީލުން ހުރަސްއަޅާތީ ނުރައްކާތެރި ހާލަތަކަށް ގޮސްދާނެ: ޑަބްލިޔުއެޗްއޯ

03 އޮކްޓޯބަރު 2026
ޣައްޒާއަށް ބޭހާއި ސިއްހީ ސާމާނު އެތެރެކުރަން އިސްރާއީލުން ހުރަސްއަޅާތީ ނުރައްކާތެރި ހާލަތަކަށް ގޮސްދާނެ: ޑަބްލިޔުއެޗްއޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް