Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެތޫފާން

ތޫފާން އޮރްނޮބްގެ ހިތާމައަށް ފަހު، އިތުރު ނުރައްކަލަކާއެކު އާންދްރާ ޕްރަދޭޝް ތޫފާން 'މުރާސު' އަށް ތައްޔާރުވަނީ

2 ނޮވެމްބަރު 2026 | ހޯމަ 06:39

ބާރުގަދަ ތޫފާން 'މުރަސު' އާންދްރާ ޕްރަދޭޝްގެ އައްސޭރިފަށަށް އަރާނެ ކަމަށް ބެލެވޭތީ، ބިންތިރި ސަރަހައްދުތަކުން މީހުން ބަދަލުކުރުމުގެ މަސައްކަތް އެ ސްޓޭޓުގެ ސަރުކާރުން ފަށައިފި. ގަޑިއަކު 110 ކިލޯމީޓަރުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ މި ތޫފާނުގެ ސަބަބުން ކަރަންޓުގެ ޚިދުމަތަށް ބޮޑެތި ބުރޫތަކެއް އަރާނެ ކަމަށް ބެލެވޭތީ، ކަމާބެހޭ އިދާރާތަކުން މިހާރު ވަނީ ތައްޔާރީ ހާލަތަކަށް އައިސްފައި

ނިއުސް ޓީމް
ނިއުސް ޓީމް | 2 ނޮވެމްބަރު 2026 | ހޯމަ 06:39
އިންޑިއާގެ އާންދަރާ ޕްރަދޭޝް ސަރަހައްދަށް އެރި ބާރުގަދަ ތޫފާން އޮރްނޮބްގެ ސަބަބުން ގެއްލުންވި ގެއެއް މަރާމާތުކުރުމަށް އެ ގޭގެ އަހުލުވެރިން މަސައްކަތް ކުރަނީ

އިންޑިއާގެ އާންދަރާ ޕްރަދޭޝް ސަރަހައްދަށް އެރި ބާރުގަދަ ތޫފާން އޮރްނޮބްގެ ސަބަބުން ގެއްލުންވި ގެއެއް މަރާމާތުކުރުމަށް އެ ގޭގެ އަހުލުވެރިން މަސައްކަތް ކުރަނީ | ރޮއިޓަރސް

އިންޑިއާގެ ދެކުނުގެ ސްޓޭޓެއް ކަމަށްވާ އާންދްރާ ޕްރަދޭޝްގެ އައްސޭރިފަށުގެ ސަރަހައްދުތަކާ ދިމާއަށް ބާރުގަދަ ތޫފާން 'މުރާސު' ދަތުރުކުރަމުންދާތީ، އެ ސްޓޭޓުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ފަށައިފި އެވެ. މި ތޫފާން އެއްގަމަށް އަރާނެ ކަމަށް ލަފާކުރެވެނީ ހޯމަ ދުވަހުގެ މެންދަމުގެ ވަގުތެއްގަ އެވެ.

މި އައު ތޫފާން އިންޑިއާގެ އައްސޭރިފަށާ ދިމާއަށް މިސްރާބު ޖަހާފައި މި ވަނީ، އެ ޤައުމުގެ ދެކުނު އައްސޭރިފަށަށް އެރި ތޫފާން 'އޮރްނޮބް' ގެ ސަބަބުން ފަސް މީހުން މަރުވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގަ އެވެ. އިންޑިއާގެ މޫސުމާ ބެހޭ އިދާރާއިން (އައިއެމްޑީ) ހޯމަ ދުވަހު ނެރުނު ރިޕޯޓުގައި ބުނީ، ބާރުގަދަ ތޫފާން މުރާސު ދަތުރުކުރާނެ ކަމަށް ބެލެވެނީ ހުޅަނގު އުތުރަށް ކަމަށެވެ. މިއާއެކު، ހޯމަ ދުވަހުގެ މެންދަމާއި އަންގާރަ ދުވަހުގެ ފަތިހުގެ ވަގުތުތަކާ ދެމެދު، އޮންގޯލު ސަރަހައްދުގެ ކައިރިން ނެލްލޫރާއި ނަރްސާޕޫރާ ދެމެދުގެ އައްސޭރިފަށަށް މި ތޫފާން އަރާނީ ގަޑިއަކު 100 އާއި 110 ކިލޯމީޓަރާ ދެމެދުގެ ބާރު ވަޔާއެކުގައި ކަމަށް ވެސް އެ އިދާރާއިން އިންޒާރުކުރި އެވެ.

Advertisement - worldAdvertisement

ހާލަތު ގޯސްވެދާނެ ކަމަށް ބަލައި، ތޫފާނަށް ފުރިހަމައަށް ތައްޔާރުވެ ތިބުމަށް އާންދްރާ ޕްރަދޭޝްގެ ޗީފް މިނިސްޓަރު ޗަންދްރަބާބޫ ނައިޑޫ ވަނީ ކަމާބެހޭ އޮފިޝަލުންނަށް އިރުޝާދު ދެއްވާފަ އެވެ. ލަފާކުރެވޭ ހިސާބުތަކަށް ބަލާއިރު، ތޫފާނުގެ ސަބަބުން 6،000 އާއި 8،000 އާ ދެމެދުގެ އަދަދަކަށް ކަރަންޓު ދަނޑިތަކަށް ގެއްލުންވެދާނެ ކަމަށާއި، މިއީ ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް އޮތް "ބޮޑު ނުރައްކަލެއް" ކަމަށް ނައިޑޫ ވިދާޅުވި އެވެ.

ހަމަމިއާއެކު، އެ ސަރަހައްދުގެ ޑެޕިއުޓީ ޗީފް މިނިސްޓަރު ޕަވަން ކަލްޔާން ވިދާޅުވީ، މި ތޫފާނުގެ ސަބަބުން ސްޓޭޓުގެ ނެލްލޫރު، ޕްރަކާޝަމް، ބާޕަތުލާ އަދި ކްރިޝްނާ ޑިސްޓްރިކްޓަށް ބޮޑެތި އަސަރުތަކެއް ކުރާނެ ކަމަށެވެ. މީގެ އިތުރުން، ތޫފާނުގެ ނުރައްކާ އޮތް ބިން ތިރި ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރުމަށް ކަމާބެހޭ އިދާރާތަކުން މިހާރު ވަނީ އަމުރުކޮށްފަ އެވެ.

މަސްދަރު: އަނަދޮލު އޭޖެންސީ

އަންދްރާ ޕްރަދޭޝްތޫފާން އަރްނަބްއިންޑިއާ

އެންމެ ހިނގާ

1

ރަސްމާލެ އެއްބަސްވުމުގައި ސޮއިކޮށްފިނަމަ އިސްތިއުފާ ދެއްވާނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވެއްޖެ

2

ރާއްޖެއިން ބޭރަށް ދަތުރުކުރި ދިވެއްސެއްގެ އަތުގައި އޮތް އާއިލާ މެންބަރެއްގެ ބީއެމްއެލް ކާޑު ހިފެހެއްޓި މައްސަލައެއް!

3

ރާއްޖެޓީވީ ހިމެނޭ ގޮތަށް އިތުރު ދެ ޗަނަލަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މީޑިއާ ކޮމިޝަނުން ފަށައިފި

4

ރިސޯޓެއް ހަދަން ނެގި ލޯނާ ގުޅިގެން ފައްޔާޒަށް ތުހުމަތުކޮށް ދެކެވުނު ވާހަކަ ތަކަށް ފައްޔާޒުގެ ރައްދެއް!

5

ދައުލަތުގެ ސިޔާދަތާ ގުޅޭ ކަންކަމުގައި ގޮތް ކަނޑައެޅުމުގެ މެންޑޭޓެއް ސަލަފަކަށް ނެތް: ކުރީގެ އުއްތަމަ ފަނޑިޔާރު

އިތުރަށް ކިޔާލަން

31 އޮކްޓޯބަރު 2026

ހުރްމުޒް ކަނޑުއޮޅީގައި ހަމަލާއެއް އަމާޒުވި އިންޑިއާގެ އުޅަނދަކުން ޒަޚަމުވި ފަޅުވެރިއަކު ސަލާމަތްކޮށްފި

31 އޮކްޓޯބަރު 2026
ހުރްމުޒް ކަނޑުއޮޅީގައި ހަމަލާއެއް އަމާޒުވި އިންޑިއާގެ އުޅަނދަކުން ޒަޚަމުވި ފަޅުވެރިއަކު ސަލާމަތްކޮށްފި
29 އޮކްޓޯބަރު 2026

ތޫފާން އޮރްނޮބްގެ ސަބަބުން އިންޑިއާއިން މަރުވި މީހުންގެ އަދަދު ނުވައަކަށް އަރައި، ކަނޑުމަތީގައި ބޯޓެއް ތާށިވެއްޖެ

29 އޮކްޓޯބަރު 2026
ތޫފާން އޮރްނޮބްގެ ސަބަބުން އިންޑިއާއިން މަރުވި މީހުންގެ އަދަދު ނުވައަކަށް އަރައި، ކަނޑުމަތީގައި ބޯޓެއް ތާށިވެއްޖެ
28 އޮކްޓޯބަރު 2026

ވިލާގަނޑުގައި 150 ކިލޯމީޓަރުގެ ބާރުމިނުގައި އައި ތޫފާން އަރްނަބް އިންޑިޔާއަށް އަރައިފި

28 އޮކްޓޯބަރު 2026
ވިލާގަނޑުގައި 150 ކިލޯމީޓަރުގެ ބާރުމިނުގައި އައި ތޫފާން އަރްނަބް އިންޑިޔާއަށް އަރައިފި
27 އޮކްޓޯބަރު 2026

ރަޝިޔާގެ ތެޔޮ އެތެރެކުރުން މަދުކުރުމަށް އެމެރިކާގެ އެއްވެސް ޕްރެޝަރެއް ނެތް: އިންޑިޔާ

27 އޮކްޓޯބަރު 2026
ރަޝިޔާގެ ތެޔޮ އެތެރެކުރުން މަދުކުރުމަށް އެމެރިކާގެ އެއްވެސް ޕްރެޝަރެއް ނެތް: އިންޑިޔާ
21 އޮކްޓޯބަރު 2026

އިންޑިޔާގެ މުޒާހަރާތަކާ ދެކޮޅަށް "ހާލަތާ ނުބައްދަލު ބާރު" ގެ ބޭނުންކުރުން ހުއްޓާލަން އދ. އިން ގޮވާލައިފި

21 އޮކްޓޯބަރު 2026
އިންޑިޔާގެ މުޒާހަރާތަކާ ދެކޮޅަށް "ހާލަތާ ނުބައްދަލު ބާރު" ގެ ބޭނުންކުރުން ހުއްޓާލަން އދ. އިން ގޮވާލައިފި
14 އޮކްޓޯބަރު 2026

ރާއްޖެއަށް އެހީވުމަށް އިންޑިއާއިން ހަމަޖައްސައިދިން 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވަޕް އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްދިނުމަށް ދިވެހި ސަރުކާރުން އެދިއްޖެ

14 އޮކްޓޯބަރު 2026
ރާއްޖެއަށް އެހީވުމަށް އިންޑިއާއިން ހަމަޖައްސައިދިން 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވަޕް އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްދިނުމަށް ދިވެހި ސަރުކާރުން އެދިއްޖެ
10 އޮކްޓޯބަރު 2026

ދެއްލީގައި ބޭއްވި މުޒާހަރާތަކުގައި 'ކުރަފި' ޕާޓީގެ ބާނީއާއި އެތައް ސަތޭކަ ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް

10 އޮކްޓޯބަރު 2026
ދެއްލީގައި ބޭއްވި މުޒާހަރާތަކުގައި 'ކުރަފި' ޕާޓީގެ ބާނީއާއި އެތައް ސަތޭކަ ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް
04 އޮކްޓޯބަރު 2026

ތެޔޮ ޓޭންކަރަކަށް ދިން ހަމަލާއަކާ ގުޅިގެން އިންޑިޔާގެ ފަސް ރައްޔިތަކު ސަލާމަތްކޮށްފި

04 އޮކްޓޯބަރު 2026
ތެޔޮ ޓޭންކަރަކަށް ދިން ހަމަލާއަކާ ގުޅިގެން އިންޑިޔާގެ ފަސް ރައްޔިތަކު ސަލާމަތްކޮށްފި
30 ސެޕްޓެމްބަރު 2026

ރެޑް ބުލް "އެނާޖީ ޑްރިންކް" އެއްގެ ގޮތުގައި އިޝްތިހާރު ކުރެވިދާނެތޯ ބެލުމަށް ކުރިއަށްދިޔަ ގާނޫނީ ހަނގުރާމައިގެ ހުކުމް އިއްވައިފި

30 ސެޕްޓެމްބަރު 2026
ރެޑް ބުލް "އެނާޖީ ޑްރިންކް" އެއްގެ ގޮތުގައި އިޝްތިހާރު ކުރެވިދާނެތޯ ބެލުމަށް ކުރިއަށްދިޔަ ގާނޫނީ ހަނގުރާމައިގެ ހުކުމް އިއްވައިފި
29 ސެޕްޓެމްބަރު 2026

ދެކުނު އޭޝިޔާގެ ރައްޔިތުންނަށް އެމެރިކާ މީހުން މިހާ ބޮޑަށް ނަފުރަތު ކުރަނީ ކީއްވެ؟

29 ސެޕްޓެމްބަރު 2026
ދެކުނު އޭޝިޔާގެ ރައްޔިތުންނަށް އެމެރިކާ މީހުން މިހާ ބޮޑަށް ނަފުރަތު ކުރަނީ ކީއްވެ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް