Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ-އިންޑިޔާ ގުޅުން

ރަޝިޔާގެ ތެޔޮ އެތެރެކުރުން މަދުކުރުމަށް އެމެރިކާގެ އެއްވެސް ޕްރެޝަރެއް ނެތް: އިންޑިޔާ

27 އޮކްޓޯބަރު 2026 | އަންގާރަ 08:55

ރަޝިޔާގެ ތެލަށް ދޭ ޑިސްކައުންޓުތަކާ ގުޅިގެން އިންޑިޔާއިން އެތެރެކުރާ މިންވަރު ކުރިން އިތުރުވި ނަމަވެސް، މިހާރު ގަލްފުގެ ތެޔޮ އަގުހެޔޮކޮށް ލިބޭތީ މެދުއިރުމަތިން ތެޔޮ ގަންނަ މިންވަރު ވަނީ އަނެއްކާ ވެސް އިތުރުވެފައi. އިންޑިޔާގެ ތެލާ ބެހޭ ވަޒީރު ވިދާޅުވި ގޮތުގައި ތެޔޮ ގަތުމުގައި ބަލަނީ އެ ޤައުމެއްގެ އަމިއްލަ މަސްލަހަތަށާއި ލިބޭ އަގަށް. އެހެންކަމުން، އެތެރޭގެ ޑިމާންޑު ފުއްދުމަށް ޓަކައި އިންޑިޔާގެ ތެޔޮ ސާފުކުރުމުގެ ގާބިލުކަން މިހާރު އަންނަނީ ފުޅާކުރަމުން

ނިއުސް ޓީމް
ނިއުސް ޓީމް | 27 އޮކްޓޯބަރު 2026 | އަންގާރަ 08:55
އިންޑިޔާގެ ތެލާ ބެހޭ ވަޒީރު ހަރްދީޕް ސިންގ ޕޫރީ ރޮއިޓަރސްއަށް ބަސްދީގަތުމެއް ދެއްވަނީ

އިންޑިޔާގެ ތެލާ ބެހޭ ވަޒީރު ހަރްދީޕް ސިންގ ޕޫރީ ރޮއިޓަރސްއަށް ބަސްދީގަތުމެއް ދެއްވަނީ | ރޮއިޓަރސް

ރަޝިޔާއިން އެތެރެކުރާ ސާފުނުކުރާ ތެލުގެ މިންވަރު މަދުކުރުމަށް އެމެރިކާގެ ފަރާތުން އިންޑިޔާއަށް އެއްވެސް ޕްރެޝަރަކާ ކުރިމަތިލާން ޖެހިފައިނުވާ ކަމަށް، އެ ޤައުމުގެ ތެލާ ބެހޭ ވަޒީރު ހަރްދީޕް ސިންގް ޕޫރީ ވިދާޅުވެއްޖެ އެވެ. މި ކަން އޭނާ ހާމަކުރެއްވީ ސިނާއީ ހަރަކާތެއްގެ ތެރެއިން އަންގާރަ ދުވަހު ވާހަކަފުޅު ދައްކަވަމުންނެވެ.

ރަޝިޔާގެ ތެޔޮ އެތެރެކުރާ މިންވަރު މަދުކުރުމަށް އެއްވެސް ފިއްތުމެއް އޮތްތޯ ސުވާލު ދެންނެވުމުން، "އަޅުގަނޑަށް އެ ފަދަ އެއްވެސް ކަމެއް ދުވަހަކު ވެސް އިހުސާސެއް ނުކުރެވޭ،" ޕޫރީ ވިދާޅުވި އެވެ. މިއާއެކު، މެދުއިރުމަތީގެ ސަރަހައްދުން އިތުރު ކާގޯތައް ބޭރުކުރުމުގެ ގާބިލުކަން ލިބިފައިވާތީ، އެ ސަރަހައްދުން ތެޔޮ ފޯރުކޮށްދޭ މިންވަރު އިތުރުވަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

Advertisement - worldAdvertisement

ޔޫކްރެއިން ހަނގުރާމައިގެ ކުރިން އިންޑިޔާއިން އެތެރެކުރާ ތެލުގެ ތެރެއިން ރަޝިޔާއިން ލިބެމުން ދިޔައީ އެންމެ %0.2 ކަމަށާއި، ނަމަވެސް ހަނގުރާމަ ފެށުނު ފަހުން ރަޝިޔާގެ ތެލަށް ދިން ޑިސްކައުންޓުތަކާ ގުޅިގެން އެތެރެކުރާ މިންވަރު ވަރަށް ބޮޑަށް މައްޗަށް ގޮސްފައިވާ ކަން ވަޒީރު ފާހަގަކުރެއްވި އެވެ.

ބޯޓުފަހަރުގެ ދަތުރުތައް ޓްރެކްކުރާ ކުންފުނިތަކުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، ސެޕްޓެންބަރު މަހު އިންޑިޔާއިން މެދުއިރުމަތީގެ ސާފުނުކުރާ ތެޔޮ އެތެރެކުރި މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެ، ހަނގުރާމައިގެ ކުރީގެ މިންވަރަށް އަނބުރާ ގޮސްފަ އެވެ. މިއީ، ޗައިނާގެ ފަރާތުން ކުރިމަތިވި ވަރުގަދަ ވާދަވެރިކަމާ ގުޅިގެން، އިންޑިޔާގެ ތެޔޮ ސާފުކުރާ ކުންފުނިތަކުން ރަޝިޔާގެ ތެޔޮ ގަންނަ މިންވަރު މަދުކުރި ދަނޑިވަޅެއްގަ އެވެ.

ރަޝިޔާގެ ތެޔޮ ގަތުން ގުޅިފައި ވަނީ އެހެން ގްރޭޑްތަކާ އަޅާބަލާއިރު ލިބޭ އަގާއި ޑިސްކައުންޓާ ކަމަށް ވަޒީރު ވިދާޅުވި އެވެ. ހަމަމިއާއެކު، ރަޝިޔާގެ ތެޔޮ އެތެރެކުރާ މިންވަރު ދަށްވެފައި ވަނީ، ތެޔޮ ސާފުކުރާ ފަރާތްތަކުން ޑިސްކައުންޓުގައި ވިއްކާ ގަލްފުގެ ތެޔޮ އިތުރަށް ގަންނަމުންދާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މީހުން ކޮންމެ އެއްޗެކޭ ބުނި ނަމަވެސް ނުވަތަ ކޮންމެ ކަމެއް ކުރި ނަމަވެސް، އެންމެ ފަހުން ކަންކަން ބިނާ ވަނީ އެ ބައެއްގެ އަމިއްލަ މަސްލަހަތުގެ މައްޗަށް،" ޕޫރީ ވިދާޅުވި އެވެ. މީގެ އިތުރުން، އެތެރޭގެ ޑިމާންޑާއި އެކްސްޕޯޓް ކުރުމަށް ވެފައިވާ ވައުދުތައް ފުއްދުމަށް ބާރުއެޅުމުގެ ގޮތުން، އިންޑިޔާއިން ތެޔޮ ސާފުކުރުމުގެ ގާބިލުކަން ފުޅާކުރަމުން އަންނަ ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.

މަސްދަރު: ރޮއިޓަރސް

ރަޝިޔާއިންޑިއާއެމެރިކާހަރްދީޕް ސިންގް ޕޫރީޔޫކްރެއިން ހަނގުރާމަ

އެންމެ ހިނގާ

1

ހެލްތު މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރުންތަކެއް އޮފީސްތެރޭ ނަށާ ވީޑިއޯ އާންމުވެ، ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

2

އަލައްބާރު އެތައް މިލިއަން ޑޮލަރެއް ދިން ކަމަށް ބުނާ "އަބްދުﷲ" އަކީ ކާކު؟

3

ފެނަކައިގެ ކޮރަޕްޝަން މައްސަލައިގައި ދީނާ ޖަލަށްލާން ހުކުމްކޮށްފި، ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކުރަން ދައުލަތުން އިންކާރުކުރޭ!

4

އެމެރިކާއަށް އީރާނުގެ ހަރުކަށި ރައްދެއް، މުޅި ސަރަހައްދުގައި ހަނގުރާމައިގެ "ސުންގަޑި" ކައިރިވަނީ

5

ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިމާއި ޕްރޮޕަޓީ މިލްކުކުރެވޭ ގޮތަށް ގާނޫނެއް ފާސްކުރުމަށް އޭޖީން މަޖިލީހަށް ފޮނުވަން ތައްޔާރުވެއްޖެ

އިތުރަށް ކިޔާލަން

26 އޮކްޓޯބަރު 2026

ޓްރަމްޕްގެ ދެ ދައުރުގެ އެންމެ ދަށް ތާއީދު، އިންތިޚާބުގައި ބަދަލުހިފަން އެމެރިކާގެ ރައްޔިތުން ތައްޔާރުވަނީ

26 އޮކްޓޯބަރު 2026
ޓްރަމްޕްގެ ދެ ދައުރުގެ އެންމެ ދަށް ތާއީދު، އިންތިޚާބުގައި ބަދަލުހިފަން އެމެރިކާގެ ރައްޔިތުން ތައްޔާރުވަނީ
25 އޮކްޓޯބަރު 2026

ބަންދަރު ޢައްބާސް މަތިން އެމެރިކާގެ 'ލޫކަސް' މަރުކާގެ ޑްރޯނެއް އީރާނުން ވައްޓާލައިފި

25 އޮކްޓޯބަރު 2026
ބަންދަރު ޢައްބާސް މަތިން އެމެރިކާގެ 'ލޫކަސް' މަރުކާގެ ޑްރޯނެއް އީރާނުން ވައްޓާލައިފި
24 އޮކްޓޯބަރު 2026

ހަނގުރާމަވެރި ފެކްޝަންތަކުގެ ހަތިޔާރު އަތުލައި، އިރާޤުން އެމެރިކާއާއެކު އިގުތިސާދީ ގުޅުން ބަދަހިކުރުމުގެ އާ މިސްރާބަކަށް

24 އޮކްޓޯބަރު 2026
ހަނގުރާމަވެރި ފެކްޝަންތަކުގެ ހަތިޔާރު އަތުލައި، އިރާޤުން އެމެރިކާއާއެކު އިގުތިސާދީ ގުޅުން ބަދަހިކުރުމުގެ އާ މިސްރާބަކަށް
24 އޮކްޓޯބަރު 2026

ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް އަބޫދާބީގައި ފަށަނީ: ސްޓާލިންކްގެ ހުރަސްތަކާއި ހުޅަނގުގެ ފަސްޖެހުމާ ދެކޮޅަށް ޒެލެންސްކީގެ ހަރުކަށި ބަސްތަކެއް

24 އޮކްޓޯބަރު 2026
ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް އަބޫދާބީގައި ފަށަނީ: ސްޓާލިންކްގެ ހުރަސްތަކާއި ހުޅަނގުގެ ފަސްޖެހުމާ ދެކޮޅަށް ޒެލެންސްކީގެ ހަރުކަށި ބަސްތަކެއް
21 އޮކްޓޯބަރު 2026

އިންޑިޔާގެ މުޒާހަރާތަކާ ދެކޮޅަށް "ހާލަތާ ނުބައްދަލު ބާރު" ގެ ބޭނުންކުރުން ހުއްޓާލަން އދ. އިން ގޮވާލައިފި

21 އޮކްޓޯބަރު 2026
އިންޑިޔާގެ މުޒާހަރާތަކާ ދެކޮޅަށް "ހާލަތާ ނުބައްދަލު ބާރު" ގެ ބޭނުންކުރުން ހުއްޓާލަން އދ. އިން ގޮވާލައިފި
19 އޮކްޓޯބަރު 2026

ޔޫކްރެއިން މައްސަލައިގައި އެމެރިކާއާއި ޗައިނާއާއެކު ސަމިޓެއް ބާއްވަން ޕުޓިން ހުށަހަޅުއްވައިފި

19 އޮކްޓޯބަރު 2026
ޔޫކްރެއިން މައްސަލައިގައި އެމެރިކާއާއި ޗައިނާއާއެކު ސަމިޓެއް ބާއްވަން ޕުޓިން ހުށަހަޅުއްވައިފި
14 އޮކްޓޯބަރު 2026

ރާއްޖެއަށް އެހީވުމަށް އިންޑިއާއިން ހަމަޖައްސައިދިން 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވަޕް އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްދިނުމަށް ދިވެހި ސަރުކާރުން އެދިއްޖެ

14 އޮކްޓޯބަރު 2026
ރާއްޖެއަށް އެހީވުމަށް އިންޑިއާއިން ހަމަޖައްސައިދިން 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވަޕް އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްދިނުމަށް ދިވެހި ސަރުކާރުން އެދިއްޖެ
14 އޮކްޓޯބަރު 2026

އިންތިޚާބުތަކުގެ ކުރިން އީރާނާ ދެކޮޅަށް ބޮޑު އޮޕަރޭޝަނެއް ފަށަން ޓްރަމްޕާއި ނަތަންޔާހޫ ރާވައިފި

14 އޮކްޓޯބަރު 2026
އިންތިޚާބުތަކުގެ ކުރިން އީރާނާ ދެކޮޅަށް ބޮޑު އޮޕަރޭޝަނެއް ފަށަން ޓްރަމްޕާއި ނަތަންޔާހޫ ރާވައިފި
14 އޮކްޓޯބަރު 2026

އިސްލާމްއާބާދު އެއްބަސްވުމަށް އިހުތިރާމުކޮށް އެމެރިކާއާއި އީރާނުން ހަމަލާތައް ހުއްޓާލަން ޖެހޭ: ޒަރްދާރީ

14 އޮކްޓޯބަރު 2026
އިސްލާމްއާބާދު އެއްބަސްވުމަށް އިހުތިރާމުކޮށް އެމެރިކާއާއި އީރާނުން ހަމަލާތައް ހުއްޓާލަން ޖެހޭ: ޒަރްދާރީ
13 އޮކްޓޯބަރު 2026

ޗައިނާއާއި ރަޝިޔާއިން އީރާނަށް އެހީވާކަމަށް ގަަބޫލެއް ނުކުރަން: ޓްރަމްޕް

13 އޮކްޓޯބަރު 2026
ޗައިނާއާއި ރަޝިޔާއިން އީރާނަށް އެހީވާކަމަށް ގަަބޫލެއް ނުކުރަން: ޓްރަމްޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް