ރައްޔިތުންގެ ފައިސާއިން ހިއްކަމުންދާ ރަސްމާލެ "ޔަހޫދީއަކަށް" ދޫކޮށްލަން ނިންމުމަކީ ބޯހިޔާވަހިކަން ބޭނުންވެފައި ތިބި ރައްޔިތުންނަށް ކުރި މަލާމާތެއް: މޮސްޓާ
30 އޮކްޓޯބަރު 2026 | ހުކުރު 09:16ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރަށް ދޭން ނިންމުމަކީ ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ ދިވެހިންނަށް ކުރި މަލާމާތެއް ކަމަށް ކުރީގެ މެންބަރު މޮސްޓާ ވިދާޅުވެއްޖެ. މި ނިންމުމަކީ އިސްރާއީލުގެ މަހުޖަނުންނަށް ރައްކާތެރި މާހައުލެއް ހޯދައިދިނުމަށް ކުރާ ކަމެއް ކަމަށް ތުހުމަތުކުރައްވައި، ދިވެހި ބިމުގެ ދިފާއުގައި ނުކުތުމަށް އޭނާ ގޮވާލެއްވި


ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) | ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ ޓެކްސް ފައިސާއިން ހިއްކަމުންދާ ރަސްމާލެ "ޔަހޫދީއަކަށް" ދޫކޮށްލަން ނިންމި ނިންމުމަކީ ބޯހިޔާވަހިކަން ބޭނުންވެފައި ތިބި ރައްޔިތުންނަށް ކުރި މަލާމާތެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަންފަރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވިދާޅުވެއްޖެ އެވެ.
"ދިވެހީންގެ ބިން ދިވެހީންނަށް" ނަމުގައި ބޭއްވި ކުއްލި ހަރަކާތުގައި ވާހަކަދައްކަވަމުން މޮސްޓާ ވިދާޅުވީ ރަސްމާލެއަކީ ދިވެހި ރައްޔިތުން ދިރިއުޅެން ހިއްކާ ބިމެއް ކަމަށާއި އެ ބިމަކީ ޔަހޫދީންނަށް ރައްކާތެރިކަމާއެކު ދިރިއުޅެވޭނެ ތަނަކަށް ހަދާފައި ދޭން ދިވެހި ރައްޔިތުން ބޭނުންނުވާ ކަމަށެވެ. އަދި އެ ބިމަކީ ޔަހޫދީންގެ ބިމެއް ނޫން ކަމަށް މޮސްޓާ ވިދާޅުވި އެވެ.
މޮސްޓާ ވަނީ ރަސްމާލެއިން ބޮޑު ސަރަހައްދެއް ދީފައިވާ "އީގަލް ހިލްސް" ގެ ވެރިޔާ މުހައްމަދު އަލައްބާރު އަކީ ގައުމުތައް ހަލާކު ކުރަމުންދާ މީހެއް ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން އަލައްބާރުއަކީ ސޯމާލީ ލޭންޑް ހަލާކުކޮށްލި މީހާ ކަމާއި އަދި ޔޫރަޕްގެ އެތައް ގައުމެއް ދަނީ ހަލާކު ކުރަމުން ކަމަށާއި ދިވެހިރާއްޖެއަކަށް ވެސް އަލައްބާރު ހެވެއް ނޭދޭނެ ކަމަށް މޮސްޓާ ވިދާޅުވި އެވެ.
އަޅުގަނޑުމެންނަށްޓަކައޭ ކިޔާފާ އަޅުގަނޑުމެންގެ ފައިސާގައި ނުޖެހި ހިއްކާނަމޭ ބުނި ބިން ދުވާލަކު 1.2 މިލިއަން ޑޮލަރު ދިވެހި ރައްޔިތުންގެ ޓެކްސް ފައިސާއިން މިހާރު ވެސް ހަރަދުކުރަމުން އެ ހިއްކާ ބިން ޔަހޫދީއަކަށް ދޫކޮށްލަން މި ނިންމި ނިންމުމަކީ އަޅުގަނޑުމެންގެ ބޯހިޔާވަހިކަމަށް ތޮއްޖެހިފައިވާ މިވާ މާލޭގެ ބޯހިޔާވަހިކަމަށް މުއިއްޒު ކުރި މަލާމާތެއް ފުރައްސާރައެއްމުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ)
އީރާނުން އިސްރާއީލް ނައްތާލާނެ ކަމަށް ބުނިކަން ފާހަގަކުރައްވާ މޮސްޓާ ވިދާޅުވީ ރަސްމާލެ މަޝްރޫއުގެ މަގުސަދަކީ އިސްރާއީލްގެ މަހުޖަނުން އުޅޭނެ ސޭފް ލޭންޑެއް ހޯދުން ކަމަށެވެ.
މީގެ އިތުރުން، އިސްރާއީލުގެ އާބާދީގެ 70 އިންސައްތައަކީ ޑުއެލް ޕާސްޕޯޓް ގެންގުޅޭ ބައެއް ކަމަށާއި، ރަސްމާލެއަށް އިސްރާއީލު މީހުން އަންނާނީ ޑުއެލް ޕާސްޕޯޓް ހިފައިގެން ކަމަށް މޮސްޓާ ވިދާޅުވި އެވެ. އަދި ރަސްމާލޭގައި އޫރު މަހާއި ރާ ނުވިއްކޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވަނީ ރައްޔިތުންނަށް އޮޅުވާލައްވަން ކަމަށް މޮސްޓާ ވިދާޅުވި އެވެ.
ހަމައެއާއެކު މޮސްޓާ ވަނީ ދިވެހި ބިމުގެ ދިފާއުގައި ނުކުތުމަށް ރައްޔިތުންނަށް ގޮވާލައްވާފަ އެވެ.











