Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަސްމާލެ

ރަސްމާލެއިން ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރު އަށް ކަންކަން ފަހިވާގޮތަށް ގާނޫނުތައް ބަދަލުކުރާނެ: ޝަމާއު

29 އޮކްޓޯބަރު 2026 | ބުރާސްފަތި 12:26

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް އީގަލް ހިލްސް ކުންފުންޏަށް ދީފައިވަނީ އެސްއީޒެޑް ގާނޫނަށް ބަދަލުތަކެއް ގެނެސްގެން ކަމަށް ޝަމާއު ވަނީ ތުހުމަތުކޮށްފައި. މި މަޝްރޫއާ ގުޅޭގޮތުން ސަރުކާރުގެ އެކި ފަރާތްތަކުން ދައްކާ ވާހަކަ ދިމާނުވާކަން ފާހަގަކުރައްވައި، ރަސްމާލެއިން ލިބޭ ފައިދާގެ 10 އިންސައްތަ އަނބުރާ އެ ކުންފުންޏަށް ދޭންޖެހޭ ގޮތަށް އޮތުމަކީ ދައުލަތަށް ގެއްލުންވާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 29 އޮކްޓޯބަރު 2026 | ބުރާސްފަތި 12:26
އެމްޑީޕީގެ ޕަބްލިކް ޕްރޮޓެކްޝަން ކޮމިޓީގެ ނައިބު މުގައްރިރު ޝަމާއު ޝަރީފް

އެމްޑީޕީގެ ޕަބްލިކް ޕްރޮޓެކްޝަން ކޮމިޓީގެ ނައިބު މުގައްރިރު ޝަމާއު ޝަރީފް | ރާއްޖެ އެމްވީ

ރަސްމާލެއިން ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު އަށް ކަންކަން ފަހިވާގޮތަށް ގާނޫނުތައް ބަދަލުކުރާނެ ކަމަށް އެމްޑީޕީގެ ޕަބްލިކް ޕްރޮޓެކްޝަން ކޮމިޓީގެ ނައިބު މުގައްރިރު ޝަމާއު ޝަރީފް ވިދާޅުވެއްޖެ އެވެ. 

ރާއްޖެޓީވީން ގެނެސްދޭ "ދިވެހީންގެ ބިން ދިވެހީންނަށް" ކަވަރޭޖްގައި ވާހަކަދައްކަވަމުން ޝަމާއު ވަނީ ރައްޔިތުންގެ ފައިސާއިން 700 މިލިއަން ހަރަދުކޮށްގެން ހިއްކިތަނުގެ ބޮޑު ބައި އަލައްބާރު އަށް ދީފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ރަސްމާލެ ދީފައިވަނީ އަގަކާއި ނުލާ ކަމަށް ޝަމާއު ވިދާޅުވި އެވެ. 

Advertisement - newsAdvertisement

އެގޮތުން، އެތަނަށް މިހާރު ރާއްޖޭގައި އޮތް އާންމު ގާނޫނު ނުހިނގާނެ ކަމަށް ވެސް ޝަމާއު ވިދާޅުވި އެވެ. އަދި އެސްއީޒެޑްގެ ގާނޫނަށް ބަދަލު ގެންނަކަން ފާހަގަކުރައްވާ ޝަމާއު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން އަލައްބާރު އަށް ފަހިވާގޮތަށް ގާނޫނުތައް ބަދަލުކުރާނެ ކަމަށެވެ. 

ހަމައެއާއެކު، ޝަމާއު ވަނީ ސަރުކާރުގެ އެކި ފަރާތްތަކުންނާއި އީގަލް ހިލްސް އިން ދައްކާ ވާހަކައާ ދިމާނުވާ ކަމަށް ވިދާޅުވެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. 

އެތަނުގައި އެ އަޅާ އިމާރާތެއް ވިޔަސް އެތަނެއް ވިއްކާއިގެން ލިބޭ ފައިސާގެ 10 ޕަސަންޓް ލިބޭނެ އޭ އެއްބޭފުޅަކު ވިދާޅުވީ ދެން އަނެއްކާ އަޅުގަނޑުމެންނަށް މީޑިއާއިން ފެނުނު އެހެން ބޭފުޅެއްގެ އިންޓަވިއު އޭގައި ވިދާޅުވަނީ މިހާރު އެމީހުން ހުޅުމާލޭގައި ރައްޔިތުންގެ ބޯހިޔާވަހިކަމަށް 5000 ފްލެޓެއް އަޅާ ވާހަކައޭ، ދެން އަނެއްކާ އެހެން ބޭފުޅެއް މަގާމުތަކުގައި ތިއްބެވި ހަމަ ބޮޑެތި ހައިސިއްޔަތު ތިއްބެވި ބޭފުޅުން މި ވިދާޅުވަނީ މިހާރު އެ 10 ޕަސަންޓް ބޭނުން ކުރާނީ މިތަނުގެ ޑައުންޕޭމަންޓް މިތަން ކުރަން އެކުރާ ހަރަދަށޭ 
ޝަމާއު ޝަރީފް 

ޝަމާއު ވިދާޅުވީ އީގަލް ހިލްސް އިން ހުޅުމާލޭގައި ތަރައްގީ ކުރާ ހައުސިންގ ޔުނިޓުތަކަކީ ރަސްމާލޭގައި ތަރައްގީ ކުރާ އިމާރަތްތަކުގެ ކުރެހުންތައް ވިއްކައިގެން އަޅާ ތަނެއް ކަމަށާއި މީގެ ބަދަލެއްގެ ގޮތުން ދައުލަތަށް ލިބޭނެ ކަމަށް ބުނާ 10 އިންސައްތަ ފައިދާ އީގަލް ހިލްސްއަށް ދައްކަން ޖެހޭނެ ކަމަށެވެ. އަދި ރަސްމާލޭގެ އިމާރަތްތައް ވިއްކަނީ ޕްރީ އޯޑަރ ނަގާ އުސޫލުން ކަމަށް ޝަމާއު ވިދާޅުވި އެވެ. 

މުޅި ދިވެހި ރައްޔިތުންގެ ނަމުގައި ރައްޔިތުންނަށް މިލިބޭ އެއްކަލަ 10 ޕަސަންޓް ނުލިބެޔޭ އޭތި އަނބުރާ ދޭން ޖެހޭނީ އަލައްބާރު އަށް އެއީ ހުޅުމާލޭގައި އެ އަޅަނީ އޭނަ އޭނަ އަކީ ކޮންޓްރެކްޓަރު އަނެއްހެން ބުނަންޏާ އޭނަ އެ ދެނީ ލޯނެއް. ލޯނެއް ގޮތަށް ތަނެއް އެ ހަދައިދެނީ 
ޝަމާއު ޝަރީފް 

މީގެ އިތުރުން، ޝަމާއު ވަނީ ރަސްމާލެ ކުއްޔަށް ދެނީ ނޫން ކަމަށާއި ރަސްމާލެ ވިއްކަނީ ކަމަށް ވިދާޅުވެފަ އެވެ. 

އީގަލް ހިލްސްރަސްމާލެޝަމާއު ޝަރީފް

އެންމެ ހިނގާ

1

އަލައްބާރުގެ ވާހަކަތަކުން ފަޅާއެރި ސިއްރު: އެތައް މިލިއަން ޑޮލަރެއް ދިޔައީ ކޮން އަބްދުﷲ އަކަށް؟

2

ފެނަކައިގެ ކޮރަޕްޝަން މައްސަލައިގައި ދީނާ ޖަލަށްލާން ހުކުމްކޮށްފި، ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކުރަން ދައުލަތުން އިންކާރުކުރޭ!

3

އަލައްބާރު އެތައް މިލިއަން ޑޮލަރެއް ދިން ކަމަށް ބުނާ "އަބްދުﷲ" އަކީ ކާކު؟

4

19 އަހަރުގެ ވެރިކަމަށް ފަހު ޔަހޫދީ ނަތަންޔާހޫގެ ސިޔާސީ ހަޔާތް ނިމުމަކަށް އަންނަނީތަ؟

5

އިންތިޚާބަށްފަހު އީރާނާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަން ޓްރަމްޕް ގަލްފުގެ ޤައުމުތަކަށް އަންގަވައިފި

އިތުރަށް ކިޔާލަން

29 އޮކްޓޯބަރު 2026

ރަސްމާލެ ހިއްކަނީ ރައްޔިތުންގެ ފައިސާއިން 700 މިލިއަނަށް ވުރެ ގިނަ ޑޮލަރު ހޭދަކޮށްގެން، އެކަމަކު އީގަލް ހިލްސްއަށް ދެނީ ހިލޭ: ރައީސް ސޯލިހު

29 އޮކްޓޯބަރު 2026
ރަސްމާލެ ހިއްކަނީ ރައްޔިތުންގެ ފައިސާއިން 700 މިލިއަނަށް ވުރެ ގިނަ ޑޮލަރު ހޭދަކޮށްގެން، އެކަމަކު އީގަލް ހިލްސްއަށް ދެނީ ހިލޭ: ރައީސް ސޯލިހު
29 އޮކްޓޯބަރު 2026

ބޭރުގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި 8 ޝަރުތެއް ކަނޑައެޅުމަށްފަހު، ރަސްމާލެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ސަލަފުން ތާއީދުކޮށްފި

29 އޮކްޓޯބަރު 2026
ބޭރުގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި 8 ޝަރުތެއް ކަނޑައެޅުމަށްފަހު، ރަސްމާލެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ސަލަފުން ތާއީދުކޮށްފި
28 އޮކްޓޯބަރު 2026

މުލިއާގެ އިން ދިން އިންޒާރާއެކު ސަރުކާރުގެ ގިނަ މެންބަރުން ނޫސްވެރިންނަށް ފިއްލަވައިފި، އެއްބަސްވުން އެހާ ރަނގަޅިއްޔާ ޖަވާބުނުދެއްވީ ކީއްވެ؟

28 އޮކްޓޯބަރު 2026
މުލިއާގެ އިން ދިން އިންޒާރާއެކު ސަރުކާރުގެ ގިނަ މެންބަރުން ނޫސްވެރިންނަށް ފިއްލަވައިފި، އެއްބަސްވުން އެހާ ރަނގަޅިއްޔާ ޖަވާބުނުދެއްވީ ކީއްވެ؟
28 އޮކްޓޯބަރު 2026

އުއްތަމަ ފަނޑިޔާރު، ވަޒީރުން އަދި ކައުންސިލްތަކުގެ މުސާރަ ބޮޑުކުރަނީ ރަސްމާލެ މަޝްރޫއަށް ނުފޫޒުފޯރުވަން: މެންބަރު މީކާއިލް

28 އޮކްޓޯބަރު 2026
އުއްތަމަ ފަނޑިޔާރު، ވަޒީރުން އަދި ކައުންސިލްތަކުގެ މުސާރަ ބޮޑުކުރަނީ ރަސްމާލެ މަޝްރޫއަށް ނުފޫޒުފޯރުވަން: މެންބަރު މީކާއިލް
28 އޮކްޓޯބަރު 2026

މަޖިލީހުގެ ސުޕަރ މެޖޯރިޓީގައި ރަސްކަމެއް ނެތި ރަސްކަލަކަށް

28 އޮކްޓޯބަރު 2026
މަޖިލީހުގެ ސުޕަރ މެޖޯރިޓީގައި ރަސްކަމެއް ނެތި ރަސްކަލަކަށް
27 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫއާ ގުޅިގެން ރައްޔިތުންނަށް އޮޅުވާނުލުމަށް މާލީ ތަޖުރިބާކާރު ޒަރިޔަންދު، ރައީސްއަށް އަދި ކަމާބެހޭ ވަޒީރުންނަށް ގޮވާލައްވައިފި

27 އޮކްޓޯބަރު 2026
ރަސްމާލެ މަޝްރޫއާ ގުޅިގެން ރައްޔިތުންނަށް އޮޅުވާނުލުމަށް މާލީ ތަޖުރިބާކާރު ޒަރިޔަންދު، ރައީސްއަށް އަދި ކަމާބެހޭ ވަޒީރުންނަށް ގޮވާލައްވައިފި
27 އޮކްޓޯބަރު 2026

ރަސްމާލޭގެ މައްސަލައިގައި ރިފަރެންޑަމަކަށް ގޮވާލައި އަންނަ މަހު 6 ގައި ބޮޑު އެއްވުމެއް ބާއްވަނީ!

27 އޮކްޓޯބަރު 2026
ރަސްމާލޭގެ މައްސަލައިގައި ރިފަރެންޑަމަކަށް ގޮވާލައި އަންނަ މަހު 6 ގައި ބޮޑު އެއްވުމެއް ބާއްވަނީ!
27 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫއާ ގުޅިގެން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓަކަށް ދިއުމަށް ޝެއިޚް އިމްރާން ގޮވާލައްވައިފި

27 އޮކްޓޯބަރު 2026
ރަސްމާލެ މަޝްރޫއާ ގުޅިގެން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓަކަށް ދިއުމަށް ޝެއިޚް އިމްރާން ގޮވާލައްވައިފި
27 އޮކްޓޯބަރު 2026

އަޅުގަނޑުމެން މިއަދު މިކުރާ ކަންކަން ކޮންމެހެން އާންމު ރައްޔިތުންނަށް އެނގޭކަށް ނުޖެހޭ: މެންބަރު ފަޒީލް

27 އޮކްޓޯބަރު 2026
އަޅުގަނޑުމެން މިއަދު މިކުރާ ކަންކަން ކޮންމެހެން އާންމު ރައްޔިތުންނަށް އެނގޭކަށް ނުޖެހޭ: މެންބަރު ފަޒީލް
27 އޮކްޓޯބަރު 2026

އަލައްބާރުގެ ވާހަކަތަކުން ފަޅާއެރި ސިއްރު: އެތައް މިލިއަން ޑޮލަރެއް ދިޔައީ ކޮން އަބްދުﷲ އަކަށް؟

27 އޮކްޓޯބަރު 2026
އަލައްބާރުގެ ވާހަކަތަކުން ފަޅާއެރި ސިއްރު: އެތައް މިލިއަން ޑޮލަރެއް ދިޔައީ ކޮން އަބްދުﷲ އަކަށް؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް