Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަސްމާލެ

ކަނޑުން ގޯތިދިނޭ ކިޔައިގެން ވެރިކަމަށް އައިސް ރައްޔިތުން ޑޮލަރަށް ޖެހިފައި ތިއްބައި ކަނޑަށް އެ އަޅާލީ 700 މިލިއަން ޑޮލަރު: މީކާއިލް

30 އޮކްޓޯބަރު 2026 | ހުކުރު 06:58

ރާއްޖެއަށް ޑޮލަރުގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި، ތަރައްޤީގެ އެހެން މަޝްރޫއުތައް ހުއްޓާލުމަށްފަހު ރަސްމާލެ ހިއްކުމަށް 700 މިލިއަން ޑޮލަރު ހޭދަކުރުމަކީ ރައްޔިތުންގެ ފައިސާ އިސްރާފުކުރުން ކަމަށް މީކާއީލް އަހުމަދު ނަސީމް ވިދާޅުވެއްޖެ. މީގެ އިތުރުން ޑޮލަރުގެ ރޭޓު އިންތިހާއަށް މަތިވަމުންދާއިރު، އެކަމާ ގުޅޭގޮތުން ވާހަކަދެއްކުން ހުއްޓުވުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަން އޭނާ ފާހަގަކުރެއްވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 30 އޮކްޓޯބަރު 2026 | ހުކުރު 06:58

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް | ރާއްޖެ ޓީވީ

ސަރުކާރުން ރަސްމާލެ މަޝްރޫއަށް 700 މިލިއަން ޑޮލަރު ހޭދަކޮށްގެން ރައްޔިތުންގެ ފައިސާ އިސްރާފު ކޮށްފައިވާކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މީކާއިލް ވިދާޅުވީ ދިވެހިންނަށް ޑޮލަރުގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައި އޮތްއިރު ސަރުކާރުން ކަންކުރާގޮތް ބަލަންޖެހޭ ކަމަށެވެ.

Advertisement - newsAdvertisement

މެންބަރު ވިދާޅުވީ ސަރުކާރުން އެއްވެސް ޕީއެސްއައިޕީ މަޝްރޫއެއް ނުހިންގާ ކަމަށެވެ. އާންމު ގޮތެއްގައި ޕީއެސްއައިޕީ މަޝްރޫއުތައް ހިންގާނަމަ އެ ޑޮލަރު ކޮންމެ ވެސް ގޮތަކަށް ރައްޔިތުންނާ ހަމައަށް ފޯރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެއްވެސް މަޝްރޫއެއް ނުހިންގާ ސަރުކާރުން 700 މިލިއަން ޑޮލަރު ހޭދަކޮށްލީ ރަސްމާލެ މަޝްރޫއަށް ކަމަށް މީކާއިލް ފާހަގަކުރެއްވި އެވެ.

މީކާއިލް ވިދާޅުވީ މިއީ ޑޮލަރަށް ޖެހިފައި އޮތް ޤައުމަކުން ކުރަންޖެހޭ ކަމެއް ނޫން ކަމަށެވެ. މިއަށް ކިޔަނީ ނުފޯރާ ފޮތިން ފޫގެޅުން ކަމަށް އޭނާ ވިދާޅުވި އެވެ.

މި ސަރުކާރުން ނިމިދިޔަ ސަރުކާރަށް ފާޑުކިޔުމަށް ދައްކާ ވާހަކައަކީ ކަނޑުން ގޯތިދިން ވާހަކަ ކަމަށް މީކާއިލް ވިދާޅުވި އެވެ. ނަމަވެސް އެ ވާހަކަ ދައްކަމުން ވެރިކަމަށް އައިސް މި ސަރުކާރުން މި ކުރި ކަމަކީ 700 މިލިއަން ޑޮލަރު ކަނޑަށް އަޅާ ހުސްކޮށްލުން ކަމަށް އޭނާ ވިދާޅުވި އެވެ.

މީކާއިލް ވަނީ މިއަދު ޑޮލަރުގެ ރޭޓު 23 ގައި ހުރިކަން ވެސް ފާހަގަކުރައްވާފަ އެވެ. ނުވިތާކަށް އެ ވާހަކަ ދެއްކުން ވެސް މަނާކުރުމަށް ބާރުގެ ބޭނުންކޮށްގެން އެކި ޤާނޫނުތައް ހަދަމުންދާ ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.

ރާއްޖޭގައި ޑޮލަރުގެ ދަތިކަން އިތުރުވަމުންދާއިރު ސަރުކާރުން ބޮޑެތި މަޝްރޫއުތަކަށް ހޭދަކުރާ ގޮތާމެދު ވަނީ ފާޑުކިޔުންތައް އިތުރުވެފަ އެވެ.

މީކާއިލް އަހުމަދު ނަސީމްރަސްމާލެ

އެންމެ ހިނގާ

1

އަލައްބާރުގެ ވާހަކަތަކުން ފަޅާއެރި ސިއްރު: އެތައް މިލިއަން ޑޮލަރެއް ދިޔައީ ކޮން އަބްދުﷲ އަކަށް؟

2

އިންތިޚާބަށްފަހު އީރާނާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަން ޓްރަމްޕް ގަލްފުގެ ޤައުމުތަކަށް އަންގަވައިފި

3

ގޭސް ހޮޅިތަކުގެ ތެރެއިން ވަދެ ރަޝިޔާ ސިފައިން ވަށައިލައި، ޔޫކްރެއިނުން ކުއްލި ހަމަލާތަކެއް ދީފި

4

ކުށްވެރިއެއް ނޫންކަމަށް ކަނޑައެޅީ ޖަލު ހުކުމް ތަންފީޒުކޮށް ނިމުނު ދުވަހު، ހުކުމް ކުރުމާއެކު ވަގުތުން ފެށީ ރޯން

5

ޑިގްރީ ނިންމާފައި ގްރެޖުއޭޝަނަށް ފައިސާ ދެއްކި ފަހުން އެންގީ ގްރެޖުއޭޓް ނުވެވެނީ "ނަސީބު ދެރަކަމުން" ކަމަށް!

އިތުރަށް ކިޔާލަން

29 އޮކްޓޯބަރު 2026

އީގަލް ހިލްސްގެ ފަރާތުން ރަސްމާލޭގައި ހިންގުމަށް ރާވާފައިވާ މަޝްރޫއުގެ ފުރިހަމަ މައުލޫމާތު ދިވެހި ރައްޔިތުންނަށް ހިއްސާކުރޭ: ފައިސަލް އާއި އާޒިމް

29 އޮކްޓޯބަރު 2026
އީގަލް ހިލްސްގެ ފަރާތުން ރަސްމާލޭގައި ހިންގުމަށް ރާވާފައިވާ މަޝްރޫއުގެ ފުރިހަމަ މައުލޫމާތު ދިވެހި ރައްޔިތުންނަށް ހިއްސާކުރޭ: ފައިސަލް އާއި އާޒިމް
29 އޮކްޓޯބަރު 2026

ރަސްމާލެއިން ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރު އަށް ކަންކަން ފަހިވާގޮތަށް ގާނޫނުތައް ބަދަލުކުރާނެ: ޝަމާއު

29 އޮކްޓޯބަރު 2026
ރަސްމާލެއިން ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރު އަށް ކަންކަން ފަހިވާގޮތަށް ގާނޫނުތައް ބަދަލުކުރާނެ: ޝަމާއު
29 އޮކްޓޯބަރު 2026

ރަސްމާލެ ހިއްކަނީ ރައްޔިތުންގެ ފައިސާއިން 700 މިލިއަނަށް ވުރެ ގިނަ ޑޮލަރު ހޭދަކޮށްގެން، އެކަމަކު އީގަލް ހިލްސްއަށް ދެނީ ހިލޭ: ރައީސް ސޯލިހު

29 އޮކްޓޯބަރު 2026
ރަސްމާލެ ހިއްކަނީ ރައްޔިތުންގެ ފައިސާއިން 700 މިލިއަނަށް ވުރެ ގިނަ ޑޮލަރު ހޭދަކޮށްގެން، އެކަމަކު އީގަލް ހިލްސްއަށް ދެނީ ހިލޭ: ރައީސް ސޯލިހު
29 އޮކްޓޯބަރު 2026

ބޭރުގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި 8 ޝަރުތެއް ކަނޑައެޅުމަށްފަހު، ރަސްމާލެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ސަލަފުން ތާއީދުކޮށްފި

29 އޮކްޓޯބަރު 2026
ބޭރުގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި 8 ޝަރުތެއް ކަނޑައެޅުމަށްފަހު، ރަސްމާލެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ސަލަފުން ތާއީދުކޮށްފި
28 އޮކްޓޯބަރު 2026

މުލިއާގެ އިން ދިން އިންޒާރާއެކު ސަރުކާރުގެ ގިނަ މެންބަރުން ނޫސްވެރިންނަށް ފިއްލަވައިފި، އެއްބަސްވުން އެހާ ރަނގަޅިއްޔާ ޖަވާބުނުދެއްވީ ކީއްވެ؟

28 އޮކްޓޯބަރު 2026
މުލިއާގެ އިން ދިން އިންޒާރާއެކު ސަރުކާރުގެ ގިނަ މެންބަރުން ނޫސްވެރިންނަށް ފިއްލަވައިފި، އެއްބަސްވުން އެހާ ރަނގަޅިއްޔާ ޖަވާބުނުދެއްވީ ކީއްވެ؟
28 އޮކްޓޯބަރު 2026

އުއްތަމަ ފަނޑިޔާރު، ވަޒީރުން އަދި ކައުންސިލްތަކުގެ މުސާރަ ބޮޑުކުރަނީ ރަސްމާލެ މަޝްރޫއަށް ނުފޫޒުފޯރުވަން: މެންބަރު މީކާއިލް

28 އޮކްޓޯބަރު 2026
އުއްތަމަ ފަނޑިޔާރު، ވަޒީރުން އަދި ކައުންސިލްތަކުގެ މުސާރަ ބޮޑުކުރަނީ ރަސްމާލެ މަޝްރޫއަށް ނުފޫޒުފޯރުވަން: މެންބަރު މީކާއިލް
27 އޮކްޓޯބަރު 2026

ރަސްމާލޭގެ މައްސަލައިގައި ރިފަރެންޑަމަކަށް ގޮވާލައި އަންނަ މަހު 6 ގައި ބޮޑު އެއްވުމެއް ބާއްވަނީ!

27 އޮކްޓޯބަރު 2026
ރަސްމާލޭގެ މައްސަލައިގައި ރިފަރެންޑަމަކަށް ގޮވާލައި އަންނަ މަހު 6 ގައި ބޮޑު އެއްވުމެއް ބާއްވަނީ!
27 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫއާ ގުޅިގެން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓަކަށް ދިއުމަށް ޝެއިޚް އިމްރާން ގޮވާލައްވައިފި

27 އޮކްޓޯބަރު 2026
ރަސްމާލެ މަޝްރޫއާ ގުޅިގެން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓަކަށް ދިއުމަށް ޝެއިޚް އިމްރާން ގޮވާލައްވައިފި
27 އޮކްޓޯބަރު 2026

އަޅުގަނޑުމެން މިއަދު މިކުރާ ކަންކަން ކޮންމެހެން އާންމު ރައްޔިތުންނަށް އެނގޭކަށް ނުޖެހޭ: މެންބަރު ފަޒީލް

27 އޮކްޓޯބަރު 2026
އަޅުގަނޑުމެން މިއަދު މިކުރާ ކަންކަން ކޮންމެހެން އާންމު ރައްޔިތުންނަށް އެނގޭކަށް ނުޖެހޭ: މެންބަރު ފަޒީލް
27 އޮކްޓޯބަރު 2026

އަލައްބާރުގެ ވާހަކަތަކުން ފަޅާއެރި ސިއްރު: އެތައް މިލިއަން ޑޮލަރެއް ދިޔައީ ކޮން އަބްދުﷲ އަކަށް؟

27 އޮކްޓޯބަރު 2026
އަލައްބާރުގެ ވާހަކަތަކުން ފަޅާއެރި ސިއްރު: އެތައް މިލިއަން ޑޮލަރެއް ދިޔައީ ކޮން އަބްދުﷲ އަކަށް؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް