Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަސްމާލެ

މިއީ ގައުމީ އަބްތާލުންގެ ލެއިން ގުރުބާންވެގެން ދިފާއުކޮށްފައިވާ ބިމެއް، މި ބިމުން ޣައިރު ދީންތަކުގެ މީހުންނަށް ވެލިފުކެއްގެ މިންވަރު ވެސް ދޫނުކުރެވޭނެ: އަލީ ހުސެއިން

30 އޮކްޓޯބަރު 2026 | ހުކުރު 07:14

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ފަރާތްތަކަށް ބިން ދޫކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ، ގައުމީ އަބްތާލުންގެ ލެއިން ދިފާއުކުރި މި ފަސްގަނޑުން ޒަޔަނިސްޓުންނަށް ޖާގަ ނުދިނުމަށް އަލީ ހުސައިން ވަނީ ގޮވާލައްވާފައި. ރާއްޖޭގައި ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ އެތައް އާއިލާއެއް ތިއްބައި ބޭރުގެ ފަރާތްތަކަށް ބިން ދިނުމަކީ ގައުމަށް ވެވޭ ޚިޔާނާތެއް ކަމަށާއި އިސްލާމީ އުސޫލުތަކާ ޚިލާފު މިފަދަ ކަންކަން ނުކުރުމަށް އޭނާ ރައީސް އަށް އިލްތިމާސްކުރެއްވި

އަމްނާ އިމާދު
އަމްނާ އިމާދު | 30 އޮކްޓޯބަރު 2026 | ހުކުރު 07:14
"ދިވެހީންގެ ބިން ދިވެހީންނަށް" ނަމުގައި ބޭއްވި ކުއްލި ހަރަކާތުގައި ގާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސެއިން ވާހަކަ ދައްކަވަނީ

"ދިވެހީންގެ ބިން ދިވެހީންނަށް" ނަމުގައި ބޭއްވި ކުއްލި ހަރަކާތުގައި ގާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސެއިން ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ

ދިވެހިރާއްޖޭގެ ބިމަކީ ގައުމީ އަބްތާލުންގެ ލެއިން ގުރުބާންވެގެން ދިފާއުކޮށްފައިވާ ބިމެއް ކަމަށާއި، މި ފަސްގަނޑުން ޒަޔަނިސްޓުންނަށާއި ޣައިރު ދީންތަކުގެ މީހުންނަށް ވެލިފުކެއްގެ މިންވަރު ވެސް ދޫނުކުރެވޭނެ ކަމަށް ގާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.

"ދިވެހީންގެ ބިން ދިވެހީންނަށް" ނަމުގައި ބޭއްވި ކުއްލި ހަރަކާތުގައި ވާހަކަދައްކަވަމުން އަލީ ހުސައިން ވިދާޅުވީ، ދިވެހި ފަސްގަނޑަކީ އަލިރަސްގެފާނާއި ކަލާފާނާއި އަލީ ޚަތީބު ތަކުރުފާނު އަދި ޝަހީދު ހުސައިން އާދަމް ފަދަ އެތައް އަބްތާލުންނެއްގެ ލޭ އޮހޮރުވާލައިގެން ދަމަހައްޓާފައިވާ ގައުމެއް ކަމަށެވެ. އަދި ދިވެހިންގެ ނާރުތަކުގައި ހިނގަނީ ބޮޑުތަކުރުފާނާއި ދޮންބަންޑާރައިންގެ ލޭ ކަމަށާއި، ދިވެހި ރައްޔިތުން ތިބީ ނިދާފައި ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

Advertisement - newsAdvertisement
އަޅުގަނޑުމެންނަކީ ބޮޑުތަކުރުފާނުގެ ލޭ ހިނގާ ދިވެހި ދަރީން. އަޅުގަނޑުމެންނަކީ ދޮންބަންޑާރައިގެ ލޭ ހިނގާ ދިވެހި ދަރީން. އަޅުގަނޑުމެންގެ ނާރުތަކުގައި ހިނގަނީ ސީދާ ދިވެހި ލޭ. އެ ދިވެހި ލޭ ހިނގާހާ ހިނދަކު އަޅުގަނޑުމެންނަކަށް ޒަޔަނިސްޓުންނަކަށް އަދި ޣައިރު ދީނުގެ މީހުންނަކަށް މި ބިމުން ހަމަ ހަޤީޤަތުގައި ވެސް ވެލިފުކެއްގެ މިންވަރު ވެސް ދޫކުރާކަށް ނޫން މި ތިބީ
އަލީ ހުސެއިން 

ރަސްމާލެ މަޝްރޫއަށް އިޝާރާތްކުރައްވައި އަލީ ހުސައިން ވިދާޅުވީ، މާލޭގައި ބޯހިޔާވަހިކަމަށް އިންތިހާއަށް ބޭނުންވެފައިވާ 58،000 އާއިލާ ގޯއްޗާއި ބޯހިޔާވަހިކަމަށް އެދި ތިއްބައި، އެ ބިންތައް ބޭރު ބަޔަކަށް ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، ވެރިކަމާ ހަވާލުވެވަޑައިގެންނެވީ އިސްލާމްދީނުގެ ދިފާއުގައި މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެ ކަމުގައި ވިޔަސް، ސައްތައިން ސައްތަ މުސްލިމް މި ފަސްގަނޑުގައި ޣައިރު ދީންތަކުގެ މީހުންނާއި ޒަޔަނިސްޓުން އާބާދުކުރުވުމަކީ އިސްލާމްދީނަށް ދެވޭނެ އެންމެ ބޮޑު އަނިޔާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންކަމުން މިފަދަ ކަންކަން ކުރައްވާ ބޭފުޅަކަށް ރައީސް މުއިއްޒު ވެވަޑައިނުގެންނެވުމަށް އަލީ ހުސައިން ގޮވާލެއްވި އެވެ. އަދި ރައީސް މުއިއްޒަށް ތާއީދުކުރައްވާ ފަރާތްތަކުން ވެސް އެ ފަރާތްތަކުގެ ނަމުގައި މިފަދަ ކަންކަން ވިޔަނުދިނުމަށާއި، ގައުމަށް ޣައްދާރުވާ ބަޔަކަށް ނުވުމަށް އޭނާ ވަނީ އިލްތިމާސްކުރައްވާފަ އެވެ.

ޑރ. މުހައްމަދު މުއިއްޒުރަސްމާލެއަލީ ހުސައިން

އެންމެ ހިނގާ

1

އަލައްބާރުގެ ވާހަކަތަކުން ފަޅާއެރި ސިއްރު: އެތައް މިލިއަން ޑޮލަރެއް ދިޔައީ ކޮން އަބްދުﷲ އަކަށް؟

2

އިންތިޚާބަށްފަހު އީރާނާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަން ޓްރަމްޕް ގަލްފުގެ ޤައުމުތަކަށް އަންގަވައިފި

3

ގޭސް ހޮޅިތަކުގެ ތެރެއިން ވަދެ ރަޝިޔާ ސިފައިން ވަށައިލައި، ޔޫކްރެއިނުން ކުއްލި ހަމަލާތަކެއް ދީފި

4

ކުށްވެރިއެއް ނޫންކަމަށް ކަނޑައެޅީ ޖަލު ހުކުމް ތަންފީޒުކޮށް ނިމުނު ދުވަހު، ހުކުމް ކުރުމާއެކު ވަގުތުން ފެށީ ރޯން

5

ޑިގްރީ ނިންމާފައި ގްރެޖުއޭޝަނަށް ފައިސާ ދެއްކި ފަހުން އެންގީ ގްރެޖުއޭޓް ނުވެވެނީ "ނަސީބު ދެރަކަމުން" ކަމަށް!

އިތުރަށް ކިޔާލަން

30 އޮކްޓޯބަރު 2026

ކަނޑުން ގޯތިދިނޭ ކިޔައިގެން ވެރިކަމަށް އައިސް ރައްޔިތުން ޑޮލަރަށް ޖެހިފައި ތިއްބައި ކަނޑަށް އެ އަޅާލީ 700 މިލިއަން ޑޮލަރު: މީކާއިލް

30 އޮކްޓޯބަރު 2026
ކަނޑުން ގޯތިދިނޭ ކިޔައިގެން ވެރިކަމަށް އައިސް ރައްޔިތުން ޑޮލަރަށް ޖެހިފައި ތިއްބައި ކަނޑަށް އެ އަޅާލީ 700 މިލިއަން ޑޮލަރު: މީކާއިލް
29 އޮކްޓޯބަރު 2026

އީގަލް ހިލްސްގެ ފަރާތުން ރަސްމާލޭގައި ހިންގުމަށް ރާވާފައިވާ މަޝްރޫއުގެ ފުރިހަމަ މައުލޫމާތު ދިވެހި ރައްޔިތުންނަށް ހިއްސާކުރޭ: ފައިސަލް އާއި އާޒިމް

29 އޮކްޓޯބަރު 2026
އީގަލް ހިލްސްގެ ފަރާތުން ރަސްމާލޭގައި ހިންގުމަށް ރާވާފައިވާ މަޝްރޫއުގެ ފުރިހަމަ މައުލޫމާތު ދިވެހި ރައްޔިތުންނަށް ހިއްސާކުރޭ: ފައިސަލް އާއި އާޒިމް
29 އޮކްޓޯބަރު 2026

ރަސްމާލެއިން ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރު އަށް ކަންކަން ފަހިވާގޮތަށް ގާނޫނުތައް ބަދަލުކުރާނެ: ޝަމާއު

29 އޮކްޓޯބަރު 2026
ރަސްމާލެއިން ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރު އަށް ކަންކަން ފަހިވާގޮތަށް ގާނޫނުތައް ބަދަލުކުރާނެ: ޝަމާއު
29 އޮކްޓޯބަރު 2026

ރަސްމާލެ ހިއްކަނީ ރައްޔިތުންގެ ފައިސާއިން 700 މިލިއަނަށް ވުރެ ގިނަ ޑޮލަރު ހޭދަކޮށްގެން، އެކަމަކު އީގަލް ހިލްސްއަށް ދެނީ ހިލޭ: ރައީސް ސޯލިހު

29 އޮކްޓޯބަރު 2026
ރަސްމާލެ ހިއްކަނީ ރައްޔިތުންގެ ފައިސާއިން 700 މިލިއަނަށް ވުރެ ގިނަ ޑޮލަރު ހޭދަކޮށްގެން، އެކަމަކު އީގަލް ހިލްސްއަށް ދެނީ ހިލޭ: ރައީސް ސޯލިހު
29 އޮކްޓޯބަރު 2026

މި ސަރުކާރު ބަދަލުކޮށްލަން 2028 ވަނަ އަހަރާ ހަމައަށް މަޑުކޮށްފިނަމަ ތައުލީމީ ދާއިރާއަށް ބަނަ ހަޔާތެއް ފެށޭނެ: ޔައުގޫބު

29 އޮކްޓޯބަރު 2026
މި ސަރުކާރު ބަދަލުކޮށްލަން 2028 ވަނަ އަހަރާ ހަމައަށް މަޑުކޮށްފިނަމަ ތައުލީމީ ދާއިރާއަށް ބަނަ ހަޔާތެއް ފެށޭނެ: ޔައުގޫބު
29 އޮކްޓޯބަރު 2026

ރައީސް މުއިއްޒު ރާއްޖެއިން ބޭރަށް ކުރައްވާ ކޮންމެ ދަތުރުފުޅަކުން ގައުމަށް ލިބެނީ ބޮޑު ގެއްލުމެއް: މާރިޔާ

29 އޮކްޓޯބަރު 2026
ރައީސް މުއިއްޒު ރާއްޖެއިން ބޭރަށް ކުރައްވާ ކޮންމެ ދަތުރުފުޅަކުން ގައުމަށް ލިބެނީ ބޮޑު ގެއްލުމެއް: މާރިޔާ
29 އޮކްޓޯބަރު 2026

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އުވާލައި، ޓާޝަރީ ހޮސްޕިޓަލްތަކަށް ވަކި ގުރޫޕެއް އުފައްދަން ރައީސް ނިންމަވައިފި

29 އޮކްޓޯބަރު 2026
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އުވާލައި، ޓާޝަރީ ހޮސްޕިޓަލްތަކަށް ވަކި ގުރޫޕެއް އުފައްދަން ރައީސް ނިންމަވައިފި
29 އޮކްޓޯބަރު 2026

ބޭރުގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި 8 ޝަރުތެއް ކަނޑައެޅުމަށްފަހު، ރަސްމާލެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ސަލަފުން ތާއީދުކޮށްފި

29 އޮކްޓޯބަރު 2026
ބޭރުގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި 8 ޝަރުތެއް ކަނޑައެޅުމަށްފަހު، ރަސްމާލެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ސަލަފުން ތާއީދުކޮށްފި
28 އޮކްޓޯބަރު 2026

މުލިއާގެ އިން ދިން އިންޒާރާއެކު ސަރުކާރުގެ ގިނަ މެންބަރުން ނޫސްވެރިންނަށް ފިއްލަވައިފި، އެއްބަސްވުން އެހާ ރަނގަޅިއްޔާ ޖަވާބުނުދެއްވީ ކީއްވެ؟

28 އޮކްޓޯބަރު 2026
މުލިއާގެ އިން ދިން އިންޒާރާއެކު ސަރުކާރުގެ ގިނަ މެންބަރުން ނޫސްވެރިންނަށް ފިއްލަވައިފި، އެއްބަސްވުން އެހާ ރަނގަޅިއްޔާ ޖަވާބުނުދެއްވީ ކީއްވެ؟
28 އޮކްޓޯބަރު 2026

ށ. ފީވަކު ފުޓްބޯޅަ ދަނޑު ފެންސް ޖެހުމުގެ މަޝްރޫއު: ކުރީ ސަރުކާރުން ހަދަން ފަށާފައިވާ ފާރުތައް ނެގުން ނޫން އިތުރު ކަމެއް އަދި ނުވޭ!

28 އޮކްޓޯބަރު 2026
ށ. ފީވަކު ފުޓްބޯޅަ ދަނޑު ފެންސް ޖެހުމުގެ މަޝްރޫއު: ކުރީ ސަރުކާރުން ހަދަން ފަށާފައިވާ ފާރުތައް ނެގުން ނޫން އިތުރު ކަމެއް އަދި ނުވޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް