Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަސްމާލެ

ރަސްމާލެ މަޝްރޫއާ ގުޅިގެން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓަކަށް ދިއުމަށް ޝެއިޚް އިމްރާން ގޮވާލައްވައިފި

27 އޮކްޓޯބަރު 2026 | އަންގާރަ 13:27

ރަސްމާލޭގައި ބޭރުގެ ކުންފުންޏަކުން ހިންގާ މަޝްރޫއުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ، ކުރީގެ ހޯމް މިނިސްޓަރު އިމްރާން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައި. ރާއްޖޭގައި ތަފާތު ދީންތަކާއި ނަސްލުތަކުގެ މީހުން ވަޒަންވެރިކުރުވުމަކީ ގާނޫނުއަސާސީއާ ޚިލާފު ކަމެއްކަން ފާހަގަކުރައްވައި، މިފަދަ ކަންކަން ކުރިއަށްގެންދަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް އޭނާ ވިދާޅުވި

އަމްނާ އިމާދު
އަމްނާ އިމާދު | 27 އޮކްޓޯބަރު 2026 | އަންގާރަ 13:27
ރަސްމާލެއިން ބޮޑު ބައެއް އީގަލް ހިލްސް ކުންފުންޏަށް ދާއިމީކޮށްދޭ ކަމަށް ބުނެ އުފެދިފައިވާ ކަންބޮޑުވުންތަކާ ގުޅިގެން އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲ ވާހަކަ ދައްކަވަނީ

ރަސްމާލެއިން ބޮޑު ބައެއް އީގަލް ހިލްސް ކުންފުންޏަށް ދާއިމީކޮށްދޭ ކަމަށް ބުނެ އުފެދިފައިވާ ކަންބޮޑުވުންތަކާ ގުޅިގެން އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲ ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ

ރަސްމާލެއިން ބޮޑު ބައެއް އީގަލް ހިލްސް ކުންފުންޏަށް ދާއިމީކޮށް ދޭ ކަމަށް ބުނެ އުފެދިފައިވާ ކަންބޮޑުވުންތަކާ ގުޅިގެން، އެ ސަރަހައްދުގައި ހިންގަން ރާވާ ކަންކަން ކުރިއަށްގެންދަންވާނީ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓަކަށް ނުވަތަ ރިފަރެންޑަމަކަށް ދިއުމަށްފަހު ކަމަށް ކުރީގެ ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޝެއިޚް އިމްރާން ވިދާޅުވީ، ރާއްޖޭގެ ވަޙްދަތާއި ސިލްމާއި ސަލާމަތް ބިނާވެފައިވަނީ ދިވެހިންގެ ދީނާއި، ބަހާއި އަދި ނަސްލުގެ މައްޗަށް ކަމަށެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މިހާރު ކުރިމަތިކުރުވަން އުޅޭ ކަންކަމަކީ ރާއްޖޭގެ ދެމިއޮތުމާއި، މިނިވަންކަމާއި އިސްތިގުލާލާމެދު ސުވާލު އުފެދޭ ފަދަ ނުރައްކާތެރި ކަންކަން ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement - newsAdvertisement

އެގޮތުން މިކަންކަން މިހާރު ރޭވިފައިވާ ގޮތަށް ކުރިއަށް ހިނގައްޖެނަމަ، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ނުވަތަ ކުރިއަށް އޮތް އަހަރުތަކުގައި ދިވެހި ރައްޔިތުންނަކީ އަޅުވެތިކަން އިހުސާސްކުރަންޖެހޭ ބަޔަކަށް ވެދާނެ ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި އެވެ.

މީގެ އިތުރުން ޝެއިޚް އިމްރާން ވިދާޅުވީ، ރާއްޖޭގައި ތަފާތު ދީންތަކާއި، ސަގާފަތްތަކާއި ނަސްލުތަކުގެ މީހުން ވަޒަންވެރިކުރުމުގެ އެއްވެސް ކަމެއް ހިންގަންވާނީ ދިވެހި ރައްޔިތުންގެ ޚިޔާލު ހޯދުމަށްފަހު ކަމަށެވެ. ވަކިން ޚާއްސަކޮށް ޒަޔަނިސްޓު ޔަހޫދީން ރާއްޖޭގައި ވަޒަންވެރިކުރުވުމަކީ ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށާއި، ދިވެހިރާއްޖޭގެ ގާނޫނުއަސާސީގައި ދިވެހި ރައްޔިތަކަށް ވެވޭނީ ސުންނީ މުސްލިމަކަށް އެކަނި ކަމަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ސަބަބުތަކަށްޓަކައި، ރަސްމާލޭގައި ސަރުކާރުން ރާވަމުންގެންދާ މި ޕްރޮޖެކްޓުގެ އެންމެހައި ކަންކަން ހިންގަންވާނީ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓަކަށް ފަހު ކަމަށް ޝެއިޚް އިމްރާން ވިދާޅުވި އެވެ. އަދި ރައީސް މުއިއްޒު ވަނީ ރައްޔިތުންގެ ޚިޔާލު ހޯދުން ނުވަތަ ރިފަރެންޑަމަކަށް ދިއުމުގެ ކަންކަން ވަރަށް ބޮޑަށް ފަސޭހަކުރައްވާފައި ކަމަށް ޝެއިޚް އިމްރާން ވިދާޅުވި އެވެ. 

އީގަލް ހިލްސްޝެއިޚް އިމްރާން އަބްދުﷲޑރ. މުހައްމަދު މުއިއްޒުރަސްމާލެ

އެންމެ ހިނގާ

1

ހެލްތު މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރުންތަކެއް އޮފީސްތެރޭ ނަށާ ވީޑިއޯ އާންމުވެ، ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

2

ފެނަކައިގެ ކޮރަޕްޝަން މައްސަލައިގައި ދީނާ ޖަލަށްލާން ހުކުމްކޮށްފި، ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކުރަން ދައުލަތުން އިންކާރުކުރޭ!

3

އަލައްބާރު އެތައް މިލިއަން ޑޮލަރެއް ދިން ކަމަށް ބުނާ "އަބްދުﷲ" އަކީ ކާކު؟

4

އެމެރިކާއަށް އީރާނުގެ ހަރުކަށި ރައްދެއް، މުޅި ސަރަހައްދުގައި ހަނގުރާމައިގެ "ސުންގަޑި" ކައިރިވަނީ

5

ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިމާއި ޕްރޮޕަޓީ މިލްކުކުރެވޭ ގޮތަށް ގާނޫނެއް ފާސްކުރުމަށް އޭޖީން މަޖިލީހަށް ފޮނުވަން ތައްޔާރުވެއްޖެ

އިތުރަށް ކިޔާލަން

27 އޮކްޓޯބަރު 2026

އަޅުގަނޑުމެން މިއަދު މިކުރާ ކަންކަން ކޮންމެހެން އާންމު ރައްޔިތުންނަށް އެނގޭކަށް ނުޖެހޭ: މެންބަރު ފަޒީލް

27 އޮކްޓޯބަރު 2026
އަޅުގަނޑުމެން މިއަދު މިކުރާ ކަންކަން ކޮންމެހެން އާންމު ރައްޔިތުންނަށް އެނގޭކަށް ނުޖެހޭ: މެންބަރު ފަޒީލް
27 އޮކްޓޯބަރު 2026

އަލައްބާރުގެ ވާހަކަތަކުން ފަޅާއެރި ސިއްރު: އެތައް މިލިއަން ޑޮލަރެއް ދިޔައީ ކޮން އަބްދުﷲ އަކަށް؟

27 އޮކްޓޯބަރު 2026
އަލައްބާރުގެ ވާހަކަތަކުން ފަޅާއެރި ސިއްރު: އެތައް މިލިއަން ޑޮލަރެއް ދިޔައީ ކޮން އަބްދުﷲ އަކަށް؟
27 އޮކްޓޯބަރު 2026

ރައީސް އާރަށަށް ކުރައްވާ ދަތުރުފުޅުތަކުގެ ތަފްސީލު ހޯދުމަށް ރާއްޖެޓީވީން ހުށަހެޅި އާރްޓީއައިގައި އެދިފައިވާ މައުލޫމާތު 5 ދުވަހުގެ ތެރޭގައި ދިނުމަށް ޑިފެންސް މިނިސްޓްރީއަށް އަންގައިފި

26 އޮކްޓޯބަރު 2026

އަލައްބާރު އެތައް މިލިއަން ޑޮލަރެއް ދިން ކަމަށް ބުނާ "އަބްދުﷲ" އަކީ ކާކު؟

26 އޮކްޓޯބަރު 2026
އަލައްބާރު އެތައް މިލިއަން ޑޮލަރެއް ދިން ކަމަށް ބުނާ "އަބްދުﷲ" އަކީ ކާކު؟
26 އޮކްޓޯބަރު 2026

ބަނޑޭރިކޮށި ހުސްކުރަން އެންގި މައްސަލަ: އެމްއެންޑީއެފްގެ ބަހެއް ނުލިބުނު!

26 އޮކްޓޯބަރު 2026
ބަނޑޭރިކޮށި ހުސްކުރަން އެންގި މައްސަލަ: އެމްއެންޑީއެފްގެ ބަހެއް ނުލިބުނު!
26 އޮކްޓޯބަރު 2026

"ރާއްޖޭގެ ބިމުން ބޮޑު ބައެއް އެއްވެސް ޓެކުހެއް ނެގުމެއް ނެތި ސަރުކާރުން ބޭރު ފަރާތްތަކަށް ވިއްކައިލަނީ ކުދި ވިޔަފާރިތަކުން އިތުރަށް ޓެކްސް ނަގާ މަންޒަރު ފޮރުވުމަށް"

ރަސްމާލެ މަޝްރޫއުގެ ކަންބޮޑުވުމަށް ވުރެ ބޮޑު ކަންބޮޑުވުމެއް މި 5 އަހަރުތެރެއަކު ނާންނާނެ، ކެރިވަޑައިގަންނަވަންޏާ ރެފަރެންޑަމްއަކަށް ދާންވީ: މީކާއިލް

26 އޮކްޓޯބަރު 2026
ރަސްމާލެ މަޝްރޫއުގެ ކަންބޮޑުވުމަށް ވުރެ ބޮޑު ކަންބޮޑުވުމެއް މި 5 އަހަރުތެރެއަކު ނާންނާނެ، ކެރިވަޑައިގަންނަވަންޏާ ރެފަރެންޑަމްއަކަށް ދާންވީ: މީކާއިލް
26 އޮކްޓޯބަރު 2026

އީގަލް ހިލްސް އާއެކު ސަރުކާރުން ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ވެފައިވާ އެއްބަސްވުމުގެ ތަފްސީލުތައް ހާމަކުރަން ގޮވާލާ ހުށަހެޅި ގަރާރު ޕީއެންސީ އިން ބޭރުކޮށްލައިފި

26 އޮކްޓޯބަރު 2026
އީގަލް ހިލްސް އާއެކު ސަރުކާރުން ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ވެފައިވާ އެއްބަސްވުމުގެ ތަފްސީލުތައް ހާމަކުރަން ގޮވާލާ ހުށަހެޅި ގަރާރު ޕީއެންސީ އިން ބޭރުކޮށްލައިފި
26 އޮކްޓޯބަރު 2026

ރައީސް މުއިއްޒު ވައުދުވާ ކަންކަން ކޮށްދޭން ނޭނގޭތީ ސަރުކާރުން ދަނީ ގާނޫނުގެ ބާރު ދައްކައި ރައްޔިތުންނަށް ބިރުދައްކަމުން: ނިޝާން

26 އޮކްޓޯބަރު 2026
ރައީސް މުއިއްޒު ވައުދުވާ ކަންކަން ކޮށްދޭން ނޭނގޭތީ ސަރުކާރުން ދަނީ ގާނޫނުގެ ބާރު ދައްކައި ރައްޔިތުންނަށް ބިރުދައްކަމުން: ނިޝާން
26 އޮކްޓޯބަރު 2026

ބޭރު މީހުންނަށް ބިން މިލްކު ކުރެވޭގޮތް ހަދާއިރު، ރައްޔިތުން "މައިތިރިކުރަން" ޕްރޮޕެގެންޑާ ޖައްސަންވެސް ފާސްކުރި ކަރުދާހުގައި އޮތް!

26 އޮކްޓޯބަރު 2026
ބޭރު މީހުންނަށް ބިން މިލްކު ކުރެވޭގޮތް ހަދާއިރު، ރައްޔިތުން "މައިތިރިކުރަން" ޕްރޮޕެގެންޑާ ޖައްސަންވެސް ފާސްކުރި ކަރުދާހުގައި އޮތް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް