Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެތައުލީމީ ދާއިރާ

މި ސަރުކާރު ބަދަލުކޮށްލަން 2028 ވަނަ އަހަރާ ހަމައަށް މަޑުކޮށްފިނަމަ ތައުލީމީ ދާއިރާއަށް ބަނަ ހަޔާތެއް ފެށޭނެ: ޔައުގޫބު

29 އޮކްޓޯބަރު 2026 | ބުރާސްފަތި 08:28

ނަފްސާނީ ދުޅަހެޔޮކަމަކީ އަގީދާއާ ގުޅުންހުރި ކަމެއްގެ ގޮތުގައި ލޭބަލްކޮށް، ތައުލީމީ ގާނޫނަށް ގެންނަ ބަދަލުތަކުގެ ސަބަބުން ދަރިވަރުންގެ މުސްތަގުބަލަށް ނޭދެވޭ އަސަރުކުރާނެ ކަމަށް ކުރީގެ މެންބަރު ޔައުގޫބު ވިދާޅުވި. ސަރުކާރުން މަސައްކަތް ކުރަނީ އިލްމީ ގޮތުން ބަލިކަށި ޖީލެއް ބިނާކުރުމަށް ކަމަށް ތުހުމަތުކުރައްވައި، މިކަމަށް ރައްޔިތުން ހޭލުންތެރިވުމަށް އޭނާ ގޮވާލެއްވި. އެހެންކަމުން ގައުމުގެ މުސްތަގުބަލު ސަލާމަތްކުރުމަށް މި ސަރުކާރު ބަދަލުކުރަންޖެހޭ ކަމަށް ޔައުގޫބު ވިދާޅުވި

އަމްނާ އިމާދު
އަމްނާ އިމާދު | 29 އޮކްޓޯބަރު 2026 | ބުރާސްފަތި 08:28
ބުދަ ދުވަހުގެރޭ އެމްޑީޕީ އިން ބޭއްވި ހަރުގެ ޖަލްސާގައި ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ ވާހަކަ ދައްކަވަނީ

ބުދަ ދުވަހުގެރޭ އެމްޑީޕީ އިން ބޭއްވި ހަރުގެ ޖަލްސާގައި ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރު ބަދަލުކޮށްލަން 2028 ވަނަ އަހަރާ ހަމައަށް މަޑުކޮށްފިނަމަ ރާއްޖޭގެ ތައުލީމީ ދާއިރާއަށް ބަނަ ހަޔާތެއް ފެށިގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހުގެރޭ އިދިކޮޅު އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޔައުގޫބު ވިދާޅުވީ، ނަފްސާނީ މައްސަލަތަކަކީ އަގީދާ ބަލިކަށިވުމުން ދިމާވާ ކަމެއް ކަމަށް ލޭބަލްކޮށް، އެ މައްސަލަތައް ބެލުމުގެ ޒިންމާ އިސްލާމިކް މިނިސްޓްރީއަށް ބަދަލުކޮށްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ނަމަވެސް، ރާއްޖޭގެ އާބާދީގެ ކޮންމެ 4 މީހަކުން އެކަކީ ނަފްސާނީ މައްސަލަތައް ތަހައްމަލުކުރާ މީހެއް ކަމަށާއި، އޭގެ ތެރޭގައި ސްކޫލް ދަރިވަރުން އަދި ޚާއްސަކޮށް ގްރޭޑް 10 އަކާއި 12 އާ ދެމެދުގެ ކުދިން ގިނަކަން ހެލްތު މިނިސްޓަރު ވެސް ދާދިފަހުން ވިދާޅުވެފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

އެހެންނަމަވެސް، އެޑިއުކޭޝަން މިނިސްޓަރު އެ ވިދާޅުވަނީ ތިމަންނަ ގަބޫލުކުރާ ކަމެއް ނޫނޭ. ތިމަންނަ ގަބޫލުކުރާ ވާހަކައެއް ނޫނޭ، ނަފްސާނީ މައްސަލައަކީ އެއީ އަޤީދާ ބަލިކަށިވީމާ ދިމާވާ މައްސަލަތަކެކޭ. އެހެންވީމާ، ތިމަންނަ އެއަށް ކޭޓަރކުރަންޖެހޭނެ ރީޒަނެއް ނެތޭ. އެކަމާ ކޭޓަރކުރަން ދެން ފޮނުވަންޖެހޭނީ އިސްލާމިކް މިނިސްޓްރީއޭ
ޔައުގޫބު އަބްދުﷲ

ޔައުގޫބު ވިދާޅުވީ، އެޑިއުކޭޝަން ގާނޫނުގައި އޮންނަ ބޯޑުގައި ނަފްސާނީ ދުޅަހެޔޮކަމުގެ ދާއިރާގެ މީހަކު އިންނަންޖެހޭ ގޮތަށް ލާޒިމުކޮށްފައި އޮތް ނަމަވެސް، މިހާރު ހުށަހަޅާފައިވާ ބިލުން އެ ދާއިރާގެ މީހާ އުނިކޮށްފައިވާ ކަމަށެވެ. މިއީ ވަކި މަގުސަދެއްގައި، ދިވެހި ދަރިވަރުން އިލްމު އުނގެނުމާ މުޅިން ދުރަށް ޖައްސައި ޖާހިލު މުޖުތަމައެއް އުފައްދަން ކުރާ މަސައްކަތެއް ކަމަށާއި، ބޭނުންވާ ޕްރޮޕެގެންޑާއެއް ހިންގުމަށްޓަކައި ދުރާލައި ރާވައިގެން ކުރާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. 

މީގެއިތުރުން، ދިވެހި ރައްޔިތުން މިކަމަށް ފާރަވެރިވެ، ޚާއްސަކޮށް އެމްޑީޕީން ހުޝިޔާރުވެ ތިބެންޖެހޭ ކަމަށާއި ފަރުވާކުޑަކޮށްފިނަމަ މުޅި ގައުމުގެ މުސްތަގުބަލު އަތުން ބީވެގެން ހިނގައިދާނެ ކަމަށް ޔައުގޫބު ވިދާޅުވި އެވެ. އަދި މަޖިލީހަށް ހުށަހަޅާފައިވާ ބިލުތަކާއި ސަރުކާރުގެ އަމަލުތަކުން "ލާދީނީ ޕާޓީއާއި ދީނީ ޕާޓީއަކީ ކޮބައިކަން" ރައްޔިތުންނަށް މިހާރު ސާފުވާނެ ކަމަށާއި، އިސްލާމްދީނުގެ ދިފާއުގައި އަނގަ ހުޅުވާލާ މީހުންނާ މެދު ސަރުކާރުން ކަންކުރާ ގޮތް ވެސް ފެންނަމުންދާ ކަމަށް ވިދާޅުވެ، ރައީސް މުއިއްޒު އަށް އޭނާ ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.

ޔައުގޫބު ވިދާޅުވީ، މި ސަރުކާރު ބަލިކޮށްލަންޖެހޭ ކަމަށާއި 2028 ވަނަ އަހަރާ ހަމައަށް މަޑުކޮށްފިނަމަ ތައުލީމީ ދާއިރާއަށް ބަނަ ހަޔާތެއް ފެށިގެންދާނެ ކަމަށެވެ. އަދި ދަރިން ތައުލީމީ ހަޔާތުން ބާކީވެ، މުޅި ޖީލަކީ ތަންދޮރު ނުދަންނަ ގަމާރު ޖީލަކަށް ހެދުމުގެ މަސައްކަތް ސަރުކާރުން ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޑރ. މުހައްމަދު މުއިއްޒުޔައުގޫބު އަބްދުﷲއެމްޑީޕީނަފްސާނީ ދުޅަހެޔޮކަންތައުލީމީ ދާއިރާ

އެންމެ ހިނގާ

1

އަލައްބާރުގެ ވާހަކަތަކުން ފަޅާއެރި ސިއްރު: އެތައް މިލިއަން ޑޮލަރެއް ދިޔައީ ކޮން އަބްދުﷲ އަކަށް؟

2

ހެލްތު މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރުންތަކެއް އޮފީސްތެރޭ ނަށާ ވީޑިއޯ އާންމުވެ، ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

3

ފެނަކައިގެ ކޮރަޕްޝަން މައްސަލައިގައި ދީނާ ޖަލަށްލާން ހުކުމްކޮށްފި، ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކުރަން ދައުލަތުން އިންކާރުކުރޭ!

4

އަލައްބާރު އެތައް މިލިއަން ޑޮލަރެއް ދިން ކަމަށް ބުނާ "އަބްދުﷲ" އަކީ ކާކު؟

5

19 އަހަރުގެ ވެރިކަމަށް ފަހު ޔަހޫދީ ނަތަންޔާހޫގެ ސިޔާސީ ހަޔާތް ނިމުމަކަށް އަންނަނީތަ؟

އިތުރަށް ކިޔާލަން

29 އޮކްޓޯބަރު 2026

ރައީސް މުއިއްޒު ރާއްޖެއިން ބޭރަށް ކުރައްވާ ކޮންމެ ދަތުރުފުޅަކުން ގައުމަށް ލިބެނީ ބޮޑު ގެއްލުމެއް: މާރިޔާ

29 އޮކްޓޯބަރު 2026
ރައީސް މުއިއްޒު ރާއްޖެއިން ބޭރަށް ކުރައްވާ ކޮންމެ ދަތުރުފުޅަކުން ގައުމަށް ލިބެނީ ބޮޑު ގެއްލުމެއް: މާރިޔާ
29 އޮކްޓޯބަރު 2026

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އުވާލައި، ޓާޝަރީ ހޮސްޕިޓަލްތަކަށް ވަކި ގުރޫޕެއް އުފައްދަން ރައީސް ނިންމަވައިފި

29 އޮކްޓޯބަރު 2026
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އުވާލައި، ޓާޝަރީ ހޮސްޕިޓަލްތަކަށް ވަކި ގުރޫޕެއް އުފައްދަން ރައީސް ނިންމަވައިފި
29 އޮކްޓޯބަރު 2026

މިހާރު ރާއްޖެ މިއޮތީ އެންމެ ނުރައްކާތެރި ހާލަތުގައި، ފައްޓަރުބައި ވިއްކާލައިގެން ވެސް ސަރުކާރުގައި ތިބެން އެބޭފުޅުން ބޭނުންވާނެ: އަމީރު

29 އޮކްޓޯބަރު 2026
މިހާރު ރާއްޖެ މިއޮތީ އެންމެ ނުރައްކާތެރި ހާލަތުގައި، ފައްޓަރުބައި ވިއްކާލައިގެން ވެސް ސަރުކާރުގައި ތިބެން އެބޭފުޅުން ބޭނުންވާނެ: އަމީރު
28 އޮކްޓޯބަރު 2026

ކޮޗިންގައި ތިބި ދިވެހީން ގާތު ފައިސަލް ވިދާޅުވީ ބޭސްފަރުވާގެ ނިޒާމު ހަރުދަނާކޮށް ރައްޔިތުންގެ ތަކުލީފުތަކަށް ހައްލު ހޯދަންދޭން އެމްޑީޕީގެ ވެރިކަމެއްގައި މަސައްކަތް ކުރައްވާނެ ކަމަށް

މުލިއާގެ އިން ދިން އިންޒާރާއެކު ސަރުކާރުގެ ގިނަ މެންބަރުން ނޫސްވެރިންނަށް ފިއްލަވައިފި، އެއްބަސްވުން އެހާ ރަނގަޅިއްޔާ ޖަވާބުނުދެއްވީ ކީއްވެ؟

28 އޮކްޓޯބަރު 2026
މުލިއާގެ އިން ދިން އިންޒާރާއެކު ސަރުކާރުގެ ގިނަ މެންބަރުން ނޫސްވެރިންނަށް ފިއްލަވައިފި، އެއްބަސްވުން އެހާ ރަނގަޅިއްޔާ ޖަވާބުނުދެއްވީ ކީއްވެ؟
28 އޮކްޓޯބަރު 2026

ށ. ފީވަކު ފުޓްބޯޅަ ދަނޑު ފެންސް ޖެހުމުގެ މަޝްރޫއު: ކުރީ ސަރުކާރުން ހަދަން ފަށާފައިވާ ފާރުތައް ނެގުން ނޫން އިތުރު ކަމެއް އަދި ނުވޭ!

28 އޮކްޓޯބަރު 2026
ށ. ފީވަކު ފުޓްބޯޅަ ދަނޑު ފެންސް ޖެހުމުގެ މަޝްރޫއު: ކުރީ ސަރުކާރުން ހަދަން ފަށާފައިވާ ފާރުތައް ނެގުން ނޫން އިތުރު ކަމެއް އަދި ނުވޭ!
28 އޮކްޓޯބަރު 2026

ހުރިހާ މީޑިއާތަކަށް ހަމަހަމަކަމާއި އިންސާފުވެރިކަމެއް ނެތް ކަމަށް ވިދާޅުވެ މީޑިއާ ކޮމިޝަނުގެ ރައީސް އިސްތިއުފާ ދެއްވައިފި

28 އޮކްޓޯބަރު 2026
ހުރިހާ މީޑިއާތަކަށް ހަމަހަމަކަމާއި އިންސާފުވެރިކަމެއް ނެތް ކަމަށް ވިދާޅުވެ މީޑިއާ ކޮމިޝަނުގެ ރައީސް އިސްތިއުފާ ދެއްވައިފި
27 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫއާ ގުޅިގެން ރައްޔިތުންނަށް އޮޅުވާނުލުމަށް މާލީ ތަޖުރިބާކާރު ޒަރިޔަންދު، ރައީސްއަށް އަދި ކަމާބެހޭ ވަޒީރުންނަށް ގޮވާލައްވައިފި

27 އޮކްޓޯބަރު 2026
ރަސްމާލެ މަޝްރޫއާ ގުޅިގެން ރައްޔިތުންނަށް އޮޅުވާނުލުމަށް މާލީ ތަޖުރިބާކާރު ޒަރިޔަންދު، ރައީސްއަށް އަދި ކަމާބެހޭ ވަޒީރުންނަށް ގޮވާލައްވައިފި
27 އޮކްޓޯބަރު 2026

ރައީސް އަޒުލުކުރުމުގެ ބާރު މަޖިލީހަށް އޮތްއިރު، ޖީލުތަކުގެ އަދުލުވެރިކަން ކަށަވަރުކުރަން ސުޕްރީމް ކޯޓުން ރައީސަށް ދަންނަވަންޖެހޭ: އަލީ ހުސެއިން

27 އޮކްޓޯބަރު 2026
ރައީސް އަޒުލުކުރުމުގެ ބާރު މަޖިލީހަށް އޮތްއިރު، ޖީލުތަކުގެ އަދުލުވެރިކަން ކަށަވަރުކުރަން ސުޕްރީމް ކޯޓުން ރައީސަށް ދަންނަވަންޖެހޭ: އަލީ ހުސެއިން
27 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫއާ ގުޅިގެން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓަކަށް ދިއުމަށް ޝެއިޚް އިމްރާން ގޮވާލައްވައިފި

27 އޮކްޓޯބަރު 2026
ރަސްމާލެ މަޝްރޫއާ ގުޅިގެން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓަކަށް ދިއުމަށް ޝެއިޚް އިމްރާން ގޮވާލައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް