ށ. ފީވަކު ފުޓްބޯޅަ ދަނޑު ފެންސް ޖެހުމުގެ މަޝްރޫއު: ކުރީ ސަރުކާރުން ހަދަން ފަށާފައިވާ ފާރުތައް ނެގުން ނޫން އިތުރު ކަމެއް އަދި ނުވޭ!
28 އޮކްޓޯބަރު 2026 | ބުދަ 13:01ށ. ފީވަކު ފުޓްބޯޅަ ދަނޑުގެ ފެންސް ޖެހުމާއި ލައިޓް ހަރުކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރިތާ އަހަރެއް ވީއިރުވެސް އަމަލީ މަސައްކަތް ކުރިއަށް ނުދާތީ އެރަށު ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. މަސައްކަތް ހުއްޓިފައި އޮތުމުގެ ސަބަބުން ދަނޑުގެ ފާރަށާއި ބައެއް ތަކެއްޗަށް ގެއްލުންވަމުންދާކަން ފާހަގަކޮށް، ކައުންސިލުން ބުނީ މިއީ މި ސަރުކާރުން އަލުން ހަވާލުކޮށްފައިވާ މަޝްރޫއެއް ކަމަށް

ށ. ފީވަކު ފުޓްބޯޅަ ދަނޑު ފެންސް ޖެހުމުގެ މަޝްރޫއު: ކުރީ ސަރުކާރުން ހަދަން ފަށާފައިވާ ފާރުތައް ނެގުން ނޫން އިތުރު ކަމެއް އަދި ނުވޭ! | ރާއްޖެ އެމްވީ
ށ. ފީވަކު ފުޓްބޯޅަ ދަނޑުގައި ފެންސް ޖެހުމުގެ މަޝްރޫއު ހަވާލުކުރެވުނުތާ އަހަރެއް ވެގެން ދިޔައިރު ވެސް މި މަސައްކަތް ކުރިއަށް ނުދާތީ އެރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މިކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ފީވަކު ކައުންސިލްގެ ނައިބު ރައީސް އަލީ ރިޒާ ވިދާޅުވީ ފީވަކު ފުޓްބޯޅަ ދަނޑަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ނިންމަދީފައިވާ ދަނޑެއް ކަމަށެވެ. އަދި އޭރު ފެންސް ޖެހުމުގެ މަސައްކަތް ފެށި ނަމަވެސް ސަރުކާރު ބަދަލުވެގެން މަސައްކަތް ހުއްޓުނީ ކަމަށް ރިޒާ ވިދާޅުވި އެވެ.
އެގޮތުން މަސައްކަތް ހުއްޓުމުގެ ސަބަބުން ބައެއް ދަގަނޑުތަކާއި ފާރު ހަލާކުވެގެން ދިޔައީ ކަމަށް ރިޒާ މައުލޫމާތު ދެއްވި އެވެ. އަދި އޭގެ ފަހުން މި މަސައްކަތާއި އެމްޓީސީސީއިން ހަވާލުވެފައިވަނީ މިއަހަރުގެ ތެރޭގައި ކަމަށް ވެސް ރިޒާ ވިދާޅުވި އެވެ.
ނަމަވެސް މަސައްކަތް އެއްވެސް ވަރަކަށް ކުރިއަށްނުދާ ކަމަށް ވިދާޅުވެ ރިޒާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
މި މަޝްރޫއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑަައިގެން ހަވާލުކުރައްވާފައިވާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ފެންސް އަދި ލައިޓް ޖެހުމަށް ވަނީ ހަމަޖެހިފަ އެވެ.











