Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލް

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އުވާލައި، ޓާޝަރީ ހޮސްޕިޓަލްތަކަށް ވަކި ގުރޫޕެއް އުފައްދަން ރައީސް ނިންމަވައިފި

29 އޮކްޓޯބަރު 2026 | ބުރާސްފަތި 07:23

ރާއްޖޭގެ ހުރިހާ ޓާޝަރީ ހޮސްޕިޓަލްތައް އެއް ނިޒާމަކުން ގުޅާލުމަށް ސަރުކާރުން ނިންމަވައިފި. މި ބަދަލާއެކު ވަސީލަތްތަކާއި ފަންނީ މުވައްޒަފުންގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފޭނެ ކަމަށް ރައީސް ވިދާޅުވި ނަމަވެސް، ސިއްހީ ދާއިރާގެ އަސާސީ ޚިދުމަތްތަކާ ގުޅޭ ގިނަ ކަންބޮޑުވުންތަކެއް އާންމުންގެ މެދުގައި އެބަހުރި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 29 އޮކްޓޯބަރު 2026 | ބުރާސްފަތި 07:23
ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ

ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ | ރައީސް އޮފީސް

 މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްގެ ބޯޑު އުވާލައި އައު ބޯޑެއް އުފެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި އެވެ.

މިއީ ސިއްހީ ދާއިރާގެ ހިންގުން ހަރުދަނާކޮށް، ރާއްޖޭގައި ހުރި ހުރިހާ ތަނަވަސް ފެންވަރުގެ ހޮސްޕިޓަލްތައް އެއް ނިޒާމެއްގެ ދަށަށް ގެނައުމަށް ސަރުކާރުން ނިންމެވި މުހިންމު ބަދަލެއްކަމަށް ސަރުކާރުން ބުނެ އެވެ.

Advertisement - newsAdvertisement

މިކަމާ ގުޅޭގޮތުން ނޭޝަން ޗެޓް ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މާލޭގައި މިހާރު ހުރި ހޮސްޕިޓަލްތައް އެއް ގުރޫޕަކަށް ހަދާފައި އޮތް އޮތުން ފުޅާކުރުމަށް ނިންމަވާފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގައި ހުރި ހުރިހާ ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލްތަކާއި އެފަދަ ހޮސްޕިޓަލްތަކަށް ހަދަން ކަނޑައަޅާފައިވާ ހޮސްޕިޓަލްތައް ހިމެނޭހެން އެއް ގުރޫޕަކަށް ހަދައި، އެއް ވިސްނުމެއްގެ ދަށުން ގުޅުވާލައި އެއް ނިޒާމެއް ގާއިމުކުރުމަށް ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ފާހަގަކުރެއްވި ގޮތުގައި މި ބަދަލާއެކު ސިއްހީ ދާއިރާގައި ހުރި ތަކުރާރުވުންތައް ނައްތާލެވި، ހިންގުމުގެ ހަރުދަނާކަން އިތުރުވެގެންދާނެ އެވެ. އަންނަ ނޮވެމްބަރު މަހުން ފެށިގެން ތިން މަސް ނުވަތަ އެންމެ ގިނަވަގެން ހަތަރު މަސް ދުވަހުގެ ތެރޭގައި އައު ނިޒާމުގެ ދަށުން ހޮސްޕިޓަލްތައް ގުޅާލެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މި ބަދަލާއެކު ސަރުކާރު ޚަރަދުގައި ތައުލީމު ހާސިލުކުރައްވާ ޑޮކްޓަރުންގެ ޚިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ލިބިގަނެވޭނެ އުސޫލުތައް ގާއިމުކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެއް ހޮސްޕިޓަލާއި އަނެއް ހޮސްޕިޓަލާ ދެމެދު ވަސީލަތްތައް ހިއްސާކުރުމާއި، އެއް ތަނުން އަނެއް ތަނަށް ޑޮކްޓަރުންގެ ފަންނީ ޚިދުމަތުގެ ބޭނުން ކުރެވޭނެ ގޮތްތައް ފަސޭހަ ކުރެވިގެންދާނެ ކަމަށް ވެސް ރައީސް ފާހަގަކުރެއްވި އެވެ.

ރައީސް ވަނީ މިއީ މުވައްޒަފުންތަކެއް އިތުރުކުރެވޭނެ މަޝްރޫއެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް މިހާރު ހުރި ވަސީލަތްތަކާއި މުވައްޒަފުން އެންމެ ފުރިހަމަ ގޮތުގައި ބޭނުންކޮށްގެން ރައްޔިތުންނަށް ފޯރުކޮށްދެވޭ ޚިދުމަތްތައް ރަނގަޅުކުރުމަށް މި ބަދަލުތައް ގެނެވޭނެ ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.

މި ސަރުކާރުގެ އެންމެ އިސް އެއް ސިޔާސަތަކީ ސިއްހީ ދާއިރާ ތަރައްގީކުރުން ކަމަށް ރައީސް ވިދާޅުވި އެވެ. އެހެންކަމުން ކުރިއަށް އޮތް ބަޖެޓުގައި ވެސް ސިއްހީ ދާއިރާ ހަރުދަނާކުރުމަށް ވަރަށް ގިނަ ކަންކަން ހިމަނާފައިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް އެހެން ވިދާޅުވިނަމަވެސް، ރަށްރަށުގައި ފަށާފައިހުރި ސިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުގެ މަސައްކަތްތައް ހުއްޓިފައިވުމާއި، ބޭސް ނުލިބުން ފަދަ މައްސަލަތަކާ ގުޅިގެން އާންމު ރައްޔިތުން ކޮންމެ ދުވަހަކު ވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. 

ޑރ. މުހައްމަދު މުއިއްޒުމާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްނޭޝަން ޗެޓް

އެންމެ ހިނގާ

1

އަލައްބާރުގެ ވާހަކަތަކުން ފަޅާއެރި ސިއްރު: އެތައް މިލިއަން ޑޮލަރެއް ދިޔައީ ކޮން އަބްދުﷲ އަކަށް؟

2

ހެލްތު މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރުންތަކެއް އޮފީސްތެރޭ ނަށާ ވީޑިއޯ އާންމުވެ، ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

3

ފެނަކައިގެ ކޮރަޕްޝަން މައްސަލައިގައި ދީނާ ޖަލަށްލާން ހުކުމްކޮށްފި، ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކުރަން ދައުލަތުން އިންކާރުކުރޭ!

4

އަލައްބާރު އެތައް މިލިއަން ޑޮލަރެއް ދިން ކަމަށް ބުނާ "އަބްދުﷲ" އަކީ ކާކު؟

5

19 އަހަރުގެ ވެރިކަމަށް ފަހު ޔަހޫދީ ނަތަންޔާހޫގެ ސިޔާސީ ހަޔާތް ނިމުމަކަށް އަންނަނީތަ؟

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2026

މުލިއާގެ އިން ދިން އިންޒާރާއެކު ސަރުކާރުގެ ގިނަ މެންބަރުން ނޫސްވެރިންނަށް ފިއްލަވައިފި، އެއްބަސްވުން އެހާ ރަނގަޅިއްޔާ ޖަވާބުނުދެއްވީ ކީއްވެ؟

28 އޮކްޓޯބަރު 2026
މުލިއާގެ އިން ދިން އިންޒާރާއެކު ސަރުކާރުގެ ގިނަ މެންބަރުން ނޫސްވެރިންނަށް ފިއްލަވައިފި، އެއްބަސްވުން އެހާ ރަނގަޅިއްޔާ ޖަވާބުނުދެއްވީ ކީއްވެ؟
28 އޮކްޓޯބަރު 2026

ށ. ފީވަކު ފުޓްބޯޅަ ދަނޑު ފެންސް ޖެހުމުގެ މަޝްރޫއު: ކުރީ ސަރުކާރުން ހަދަން ފަށާފައިވާ ފާރުތައް ނެގުން ނޫން އިތުރު ކަމެއް އަދި ނުވޭ!

28 އޮކްޓޯބަރު 2026
ށ. ފީވަކު ފުޓްބޯޅަ ދަނޑު ފެންސް ޖެހުމުގެ މަޝްރޫއު: ކުރީ ސަރުކާރުން ހަދަން ފަށާފައިވާ ފާރުތައް ނެގުން ނޫން އިތުރު ކަމެއް އަދި ނުވޭ!
28 އޮކްޓޯބަރު 2026

ހުރިހާ މީޑިއާތަކަށް ހަމަހަމަކަމާއި އިންސާފުވެރިކަމެއް ނެތް ކަމަށް ވިދާޅުވެ މީޑިއާ ކޮމިޝަނުގެ ރައީސް އިސްތިއުފާ ދެއްވައިފި

28 އޮކްޓޯބަރު 2026
ހުރިހާ މީޑިއާތަކަށް ހަމަހަމަކަމާއި އިންސާފުވެރިކަމެއް ނެތް ކަމަށް ވިދާޅުވެ މީޑިއާ ކޮމިޝަނުގެ ރައީސް އިސްތިއުފާ ދެއްވައިފި
27 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫއާ ގުޅިގެން ރައްޔިތުންނަށް އޮޅުވާނުލުމަށް މާލީ ތަޖުރިބާކާރު ޒަރިޔަންދު، ރައީސްއަށް އަދި ކަމާބެހޭ ވަޒީރުންނަށް ގޮވާލައްވައިފި

27 އޮކްޓޯބަރު 2026
ރަސްމާލެ މަޝްރޫއާ ގުޅިގެން ރައްޔިތުންނަށް އޮޅުވާނުލުމަށް މާލީ ތަޖުރިބާކާރު ޒަރިޔަންދު، ރައީސްއަށް އަދި ކަމާބެހޭ ވަޒީރުންނަށް ގޮވާލައްވައިފި
27 އޮކްޓޯބަރު 2026

ރައީސް އަޒުލުކުރުމުގެ ބާރު މަޖިލީހަށް އޮތްއިރު، ޖީލުތަކުގެ އަދުލުވެރިކަން ކަށަވަރުކުރަން ސުޕްރީމް ކޯޓުން ރައީސަށް ދަންނަވަންޖެހޭ: އަލީ ހުސެއިން

27 އޮކްޓޯބަރު 2026
ރައީސް އަޒުލުކުރުމުގެ ބާރު މަޖިލީހަށް އޮތްއިރު، ޖީލުތަކުގެ އަދުލުވެރިކަން ކަށަވަރުކުރަން ސުޕްރީމް ކޯޓުން ރައީސަށް ދަންނަވަންޖެހޭ: އަލީ ހުސެއިން
27 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫއާ ގުޅިގެން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓަކަށް ދިއުމަށް ޝެއިޚް އިމްރާން ގޮވާލައްވައިފި

27 އޮކްޓޯބަރު 2026
ރަސްމާލެ މަޝްރޫއާ ގުޅިގެން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓަކަށް ދިއުމަށް ޝެއިޚް އިމްރާން ގޮވާލައްވައިފި
27 އޮކްޓޯބަރު 2026

ރައީސް އާރަށަށް ކުރައްވާ ދަތުރުފުޅުތަކުގެ ތަފްސީލު ހޯދުމަށް ރާއްޖެޓީވީން ހުށަހެޅި އާރްޓީއައިގައި އެދިފައިވާ މައުލޫމާތު 5 ދުވަހުގެ ތެރޭގައި ދިނުމަށް ޑިފެންސް މިނިސްޓްރީއަށް އަންގައިފި

26 އޮކްޓޯބަރު 2026

ބަނޑޭރިކޮށި ހުސްކުރަން އެންގި މައްސަލަ: އެމްއެންޑީއެފްގެ ބަހެއް ނުލިބުނު!

26 އޮކްޓޯބަރު 2026
ބަނޑޭރިކޮށި ހުސްކުރަން އެންގި މައްސަލަ: އެމްއެންޑީއެފްގެ ބަހެއް ނުލިބުނު!
26 އޮކްޓޯބަރު 2026

ރައީސް މުއިއްޒު ވައުދުވާ ކަންކަން ކޮށްދޭން ނޭނގޭތީ ސަރުކާރުން ދަނީ ގާނޫނުގެ ބާރު ދައްކައި ރައްޔިތުންނަށް ބިރުދައްކަމުން: ނިޝާން

26 އޮކްޓޯބަރު 2026
ރައީސް މުއިއްޒު ވައުދުވާ ކަންކަން ކޮށްދޭން ނޭނގޭތީ ސަރުކާރުން ދަނީ ގާނޫނުގެ ބާރު ދައްކައި ރައްޔިތުންނަށް ބިރުދައްކަމުން: ނިޝާން
25 އޮކްޓޯބަރު 2026

ނޮވެމްބަރު 1 އިން ފެށިގެން ބީއެމްއެލް ގޭޓްވޭ މެދުވެރިކޮށް، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެމެރިކާ ޑޮލަރުން ފައިސާ ލިބޭނެ ގޮތް ހަމަޖެހޭނެ: ރައީސް

25 އޮކްޓޯބަރު 2026
ނޮވެމްބަރު 1 އިން ފެށިގެން ބީއެމްއެލް ގޭޓްވޭ މެދުވެރިކޮށް، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެމެރިކާ ޑޮލަރުން ފައިސާ ލިބޭނެ ގޮތް ހަމަޖެހޭނެ: ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް