Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރަސްމާލެ

އަލައްބާރުގެ ވާހަކަތަކުން ފަޅާއެރި ސިއްރު: އެތައް މިލިއަން ޑޮލަރެއް ދިޔައީ ކޮން އަބްދުﷲ އަކަށް؟

27 އޮކްޓޯބަރު 2026 | އަންގާރަ 13:01

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ހަވާލުކޮށްފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރު، "އަބްދުﷲ" ނަމަކަށް ކިޔާ ފަރާތަކަށް އެތައް މިލިއަން ޑޮލަރެއް ދިން ކަމަށް ބުނި ބުނުމާ ގުޅިގެން ބޮޑެތި ތުހުމަތުތަކެއް ވަނީ ފެންމަތިވެފައި. މި މުއާމަލާތުގައި މިނިސްޓަރު މުއްތަލިބުގެ ދައުރާއި ބޭރުގެ ދަތުރުތަކާ މެދު ސުވާލު އުފެދިފައިވާއިރު، މިކަމުގެ ހަގީގަތް ހާމަކުރުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުން

އަމްނާ އިމާދު
އަމްނާ އިމާދު | 27 އޮކްޓޯބަރު 2026 | އަންގާރަ 13:01
ރަސްމާލޭގައި "މޯލްޑިވްސް ވޯޓަރ ފްރަންޓް އެންޑް މެރީނާ" ތަރައްގީކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން

ރަސްމާލޭގައި "މޯލްޑިވްސް ވޯޓަރ ފްރަންޓް އެންޑް މެރީނާ" ތަރައްގީކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން | އީގަލް ހިލްސް

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ދީފައިވާ އީގަލް ހިލްސް ކުންފުނީގެ ވެރިޔާ މުހައްމަދު އަލައްބާރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި، "އަބްދުﷲ" ނަމަކަށް ކިޔާ ފަރާތަކަށް އެތައް މިލިއަން ޑޮލަރެއް ދެއްވާފައިވާ ކަމަށް ވިދާޅުވި ވާހަކަތަކާ ގުޅިގެން ސިޔާސީ މަސްރަހުގައާއި އާންމުންގެ މެދުގައި ބޮޑެތި ސުވާލުތަކެއް ވަނީ އުފެދިފަ އެވެ. ސަރުކާރުގެ އިސް ބޭފުޅުންނާއި ރާއްޖޭގެ ފުންނާބުއުސް ވިޔަފާރިވެރިން ބައިވެރިވި ބައްދަލުވުމެއްގައި މި ވާހަކަތައް ތިލަވުމާއެކު، އަލައްބާރު އެ އިޝާރާތް ކުރެއްވި "އަބްދުﷲ" އަކީ ކާކުކަން ހޯދުމަށާއި މުޅި މި މަޝްރޫއުގެ މިނިވަން އޮޑިޓެއް ހެދުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.

އިތުބާރު ހުރި މަސްދަރުތަކުން މައުލޫމާތު ލިބޭ ގޮތުގައި، އަލައްބާރު ރާއްޖެ ވަޑައިގެން ބޭއްވެވި ބައްދަލުވުންތަކުގެ ތެރެއިން ބައްދަލުވުމެއްގައި ރާއްޖޭގެ ވިޔަފާރިވެރިން ވަނީ ގައުމަށް ޑޮލަރުގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި، ރާއްޖެއަށް އެއްވެސް މާލީ މަންފާއެއް ނުލިބޭ ގޮތަށް ރަސްމާލެ މަޝްރޫއު ހިންގާތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ސުވާލުތަކަށް ރައްދު ދެއްވަމުން އަލައްބާރު ވިދާޅުވީ، އެ ކުންފުނިން އަބްދުﷲ އަށް އެތައް ފަހަރަކު ފައިސާ ދީފައިވާ ކަމަށެވެ.

އެއާއެކު، މި ފައިސާ ދެވުނީ ރަސްމާލެ މަޝްރޫއުގެ ބިން ހިއްކުމުގެ މުއާމަލާތުގެ ތެރެއިންތޯ ނުވަތަ ފަހުން ހިންގި އެހެން މުއާމަލާތްތަކެއްގެ ދަށުންތޯ ވަނީ ސުވާލު އުފެދިފަ އެވެ. ވިޔަފާރި މުއާމަލާތްތަކުގައި ބޮޑެތި އަދަދުތަކުން ނަގުދު ފައިސާ ބޭނުންކޮށްފައިވާނަމަ، ބޭންކިންގ ނިޒާމުގެ ބޭރުން އެ ފައިސާ ދައުރުކުރެވުނީ ކޮން އުސޫލަކުންތޯ ވެސް ފާހަގަކުރެވެ އެވެ.

މި މައްސަލައިގައި ސިޔާސީ ޕޮޑްކާސްޓްތަކާއި ޚަބަރުތަކުގައި ބަހުސް ހިނގަމުންދާއިރު، ސަރުކާރުގެ ތެރެއިންނާއި ރަސްމާލެ މަޝްރޫއާ އެންމެ ގާތުން މަސައްކަތްކުރައްވާ ފަރާތްތަކުގެ ތެރޭގައި ހިމެނޭ "އަބްދުﷲ" އިންނާ މެދު ގިނަ ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފަ އެވެ.

ޚާއްސަކޮށް، ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބަކީ މި މަޝްރޫއުގެ އެއްބަސްވުންތަކުގައި ސޮއިކުރެއްވުމާއި އަމަލީ ހުރިހާ މަސައްކަތެއް ވިލަރެސް ކުރެއްވުމުގައި އެންމެ އިސް ދައުރެއް އަދާކުރައްވާ ވަޒީރެވެ. އަދި އޭނާގެ އާއިލީ ގުޅުންތަކާއި، "ބްރަދާސް" ގެ ގޮތުގައި ފާހަގަކުރެވޭ ފަރާތްތަކުގެ ދަތުރުފަތުރުގެ ތަފްސީލުތަކާ ގުޅުވައިގެން ވެސް ތަފާތު ޝައްކުތައް މިހާރު ވަނީ އުފެދިފަ އެވެ. 

އެގޮތުން މިއަހަރުގެ އޭޕްރީލް 30 އިން މެއި 2 އަށް ދުބާއީއަށް ކުރެއްވި ދަތުރުތަކާއި، މެއި މަހު ސިންގަޕޫރާއި ދުބާއީއާ ދެމެދު އެކި ފަރާތްތަކުން ކޮށްފައިވާ ދަތުރުތަކުގެ އިތުރުން ޖޫން މަހުގެ ފަހުކޮޅު ބެއިޖިންގއަށް ކުރެވުނު ދަތުރުތަކަކީ މި ތުހުމަތުތަކާ ގުޅުންހުރި ކަންކަން ކަމަށް ބުނެ ސުވާލުތައް ދަނީ އުފައްދަމުންނެވެ. 

މީގެ އިތުރުން، މި ފަދަ ބިޔަ މަޝްރޫއެއް ކުރިއަށްދާއިރު އިގްތިސާދީ އަދި ޓޫރިޒަމް ދާއިރާގެ އިސް ވަޒީރުންގެ ދައުރެއް ނުފެނި، ހުރިހާ ކަމެއްގައި މިނިސްޓަރު މުއްތަލިބު އެކަނި އިސްވެ އުޅުއްވާ ސަބަބާމެދު ވެސް ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ. ރަސްމާލެ މަޝްރޫއަކީ ބިޔަ ވިޔަފާރިއަކާއި ޓޫރިޒަމް ހިމެނޭ މަޝްރޫއަކަށް ވާއިރު، އިގްތިސާދީ ވަޒީރު މުހައްމަދު ސައީދާއި ޓޫރިޒަމް ވަޒީރު މުހައްމަދު އަމީން މި މުއާމަލާތްތަކާ ދުރުގައި ތިއްބެވުމަކީ ޝައްކުތައް އިތުރުވާ ސަބަބެއްނުންތޯ އެވެ. 

އެހެންކަމުން އަލައްބާރު ވިދާޅުވި "އަބްދުﷲ" އަކީ ކާކުކަން ސަރުކާރުން ސާފުކޮށްދީ، މި މުއާމަލާތުގެ ހަގީގަތް ރައްޔިތުންނަށް ހާމަކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްނުންތޯ އެވެ. 

ރަސްމާލެއީގަލް ހިލްސްމުޙައްމަދު އަލައްބާރުޑރ. އަބްދުﷲ މުއްތަލިބު

އެންމެ ހިނގާ

1

ހެލްތު މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރުންތަކެއް އޮފީސްތެރޭ ނަށާ ވީޑިއޯ އާންމުވެ، ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

2

ފެނަކައިގެ ކޮރަޕްޝަން މައްސަލައިގައި ދީނާ ޖަލަށްލާން ހުކުމްކޮށްފި، ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކުރަން ދައުލަތުން އިންކާރުކުރޭ!

3

އަލައްބާރު އެތައް މިލިއަން ޑޮލަރެއް ދިން ކަމަށް ބުނާ "އަބްދުﷲ" އަކީ ކާކު؟

4

އެމެރިކާއަށް އީރާނުގެ ހަރުކަށި ރައްދެއް، މުޅި ސަރަހައްދުގައި ހަނގުރާމައިގެ "ސުންގަޑި" ކައިރިވަނީ

5

ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިމާއި ޕްރޮޕަޓީ މިލްކުކުރެވޭ ގޮތަށް ގާނޫނެއް ފާސްކުރުމަށް އޭޖީން މަޖިލީހަށް ފޮނުވަން ތައްޔާރުވެއްޖެ

އިތުރަށް ކިޔާލަން

26 އޮކްޓޯބަރު 2026

އަލައްބާރު އެތައް މިލިއަން ޑޮލަރެއް ދިން ކަމަށް ބުނާ "އަބްދުﷲ" އަކީ ކާކު؟

26 އޮކްޓޯބަރު 2026
އަލައްބާރު އެތައް މިލިއަން ޑޮލަރެއް ދިން ކަމަށް ބުނާ "އަބްދުﷲ" އަކީ ކާކު؟
26 އޮކްޓޯބަރު 2026

"ރާއްޖޭގެ ބިމުން ބޮޑު ބައެއް އެއްވެސް ޓެކުހެއް ނެގުމެއް ނެތި ސަރުކާރުން ބޭރު ފަރާތްތަކަށް ވިއްކައިލަނީ ކުދި ވިޔަފާރިތަކުން އިތުރަށް ޓެކްސް ނަގާ މަންޒަރު ފޮރުވުމަށް"

ރަސްމާލެ މަޝްރޫއުގެ ކަންބޮޑުވުމަށް ވުރެ ބޮޑު ކަންބޮޑުވުމެއް މި 5 އަހަރުތެރެއަކު ނާންނާނެ، ކެރިވަޑައިގަންނަވަންޏާ ރެފަރެންޑަމްއަކަށް ދާންވީ: މީކާއިލް

26 އޮކްޓޯބަރު 2026
ރަސްމާލެ މަޝްރޫއުގެ ކަންބޮޑުވުމަށް ވުރެ ބޮޑު ކަންބޮޑުވުމެއް މި 5 އަހަރުތެރެއަކު ނާންނާނެ، ކެރިވަޑައިގަންނަވަންޏާ ރެފަރެންޑަމްއަކަށް ދާންވީ: މީކާއިލް
26 އޮކްޓޯބަރު 2026

އީގަލް ހިލްސް އާއެކު ސަރުކާރުން ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ވެފައިވާ އެއްބަސްވުމުގެ ތަފްސީލުތައް ހާމަކުރަން ގޮވާލާ ހުށަހެޅި ގަރާރު ޕީއެންސީ އިން ބޭރުކޮށްލައިފި

26 އޮކްޓޯބަރު 2026
އީގަލް ހިލްސް އާއެކު ސަރުކާރުން ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ވެފައިވާ އެއްބަސްވުމުގެ ތަފްސީލުތައް ހާމަކުރަން ގޮވާލާ ހުށަހެޅި ގަރާރު ޕީއެންސީ އިން ބޭރުކޮށްލައިފި
26 އޮކްޓޯބަރު 2026

ބޭރު މީހުންނަށް ބިން މިލްކު ކުރެވޭގޮތް ހަދާއިރު، ރައްޔިތުން "މައިތިރިކުރަން" ޕްރޮޕެގެންޑާ ޖައްސަންވެސް ފާސްކުރި ކަރުދާހުގައި އޮތް!

26 އޮކްޓޯބަރު 2026
ބޭރު މީހުންނަށް ބިން މިލްކު ކުރެވޭގޮތް ހަދާއިރު، ރައްޔިތުން "މައިތިރިކުރަން" ޕްރޮޕެގެންޑާ ޖައްސަންވެސް ފާސްކުރި ކަރުދާހުގައި އޮތް!
25 އޮކްޓޯބަރު 2026

ރަސްމާލެ ވިއްކުމާ ދެކޮޅަށް ފަށާފައިވާ ގައުމީ ހަރަކާތަށް މާލެ ސީޓީ ކައުންސިލުގެ އެއްބާރުލުން ލިބުމަކީ ލިބުނު ވަރަށް ބޮޑު ހިތްވަރެއް: ޝެއިޚް އިމްރާން

25 އޮކްޓޯބަރު 2026
ރަސްމާލެ ވިއްކުމާ ދެކޮޅަށް ފަށާފައިވާ ގައުމީ ހަރަކާތަށް މާލެ ސީޓީ ކައުންސިލުގެ އެއްބާރުލުން ލިބުމަކީ ލިބުނު ވަރަށް ބޮޑު ހިތްވަރެއް: ޝެއިޚް އިމްރާން
25 އޮކްޓޯބަރު 2026

އަލައްބާރަށް ރަސްމާލެ ކަށަވަރު. ރައްޔިތުންގެ ފޯމަށް ވާނީ ކިހިނެތް؟

25 އޮކްޓޯބަރު 2026
އަލައްބާރަށް ރަސްމާލެ ކަށަވަރު. ރައްޔިތުންގެ ފޯމަށް ވާނީ ކިހިނެތް؟
25 އޮކްޓޯބަރު 2026

ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިމާއި ޕްރޮޕަޓީ މިލްކުކުރެވޭ ގޮތަށް ގާނޫނެއް ފާސްކުރުމަށް އޭޖީން މަޖިލީހަށް ފޮނުވަން ތައްޔާރުވެއްޖެ

25 އޮކްޓޯބަރު 2026
ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިމާއި ޕްރޮޕަޓީ މިލްކުކުރެވޭ ގޮތަށް ގާނޫނެއް ފާސްކުރުމަށް އޭޖީން މަޖިލީހަށް ފޮނުވަން ތައްޔާރުވެއްޖެ
25 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫއަކީ ގާނޫނުއަސާސީއާ ޚިލާފު ކަމެއްކަން ރައީސް އަށް ސާފު، އެ އެއްބަސްވުމުގައި ސޮއިކުރަން ވަޒީރަކު ފޮނުއްވީ ފަހުން ޒިންމާވާން ޖެހިދާނެތީ: އަލީ ހުސެއިން

25 އޮކްޓޯބަރު 2026
ރަސްމާލެ މަޝްރޫއަކީ ގާނޫނުއަސާސީއާ ޚިލާފު ކަމެއްކަން ރައީސް އަށް ސާފު، އެ އެއްބަސްވުމުގައި ސޮއިކުރަން ވަޒީރަކު ފޮނުއްވީ ފަހުން ޒިންމާވާން ޖެހިދާނެތީ: އަލީ ހުސެއިން
25 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫއު އިން ކުރިއަށް އޮތް 10 އަހަރު ސަރުކާރަށް މާބޮޑު ފައިދާއެއް ނުލިބޭނެ: ޒަރިޔަންދު

25 އޮކްޓޯބަރު 2026
ރަސްމާލެ މަޝްރޫއު އިން ކުރިއަށް އޮތް 10 އަހަރު ސަރުކާރަށް މާބޮޑު ފައިދާއެއް ނުލިބޭނެ: ޒަރިޔަންދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް