Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަސްމާލެ

ރަސްމާލެ މަޝްރޫއާ ގުޅިގެން ރައްޔިތުންނަށް އޮޅުވާނުލުމަށް މާލީ ތަޖުރިބާކާރު ޒަރިޔަންދު، ރައީސްއަށް އަދި ކަމާބެހޭ ވަޒީރުންނަށް ގޮވާލައްވައިފި

27 އޮކްޓޯބަރު 2026 | އަންގާރަ 17:23

ރަސްމާލެ މަޝްރޫއުގެ ދަށުން އަޅާ ހައުސިންގ ޔުނިޓުތަކުގެ އަގު ބޮޑުވުމާއި، އެ މަޝްރޫއަށް ނަގާފައިވާ ލޯނުތަކުގެ ތަފްސީލު ސަރުކާރުން ހާމަނުކުރާތީ މާލީ ތަޖުރިބާކާރު ޒަރިޔަންދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައި. މީގެ އިތުރުން، އެ ސަރަހައްދުން ބިން ކުއްޔަށް ދީފައިވާ ކުންފުނިތަކަށް ލިބޭ ގެއްލުމުގެ ބަދަލު ދައުލަތުން ދޭންޖެހިދާނެތީ، ރައްޔިތުންނަށް ހަގީގަތް އޮޅޭގޮތަށް މައުލޫމާތު ނުދިނުމަށް އޭނާ ގޮވާލެއްވި

އަމްނާ އިމާދު
އަމްނާ އިމާދު | 27 އޮކްޓޯބަރު 2026 | އަންގާރަ 17:23
އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލީ ދާއިރާގެ ތަޖުރިބާކާރު އިސްމާއީލް ޒަރިޔަންދު ވާހަކަ ދައްކަވަނީ

އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލީ ދާއިރާގެ ތަޖުރިބާކާރު އިސްމާއީލް ޒަރިޔަންދު ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ

ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ރައްޔިތުންނަށް އޮޅޭ ފަދަ ގޮތަކަށް މައުލޫމާތު ނުދިނުމަށާއި، މަގާމުގެ ހުވަޔާއި ގާނޫނުއަސާސީގެ 130 ވަނަ މާއްދާއަށް ހުރުމަތްތެރިކޮށް ހިއްތެވުމަށް މާލީ ދާއިރާގެ ތަޖުރިބާކާރު އިސްމާއީލް ޒަރިޔަންދު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށާއި ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު އާއި ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބަށް ގޮވާލައްވައިފި އެވެ.

އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޒަރިޔަންދު ވިދާޅުވީ، ރަސްމާލޭގެ ސަރަހައްދުތައް ކުއްޔަށް ދޫކުރާއިރު، އެ މަޝްރޫއަށް ކުރި ބޮޑު ޚަރަދު އަނބުރާ ދައުލަތަށް އަދި ރައްޔިތުންނަށް ލިބޭނެ އެއްވެސް ގޮތެއް ސަރުކާރުން ހާމަކޮށްފައި ނުވާ ކަމަށެވެ. އަދި ރަސްމާލެއާ ގުޅުވައިގެން ދައުލަތުގެ ބައެއް ކުންފުނިތަކުން އެތައް މިލިއަން ޑޮލަރެއްގެ ލޯނު ނަގާފައިވާއިރު، އެ ލޯނުތަކުގެ އިންޓްރެސްޓަށް ވާނެ ގޮތެއް ވެސް އަންގައިދީފައި ނުވާ ކަމަށާއި، މިކަމާ ގުޅޭގޮތުން މީހަކު ސުވާލުކޮށްގެން ސަރުކާރުން ޖަވާބެއް ދީފައިވާ ތަނެއް ވެސް ފެނިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

Advertisement - newsAdvertisement

މީގެ އިތުރުން، އެ މަޝްރޫއުގެ ދަށުން އަޅާ 5,000 ހައުސިންގ ޔުނިޓާ ގުޅޭގޮތުން ޒަރިޔަންދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. 

އޭނާ ވިދާޅުވީ އެ ތަންތަނަކީ އާންމު ސޯޝަލް ހައުސިންގ ޔުނިޓުތަކަށް ބަލާއިރު ގަބޫލުކުރެވޭ މިންގަނޑުތަކަށް ވުރެ ނުވަތަ އަގުތަކަށް ވުރެ މާ ބޮޑެތި އަގުތަކެއްގައި އަޅާ ތަންތަން ކަމަށާއި، އެ އަގުތަކާ އެ ޔުނިޓުތަކާ އަޅާބަލާއިރު އެއީ ''ހަމަ ބޮޑެތި މަހަލްތަކަކަށް'' ވެގެންދާ ކަމަށެވެ.

އެ 5000 ހައުސިންގ ޔުނިޓަކީ އާއްމު ރައްޔިތުންގެ ބޯހިޔާވަހިކަމަށް އަޅައިދޭ ތަންތަންކަން ދޭހާވާ ގޮތަށް ފިނޭންސް މިނިސްޓަރާއި ހައުސިންގ މިނިސްޓަރާ އަދި ޚާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ އެ ގެންގުޅުއްވާ ބަހުރުވަ ބަދަލުކުރެއްވުން ވަރަށް ބޮޑަށް އެދެން
އިސްމާއީލް ޒަރިޔަންދު

މީގެ އިތުރުން ޒަރިޔަންދު ވިދާޅުވީ، އެ 5000 ހައުސިންގ ޔުނިޓު އަޅާ ބިމަކީ މިހާރު ވެސް ރާއްޖޭގެ 21 ކުންފުންޏަކަށް އެޗްޑީސީން އެންމެ މަދުވެގެން 5 މިލިއަން ޑޮލަރު ނަގައި ކުއްޔަށް ދީފައިވާ ތަންތަން ކަމަށެވެ. އަދި އެ ތަންތަން އެގޮތަށް ކުއްޔަށް ދީފައި އޮއްވައި، ސަރުކާރުން އެކި ފަރާތްތަކަށް ކުއްޔަށް ދިނުމަށް މަސައްކަތްކުރުމުގެ ތެރޭގައި މިހާރު އީގަލް ހިލްސްއިން 5000 ހައުސިންގ ޔުނިޓް އެޅުމުގެ ނަމުގައި ކުއްޔަށް ދިނުމަކީ ރާއްޖޭގެ 21 ވިޔަފާރިއަކަށް ލިބޭ ބޮޑު ގެއްލުމެއް ކަމަށް ވިދާޅުވި އެވެ.

ޒަރިޔަންދު ވިދާޅުވީ، އެ ވިޔަފާރިތަކަށް ލިބޭ ގެއްލުމުގެ ބަދަލުގެ ގޮތުގައި މިހާރު ހިސާބުކުރި ކުރުމުން ވެސް 400 މިލިއަނަށް ވުރެ ގިނަ ދިވެހި ރުފިޔާ ދައްކަންޖެހޭ ފަދަ ހާލަތެއް މިހާރު ވެސް މެދުވެރިވެފައިވާ ކަމަށެވެ. 

އެހެންކަމުން ރައްޔިތުންނަށް އޮޅޭ ގޮތަށް ރައީސުލްޖުމްހޫރިއްޔާއާއި ހައުސިންގ މިނިސްޓަރާއި ފިނޭންސް މިނިސްޓަރު މިފަދަ ކަންކަމުގައި މައުލޫމާތު ދެއްވުމަކީ، ވެރިން ކުރައްވައިގެން ތިއްބެވި ހުވަޔާއި ޚާއްސަކޮށް ދެ ވަޒީރުން ގާނޫނުއަސާސީގެ 130 ވަނަ މާއްދާއާ އެއްގޮތަށް އަމަލުކުރެއްވުމާ ޚިލާފު ކަމެއް ކަމަށް ވިދާޅުވެ ޒަރިޔަންދު ވަނީ އެކަން ކުށްވެރިކުރައްވާފަ އެވެ.

އިސްމާއީލް ޒަރިޔަންދުޑރ. މުހައްމަދު މުއިއްޒުއީގަލް ހިލްސް

އެންމެ ހިނގާ

1

ހެލްތު މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރުންތަކެއް އޮފީސްތެރޭ ނަށާ ވީޑިއޯ އާންމުވެ، ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

2

ފެނަކައިގެ ކޮރަޕްޝަން މައްސަލައިގައި ދީނާ ޖަލަށްލާން ހުކުމްކޮށްފި، ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކުރަން ދައުލަތުން އިންކާރުކުރޭ!

3

އަލައްބާރު އެތައް މިލިއަން ޑޮލަރެއް ދިން ކަމަށް ބުނާ "އަބްދުﷲ" އަކީ ކާކު؟

4

އަލައްބާރުގެ ވާހަކަތަކުން ފަޅާއެރި ސިއްރު: އެތައް މިލިއަން ޑޮލަރެއް ދިޔައީ ކޮން އަބްދުﷲ އަކަށް؟

5

އެމެރިކާއަށް އީރާނުގެ ހަރުކަށި ރައްދެއް، މުޅި ސަރަހައްދުގައި ހަނގުރާމައިގެ "ސުންގަޑި" ކައިރިވަނީ

އިތުރަށް ކިޔާލަން

27 އޮކްޓޯބަރު 2026

ރައީސް އަޒުލުކުރުމުގެ ބާރު މަޖިލީހަށް އޮތްއިރު، ޖީލުތަކުގެ އަދުލުވެރިކަން ކަށަވަރުކުރަން ސުޕްރީމް ކޯޓުން ރައީސަށް ދަންނަވަންޖެހޭ: އަލީ ހުސެއިން

27 އޮކްޓޯބަރު 2026
ރައީސް އަޒުލުކުރުމުގެ ބާރު މަޖިލީހަށް އޮތްއިރު، ޖީލުތަކުގެ އަދުލުވެރިކަން ކަށަވަރުކުރަން ސުޕްރީމް ކޯޓުން ރައީސަށް ދަންނަވަންޖެހޭ: އަލީ ހުސެއިން
27 އޮކްޓޯބަރު 2026

ރަސްމާލޭގެ މައްސަލައިގައި ރިފަރެންޑަމަކަށް ގޮވާލައި އަންނަ މަހު 6 ގައި ބޮޑު އެއްވުމެއް ބާއްވަނީ!

27 އޮކްޓޯބަރު 2026
ރަސްމާލޭގެ މައްސަލައިގައި ރިފަރެންޑަމަކަށް ގޮވާލައި އަންނަ މަހު 6 ގައި ބޮޑު އެއްވުމެއް ބާއްވަނީ!
27 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫއާ ގުޅިގެން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓަކަށް ދިއުމަށް ޝެއިޚް އިމްރާން ގޮވާލައްވައިފި

27 އޮކްޓޯބަރު 2026
ރަސްމާލެ މަޝްރޫއާ ގުޅިގެން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓަކަށް ދިއުމަށް ޝެއިޚް އިމްރާން ގޮވާލައްވައިފި
27 އޮކްޓޯބަރު 2026

އަލައްބާރުގެ ވާހަކަތަކުން ފަޅާއެރި ސިއްރު: އެތައް މިލިއަން ޑޮލަރެއް ދިޔައީ ކޮން އަބްދުﷲ އަކަށް؟

27 އޮކްޓޯބަރު 2026
އަލައްބާރުގެ ވާހަކަތަކުން ފަޅާއެރި ސިއްރު: އެތައް މިލިއަން ޑޮލަރެއް ދިޔައީ ކޮން އަބްދުﷲ އަކަށް؟
27 އޮކްޓޯބަރު 2026

ރައީސް އާރަށަށް ކުރައްވާ ދަތުރުފުޅުތަކުގެ ތަފްސީލު ހޯދުމަށް ރާއްޖެޓީވީން ހުށަހެޅި އާރްޓީއައިގައި އެދިފައިވާ މައުލޫމާތު 5 ދުވަހުގެ ތެރޭގައި ދިނުމަށް ޑިފެންސް މިނިސްޓްރީއަށް އަންގައިފި

26 އޮކްޓޯބަރު 2026

އަލައްބާރު އެތައް މިލިއަން ޑޮލަރެއް ދިން ކަމަށް ބުނާ "އަބްދުﷲ" އަކީ ކާކު؟

26 އޮކްޓޯބަރު 2026
އަލައްބާރު އެތައް މިލިއަން ޑޮލަރެއް ދިން ކަމަށް ބުނާ "އަބްދުﷲ" އަކީ ކާކު؟
26 އޮކްޓޯބަރު 2026

ބަނޑޭރިކޮށި ހުސްކުރަން އެންގި މައްސަލަ: އެމްއެންޑީއެފްގެ ބަހެއް ނުލިބުނު!

26 އޮކްޓޯބަރު 2026
ބަނޑޭރިކޮށި ހުސްކުރަން އެންގި މައްސަލަ: އެމްއެންޑީއެފްގެ ބަހެއް ނުލިބުނު!
26 އޮކްޓޯބަރު 2026

"ރާއްޖޭގެ ބިމުން ބޮޑު ބައެއް އެއްވެސް ޓެކުހެއް ނެގުމެއް ނެތި ސަރުކާރުން ބޭރު ފަރާތްތަކަށް ވިއްކައިލަނީ ކުދި ވިޔަފާރިތަކުން އިތުރަށް ޓެކްސް ނަގާ މަންޒަރު ފޮރުވުމަށް"

ރަސްމާލެ މަޝްރޫއުގެ ކަންބޮޑުވުމަށް ވުރެ ބޮޑު ކަންބޮޑުވުމެއް މި 5 އަހަރުތެރެއަކު ނާންނާނެ، ކެރިވަޑައިގަންނަވަންޏާ ރެފަރެންޑަމްއަކަށް ދާންވީ: މީކާއިލް

26 އޮކްޓޯބަރު 2026
ރަސްމާލެ މަޝްރޫއުގެ ކަންބޮޑުވުމަށް ވުރެ ބޮޑު ކަންބޮޑުވުމެއް މި 5 އަހަރުތެރެއަކު ނާންނާނެ، ކެރިވަޑައިގަންނަވަންޏާ ރެފަރެންޑަމްއަކަށް ދާންވީ: މީކާއިލް
26 އޮކްޓޯބަރު 2026

އީގަލް ހިލްސް އާއެކު ސަރުކާރުން ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ވެފައިވާ އެއްބަސްވުމުގެ ތަފްސީލުތައް ހާމަކުރަން ގޮވާލާ ހުށަހެޅި ގަރާރު ޕީއެންސީ އިން ބޭރުކޮށްލައިފި

26 އޮކްޓޯބަރު 2026
އީގަލް ހިލްސް އާއެކު ސަރުކާރުން ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ވެފައިވާ އެއްބަސްވުމުގެ ތަފްސީލުތައް ހާމަކުރަން ގޮވާލާ ހުށަހެޅި ގަރާރު ޕީއެންސީ އިން ބޭރުކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް