Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

މަޖިލީހުގެ ސުޕަރ މެޖޯރިޓީގައި ރަސްކަމެއް ނެތި ރަސްކަލަކަށް

28 އޮކްޓޯބަރު 2026 | ބުދަ 06:33

ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ބޭނުންކޮށްގެން ސަރުކާރުން ގާނޫނުތަކަށް ބަދަލު ގެންނަނީ ނޫސްވެރިކަމާއި ކައުންސިލްތަކުގެ ބާރުތައް ހަނިކޮށް، މެންބަރުންގެ މިނިވަންކަން ގެއްލޭ ގޮތަށެވެ. މީގެ އިތުރުން ވަޒީފާގެ ބިރުދައްކައިގެން ޕާޓީއަށް މީހުން އިތުރުކުރުމާއި، ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރާކަމުގެ ތުހުމަތުތަކެއް މި ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 28 އޮކްޓޯބަރު 2026 | ބުދަ 06:33
ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީގެ ބައެއް މެންބަރުންނާ ވަކިވަކިން ރައީސް މުއިއްޒު ބައްދަލުކުރައްވާފައިވާ ކަމަށް މައުލޫމާތު ލިބޭ

ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީގެ ބައެއް މެންބަރުންނާ ވަކިވަކިން ރައީސް މުއިއްޒު ބައްދަލުކުރައްވާފައިވާ ކަމަށް މައުލޫމާތު ލިބޭ | ރާއްޖެއެމްވީ ގްރެފިކްސް

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ދުވަސްވަރެވެ. މުޅި ސަރުކާރު ނުކުމެ އުޅުނީ މެޖޯރިޓީ ހޯދުމަށެވެ. އެންމެ ބާރަށް ވިދާޅުވީ މެޖޯރިޓީ ނުލިބިއްޖެނަމަ ސަރުކާރު ހިންގަން ދަތިވާނެ ކަމަށެވެ. ރައްޔިތުންގެ ލާބަޔާ މަންފާއަށްޓަކައި ކޮންމެހެންވެސް މަޖިލީހުގެ މެޖޯރިޓީ ބޭނުން ކަމަށް ޚުދު ރައީސް މުއިއްޒު ވިދާޅުވިއެވެ.

އެވާހަކަތައް އަޑު އަހާފައި ރައްޔިތުން ސަރުކާރަށް މެޖޯރިޓީ ދިނީ ތިޔަހެނެއް ނޫނެވެ. އަތްގުޅި ނުކާވަރުގެ ބޮޑު މެޖޯރިޓީއެކެވެ. ސަރުކާރުން ކުރާ ކަމަކަށް އެހެން ބަޔަކަށް ކުޑަވައިއިނގިލިވެސް ހިއްލާ ނުލެވޭ މިންވަރަށެވެ.

ސުވާލަކީ އެ މެޖޯރިޓީއާއެކު ސަރުކާރުން ކަންކުރާން ފެށީ ކިހިނެއް ހެއްޔެވެ. އެމެޖޯރިޓީގެ ބޭނުން ހިފަނީ ކިހިނެއް ހެއްޔެވެ. ފޭސްބުކްގައި މީހަކު ލިޔެފައިވާ އެއްޗަކުން އޭގެ ޖަވާބެއް ރައްޔިތު މީހާ ދީފައިވާތީ ފެނިގެން އެކަމަށް ބަލާލާނަމެވެ. އަދި ހިސާބަކަށް އޭގެ ބައެއް ތަފްސީލަށް ޖެހިލާނަމެވެ. މިރިޕޯޓްގައި  ހިމަނާފައި މިލަނީ އާއްމު މީހަކު ފޭސްބުކްގައި ލިޔެފައިވާ ޚިޔާލީ ސުވާލު ތަކަކާއި އޭނާ ދީފައިވާ ޖަވާބު ތަކަށެވެ.

ޕީއެންސީ މީހާ: "ރައީސް، މެންބަރުން ޕާޓީއިން ވަކި ވާން އުޅެނީ"

ރައީސް: " ނުވެވޭ ގޮތް ހަދާ ވަކި ވެއްޖެނަމަ ގޮނޑި ގެއްލޭ ގޮތަށް އިސްލާހު ކޮށްލާ، އަދި ކޮންމެ މަހަކު 50 ހާސް ދޭނެ ކަމަށް ބުނޭ"

މަޖިލީހުގެ މެންބަރުންނަކަށް މިހާރު އެމީހުންގެ ފުރިހަމަ މިނިވަންކަން ނެތެވެ. އެވެރިން އަމިއްލައަށް އެބާރު ދޫކޮށްލުމުގެ ސަބަބުން އެމީހުންގެ ކޮންޓްރޯލް މިހާރު އެއޮތީ ޕާޓީތަކުގެ ފިޔަވަޅު އަޅާކޮމެޓީގެ އަތްމަތީގައެވެ. ޕާޓީން ވަކިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭނެއެވެ.

މީގެ އިތުރުން ޕީއެންސީގެ މެންބަރުންނަށް ރައީސް މުއިއްޒު ދެމުންދިޔަ ފައިސާއަކީ އެވެރިންނަށް ލިބުނު ހަދިޔާއެކެވެ. އޭސީސީން ބުނާގޮތުން އެއީ ރިޝްވަތެއް ނޫނެވެ.

ޕީއެންސީ މީހާ: " ރައީސް، މީޑިޔާ ތަކުން ސަރުކާރުގެ ސިއްރުތަށް ފަޟީހަތް ކުރަނީ"

ރައީސް:" މީޑިޔާ ބަންދު ކޮށްލާ، ޖަލުހުކުމެއް އަންނަ ކުށަކަށްހަދާ"

މީޑިޔާތައް ކޮންޓްރޯލް ކޮށްފިއެވެ. ސަރުކާރާ ދެކޮޅު ވާހަކަތައް ދައްކާ މީޑިޔާތަކަށް ވަރުގަދަ ފިޔަވަޅުތަކެއް އެޅިދާނެ ގޮތް އެވަނީ ހަދާފައެވެ. ދައްކާ ވާހަކައަކުން ލިޔެވޭ އެއްޗަކުން އެނޫސްވެރިއަކު ޖަލަށް ދާން ޖެހިދާނެކަން އެވަނީ މިހާރު ކަށަވަރު ވެފައެވެ. މީޑިޔާ އޮގަނައިޒޭޝަނަކަށް ވަދެ އެތަނުގެ ތަކެތި އެވަނީ ގެންގޮސްފައެވެ. މީޑިޔާގެ ލައިސަންސް އަތުލެވޭވަރަށް ގާނޫން އެވަނީ ބަދަލުކޮށްފައެވެ. މީގެ އިތުރުން 60 ހަކަށް މީޑިއާއަށް ސީދާ ސަރުކާރުން ފައިސާ ދީގެން ސަރުކާރުން ބޭނުންވާހާ ޕްރޮޕެގެންޑާއެއް އެދަނީ ފަތުރަމުންނެވެ. ޚާއްޞަކޮށް ދައުލަތުގެ މީޑިޔާ އެވަނީ ސަރުކާރުގެ ޖަގަހައަކަށް ވެފައެވެ.

ޕީއެންސީ މީހާ: " ރައީސް، އެއްކަލަ އޮފީހުގެ ތެރޭ ރައީސް ހިންގިކަންތަކުގެ ވާހަކަ ދައްކަނީ"

ރައީސް: "ގެގް އޯޑަރ އެއް ނެރިލާ ޖަލަށް ލާ"

ރާއްޖޭގައި ފުރަތަމަ ފަހަރަށް އެވަނީ ވަކި ވާހަކައެއް ދައްކައިފިނަމަ ޖަލަށްލައި އަދަބު ދެވޭނޭ ގޮތައް ވަރުގަދަ ކޯޓު އަމުރެއް ނެރެފައެވެ. ތާއަބަދަށް ދިގު ދެމިގެން ދާފަދަ "ގެގް އޯޑަރެއް" ނެރެފައެވެ. ބައެއް ވާހަކަ އެކަމުގެ ސަބަބުން ދެއްކުން އެވަނީ މަނާ ވެފައެވެ. ޚާއްޞަކޮށް ސީދާ ވަކި ވާހަކައެއް ދެއްކުން އެއީ މުޅިން މަނާ ކަމެކެވެ. ގެގް އޯޑަރު އަރާ ހަމަ ކުރާނެތީއެވެ.

ޕީއެންސީ މީހާ:" ރައީސް، ރަށްރަށުގެ ބޮޑެތި ބިން ހޯދަން އުދަގޫތަކެއް ހުރޭ"

ރައީސް: "ލާމަރުކަޒީ ޤާނޫނު އޮޅާލާ ސަރުކާރުގެ ބާރު ދަށަށް ހުރިހާ އެއްޗެއް ނަގާ"

މަޖިލީހުގެ މެޖޯރިޓީ ދިނުމުން ކަންވީ ގޮތުގެ ސަބަބުން ކައުންސިލްގެ މެޖޯރިޓީއެއް ރައްޔިތުން ސަރުކާރަކަށް ނުދިނެވެ. ގިނަ ކައުންސިލްތަކަށް ހޮވުނީ ސަރުކާރުން ކުރާހާ ކަމަކަށް އާނބަސް ބުނާނޭ މީހުންނެއް ނޫނެވެ. ނަތީޖާއެއްގެ ގޮތުން ސަރުކާރަކަށް ކައުންސިލްތަކަކަށް ހަންފެތުރޭނޭ ގޮތެއް ނުވިއެވެ. އެކަމާހުރެ ފުރަތަމަ މަދުކޮށްލީ ކައުންސިކލްތަކަށް ދިނުމަށް ޤާނޫނުން މަޖްބޫރުކުރި ބްލޮކް ގްރާންޓެވެ. މާލީގޮތުން ކައުންސިލްތަކުގެ ވަރަ ކޮށާލުމެވެ. އިތުރަށް މާލީ ތަނަވަސްކަން ހޯދަފާނެތީ ކައުންސިލްތަކުގެ ބިންތައް ސަރުކާރަށް ނެގޭނޭ ބާރު ޤާނޫނަށް ބަދަލު ގެނެސްގެން ސަރުކާރުން އެވަނީ ނަގާފައެވެ.  ބިންތައް އަތުލުމުގެ ފެށުމުގެ ގޮތުން ރަސްމިއްޔާތެއް ނުބޭއްވިއަސް ފުރަތަމަ އެކަހާލީ މާލޭ ސިޓީ ކައުންސިލްގެ ދަށުގައިވާ 14 ބިމެކެވެ.

ޕީއެންސީ މީހާ: "ރައީސް، ސަރުކާރާއި އިދިކޮޅަށް ޕެޓިޝަން ލަނީ"

ރައީސް: "ގަވައިދު އިސްލާހުކޮށް ލާ ޕެޓިޝަން އަކާއި ދެކޮޅަށް ސަރުކާރުން ޕެޓިޝަން ލެވޭ ގޮތަށް ހަދާ ހުރިހާ ބޮޓުން ލައްވާ ސޮއެ ހޯދާ"

ސަރުކާރު ޖަވާބު ދާރީ ކުރުވުމަށް އާއްމު ރައްޔިތު މީހާއަށް ދީފައިވާ އެއްބާރަކީ ސަރުކާރުތަކުން ކުރާ ކަންކަމާ ގުޅިގެން ޕެޓިޝަން ހުށަހެޅުމެވެ. ރައްޔިތުންގެ މަޖިލީހަށް އެފަދަ ކަންބޮޑުވުންތަކާއެކު އާއްމުންނަށް ހުށަހެޅޭވަރުވީ ދެތިން ޕެޓިޝަނެކެވެ. ވަގުތުން ޕެޓިޝަން ހުށަހެޅުމުން އަމަލު ކުރާނެގޮތް އިސްލާހު ކުރިއެވެ. އެއްކަމެއްގައި އެއް ޕެޓިޝަނަށްވުރެ ގިނަ ޕެޓިޝަން ހުށެހެޅޭގޮތް ހެދިއެވެ. ހަމަ އެއާއެކު ހުށަހަޅާފައިވާ ޕެޓިޝަނަށް ސަރުކާރުން ދިފާއުގައި ޕެޓިޝަނެއް ހުށަހަޅާ ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރުން ފައިސާދީފައި ތިބޭ މީހުން ލައްވާ އެޕެޓިޝަނަށް ސޮއި ގިނަކުރުމުގެ ބާރު އޮއިވަރެއް ދަންމާލިއެވެ.

ޕީއެންސީ މީހާ: "ރައީސް، ޕާޓީ އަށް މެންބަރުން އިތުރު ކުރަން ގޮތެއް ހަދަން ޖެހޭ"

ރައީސް: "ސަރުކާރު ކުންފުނިތަކުގެ ހުރިހާ މުއައްޒަފުންނަށް ވަޒީފާގެ ބިރު ދައްކާ ސޮއެ ކުރުވާ"

ސަރުކާރު ހިންގާ ޕާޓީން އެވަނީ ލައްކައެއްހާ މީހުން އެޕާޓީއަށް ހަމަ ކުރުމަށް ހިފާފައެވެ. އެކަމަށްޓަކައި ހިންގާ ކެންޕޭނަކީ މަޖްބޫރު ކެންޕޭނެކެވެ. ވަޒީފާގެ ބިރެވެ. ވަޒީފާ ބޭނުންނަމަ ނުވަތަ ވަޒީފާގައި ހުންނަން ބޭނުންނަމަ ޕީއެންސީއަށް ވަނުން ނޫން ގޮތެއް ނެތްކަމުގެ މަޖްބޫރެވެ. ވަކި ކުންފުންޏެއް ނޫނެވެ. ސަރުކާރު ހިއްސާވާ ހުރިހާ ކުންފުންޏަކުންވެސް މަޖްބޫރުކުރަމުން އެދަނީ ޕީއެންސީއަށް ވަނުމަށެވެ. އަދި ޕީއެންސީއަށް ވަންކަމުގެ ސްކްރީން ޝޮޓްވެސް ހުށަހެޅުމަށެވެ.

ޕީއެންސީ މީހާ: "ރައީސް، ބުލެކްމާކެޓް ރޭޓް ހާމަ ކުރާތީ ޑޮލަރު ނެތް ކަން އިނގޭ:

ރައީސް" ބުލެކް ރޭޓް ހާމަ ކުރުން ކުށަކަށް ހަދާ ހަރުކަށި އަދަބު ދީ"

މިހާރު ޑޮލަރު ރޭޓު ހުރިވަރެއް އެއްވެސް މީހަކަށް ނުބުނެވޭނެއެވެ. ނޫސްތަކުގައި އެވާހަކައެއް ނުދެއްކޭނެއެވެ. ބޭރު ފައިސާ މާރުކުރާ ފަރާތްތަކުން އޭގެ އިޝްތިހާރެއްވެސް ނުކުރެވޭނެއެވެ. ސަރުކާރުން ކަނޑައަޅާފައިވާ ރޭޓަށްވުރެ ބޮޑު އަގަކަށް ޑޮލަރު ލިބުނަސް އެވާހަކަ ބުނެލާއިރަށް ބޮޑެތި ޖޫރިމަނާތަކެއް ދައްކަން ޖެހިދާނެ ކަމަށް އެވަނީ ކަނޑައަޅާފައެވެ.

ޕީއެންސީމީހާ "ރައީސް، އީގަލްސްހިލްސް އަށް ތާއީދު ހޯދަން ޖެހޭ "

ރައީސް: ސަރުކާރު ހަރަދުގައި ބޮޓު މީޑިޔާތަށް ޔޫއޭއީއަށް ފޮނުވާލާ"

ސަރުކާރުން ފައިސާ ދީގެން ހިންގާ މީޑިޔާތަކުގެ ބަޔަކު އެވަނީ ދުބާއީގައެވެ. އަގުބޮޑު ހޮޓާ ތަކުގައެވެ. ދައްކަމުން އެދަނީ ރަސްމާލޭގެ 500 ހެކްޓަރުގެ ބިން ސަރުކާރުން ދޭން އުޅޭ އީގަލް ހިލްސްގެ ކުރިއެރުންތަކުގެ ވާހަކައެވެ. އެވެރިން ކުރާ މަސައްކަތްތަކާއި އީގަލް ހިލްސްއިން ތަރައްގީކުރާ އަދި ކޮށްފައިވާ ތަންތަނުގެ ވާހައެވެ. ސީދާ އީގަލް ހިލްސްއާއި އައްބާރުގެ ޕްރޮމޯޝަނެވެ. ޚުދު ސަރުކާރުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފްވެސް އެވަނީ އެކަމުގެ ޕްރޮމޯޝަންގެ ޓިކްޓޮކްތައް ކުޅުއްވަން ފަށްޓަވާފައެވެ.

ޕީއެންސީ މީހާ: "ރައީސް، ރަސްމާލެ ޔަހޫދީންނަށް ދޭ ވާހަކަ ދައްކަނީ"

 ރައީސް: "ޔަހޫދީންނަށް ހިމާޔަތް ދޭން ދީން ތަކާ ބެހެންޏާ ހަރުކަށި އަދަބު ދެވޭ ގޮތަށް ޤާނޫނު އިސްލާހު ކޮށްލާ"

އެއްވެސް ދީނަކާ ދެކޮޅު ވާހަކަ ނުދެއްކޭ ގޮތަށް ޤާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް އެވަނީ ހުށަހަޅާފައެވެ. ރަސްމާލޭގައި ވަޒަންވެރި ކުރުވަން އުޅެނީ ޔަހޫދީ ޒައިނިސްޓުން ކަމުގެ ވާހަކަ އާއްމުން ދައްކާތީއެވެ. އަލް އައްބާރަކީ ޔަހޫދީ ޒައިނިސްޓުންގެ ގާތް އެކުވެރިއެއް ކަމާ އެމީހުންނަށް ވާގިވެރިވާ މީހެއްކަމަށް ދައްކާ އަޑު ގަދަވުމުންނެވެ.

ކޮންމެއަކަސް މިއީ މިއަދުގެ ހާލަތެވެ. މަޖިލީހުގެ ސުޕަރ މެޖޯރިޓީއާއެކު ސަރުކާރުން ކަންކުރާ ގޮތެވެ. ރައީސުލް ޖުމްހޫރިއްޔާ ހިތުހުރި ގޮތަކަށް ވެރިކަން ކުރެއްވުމަށް އެމަޖިލީސް ބޭނުން ކުރައްވާ ގޮތެވެ. ރައްޔިތުންނަށް ކުރެވޭނެ ކަމެއް ނެތްކަން އަންގައިދޭ ވަރުގަދަ ދިރިހުރި މިސާލެކެވެ. ރަސްކަލަކަސް ނުވިއަސް ހިންގާ ރަސްކަމެކެވެ.

ރައީސް މުއިއްޒުޕީއެންސީ20 ވަނަ ރައްޔިތުންގެ މަޖިލީސްރަސްމާލެއީގަލް ހިލްސްމުޙައްމަދު ޙުސެއިން (ވަލޭ)

އެންމެ ހިނގާ

1

ހެލްތު މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރުންތަކެއް އޮފީސްތެރޭ ނަށާ ވީޑިއޯ އާންމުވެ، ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

2

އަލައްބާރުގެ ވާހަކަތަކުން ފަޅާއެރި ސިއްރު: އެތައް މިލިއަން ޑޮލަރެއް ދިޔައީ ކޮން އަބްދުﷲ އަކަށް؟

3

ފެނަކައިގެ ކޮރަޕްޝަން މައްސަލައިގައި ދީނާ ޖަލަށްލާން ހުކުމްކޮށްފި، ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކުރަން ދައުލަތުން އިންކާރުކުރޭ!

4

އަލައްބާރު އެތައް މިލިއަން ޑޮލަރެއް ދިން ކަމަށް ބުނާ "އަބްދުﷲ" އަކީ ކާކު؟

5

އެމެރިކާއަށް އީރާނުގެ ހަރުކަށި ރައްދެއް، މުޅި ސަރަހައްދުގައި ހަނގުރާމައިގެ "ސުންގަޑި" ކައިރިވަނީ

އިތުރަށް ކިޔާލަން

27 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫއާ ގުޅިގެން ރައްޔިތުންނަށް އޮޅުވާނުލުމަށް މާލީ ތަޖުރިބާކާރު ޒަރިޔަންދު، ރައީސްއަށް އަދި ކަމާބެހޭ ވަޒީރުންނަށް ގޮވާލައްވައިފި

27 އޮކްޓޯބަރު 2026
ރަސްމާލެ މަޝްރޫއާ ގުޅިގެން ރައްޔިތުންނަށް އޮޅުވާނުލުމަށް މާލީ ތަޖުރިބާކާރު ޒަރިޔަންދު، ރައީސްއަށް އަދި ކަމާބެހޭ ވަޒީރުންނަށް ގޮވާލައްވައިފި
27 އޮކްޓޯބަރު 2026

ދީނީ އަދި އިގުތިސާދީ ކުށްތައް ހިމަނައި ގާނޫނުލްއުގޫބާތަށް ހުށަހެޅި އިސްލާހުގެ ބިލު، ބުދަ ދުވަހުގެ ޖަލްސާގެ އެޖެންޑާއިން ވެސް އުނިކޮށްފި

27 އޮކްޓޯބަރު 2026
ދީނީ އަދި އިގުތިސާދީ ކުށްތައް ހިމަނައި ގާނޫނުލްއުގޫބާތަށް ހުށަހެޅި އިސްލާހުގެ ބިލު، ބުދަ ދުވަހުގެ ޖަލްސާގެ އެޖެންޑާއިން ވެސް އުނިކޮށްފި
27 އޮކްޓޯބަރު 2026

ރަސްމާލޭގެ މައްސަލައިގައި ރިފަރެންޑަމަކަށް ގޮވާލައި އަންނަ މަހު 6 ގައި ބޮޑު އެއްވުމެއް ބާއްވަނީ!

27 އޮކްޓޯބަރު 2026
ރަސްމާލޭގެ މައްސަލައިގައި ރިފަރެންޑަމަކަށް ގޮވާލައި އަންނަ މަހު 6 ގައި ބޮޑު އެއްވުމެއް ބާއްވަނީ!
27 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫއާ ގުޅިގެން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓަކަށް ދިއުމަށް ޝެއިޚް އިމްރާން ގޮވާލައްވައިފި

27 އޮކްޓޯބަރު 2026
ރަސްމާލެ މަޝްރޫއާ ގުޅިގެން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓަކަށް ދިއުމަށް ޝެއިޚް އިމްރާން ގޮވާލައްވައިފި
27 އޮކްޓޯބަރު 2026

އަޅުގަނޑުމެން މިއަދު މިކުރާ ކަންކަން ކޮންމެހެން އާންމު ރައްޔިތުންނަށް އެނގޭކަށް ނުޖެހޭ: މެންބަރު ފަޒީލް

27 އޮކްޓޯބަރު 2026
އަޅުގަނޑުމެން މިއަދު މިކުރާ ކަންކަން ކޮންމެހެން އާންމު ރައްޔިތުންނަށް އެނގޭކަށް ނުޖެހޭ: މެންބަރު ފަޒީލް
27 އޮކްޓޯބަރު 2026

އަލައްބާރުގެ ވާހަކަތަކުން ފަޅާއެރި ސިއްރު: އެތައް މިލިއަން ޑޮލަރެއް ދިޔައީ ކޮން އަބްދުﷲ އަކަށް؟

27 އޮކްޓޯބަރު 2026
އަލައްބާރުގެ ވާހަކަތަކުން ފަޅާއެރި ސިއްރު: އެތައް މިލިއަން ޑޮލަރެއް ދިޔައީ ކޮން އަބްދުﷲ އަކަށް؟
27 އޮކްޓޯބަރު 2026

ބޭނުން ގޮތަކަށް މޮޑޭ ފުއްގަނޑަކަށް ގައުމުގެ ޓެކްސް ނިޒާމް ހެދީމަ އޭގެ ގެއްލުން ކުރާނީ މުޅި ގައުމުގެ އިގްތިސާދަށާއި ރައްޔިތުންނަށް: މެންބަރު އަމީން

27 އޮކްޓޯބަރު 2026
ބޭނުން ގޮތަކަށް މޮޑޭ ފުއްގަނޑަކަށް ގައުމުގެ ޓެކްސް ނިޒާމް ހެދީމަ އޭގެ ގެއްލުން ކުރާނީ މުޅި ގައުމުގެ އިގްތިސާދަށާއި ރައްޔިތުންނަށް: މެންބަރު އަމީން
27 އޮކްޓޯބަރު 2026

ގަރާރުތަކަށް ބަހުސްކުރުމުގެ ކުރިން ވޯޓަށް އަހަންޖެހޭ ގޮތަށް މަޖިލީހުގެ ގަވާއިދު ބަދަލުކޮށްފި

27 އޮކްޓޯބަރު 2026
ގަރާރުތަކަށް ބަހުސްކުރުމުގެ ކުރިން ވޯޓަށް އަހަންޖެހޭ ގޮތަށް މަޖިލީހުގެ ގަވާއިދު ބަދަލުކޮށްފި
26 އޮކްޓޯބަރު 2026

އަލައްބާރު އެތައް މިލިއަން ޑޮލަރެއް ދިން ކަމަށް ބުނާ "އަބްދުﷲ" އަކީ ކާކު؟

26 އޮކްޓޯބަރު 2026
އަލައްބާރު އެތައް މިލިއަން ޑޮލަރެއް ދިން ކަމަށް ބުނާ "އަބްދުﷲ" އަކީ ކާކު؟
26 އޮކްޓޯބަރު 2026

ކައުންސިލަރުންގެ މުސާރަ ބޮޑު ކުރީ ރައްޔިތުން ރުޅި އަރުވަން، އަދި މިސަރުކާރުން ކައުންސިލަރުންގެ މުސާރަ ކުޑަކުރަން ހުށަހަޅާނެ: މެންބަރު ޣަފޫރު

26 އޮކްޓޯބަރު 2026
ކައުންސިލަރުންގެ މުސާރަ ބޮޑު ކުރީ ރައްޔިތުން ރުޅި އަރުވަން، އަދި މިސަރުކާރުން ކައުންސިލަރުންގެ މުސާރަ ކުޑަކުރަން ހުށަހަޅާނެ: މެންބަރު ޣަފޫރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް