Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޫސާ އަލީ ޖަލީލު

ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ވެރިއަކަށް، މިނިސްޓަރު ފެންވަރުގައި މޫސާ އަލީ ޖަލީލް އައްޔަނު ކޮށްފި

28 އޮކްޓޯބަރު 2026 | ބުދަ 17:40

ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) ގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމުގައި ހުންނެވި ވައިޘް ވަހީދު ވަކިކުރެއްވުމަށްފަހު، މިނިސްޓަރު ފެންވަރުގައި އެ މަގާމަށް މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ އަލީ ޖަލީލު ވަނީ އައްޔަނުކުރައްވާފަ. އަސްކަރީ ދާއިރާގައި ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ މޫސާ އަލީ ޖަލީލު މި މަގާމަށް އައްޔަނުކުރެއްވިއިރު، އެންސީޓީސީއަކީ ރާއްޖޭގައި ޓެރަރިޒަމާއި ހައްދުފަހަނަޅައިދިއުމުގެ ފިކުރާ ދެކޮޅަށް މަސައްކަތްކުރާ މައި އިދާރާ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 28 އޮކްޓޯބަރު 2026 | ބުދަ 17:40
ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ރިޓަޔަރޑް މޫސާ އަލީ ޖަލީލު

ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ރިޓަޔަރޑް މޫސާ އަލީ ޖަލީލު | ރާއްޖެއެމްވީ

ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރު، (އެންސީޓީސީ) ގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމަށް މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ އަލީ ޖަލީލު އައްޔަނު ކޮށްފައިވާ ކަން އެނގިއްޖެ އެވެ.

ރާއްޖެއެމްވީ އަށް އިތުބާރު ހުރި މަސްދަރަކުން ކަށަވަރު ކޮށްދީފައިވާ ގޮތުގައި މިނިސްޓަރު ފެންވަރުގައި މޫސާ އަލީ ޖަލީލް އެ މަގާމަށް އައްޔަނު ކޮށްފައިވަނީ އެ ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމުގައި ހުންނެވި މޭޖަރ ޖެނެރަލް ރިޓަޔަރޑް ވައިޘް ވަހީދު ވަކި ކުރުމަށްފަހުގަ އެވެ. ވައިޘް އެ މަގާމުގައި ހުންނެވީ ޑެޕިއުޓީ މިނިސްޓަރު ފެންވަރުގަ އެވެ. 

Advertisement - newsAdvertisement

އެ މަގާމަށް އައްޔަނު ކޮށްފައިވާ މޫސާ އަލީ ޖަލީލް އަކީ މި އަހަރު ބޭއްވި ކައުންސިލް އިންތިޚާބުގައި މާލެސިޓީ މޭޔަރު ގެ މަގާމަށް ޕީއެންސީގެ ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓެވެ. އޭގެ އިތުރުން އޭނާ އަށް 2024 ވަނަ އަހަރު ވަނީ ނިޝާން އަސްކަރީ ވެރިކަމުގެ އިއްޒަތް އަރުވާފަ އެވެ. އަދި ޖަލީލަށް މީގެ ކުރިން ޖިހާދުގެ ރަތް މެޑަލާއި ދިގުމުއްދަތެއްގައި ޚިދުމަތް ކުރުމުގެ މެޑަލްވެސް ވަނީ އަރުވާފަ އެވެ.

ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރަކީ ޓެރަރިޒަމާއި ހައްދުފަހަނަޅައިދިއުމުގެ ވިސްނުމާ ދެކޮޅަށް މަސައްކަތްކުރުމަށް 25 ފެބުރުވަރީ 2016 ގައި އުފައްދާފައިވާ ސެންޓަރެކެވެ.

މި ސެންޓަރުގެ މައިގަނޑު މަސައްކަތަކީ، ޓެރަރިޒަމުގެ ހަރަކާތްތަކާއި ހައްދުފަހަޅައިދިއުމުގެ ވިސްނުމާ ދެކޮޅަށް ދިވެހިރާއްޖޭގަ އާއި، ބައިނަލްއަގްވާމީ މަސްރަޙުގައި މަސައްކަތް ކުރުމެވެ. އަދި ދިވެހި ސަރުކާރުގެ ވުޒާރާތަކާއި، އިދާރާތަކާއި މުވައްސަސާތަކާ ވިލަރެސްކޮށްގެން މިފަދަ ހަރަކާތްތަކާއި ވިސްނުންތަކާ ދެކޮޅަށް މަސައްކަތް ކުރުމެވެ.

މޫސާ އަލީ ޖަލީލުނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުޑިފެންސް މިނިސްޓްރީ

އެންމެ ހިނގާ

1

އަލައްބާރުގެ ވާހަކަތަކުން ފަޅާއެރި ސިއްރު: އެތައް މިލިއަން ޑޮލަރެއް ދިޔައީ ކޮން އަބްދުﷲ އަކަށް؟

2

ހެލްތު މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރުންތަކެއް އޮފީސްތެރޭ ނަށާ ވީޑިއޯ އާންމުވެ، ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

3

ފެނަކައިގެ ކޮރަޕްޝަން މައްސަލައިގައި ދީނާ ޖަލަށްލާން ހުކުމްކޮށްފި، ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކުރަން ދައުލަތުން އިންކާރުކުރޭ!

4

އަލައްބާރު އެތައް މިލިއަން ޑޮލަރެއް ދިން ކަމަށް ބުނާ "އަބްދުﷲ" އަކީ ކާކު؟

5

19 އަހަރުގެ ވެރިކަމަށް ފަހު ޔަހޫދީ ނަތަންޔާހޫގެ ސިޔާސީ ހަޔާތް ނިމުމަކަށް އަންނަނީތަ؟

އިތުރަށް ކިޔާލަން

02 އެޕްރީލު 2026

އިންތިޚާބުގެ ވަގުތު ޖެހެނީ. ސަރުކާރުން ދެއްކި ވާހަކަ ސަރުކާރުގެ އަނގަޔަށް.

02 އެޕްރީލު 2026
އިންތިޚާބުގެ ވަގުތު ޖެހެނީ. ސަރުކާރުން ދެއްކި ވާހަކަ ސަރުކާރުގެ އަނގަޔަށް.
14 މާރިޗު 2026

ސައިކަލް ބުރުގައި މޫސާ އަލީ ޖަލީލު އަރާ އިންނެވި ސައިކަލުގެ ވެރިފަރާތަކީ ކަސްޓަމްސް - އަހަރީ ފީ މުއްދަތު ހަމަވެފައި

14 މާރިޗު 2026
ސައިކަލް ބުރުގައި މޫސާ އަލީ ޖަލީލު އަރާ އިންނެވި ސައިކަލުގެ ވެރިފަރާތަކީ ކަސްޓަމްސް - އަހަރީ ފީ މުއްދަތު ހަމަވެފައި
19 ފެބުރުއަރީ 2026

ޕީއެންސީ ކެނޑިޑޭޓުންނަށް ތާއީދު ހޯއްދަވަން ރައީސް މުޢިއްޒު "ދޮރުން ދޮރަށް"

19 ފެބުރުއަރީ 2026
ޕީއެންސީ ކެނޑިޑޭޓުންނަށް ތާއީދު ހޯއްދަވަން ރައީސް މުޢިއްޒު "ދޮރުން ދޮރަށް"
19 ފެބުރުއަރީ 2026

އެޗްޑީސީން މާލެސިޓީ މޭޔަރު ގެ މަގާމަށް ވާދަކުރާ ޕީއެންސީ ކެންޑިޑޭޓް މޫސާ އަލީ ޖަލީލް ޕްރޮމޯޓް ކުރާ މައްސަލައެއް

19 ފެބުރުއަރީ 2026
އެޗްޑީސީން މާލެސިޓީ މޭޔަރު ގެ މަގާމަށް ވާދަކުރާ ޕީއެންސީ ކެންޑިޑޭޓް މޫސާ އަލީ ޖަލީލް ޕްރޮމޯޓް ކުރާ މައްސަލައެއް
17 ފެބުރުއަރީ 2026

ޕީއެންސީގެ ކެންޑިޑޭޓުން ބައިތިއްބައިގެން އެއްބަޔަކަށް މުއިއްޒު އެ ބަހާލީ 16 މިލިއަން ރުފިޔާ: މެމްބަރު އައްބާސް

17 ފެބުރުއަރީ 2026
ޕީއެންސީގެ ކެންޑިޑޭޓުން ބައިތިއްބައިގެން އެއްބަޔަކަށް މުއިއްޒު އެ ބަހާލީ 16 މިލިއަން ރުފިޔާ: މެމްބަރު އައްބާސް
17 ފެބުރުއަރީ 2026

އިންތިޚާބު ބޯމަތިވެފައި ވަނިކޮށް، ޕީއެންސީ ކެންޑިޑޭޓުންގެ ހާޒިރުގައި ސިނަމާލެ އަދި މާލެހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އެއްލައްކަ ރުފިޔާ ދޭން މުއިއްޒު ނިންމަވައިފި

17 ފެބުރުއަރީ 2026
އިންތިޚާބު ބޯމަތިވެފައި ވަނިކޮށް، ޕީއެންސީ ކެންޑިޑޭޓުންގެ ހާޒިރުގައި ސިނަމާލެ އަދި މާލެހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އެއްލައްކަ ރުފިޔާ ދޭން މުއިއްޒު ނިންމަވައިފި
15 ފެބުރުއަރީ 2026

ފަހު ވަގުތު ޕީއެންސީގެ ކެންޑިޑޭޓް މޫސާ އަލީ ޖަލީލް ބަހުސް ގައި ބައިވެރި ނުވާކަން އަންގައިފި

15 ފެބުރުއަރީ 2026
ފަހު ވަގުތު ޕީއެންސީގެ ކެންޑިޑޭޓް މޫސާ އަލީ ޖަލީލް ބަހުސް ގައި ބައިވެރި ނުވާކަން އަންގައިފި
12 ފެބުރުއަރީ 2026

ރާއްޖެޓީވީ އިން މާލެސިޓީ މޭޔަރ ބަހުސް ބޭއްވުމުގެ ތައްޔާރީތައް ފަށައިފި

12 ފެބުރުއަރީ 2026
ރާއްޖެޓީވީ އިން މާލެސިޓީ މޭޔަރ ބަހުސް ބޭއްވުމުގެ ތައްޔާރީތައް ފަށައިފި
02 ފެބުރުއަރީ 2026

ކޭޕާކު ޚިޔާނަތުގެ ފައިސާ ވަޒީރު ސައީދަށް ލިބުނު ކަމުގެ ތުހުމަތު، ސައީދު ގެ ކޮމެންޓެއް ނެތް!

02 ފެބުރުއަރީ 2026
ކޭޕާކު ޚިޔާނަތުގެ ފައިސާ ވަޒީރު ސައީދަށް ލިބުނު ކަމުގެ ތުހުމަތު، ސައީދު ގެ ކޮމެންޓެއް ނެތް!
27 ޖެނުއަރީ 2026

ހައްތަހާ ވެސް ނޭތާޖީ!

27 ޖެނުއަރީ 2026
ހައްތަހާ ވެސް ނޭތާޖީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް