Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ލޯކަލް ކައުންސިލް އިންތިޚާބު

ޕީއެންސީގެ ކެންޑިޑޭޓުން ބައިތިއްބައިގެން އެއްބަޔަކަށް މުއިއްޒު އެ ބަހާލީ 16 މިލިއަން ރުފިޔާ: މެމްބަރު އައްބާސް

ވެރިޔަކު މުނާފިގު ވާނީ މިހާވަރަށް ކަމަށް އައްބާސް ވިދާޅުވި.

ރާއްޖެ އެމްވީ | 17 ފެބުރުއަރީ 2026 | އަންގާރަ 09:52
ރައީސް މުހައްމަދު މުއިއްޒު ސިނަމާލެ އަދި މާލެހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކާ ބައްދަލުކުރައްވައި، 100،000ރ. ދެއްވަން ރިޔާސީ ގަނޑުވަރު މުލީއާގޭ ގައި ބޭއްވި ބައްދަލުވުމުގައި ޕީއެންސީގެ ކެންޑިޑޭޓުން ވަނީ ބައިވެރިވެފައި.

ރައީސް މުހައްމަދު މުއިއްޒު ސިނަމާލެ އަދި މާލެހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކާ ބައްދަލުކުރައްވައި، 100،000ރ. ދެއްވަން ރިޔާސީ ގަނޑުވަރު މުލީއާގޭ ގައި ބޭއްވި ބައްދަލުވުމުގައި ޕީއެންސީގެ ކެންޑިޑޭޓުން ވަނީ ބައިވެރިވެފައި. | އެކްސް

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބު ބޯމަތިވެފައި އޮއްވާ ސަރުކާރު ހިންގާ ޕާޓީ - ޕީއެންސީ ގެ ކެންޑިޑޭޓުން ކުރިމަތީގައި ބައިތިއްބައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު 16 މިލިއަން ރުފިޔާ ބަޔަކަށް ބަހާލުމުގެ ކަންބޮޑުވުން ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ފާޅު ކުރައްވައިފި އެވެ.

އަންގާރަ ދުވަހު އެކްސް ގައި ކުރެއްވި ޕޯސްޓެއް ގައި އައްބާސް ވިދާޅުވީ، ރައްޔިތުން 5 އަހަރުގެ ދައުރަކަށް އިންތިޚާބުކުރި ކައުންސިލްތަކުގެ ދައުރުން ފަހު އަހަރު ކައުންސިލްތަކަަށް އަލަށް އެއްވެސް ޕްރޮޖެކްޓެއް ނުފެށޭގޮތަށް ހަދާ، މުވައްޒަފުން ނުނެގޭ ގޮތަށް ހެދީ ކޮރަޕްޝަން ހުއްޓުވުމަށްކަމަަށް މުއިއްޒު ސަރުކާރުން ބުނާ ކަމަށެވެ.

"ހަމަ އެމީހުން، ކައުންސިލް އިންތިޚާބަށް ކުރިމަތިލީ ޕީއެންސީ ގެ ކެންޑިޑޭޓުން ކުރިމަތީ ބައިތިއްބައިގެން، ކުލި ނުދައްކާ ގަވާއިދާ ހިލާފުވީ މީހުންގެ ކުލި މައާފުކޮށްދީފަ އެބަހާލީ 16 މިލިއަން ރުފިޔާ،" ކަމަށް އައްބާސް ވިދާޅުވި އެވެ.

ހޯމަ ދުވަހު މުއިއްޒު ވަނީ ސިނަމާލެ 1، 2، 3 އަދި 4 އާއި، މާލެހިޔާ 1 އަދި 2 ގެ ފްލެޓްތަކުގެ ވެރިފަރާތްތަކަށް  ދޭ އިނާޔަތެއް ކަމަށް ވިދާޅުވެ، އެ ފްލެޓްތަކަށް ފައިސާ ދެއްކޭގޮތް ނުވުމުގެ ސަބަބުން މިހާތަނަށް އަރާފައިވާ ޖޫރިމަނާ އެއްކޮށް މަޢާފުކޮށްދެއްވުމަށާއި ފްލެޓްތައް ބައުވެ، ސްޓްރަކްޗަރ ހަލާކުވެފައިވާތީ އާއި، އެކަމަށް ހައްލެއް ހޯއްދަވައިނުދެވި ގިނަ ދުވަސްވެފައިވާތީ، މި ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އިނާޔަތެއްގެ ގޮތުގައި 100،000 (އެއްލައްކަ) ރުފިޔާ ދެއްވުމަށް ނިންމަވާފަ އެވެ.

މެމްބަރު އައްބާސް ވިދާޅުވީ، "ސުވާލަކީ ރާއްޖެތެރޭ ރަށްތަކުގައި ސޯޝަލް ހައުސިންގައި ކުއްޔަށް އުޅޭ ފަރާތްތަކަށް އެކަން އެގޮތަށް ނުކޮށްދެއްވީ ކީއްވެތޯ؟" އެވެ. އަދި "ވިނަރެސް ފުލެޓު ތަކާއި ހިޔާ ފުލެޓުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އެގޮތަށް ކަންތަށް ނުކޮށްދެއްވީ ކީއްވެތޯ؟" އެވެ.

މާލެ އާއި ރާއްޖެތެރޭގައި އެތައްހާސް ބަޔަކު ބޮޑު ކުލީގައި ދިރިއުޅޭއިރު އެރައްޔިތުންގެ ހައްޤު ކޮބައިތޯ ވެސް އައްބާސް ވަނީ ސުވާލު ކުރައްވާފަ އެވެ.

"ވެރިޔަކު މުނާފިގުވާނީ މިހާވަރަށް. ގޮތް ނިންމާނީ ރައްޔިތުން." އައްބާސް ވިދާޅުވި އެވެ.

ހޯމަ ދުވަހު ހަވީރު ރައީސް މުއިއްޒު ސިނަމާލެ އަދި މާލެހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކާ އެކު ރަސްމީ ގަނޑުވަރު މުލީއާގޭ ގައި ބޭއްވި ބައްދަލުވުމުގައި، މުއިއްޒު ވެރިކަން ކުރައްވާ ޕާޓީން މާލޭ ސިޓީގެ މޭޔަރު ކަމަށް ނެރުއްވާފައިވާ ކެންޑިޑޭޓް މޫސާ އަލީ ޖަލީލް އާއި، އެ ޕާޓީން އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސް ކަމަށް ނެރެފައިވާ އައިޝަތު އަލައިކާ އަދުނާނުގެ އިތުރުން އެ ޕާޓީން ކައުންސިލަށް ވާދަ ކުރާ އިތުރު ކެންޑިޑޭޓުން ބައިވެރިކޮށްފައިވެ އެވެ. އެ ފަރާތްތައް މުލީއާގެ އަށް ގެންގޮސް ގެން ދައުލަތުގެ ވަސީލަތްތައް ނުހަމަ ގޮތުގައި ބޭނުން ކޮށް ކެމްޕޭން ހިނގަނީ ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ. މިއީ ކެންޑިޑޭޓުން މުލީއާގެ އަށް ގެންގޮސްގެން މުއިއްޒު ބޭއްވެވި މިފަދަ ފުރަތަމަ ބައްދަލުވުން ނޫން ކަން ވެސް ފާހަގަ ކުރެވެ އެވެ.

ޑރ. މުހައްމަދު މުއިއްޒުމުހައްމަދު އައްބާސްޕީއެންސީސިނަމާލެމާލެހިޔާމޫސާ އަލީ ޖަލީލުދައުލަތުގެ ވައްކަންލޯކަލް ކައުންސިލް އިންތިޚާބު 2026އައިޝަތު އަލައިކާ އަދުނާން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފައިސާ ޗާފު ކުރަނީ އެއް ނޫން. ރޯދަ އަށް 20ރ. ގެ ނޫޓުގެ ޑިމާންޑް މާ ބޮޑަށް މައްޗަށް ދިޔައީ އެވެ!

ފައިސާ ޗާފު ކުރަނީ އެއް ނޫން. ރޯދަ އަށް 20ރ. ގެ ނޫޓުގެ ޑިމާންޑް މާ ބޮޑަށް މައްޗަށް ދިޔައީ އެވެ!

17 ފެބުރުއަރީ 2026
މިއަދު ޕީއެންސީ އާއި ކުރަންވީ ސުވާލަކީ ބަޖެޓް އެހާ ބޮޑު އިރު ކުރާ މަސައްކަތެއް ނުފެންނަނީ ކީއްވެގެންތޯ: ފުވައްމުލައް ސީޓީގެ މޭޔަރ

މިއަދު ޕީއެންސީ އާއި ކުރަންވީ ސުވާލަކީ ބަޖެޓް އެހާ ބޮޑު އިރު ކުރާ މަސައްކަތެއް ނުފެންނަނީ ކީއްވެގެންތޯ: ފުވައްމުލައް ސީޓީގެ މޭޔަރ

17 ފެބުރުއަރީ 2026
އިންތިޚާބު ބޯމަތިވެފައި ވަނިކޮށް، ޕީއެންސީ ކެންޑިޑޭޓުންގެ ހާޒިރުގައި ސިނަމާލެ އަދި މާލެހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އެއްލައްކަ ރުފިޔާ ދޭން މުއިއްޒު ނިންމަވައިފި

އިންތިޚާބު ބޯމަތިވެފައި ވަނިކޮށް، ޕީއެންސީ ކެންޑިޑޭޓުންގެ ހާޒިރުގައި ސިނަމާލެ އަދި މާލެހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އެއްލައްކަ ރުފިޔާ ދޭން މުއިއްޒު ނިންމަވައިފި

17 ފެބުރުއަރީ 2026
ހެޔޮ ނިޔަތެއްގައި ޤާނޫނުއަސާސީ އިސްލާހު ކުރާ ނަމަ ކުރަންވީ ކަމަކީ ޖުޑީޝަލް ސަރވިސް ކޮމިޝަން މިނިވަން ވާ ގޮތަށް ޤާނޫނުއަސާސީ އިސްލާހުކުރުން: ފައިސަލް

ހެޔޮ ނިޔަތެއްގައި ޤާނޫނުއަސާސީ އިސްލާހު ކުރާ ނަމަ ކުރަންވީ ކަމަކީ ޖުޑީޝަލް ސަރވިސް ކޮމިޝަން މިނިވަން ވާ ގޮތަށް ޤާނޫނުއަސާސީ އިސްލާހުކުރުން: ފައިސަލް

16 ފެބުރުއަރީ 2026
ދެ އިންތިހާބު އެއްކޮށްލުމުގެ ބިލު ތަސްދީގުކުރެއްވުމުގެ ކުރިން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ކައުންސިލް އިންތިހާބާއެކު ނަގަނީ

ދެ އިންތިހާބު އެއްކޮށްލުމުގެ ބިލު ތަސްދީގުކުރެއްވުމުގެ ކުރިން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ކައުންސިލް އިންތިހާބާއެކު ނަގަނީ

16 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

9 މާރިޗު
ކްރީމީ މެންގޯ ކޮކްޓެއިލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމީ މެންގޯ ކޮކްޓެއިލް

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ
20233 އަހަރު ކުރިން
ކުޅިވަރު

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ

ރަށް ދެކެ ލޯބިވާ ޑޮކްޓަރު
20224 އަހަރު ކުރިން
މީހުން

ރަށް ދެކެ ލޯބިވާ ޑޮކްޓަރު

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!
20215 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު