Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މޭޔަރު ކެންޑިޑޭޓް ބަހުސް

ފަހު ވަގުތު ޕީއެންސީގެ ކެންޑިޑޭޓް މޫސާ އަލީ ޖަލީލް ބަހުސް ގައި ބައިވެރި ނުވާކަން އަންގައިފި

ރާއްޖެޓީވީ އިން އިންތިޒާމުކުރާ މާލެ ސިޓީގެ މޭޔަރު ކެންޑިޑޭޓުންގެ ބަހުސްގައި ބައިވެރިވުމަށް ޕީއެންސީގެ ކެންޑިޑޭޓް މޫސާ އަލީ ޖަލީލް ފިޔަވައި އެހެން ހުރިހާ ފަރާތްތަކުން ވަނީ އެއްބަސްވެފަ. އަންނަ މާރޗު މަހުގެ ފަހުކޮޅު ބޭއްވުމަށް ތައްޔާރުވަމުންދާ މި ބަހުސްގެ ފޯމެޓާއި ތަފްސީލުތައް ކަނޑައަޅާނީ ބައިވެރިވާ ކެންޑިޑޭޓުންނާ މަޝްވަރާ ކުރުމަށް ފަހުގަ. މި ބަހުސް ބާއްވާނެ ތާރީޚެއް ވަރަށް އަވަހަށް އިއުލާނުކުރާނެ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 15 ފެބުރުއަރީ 2026 | އާދީއްތަ 12:35
ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ރިޓަޔަރޑް މޫސާ އަލީ ޖަލީލު ރާއްޖެޓީވީ ގެ ފަށާއިރު ސޯވ ގައި ބައިވެރިވަނީ.

ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ރިޓަޔަރޑް މޫސާ އަލީ ޖަލީލު ރާއްޖެޓީވީ ގެ ފަށާއިރު ސޯވ ގައި ބައިވެރިވަނީ. | ރާއްޖެއެމްވީ

ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި މާލެސިޓީ މޭޔަރު ގެ މަގާމަށް ކުރިމަތިލައްވާ ކެންޑިޑޭޓުންނަށް ބާއްވާ ބަހުސްގައި ޕީއެންސީގެ ގެ ކެންޑިޑޭޓް މޫސާ އަލީ ޖަލީލް ބައިވެރިވެވަޑައި ނުގަންނަވާނެ ކަމަށް އެ ޕާޓީ އިން ބުނެފި އެވެ. 

މި ބަހުސްގެ އެންމެ ފަހުގެ ތައްޔާރީތައް ރާއްޖެޓީވީ އިން ވަމުންދާއިރު މާލޭ ސިޓީ ކައުންސިލް ގެ މޭޔަރު ކަމަށް ވާދަކުރައްވާ ހުރިހާ ބޭފުޅުންނަށް މި ބަހުސް ގައި ބައިވެރިވުމަށް ދައުވަތު ފޮނުވި އެވެ.

Advertisement - newsAdvertisement

އެގޮތުން ބަހުސްގައި ބައިވެރިވުމުގެ ދައުވަތު ގަބޫލުކުރުމާއި މެދު ގޮތެއް ނިންމުމަށް ދީފައިވާ މުއްދަތު  15 ފެބްރުއަރީ 2026 ވަނަ ދުވަހުގެ 16:00 އަށް ހަމަ ވިއިރު، ޕީއެންސީ ގެ ކެންޑިޑޭޓް މޫސާ އަލީ ޖަލީލް ފިޔަވާ ހުރިހާ ކެންޑިޑޭޓުން ވަނީ އެ ދައުވަތު ގަބޫލުކޮށްފަ އެވެ. މޫސާ އަލީ ޖަލީލް ބަހުސް ގައި ބައިވެރިނުވާކަން ޕާޓީ ގެ ފަރާތުން އެންގީ ބައިވެރިވުމަށް ކަނޑައެޅި ސުންގަނޑި ހަމަވާން ކުޑަތަން ވެފައި ވަނިކޮށްނެވެ. 

މި ބަހުސް އާ ގުޅިގެން  ރާއްޖެޓީވީ ގެ ޑެޕިއުޓީ ޗީފް އޮޕަރޭޓިންގ އޮފިސަރ (ޑެޕިއުޓީ ސީއޯއޯ) ނާޒްމީ ސައީދު ވިދާޅުވީ ބަހުސް ބާއްވާނެ ތާރީޚް ވަރަށް އަވަހަށް އިއުލާނު ކުރައްވާނެ ކަމަށެވެ. 

މި ބަލަނީ މި ބަހުސް މާރޗް މަހުގެ ފަހުކޮޅު ބޭއްވޭތޯ. ސްޓޭޝަނުން ވަރަށް ބޮޑަށް ތައްޔާރީތައް ވަމުން މިހާރުވެސް މި ގެންދަނީ ފުރިހަމަ ބަހުސް އަކަށް ހެދޭތޯ
ރާއްޖެޓީވީ ގެ ޑެޕިއުޓީ ޗީފް އޮޕަރޭޓިންގ އޮފިސަރ (ޑެޕިއުޓީ ސީއޯއޯ) ނާޒްމީ ސައީދު

މި ބަހުސް ގެ ފޯމެޓާއި ބަހުސް ކުރިއަށް ދާނެ ގޮތުގެ އިތުރު ތަފްސީލް ތައް ފައިނަލް ކުރާނީ ވެސް ބައިވެރިންނާ މަޝްވަރާ ކުރުމަށް ފަހު ކަން ނާޒްމީ ވަނީ ފާހަގަކުރައްވާފަ އެވެ. ރާއްޖެ ޓީވީ އިން ވަނީ މީގެ ކުރިން ވެސް މިފަދަ ބޮޑެތި ބަހުސްތައް ކާމިޔާބުކަމާއި އެކު ކުރިއަށް ގެންގޮސްފަ އެވެ. 

މާލޭ ސިޓީ ގެ މޭޔަރ ކަމަށް ވާކުރައްވާ ކެންޑިޑޭޓުންނަކީ، އާދަމް އާޒިމް (އެމްޑީޕީ)، މޫސާ އަލީ ޖަލީލް (ޕީއެންސީ), އަހްމަދު އައިހަމް (އަމިއްލަ ކެންޑިޑޭޓް)، އިސްމާއިލް ޒަރިޔަންދު (އަމިއްލަ ކެންޑިޑޭޓް)، އަދި އަބްދުﷲ މަހްޒޫމް މާޖިދު (އެމްޑީއޭ) އެވެ.

މާލެ ސިޓީރާއްޖެ ޓީވީމޫސާ އަލީ ޖަލީލުޕީއެންސީލޯކަލް ކައުންސިލް އިންތިޚާބު 2026މޭޔަރުންގެ ކެންޑިޑޭޓް ބަހުސް

ކޮމެންޓް

އިތުރަށް ކިޔާލަން

އިންތިޚާބަކާ ނުލައި 82 މީހުން ހޮވިއްޖެ

އިންތިޚާބަކާ ނުލައި 82 މީހުން ހޮވިއްޖެ

15 ފެބުރުއަރީ 2026
ގާދިއްފުށީ ފެނަކަ އަދި އެމްޓީސީސީ އިން އިންތިޚާބަށް ނުފޫޒު ފޯރުވަން ވަޒީފާގެ ބިރު ދައްކާ އެހެން ރަށްތަކަށް ބަދަލުކޮށްފައިވާ މުވައްޒަފުންގެ ލިސްޓާ އެކު އޭސީސީ އަށް މައްސަލަ ވައްދައިފި

ދުވާފަރު ކައުންސިލްގެ ރައީސް ކަމަށް ވާދަކުރާ ޕީއެންސީ ކެންޑިޑޭޓްގެ ފަރާތުން ގުރުއަތުނަގަން ދިިޔައީ އެ ރަށު ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު އަނީސް!

ދުވާފަރު ކައުންސިލްގެ ރައީސް ކަމަށް ވާދަކުރާ ޕީއެންސީ ކެންޑިޑޭޓްގެ ފަރާތުން ގުރުއަތުނަގަން ދިިޔައީ އެ ރަށު ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު އަނީސް!

15 ފެބުރުއަރީ 2026
ވެލިދޫ އާއި ހޮޅުދޫ އިން އެމްޑީޕީގެ ކެމްޕެއިން ޓިމަށް ހޫނު މަރުހަބާއެއް!

ވެލިދޫ އާއި ހޮޅުދޫ އިން އެމްޑީޕީގެ ކެމްޕެއިން ޓިމަށް ހޫނު މަރުހަބާއެއް!

14 ފެބުރުއަރީ 2026
އިންތިޚާބެއް ބޯމަތިވާކަން އެބަ އިހުސާސްވޭ! މި ހުރިހާ ދުވަހު ވަރިހަމަ ވި ކަންކަން މިހާރު ހެޔޮފުޅުކަމުން ކޮށްދެއްވަނީ ޔޯލަ!

އިންތިޚާބެއް ބޯމަތިވާކަން އެބަ އިހުސާސްވޭ! މި ހުރިހާ ދުވަހު ވަރިހަމަ ވި ކަންކަން މިހާރު ހެޔޮފުޅުކަމުން ކޮށްދެއްވަނީ ޔޯލަ!

14 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

15 ފެބުރުއަރީ
ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި
20251 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް
20242 އަހަރު ކުރިން
މީހުން

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
20197 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު