Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލޯކަލް ކައުންސިލް އިންތިޚާބު

އިންތިޚާބު ބޯމަތިވެފައި ވަނިކޮށް، ޕީއެންސީ ކެންޑިޑޭޓުންގެ ހާޒިރުގައި ސިނަމާލެ އަދި މާލެހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އެއްލައްކަ ރުފިޔާ ދޭން މުއިއްޒު ނިންމަވައިފި

17 ފެބުރުއަރީ 2026 | އަންގާރަ 02:15

މި އިނާޔަތް ދިނުމުގައި ފްލެޓަށް ދައްކަންޖެހޭ ފައިސާ ހުރި ނަމަ އެ އަދަދުން އުނިކުރުމަށްފަހު ބާކީވާ ފައިސާ ވެރިފަރާތަށް ދިނުމަށާއި، ފައިސާ ދައްކާ ނިމިފައިވާ ފަރާތްތަކަށް މުޅި އަދަދު އެއްކޮށް ދިނުމަށް ވަނީ ހަމަޖެހިފައި. މީގެ އިތުރުން، ފްލެޓްތަކަށް ފައިސާ ނުދެއްކިގެން އަރާފައިވާ ހުރިހާ ޖޫރިމަނާއެއް މައާފުކޮށްދިނުމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައި.

ރާއްޖެ އެމްވީ | 17 ފެބުރުއަރީ 2026 | އަންގާރަ 02:15
ރައީސުލްޖުމްހޫރިއްޔާ، ސިނަމާލެ އަދި މާލެހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކާ ބައްދަލުކުރައްވައި، އެފަރާތްތަކުގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވުމުގެ ގޮތުން ޚާއްޞަ އިނާޔަތެއް ދެއްވަން ނިންމަވައިފި

ރައީސުލްޖުމްހޫރިއްޔާ، ސިނަމާލެ އަދި މާލެހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކާ ބައްދަލުކުރައްވައި، އެފަރާތްތަކުގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވުމުގެ ގޮތުން ޚާއްޞަ އިނާޔަތެއް ދެއްވަން ނިންމަވައިފި | ރައީސް އޮފީސް

އިންތިޚާބު ބޯމަތިވެފައި ވަނިކޮށް، ޕީއެންސީ ކެންޑިޑޭޓުންގެ ހާޒިރުގައި ސިނަމާލެ އަދި މާލެހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކާ ބައްދަލުކުރައްވައި، އިނާޔަތެއްގެ ގޮތުގައި އެއްލައްކަ ރުފިޔާ ދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

މާލެސިޓީގެ ގަލޮޅު އަވަށުގައި ހުންނަ ސިނަމާލެ އަދި މާލޭހިޔާގެ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކާ ބައްދަލުކުރައްވައި، އެފަރާތްތަކުގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވުމުގެ ގޮތުން ޚާއްޞަ އިނާޔަތެއް ހަމަޖައްސަވައިދެއްވުމަށް ނިންމެވީ، މުލީއާގޭގައި ހޯމަ ދުވަހު ހަވީރު އެވެ.

މި ބައްދަލުކުރެއްވުމުގައި، މާލެ ސިޓީ މޭޔަރު ކަމަށް މުއިއްޒު ނެރެގެން އުޅުއްވާ ކެންޑިޑޭޓް މޫސާ އަލީ ޖަލީލް އާއި މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަދި މި ފަހަރުގެ އިންތިޚާބުގައި މުއިއްޒުގެ ޕާޓީން ވާދަ ކުރައްވާ ކެންޑިޑޭޓެއްގެ ގޮތުގައި ހުންނެވި މުހައްމަދު އަރީޝް ހާޒިރުވެ ތިއްބެވި އެވެ.

ރައީސް އޮފީހުން ނެެރެފައިވާ ބަޔާނެއްގައި ބުނީ، ސިނަމާލެ އަދި މާލެހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުން ވަނީ އެ ފްލެޓްތަކުގެ ހާލަތާއި، ދައްކަންޖެހޭ ކުއްޔާއި، ޖޫރިމަނާގެ ކަންކަމުގައި ހުރި ކަންބޮޑުވުންތައް މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އަށް ހުށަހަޅާފައި ކަމުގަ އެވެ.

މި ކަންބޮޑުވުންތަކަށް ހައްލެއް ހޯއްދެވުމުގެ ގޮތުން، މި ބައްދަލުވުމުގައި ސިނަމާލެ 1، 2، 3 އަދި 4 އާއި، މާލެހިޔާ 1 އަދި 2 ގެ ވެރިފަރާތްތަކަށް އިނާޔަތެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައި ކަމަށް ރައީސް އޮފީހުން ބުނެ އެވެ. އެގޮތުން، މި ފްލެޓްތަކަށް ފައިސާ ދެއްކޭގޮތް ނުވުމުގެ ސަބަބުން މިހާތަނަށް އަރާފައިވާ ޖޫރިމަނާ އެއްކޮށް މަޢާފުކޮށްދެއްވުމަށާއި ފްލެޓްތައް ބައުވެ، ސްޓްރަކްޗަރ ހަލާކުވެފައިވާތީ އާއި، އެކަމަށް ހައްލެއް ހޯއްދަވައިނުދެވި ގިނަ ދުވަސްވެފައިވާތީ، މި ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އިނާޔަތެއްގެ ގޮތުގައި 100،000 (އެއްލައްކަ) ރުފިޔާ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައި ކަމަށް ވެސް ރައީސް އޮފީހުން ބުނެފައިވެ އެވެ.

އެގޮތުން، މި އިނާޔަތް ދިނުމުގައި ފްލެޓުގެ ވެރިފަރާތުން ފްލެޓަށް ދައްކަންޖެހޭ ޖުމުލަ ޢަދަދު 100،000 (އެއްލައްކަ) ރުފިޔާއަށްވުރެ ބޮޑުވާނަމަ، 100،000 (އެއްލައްކަ) ރުފިޔާއާ ހަމައަށް އުނިކުރެވޭނެ އެވެ. ފްލެޓަށް ދައްކަންޖެހޭ ޖުމުލަ ޢަދަދު 100،000 (އެއްލައްކަ) ރުފިޔާއަށް ވުރެ ކުޑަނަމަ، އެ މިންވަރެއް މަޢާފުކޮށްދެއްވުމަށް ފަހު، މި އަދަދުން ބާކީވާ މިންވަރެއް، ފްލެޓްގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކުރެވޭނެއެވެ. ފްލެޓް މިލްކުކުރުމަށް ފައިސާ ދައްކާ ނިންމާފައިވާ ފަރާތްތަކަށް 100،000 (އެއްލައްކަ) ރުފިޔާ އެއްކޮށް، އެޕާޓްމަންޓްގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައި ކަމަށް ވެސް ރައީސް އޮފީހުން ބުނެފައިވެ އެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީ ތަކުގެ މެމްބަރުންގެ އިންތިޚާބު އޭޕްރީލް 4 ވަނަ ދުވަހު ބާއްވަން ތައްޔާރުވަމުން ދާއިރު، ސަރުކާރު ހިންގާ ޕާޓީ ޕީއެންސީ ގެ ކެންޑިޑޭޓުންނަށް ތާއީދު ކުރާ ފަރާތްތަކަށް ސަރުކާރުގެ ކުންފުނިތަކުން ވަޒީފާ ދިނުމާއި، ޕްރޮމޯޝަން ދިނުމާއި، އަދި ސަރުކާރުގެ ކެންޑިޑޭޓުންނަށް ތާއީދު ނުކުރާ ކަމަށް ތުހުމަތު ކުރެވޭ ފަރާތްތައް ވަޒީފާ އަދާ ކުރާ ތަން ބަދަލު ކުރުމާއި، ވަޒީފާގެ އިންޒާރު ދިނުމާއި އަދި ބައެއް ފަރާތްތައް ވަޒީފާ އިން ވަކި ކުރުން ފަދަ ކަންކަންވެސް ވަނީ އާންމުވެފަ އެވެ.

ޑރ. މުހައްމަދު މުއިއްޒުސިނަމާލެ ފްލެޓްތައްމާލެހިޔާމޫސާ އަލީ ޖަލީލުމުޙައްމަދު އަރީޝްމާލެ ސިޓީލޯކަލް ކައުންސިލް އިންތިހާބު

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2026

ރައީސް މުޢިއްޒު ބަންގްލަދޭޝް އަށް ވަޑައިގަންނަވަނީ

16 ފެބުރުއަރީ 2026
ރައީސް މުޢިއްޒު ބަންގްލަދޭޝް އަށް ވަޑައިގަންނަވަނީ
15 ފެބުރުއަރީ 2026

ދިވެހި ގާނޫނުއަސާސީ މުގުރާލުމަށްފަހު ބައިނަލްއަގުވާމީ ގާނޫނުވެސް ފުނޑާލެވިދާނެ ކަމަށް ހީކުރީތޯ؟

15 ފެބުރުއަރީ 2026
ދިވެހި ގާނޫނުއަސާސީ މުގުރާލުމަށްފަހު ބައިނަލްއަގުވާމީ ގާނޫނުވެސް ފުނޑާލެވިދާނެ ކަމަށް ހީކުރީތޯ؟
15 ފެބުރުއަރީ 2026

ސިޓީސް މިނިސްޓްރީ އިން ކެނދިކުޅުދޫގައި ތަރައްގީ ކުރާ ޕާކުގެ މައުލޫމާތަކީ ސިއްރެއް!

15 ފެބުރުއަރީ 2026
ސިޓީސް މިނިސްޓްރީ އިން ކެނދިކުޅުދޫގައި ތަރައްގީ ކުރާ ޕާކުގެ މައުލޫމާތަކީ ސިއްރެއް!
15 ފެބުރުއަރީ 2026

ފަހު ވަގުތު ޕީއެންސީގެ ކެންޑިޑޭޓް މޫސާ އަލީ ޖަލީލް ބަހުސް ގައި ބައިވެރި ނުވާކަން އަންގައިފި

15 ފެބުރުއަރީ 2026
ފަހު ވަގުތު ޕީއެންސީގެ ކެންޑިޑޭޓް މޫސާ އަލީ ޖަލީލް ބަހުސް ގައި ބައިވެރި ނުވާކަން އަންގައިފި
14 ފެބުރުއަރީ 2026

ސްޓެލްކޯ އިން އިންތިޚާބު ބޯމަތިވެފައިވަނިކޮށް ރޯދަ މަހަށް 400ރ. ގެ ބިލެއް ހަދަނީ

14 ފެބުރުއަރީ 2026
ސްޓެލްކޯ އިން އިންތިޚާބު ބޯމަތިވެފައިވަނިކޮށް ރޯދަ މަހަށް 400ރ. ގެ ބިލެއް ހަދަނީ
13 ފެބުރުއަރީ 2026

މުވައްޒަފުންނަށް ބިރު ދައްކައި ވޯޓު ކަށަވަރު ކުރުމަށް އެހެން ރަށްރަށަށް އެމީހުން ރީ ރަޖިސްޓަރީ ކުރުވުން ސަރުކާރުން ހުއްޓާލަން ޖެހޭ: ފައްޔާޒު

13 ފެބުރުއަރީ 2026
މުވައްޒަފުންނަށް ބިރު ދައްކައި ވޯޓު ކަށަވަރު ކުރުމަށް އެހެން ރަށްރަށަށް އެމީހުން ރީ ރަޖިސްޓަރީ ކުރުވުން ސަރުކާރުން ހުއްޓާލަން ޖެހޭ: ފައްޔާޒު
13 ފެބުރުއަރީ 2026

ޖަރުމަނުގައި ފަރުތައް ހިމާޔަތް ކުރުމުގެ ވާހަކަ ދެއްކެވުމަށްފަހު މާލެ ވަޑައިގެންނެވި ގޮތަށް ފަރުތަކަށް އެއްވެސް ބެލުމެއް ނެތި މަސައްކަތް ކުރަމުންދާ ދެ ޑްރެޖަރު މުއިއްޒު ޕްރޮމޯޓު ކުރައްވައިފި

13 ފެބުރުއަރީ 2026
ޖަރުމަނުގައި ފަރުތައް ހިމާޔަތް ކުރުމުގެ ވާހަކަ ދެއްކެވުމަށްފަހު މާލެ ވަޑައިގެންނެވި ގޮތަށް ފަރުތަކަށް އެއްވެސް ބެލުމެއް ނެތި މަސައްކަތް ކުރަމުންދާ ދެ ޑްރެޖަރު މުއިއްޒު ޕްރޮމޯޓު ކުރައްވައިފި
13 ފެބުރުއަރީ 2026

ލޯކަލް ކައުންސިލް އިންތިހާބު ކެމްޕޭނަށް އެމްޑީޕީގެ ލީޑަރޝިޕް އަތޮޅު ތެރެއަށް

13 ފެބުރުއަރީ 2026
ލޯކަލް ކައުންސިލް އިންތިހާބު ކެމްޕޭނަށް އެމްޑީޕީގެ ލީޑަރޝިޕް އަތޮޅު ތެރެއަށް
13 ފެބުރުއަރީ 2026

ލާމަރުކަޒީ މި ނިޒާމް އެމްޑީޕީ ނޫން ބަޔަކަށް ދީލާލުމަކީ ރައްޔިތުން އަޅާނެ އެންމެ ފަހު، އެންމެ ނުބައި، އެންމެ ނުރައްކާތެރި ފިޔަވަޅު: އައްޑޫ މޭޔަރ ނިޒާރު

13 ފެބުރުއަރީ 2026
ލާމަރުކަޒީ މި ނިޒާމް އެމްޑީޕީ ނޫން ބަޔަކަށް ދީލާލުމަކީ ރައްޔިތުން އަޅާނެ އެންމެ ފަހު، އެންމެ ނުބައި، އެންމެ ނުރައްކާތެރި ފިޔަވަޅު: އައްޑޫ މޭޔަރ ނިޒާރު
13 ފެބުރުއަރީ 2026

ރައީސް މުއިއްޒު ޖަރުމަނުވިލާތުން އެނބުރި ވަޑައިގެންފި

13 ފެބުރުއަރީ 2026
ރައީސް މުއިއްޒު ޖަރުމަނުވިލާތުން އެނބުރި ވަޑައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް