Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކަސްޓަމްސް ސައިކަލް ކޮންޓްރޯވާސީ

ސައިކަލް ބުރުގައި މޫސާ އަލީ ޖަލީލު އަރާ އިންނެވި ސައިކަލުގެ ވެރިފަރާތަކީ ކަސްޓަމްސް - އަހަރީ ފީ މުއްދަތު ހަމަވެފައި

14 މާރިޗު 2026 | ހޮނިހިރު 09:13

ޕީއެންސީގެ ސައިކަލު ބުރުގައި މޫސާ އަލީ ޖަލީލު ދުއްވަން އިންނެވީ ކަސްޓަމްސްގެ ސައިކަލެއްކަން ހާމަވުމާ ގުޅިގެން، ދައުލަތުގެ ވަސީލަތްތައް ސިޔާސީ ކަންކަމުގައި ބޭނުންކުރާތީ އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ސަރުކާރަށް ވަނީ އަމާޒުވެފައި. މި ސައިކަލުގެ އަހަރީ ފީގެ މުއްދަތު ހަމަވެފައިވާއިރު، އެހެން އުޅަނދެއްގެ ރަޖިސްޓްރީ ނަންބަރު ބޭނުންކޮށްފައިވާ މައްސަލައިގައި ގާނޫނު ތަންފީޒު ކުރުމުގައި ހަމަހަމަކަން ނެތްކަމަށް ބުނެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުން. އާންމު ރައްޔިތުންގެ އުޅަނދުތައް ގަވާއިދާ ޚިލާފުވެގެން ޓޯ ކުރަމުންދާ ދަނޑިވަޅެއްގައި، މިފަދަ އަމަލުތައް ހިންގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް އާންމު ރައްޔިތުން ބުނޭ.

އަމްނާ އިމާދު
އަމްނާ އިމާދު | 14 މާރިޗު 2026 | ހޮނިހިރު 09:13
ޕީއެންސީން ބޭއްވި ސައިކަލް ބުރުގައި މޫސާ އަލީ ޖަލީލު އަރާ އިންނެވި ސައިކަލުގައި ފޭކް ބޯޑެއް އަޅުވާފައި އިން މައްސަލަ ބޮޑުވެ ފާޑު ކިޔުން ވަނީ އަމާޒުވެފައި.

ޕީއެންސީން ބޭއްވި ސައިކަލް ބުރުގައި މޫސާ އަލީ ޖަލީލު އަރާ އިންނެވި ސައިކަލުގައި ފޭކް ބޯޑެއް އަޅުވާފައި އިން މައްސަލަ ބޮޑުވެ ފާޑު ކިޔުން ވަނީ އަމާޒުވެފައި. | ސޯޝަލް މީޑިއާ

ޕީއެންސީން ބޭއްވި ސައިކަލް ބުރުގައި މޫސާ އަލީ ޖަލީލު އަރާ އިންނެވި ސައިކަލުގެ ވެރިފަރާތަކީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްކަން ރާއްޖެއެމްވީ އަށް ކަށަވަރުވެއްޖެ އެވެ. 

އިތުބާރުހުރި ފަރާތަކުން ވިދާޅުވީ، ހުކުރު ދުވަހުގެ ހަވީރު ޕީއެންސީން ބޭއްވި ސައިކަލުގައި ބުރުގައި މޫސާ އަލީ ޖަލީލު އަރާ އިންނެވި ސައިކަލުގެ ވެރިފަރާތަކީ ކަސްޓަމްސް ކަމަށާއި، ވެހިކަލް ނަންބަރަކީ A0C6799  ކަމަށެވެ. 

Advertisement - newsAdvertisement

ދައުލަތުގެ ސައިކަލެއް ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލަށް ލިބުނު ގޮތާއި މެދު ސުވާލު އުފެދިފައިވާއިރު، މި ސައިކަލުގެ އަހަރީ ފީ މުއްދަތު ވެސް ވަނީ 28 ފެބްރުއަރީ 2026ށް ހަމަވެފަ އެވެ. 

މިދިޔަ އަހަރު އެތެރެކޮށްފައިވާ މިސައިކަލުގައި ދުއްވާފައިވަނީ AA0C P6796 ބޯޑުގަ އެވެ. ނަމަވެސް 2014ގެ މޮޑެލްގެ ސައިކަލަކަށް މި ނަންބަރު ވަނީ ރެޖިސްޓްރީ ކޮށްފަ އެވެ.

ޕީއެންސީން ބޭއްވި ސައިކަލް ބުރުގައި މޫސާ އަލީ ޖަލީލު އަރާ އިންނެވި ސައިކަލުގައި ބޯޑު ނަންބަރު ދިމާވާ އަނެއް ސައިކަލު

ޕީއެންސީން ބޭއްވި ސައިކަލް ބުރުގައި މޫސާ އަލީ ޖަލީލު އަރާ އިންނެވި ސައިކަލުގައި ބޯޑު ނަންބަރު ދިމާވާ އަނެއް ސައިކަލު

މި މައްސަލައާ ގުޅިގެން ކަސްޓަމްސްގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފަ އެވެ.

ދެ ސައިކަލުގެ ފޮޓޯއާއެކު ސޯޝަލް މީޑިއާއަށް އާއްމުވެފައިވާއިރު، ގިނަ ބަޔަކު ދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. ފާޑު ކިޔާ މީހުން ވަނީ އެއް ނަންބަރެއް ޖަހައިގެން ސައިކަލު ދުއްވުން ހުއްދައީތޯ އާއި، ގާނޫނު ދަމަހައްޓާ ގޮތާއި މެދު ސުވާލު އުފައްދާފަ އެވެ. އަދި މޫސާ އަލީ ޖަލީލު 1300ސީސީ ސައިކަލެއްގައި ފަރިވެފައި އިނުމުން އަދި ނުފުދޭ ކަމަށާއި، މި ކަމަށް ޖަވާބުދާރީވާން ޖެހޭ ކަމަށް ގިނަ ބަޔަކު ގޮވާލާފައިވެ އެވެ. 

ވެހިކަލް ރަޖިސްޓްރީ ކުރަމުންދަނީ އެއް މިނިސްޓްރީ އަކުންކަން ފާހަގަކޮށް ބައެއް މީހުން ބުނީ އާއްމު ރައްޔިތުންގެ ކަންކަމުގައި ވަރަށް ބޮޑަށް އަނިޔާވެރިވާ ކަމަށާއި، ރާއްޖެއަށް ރަޖިސްޓްރީ ކޮށްފައި ހުންނަ އުޅަނދުގެ ޒޯނު ގޯސްވެގެން ބަހައްޓާފައި ހުއްޓާ އެތައް ބައެއްގެ އުޅަނދުތަކެއް ފުނޑައިގެން މިސަރުކާރުން ޓޯ ކުރަމުންދާ ކަމަށެވެ.

ނޯޓް: މި ޚަބަރު ޕަބްލިޝް ކުރި ފަހުން ކަސްޓަމްސް އިން ރާއްޖެ ޓީވީ އަށް މައުލޫމާތު ދެމުން ބުނެފައި ވަނީ "ފޮޓޯގައި ކެނޑިޑޭޓް ބޭނުންކުރައްވާ ސައިކަލުގެ ނަމްބަރު ކަމަށްވާ 6796 އަކީ ކަސްޓަމްސްގެ ނަމުގައި ރަޖިސްޓްރީކޮށްފައި ވާ ސައިކަލެއް ނޫން ކަމަށް. އެކަން ވަނީ ޓްރާންސްޕޯޓް މިނިސްޓްރީ އާއި ޕޮލިހުން ޔަގީންކޮށްދީފައި."

މޫސާ އަލީ ޖަލީލުޕީއެންސީމޯލްޑިވްސް ކަސްޓަމްސް ސާރވިސް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

14 މާރިޗު 2026

ވަޒީރު ޝިޔާމެވެ. އަނެއްކާވެސް ހަމަ އެ އިންތިޚާބީ ވައުދުފުޅު ހެއްޔެވެ؟

14 މާރިޗު 2026
ވަޒީރު ޝިޔާމެވެ. އަނެއްކާވެސް ހަމަ އެ އިންތިޚާބީ ވައުދުފުޅު ހެއްޔެވެ؟
14 މާރިޗު 2026

ޕީއެންސީ ގެ މަޖްލިސް މެމްބަރުން ތިބީ ގައިދު ވެފަ: މުސްތަފާ

14 މާރިޗު 2026
 ޕީއެންސީ ގެ މަޖްލިސް މެމްބަރުން ތިބީ ގައިދު ވެފަ: މުސްތަފާ
14 މާރިޗު 2026

ސަރުކާރަށް ރިފަރެންޑަމް ކާމިޔާބު ވެއްޖެނަމަ އިންތިޚާބު ކުރާ މަގާމުތަކަކީ މުއްދަތު ކަނޑައެޅިފައި އޮންނަ މަގާމުތަކަކަށް ނުވާނެ: މެންބަރު ޝަމްހީދު

14 މާރިޗު 2026
ސަރުކާރަށް ރިފަރެންޑަމް ކާމިޔާބު ވެއްޖެނަމަ އިންތިޚާބު ކުރާ މަގާމުތަކަކީ މުއްދަތު ކަނޑައެޅިފައި އޮންނަ މަގާމުތަކަކަށް ނުވާނެ: މެންބަރު ޝަމްހީދު
12 މާރިޗު 2026

ޤަދް ސަމިޢު މިހާވަރިއްޔާ އަދި ޤާލަ ފަމާ ކިހާވަރެއް ވާނެބާއެވެ.

12 މާރިޗު 2026
ޤަދް ސަމިޢު މިހާވަރިއްޔާ އަދި ޤާލަ ފަމާ ކިހާވަރެއް ވާނެބާއެވެ.
11 މާރިޗު 2026

ޝާހިދު ރައީސް މުޢިއްޒަށް: ބިރުދެއްކުން ހުއްޓާލައްވާފަ ފަހަތައް ޖެހިވަޑައިގަންނަވާ!

11 މާރިޗު 2026
ޝާހިދު ރައީސް މުޢިއްޒަށް: ބިރުދެއްކުން ހުއްޓާލައްވާފަ ފަހަތައް ޖެހިވަޑައިގަންނަވާ!
10 މާރިޗު 2026

ވަޒީފާއިން ސަސްޕެންޑް ކުރި ޒުވާނަކު ރައީސް މުޢިއްޒަށް: ލޯބި ލިބޭނީ ލޯބި ދީގެން!

10 މާރިޗު 2026
ވަޒީފާއިން ސަސްޕެންޑް ކުރި ޒުވާނަކު ރައީސް މުޢިއްޒަށް: ލޯބި ލިބޭނީ ލޯބި ދީގެން!
10 މާރިޗު 2026

ޕީއެންސީ ކައުންސިލެއް ހޮވައިފި ނަމަ އެމީހުން ގަލަން ހިއްލާލާނީ ވެސް ރައީސް އޮފީހުން އެންގީމަ: ޔައުގޫބް

10 މާރިޗު 2026
ޕީއެންސީ ކައުންސިލެއް ހޮވައިފި ނަމަ އެމީހުން ގަލަން ހިއްލާލާނީ ވެސް ރައީސް އޮފީހުން އެންގީމަ: ޔައުގޫބް
10 މާރިޗު 2026

މޭޔަރ ކަމަށް އިތުރު ދައުރަކަށް އާޒިމް ހޮވިއްޖެ ނަމަ އުމުރުން ދުވަސްވީ މީހުން ޕާކުތަކަށް ގެންގޮސް، ޑޮކްޓަރަށް ދެއްކުމުގައި އެހީތެރިވެދޭނެ ނިޒާމެއް ޤާއިމްކުރަނީ

10 މާރިޗު 2026
މޭޔަރ ކަމަށް އިތުރު ދައުރަކަށް އާޒިމް ހޮވިއްޖެ ނަމަ އުމުރުން ދުވަސްވީ މީހުން ޕާކުތަކަށް ގެންގޮސް، ޑޮކްޓަރަށް ދެއްކުމުގައި އެހީތެރިވެދޭނެ ނިޒާމެއް ޤާއިމްކުރަނީ
10 މާރިޗު 2026

ހަގީގަތުގައި ރާއްޖޭގެ ހުރިހާ ކައުންސިލަރުން ސަސްޕެންޑް ކޮށްގެން ގެންގުޅޭތާ އަހަރެއް ވީ: ޔައުގޫބް

10 މާރިޗު 2026
ހަގީގަތުގައި ރާއްޖޭގެ ހުރިހާ ކައުންސިލަރުން ސަސްޕެންޑް ކޮށްގެން ގެންގުޅޭތާ އަހަރެއް ވީ: ޔައުގޫބް
09 މާރިޗު 2026

ދޫނިތަކުގެ ކޯޅުން ބޮޑުވެ ދޫނިތައް ތަޅާފޮޅަނީ

09 މާރިޗު 2026
ދޫނިތަކުގެ ކޯޅުން ބޮޑުވެ ދޫނިތައް ތަޅާފޮޅަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް