Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)

އެޗްޑީސީން މާލެސިޓީ މޭޔަރު ގެ މަގާމަށް ވާދަކުރާ ޕީއެންސީ ކެންޑިޑޭޓް މޫސާ އަލީ ޖަލީލް ޕްރޮމޯޓް ކުރާ މައްސަލައެއް

19 ފެބުރުއަރީ 2026 | ބުރާސްފަތި 08:46

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެޗްޑީސީން ހުޅުވި އައުޓްޑޯ ޖިމްގެ ރަސްމިއްޔާތުގައި މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ ސަރުކާރުގެ ކެންޑިޑޭޓް މޫސާ އަލީ ޖަލީލް ބައިވެރިވެވަޑައިގަތުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އެކުންފުންޏަށް ވަނީ އަމާޒުވެފައި. ސަރުކާރުގެ ކުންފުންޏަކުން ކެންޑިޑޭޓަކު ޕްރޮމޯޓްކުރާ ކަމަށް ބުނެ އާންމުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، މިއީ އިންތިޚާބަށް ނުފޫޒު ފޯރުވުން ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރޭ.

އަމްނާ އިމާދު
އަމްނާ އިމާދު | 19 ފެބުރުއަރީ 2026 | ބުރާސްފަތި 08:46
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފުރަތަމަ އައުޓްޑޯ ޖިމް ހުޅުވި ރަސްމިއްޔާތުގެ ތެރެއިން.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފުރަތަމަ އައުޓްޑޯ ޖިމް ހުޅުވި ރަސްމިއްޔާތުގެ ތެރެއިން. | ހައުސިންގް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން  ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި މާލެސިޓީ މޭޔަރު ގެ މަގާމަށް ވާދަކުރާ ޕީއެންސީ ކެންޑިޑޭޓް މޫސާ އަލީ ޖަލީލް ޕްރޮމޯޓް ކުރާ މައްސަލައެއް ފެންމަތިވެއްޖެ އެވެ. 

ބުދަ ދުވަހު އެޗްޑީސީން ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާ، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފުރަތަމަ އައުޓްޑޯ ޖިމް ހުޅުވާފަ އެވެ. ކަސްރަތު ކުރުމަށް ބޭނުންކުރާ 22 ބާވަތެއްގެ އައުޓްޑޯ އިކުއިޕްމަންޓް ހިމެނޭ މި ޖިމް ރަސްމީކޮށް އިފުތިތާހުކޮށްދެއްވީ އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އަލީ ޒުހައިރު އެވެ. އަރިހުގައި ޕީއެންސީ ކެންޑިޑޭޓް މޫސާ އަލީ ޖަލީލް ހުންނެވި އެވެ. 

Advertisement - newsAdvertisement

މި ރަސްމިއްޔާތުގެ ފޮޓޯ އެޗްޑީސީގެ އެކްސް އެކައުންޓުގައި ވަނީ ޕޯސްޓު ކޮށްފަ އެވެ. 

އެކަމާ ގުޅިގެން އެޗްޑީސީއަށް ވަނީ ގިނަ ބައެއް ފާޑު ކިޔުން އަމާޒުވެފަ އެވެ. އަދި އައުޓްޑޯ ޖިމް ހުޅުވުމުގެ ރަސްމިއްޔާތަށް ޚާއްސަ މެހެމާނެއްގެ ގޮތަށް ވަޑައިގެންނެވީ ކޮން އުސޫލަކުންތޯ ގިނަ ބަޔަކު ސުވާލު އުފައްދާފައިވެ އެވެ. އަދި ސަރުކާރުގެ ކުންފުނިތަކުން ސަރުކާރު ކެންޑިޑޭޓުން މިފަދަ ގޮތަކަށް ޕްރޮމޯޓް ކުރާނަމަ އިންތިޚާބު ވެސް އިންސާފުވެރި ނުވާނެ ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ.

 މި ޖިމް ގާއިމްކޮށްފައިވަނީ ހުޅުމާލެ ފޭސް 2ގެ ޓަރފް ދަނޑު ކައިރީގައި އޮންނަ ބިމުގަ އެވެ. މިއީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްތައް ހިމެނޭ ސަރަހަދަށް ވާއިރު، މިރަސްމިއްޔާތުގެ ތެރެއިން ވެސް ގިނަ ބަޔަކާ ބައްދަލުކޮށް، ކެންޕޭންގެ އެކިއެކި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވާ ކަމަށް ބައެއް މީހުން ތުހުމަތު ކޮށްފައިވެ އެވެ. 

މި މައްސަލައާ ގުޅޭގޮތުން ރާއްޖެއެމްވީއަށް އެޗްޑީސީން ބުނީ، ކިހިނެއް ހިނގާ ދިޔަ ކަމެއްކަން ނޭނގޭ ކަމަށާއި، ބުރާސްފަތި ދުވަހުގެ ހަވީރުގެ ވަގުތެއްގައި ކޮމެންޓެއް ދޭނެ ކަމަށެވެ. 

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)މޫސާ އަލީ ޖަލީލުޕީއެންސީމާލެ ސިޓީގެ މޭޔަރުހުޅުމާލެ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

18 ފެބުރުއަރީ 2026

އުމުރު ދުވަހުގެ ޖަލު ހުކުމެއްގައި ހުރި ޕީއެންސީ އެކްޓިވިސްޓް ޝަހީބަށް 650،000 ރުފިޔާ ދޭން ހުކުމެއް

18 ފެބުރުއަރީ 2026
އުމުރު ދުވަހުގެ ޖަލު ހުކުމެއްގައި ހުރި ޕީއެންސީ އެކްޓިވިސްޓް ޝަހީބަށް 650،000 ރުފިޔާ ދޭން ހުކުމެއް
17 ފެބުރުއަރީ 2026

ޖަލްސާގެ ކޯރަމް ހަމަނުވެގެން އިއުލާނު ކުރާ ފަހުން މީހަކު ވަނުމަކުން ކޯރަމް ހަމަވިކަމަކަށް ނުބެލެވޭނެ: އާޒިމް

17 ފެބުރުއަރީ 2026
ޖަލްސާގެ ކޯރަމް ހަމަނުވެގެން އިއުލާނު ކުރާ ފަހުން މީހަކު ވަނުމަކުން ކޯރަމް ހަމަވިކަމަކަށް ނުބެލެވޭނެ: އާޒިމް
17 ފެބުރުއަރީ 2026

ޕީއެންސީގެ ކެންޑިޑޭޓުން ބައިތިއްބައިގެން އެއްބަޔަކަށް މުއިއްޒު އެ ބަހާލީ 16 މިލިއަން ރުފިޔާ: މެމްބަރު އައްބާސް

17 ފެބުރުއަރީ 2026
ޕީއެންސީގެ ކެންޑިޑޭޓުން ބައިތިއްބައިގެން އެއްބަޔަކަށް މުއިއްޒު އެ ބަހާލީ 16 މިލިއަން ރުފިޔާ: މެމްބަރު އައްބާސް
17 ފެބުރުއަރީ 2026

އިންތިޚާބު ބޯމަތިވެފައި ވަނިކޮށް، ޕީއެންސީ ކެންޑިޑޭޓުންގެ ހާޒިރުގައި ސިނަމާލެ އަދި މާލެހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އެއްލައްކަ ރުފިޔާ ދޭން މުއިއްޒު ނިންމަވައިފި

17 ފެބުރުއަރީ 2026
އިންތިޚާބު ބޯމަތިވެފައި ވަނިކޮށް، ޕީއެންސީ ކެންޑިޑޭޓުންގެ ހާޒިރުގައި ސިނަމާލެ އަދި މާލެހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އެއްލައްކަ ރުފިޔާ ދޭން މުއިއްޒު ނިންމަވައިފި
16 ފެބުރުއަރީ 2026

ޕިކަޕެއް ދަށުގައި މަސައްކަތް ކުރަން އޮތް ދިވެހި ފިރިހެނެއްގެ ގައިމައްޗަށް ޕިކަޕް ވެއްޓިގެން އެ މީހާ މަރުވެއްޖެ

16 ފެބުރުއަރީ 2026
ޕިކަޕެއް ދަށުގައި މަސައްކަތް ކުރަން އޮތް ދިވެހި ފިރިހެނެއްގެ ގައިމައްޗަށް ޕިކަޕް ވެއްޓިގެން އެ މީހާ މަރުވެއްޖެ
15 ފެބުރުއަރީ 2026

ދިވެހި ގާނޫނުއަސާސީ މުގުރާލުމަށްފަހު ބައިނަލްއަގުވާމީ ގާނޫނުވެސް ފުނޑާލެވިދާނެ ކަމަށް ހީކުރީތޯ؟

15 ފެބުރުއަރީ 2026
ދިވެހި ގާނޫނުއަސާސީ މުގުރާލުމަށްފަހު ބައިނަލްއަގުވާމީ ގާނޫނުވެސް ފުނޑާލެވިދާނެ ކަމަށް ހީކުރީތޯ؟
15 ފެބުރުއަރީ 2026

އައު ޑޮމެސްޓިކް ޓަރމިނަލްތަ؟ ނޫނީ ޕީއެންސީ ޖަގަހައެއްތަ؟

15 ފެބުރުއަރީ 2026
އައު ޑޮމެސްޓިކް ޓަރމިނަލްތަ؟ ނޫނީ ޕީއެންސީ ޖަގަހައެއްތަ؟
15 ފެބުރުއަރީ 2026

ފަހު ވަގުތު ޕީއެންސީގެ ކެންޑިޑޭޓް މޫސާ އަލީ ޖަލީލް ބަހުސް ގައި ބައިވެރި ނުވާކަން އަންގައިފި

15 ފެބުރުއަރީ 2026
ފަހު ވަގުތު ޕީއެންސީގެ ކެންޑިޑޭޓް މޫސާ އަލީ ޖަލީލް ބަހުސް ގައި ބައިވެރި ނުވާކަން އަންގައިފި
15 ފެބުރުއަރީ 2026

އިންތިޚާބަކާ ނުލައި 82 މީހުން ހޮވިއްޖެ

15 ފެބުރުއަރީ 2026
އިންތިޚާބަކާ ނުލައި 82 މީހުން ހޮވިއްޖެ
15 ފެބުރުއަރީ 2026

ދުވާފަރު ކައުންސިލްގެ ރައީސް ކަމަށް ވާދަކުރާ ޕީއެންސީ ކެންޑިޑޭޓްގެ ފަރާތުން ގުރުއަތުނަގަން ދިިޔައީ އެ ރަށު ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު އަނީސް!

15 ފެބުރުއަރީ 2026
ދުވާފަރު ކައުންސިލްގެ ރައީސް ކަމަށް ވާދަކުރާ ޕީއެންސީ ކެންޑިޑޭޓްގެ ފަރާތުން ގުރުއަތުނަގަން ދިިޔައީ އެ ރަށު ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު އަނީސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް