Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޭޕާކު ޚިޔާނަތުގެ ފައިސާ

ކޭޕާކު ޚިޔާނަތުގެ ފައިސާ ވަޒީރު ސައީދަށް ލިބުނު ކަމުގެ ތުހުމަތު، ސައީދު ގެ ކޮމެންޓެއް ނެތް!

ކޭޕާކްގެ ޚިޔާނާތުގެ ފައިސާ މިނިސްޓަރ ސަޢީދަށް ލިބިވަޑައިގެންނެވި ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން، އޭނާ މިހާތަނަށް އެއްވެސް ރަސްމީ ބަހެއް ވިދާޅުވެފައެއް ނުވޭ. މި މައްސަލައާ ގުޅިގެން މީސްމީޑިއާގައި އާންމުންގެ ފާޑުކިޔުންތަކާއި ނުރުހުން މިނިސްޓަރު ސައީދަށް ވަނީ ވަރަށް ބޮޑަށް އަމާޒުވެފައި.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 2 ފެބުރުއަރީ 2026 | ހޯމަ 04:09
އިކޮނޮމިކް މިނިސްޓަރ ސައީދު، އަދި ކޭޕާކު ޚިޔާނާތުގެ މައްސަލައިގައި ޙުކުމްކޮށްފައިވާ މަމްދޫހު

އިކޮނޮމިކް މިނިސްޓަރ ސައީދު، އަދި ކޭޕާކު ޚިޔާނާތުގެ މައްސަލައިގައި ޙުކުމްކޮށްފައިވާ މަމްދޫހު | ރާއްޖެ އެމްވީ

ކޭޕާކް ފްލެޓްތައް ވިއްކުމުގެ ނަމުގައި މަކަރާއި ހީލަތުން އެތައް ބައެއްގެ އަތުން ފައިސާ ނެގި މައްސަލައިގެ ދައުވާ ސާބިތުވި ހަސަން މަމްދޫހު (މަންޑޭ) ގެ ޚިޔާނާތުގެ ފައިސާ، މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށް ލިބިފައިވާ ކަމުގެ ބޮޑެތި ތުހުމަތުތަކެއް ފެންމަތިވެއްޖެ އެވެ.

މި ތުހުމަތުތައް ފެންމަތިވެފައިވަނީ، ކޭޕާކް މައްސަލާގައި 94 ދައުވާ އެއް ސާބިތުވެ، އެ މަޝްރޫއު ހިންގި ހަންބޯ ކުންފުނީގެ ކުރީގެ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) އަށް ކްރިމިނަލް ކޯޓުން ދިގު މުއްދަތުގެ ޖަލު ހުކުމެއް އިއްވާފައިވާ ދަނޑިވަޅެއްގަ އެވެ.

Advertisement - newsAdvertisement

މި މައްސަލައިގެ ތެރެއިން ވަޒީރު ސައީދަށް އަމާޒުވާ ތުހުމަތުތަކަކީ، މަމްދޫހުގެ ހަނގު އަނބި އައިމިނަތު ޝަހުދާ އާއި، ވަޒީރު ސައީދުގެ އަނބިކަނބަލުން އިހުސާނާ އަބްދުﷲ ހިއްސާވާ ކުންފުންޏަކަށް ކޭޕާކް ޚިޔާނާތުގެ ފައިސާ ޖަމާކޮށްފައިވާ ކަމަށް ބުނާ ތުހުމަތުތަކެވެ.

އިކޮނޮމިކް މިނިސްޓްރީގެ ކުންފުނިތަކުގެ ރެޖިސްޓްރީން ދައްކާ ގޮތުގައި، "އިކުއިލިބްރީ" ނަމަކަށް ކިޔާ މި ކުންފުންޏަކީ 2020 ވަނަ އަހަރު ޝަހުދާ އާއި އިހުސާނާ ހިއްސާދާރުންގެ ގޮތުގައި ތިބެގެން ރެޖިސްޓްރީކޮށްފައިވާ ކުންފުންޏެކެވެ.

މި ކުންފުންޏަކީ ކޭޕާކްގެ ޚިޔާނާތުގެ ފައިސާ ދައުރުކުރުމަށް ބޭނުންކުރި ވަސީލަތެއް ކަމަށް ތުހުމަތުކޮށް، ސޯޝަލް މީޑިއާގައި އާންމުން ދަނީ މިކަން ބަލައި ސައީދާ މެދު ފިޔަވަޅު އެޅުމަށް ގޮވާލަމުންނެވެ.

ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭ ގައި ތަރައްގީކުރަމުންދާ ކޭ-ޕާކް ރެޒިޑެންސް ގެ އެޕާޓްމަންޓްތައް ވިއްކުމުގައި އޮޅުވާލުމާއި، މަކަރާއި ހީލަތް ހަދާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ ފެންމަތިވެ، މަންޑޭގެ މައްޗަށް 100 އަށް ވުރެ ގިނަ ދައުވާ ދައުލަތުން ވަނީ އުފުލާފަ އެވެ. އަދި ދިވެހި ފުލުހުންގެ ޚިދުމަތުން މި މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރުމަށް ފަހު ގެއްލުން ލިބުނު 51 މީހުންނާ ގުޅިގެން ދައުވާތައް ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހެޅީ 12 ޑިސެންބަރު 2023 ގައެވެ. އިކުއިލިބްރީ އަކީ މަމްދޫހުގެ އަނބިމީހާ ގެ ކުންފުންޏަކަށް ވާއިރު މި ޚިޔާނާތުގެ ފައިސާ އެ ކުންފުންނާއި ކުންފުނީގެ ހިއްސާދާރުންނަށް ލިބުނު ކަމަށް އާއްމުން ދަނީ ތުހުމަތު ކުރަމުންނެވެ.

މީގެ އިތުރުން، ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ޚަރަދުތަކަށް މި ފައިސާ ބޭނުންކޮށްފައިވާ ކަމަށް އާންމުންގެ ތެރޭގައި ވަނީ ބޮޑެތި ތުހުމަތުތަކެއް ކޮށްފަ އެވެ. ބައެއް ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި، ކޭޕާކް ޚިޔާނާތުގެ ފައިސާ ސީދާގޮތެއްގައި ސައީދަށް ވަނީ ލިބިވަޑައިގެންފަ އެވެ. މިފަދަ ތުހުމަތުތަކެއް ފެންމަތިވެފައިވާއިރު، ރައީސް ޑރ. މުޙައްމަދު މުއިއްޒު އިންތިޚާބީ ރައީސްގެ ގޮތުގައި ހުންނެވި ދުވަސްވަރު، އެ އޮފީހުގެ މަސައްކަތްތަކުގައި މަމްދޫހުގެ އަނބިމީހާ ޝަހުދާ އިސްކޮށް ހަރަކާތްތެރިވެފައިވާކަން ފާހަގަކޮށްލެވެ އެވެ.

މީސްމީޑިއާގައި މި ތުހުމަތުތައް ކުރެވެމުން ދިއުމާއި އެކު މައުލޫމާތު ސާފުކުރުމަށް ސައީދު އަށް ތަކުރާރުކޮށް ރާއްޖެ އެމްވީ އިން ގުޅި ނަމަ ވެސް އޭނާ ފޯނަށް ޖަވާބެއް ދެއްވާފައެއް ނުވެއެވެ. އަދި މިކަމާއި ގުޅޭ ގޮތުން މީސްމީޑިއާގައި ކުރާ ކޮމެންޓްތަކާއި ގުޅިގެން ކޮމެންޓެއް ކުރައްވާފަ އެއް ވެސް ނުވެ އެވެ. 

ކޭޕާކް މައްސަލައިގައި މަންޑޭ ގެ މައްޗަށް 397 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، އެ ޚިޔާނާތުން މާލީ މަންފާ ލިބުނު އެހެން ފަރާތްތަކަށް ފިޔަވަޅު ނާޅާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ސައިދު އަށް މިފަދަ ތުހުމަތުތަކެއް ކުރެވިފައިވާއިރު، ޕީއެންސީގެ މޭޔަރު ކެންޑިޑޭޓް މޫސާ އަލީ ޖަލީލަށް ވެސް މި ޚިޔާނާތުގެ ފައިސާ ލިބިފައިވާ ކަމަށް މަމްދޫހުގެ އާއިލާއާ ހަވާލާދީ ސޯޝަލް މީޑިއާގައި ބުނެފައި ވެއެވެ.  އެ މަސްދަރުތަކުން ބުނާ ގޮތުގައި، އޭނާއަށް އެ ފައިސާ ދީފައިވަނީ ވަރަށް މުހިންމު ބޭނުމަކު އެހީތެރިކަމަށް އެދުމުންނެވެ. ނަމަވެސް، މި ތުހުމަތުތަކާ ގުޅިގެން ރަސްމީ ސިފައެއްގައި ކަމާ ގުޅުންހުރި ފަރާތަކުން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ކޭޕާކް މަންޑޭމޫސާ އަލީ ޖަލީލުކޭޕާކް ސްކޭމްޕީއެންސީއިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ހުވާ ކުރުމުގެ ކުރިން ލިބުނު ފެހި ސިގްނަލްތައް ރަތްވެއްޖެ!

ހުވާ ކުރުމުގެ ކުރިން ލިބުނު ފެހި ސިގްނަލްތައް ރަތްވެއްޖެ!

01 ފެބުރުއަރީ 2026
ރައީސް މުއިއްޒު އިންޒާރު ދެއްވާފައިވަނިކޮށް "ޕީއެންސީ އަށް ޖޯކު ޖަހާނަމަ ކަލޭ މަރާލާނަން" ކަމަށް ބުނެ ފިޔާޒުއަށް އެހެން ފަރާތަކުން ވެސް އިންޒާރު ދީފި

ރައީސް މުއިއްޒު އިންޒާރު ދެއްވާފައިވަނިކޮށް "ޕީއެންސީ އަށް ޖޯކު ޖަހާނަމަ ކަލޭ މަރާލާނަން" ކަމަށް ބުނެ ފިޔާޒުއަށް އެހެން ފަރާތަކުން ވެސް އިންޒާރު ދީފި

01 ފެބުރުއަރީ 2026
ޕީއެންސީގެ ފުލް މެޖޯރިޓީ އޮތް މާލެ ސިޓީ ކައުންސިލްގެ ޖަލްސާ މިއަދުވެސް ކޯރަމް ހަމަ ނުވެގެން ނުބޭއްވުނު

ޕީއެންސީގެ ފުލް މެޖޯރިޓީ އޮތް މާލެ ސިޓީ ކައުންސިލްގެ ޖަލްސާ މިއަދުވެސް ކޯރަމް ހަމަ ނުވެގެން ނުބޭއްވުނު

28 ޖެނުއަރީ 2026
ކައުންސިލް އިންތިޚާބަށް ރައްޔިތުންނާ މަޝްވަރާ ކޮށްގެން ވަރަށް ފުރިހަމަ މެނިފެސްޓޯއެއް އާއްމު ކުރުމުގެ މަސައްކަތް މިދަނީ ކުރަމުން: އެމްޑީޕީ

ކައުންސިލް އިންތިޚާބަށް ރައްޔިތުންނާ މަޝްވަރާ ކޮށްގެން ވަރަށް ފުރިހަމަ މެނިފެސްޓޯއެއް އާއްމު ކުރުމުގެ މަސައްކަތް މިދަނީ ކުރަމުން: އެމްޑީޕީ

28 ޖެނުއަރީ 2026
ކައުންސިލް އިންތިޚާބަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާއިރު، އޭސީސީއަށް އެ މަންޒަރެއް ނުފެނޭ: ވަހީދު

ކައުންސިލް އިންތިޚާބަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާއިރު، އޭސީސީއަށް އެ މަންޒަރެއް ނުފެނޭ: ވަހީދު

28 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

23 ފެބުރުއަރީ
ރެފްކޫލް އިން ރޯދަމަހަށް ވީޑިއޯ ކޮންޓެންޓް އުފެއްދުމުގެ މުބާރާތެއް ބާއްވަނީ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރެފްކޫލް އިން ރޯދަމަހަށް ވީޑިއޯ ކޮންޓެންޓް އުފެއްދުމުގެ މުބާރާތެއް ބާއްވަނީ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިިހުގެ އަރިހުން މަސްވެރި އަލިބެ މައާފަށް އެދިއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިިހުގެ އަރިހުން މަސްވެރި އަލިބެ މައާފަށް އެދިއްޖެ

ޖޫސް ޓައިމަށް ހަމާލާދިނުން: ފުނޑުފުނޑުކޮށްލީ އުމުރުން ދުވަސްވީ މީހެއްގެ މުޅި ދިރިއުޅުން
20233 އަހަރު ކުރިން
ރިޕޯޓު

ޖޫސް ޓައިމަށް ހަމާލާދިނުން: ފުނޑުފުނޑުކޮށްލީ އުމުރުން ދުވަސްވީ މީހެއްގެ މުޅި ދިރިއުޅުން

ރަޝިއާއިން ޔޫކްރޭން ހިފަން ބޭނުންވާ ސަބަބު: ޕުޓިން ބޭނުންފުޅުވަނީ ކޮންކަމެއް؟
20224 އަހަރު ކުރިން
ރިޕޯޓު

ރަޝިއާއިން ޔޫކްރޭން ހިފަން ބޭނުންވާ ސަބަބު: ޕުޓިން ބޭނުންފުޅުވަނީ ކޮންކަމެއް؟

ޑރ. އަލީ ލަތީފްގެ ދައްތަ ފާތިމަތު އަބްދުﷲ ލަތީފް ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. އަލީ ލަތީފްގެ ދައްތަ ފާތިމަތު އަބްދުﷲ ލަތީފް ނިޔާވެއްޖެ

ޝިމާ ގެއްލުނު ހާދިސާ ޑިންގީ ދުއްވި ފަޒީލްގެ ދުލުން
20197 އަހަރު ކުރިން
ރިޕޯޓު

ޝިމާ ގެއްލުނު ހާދިސާ ޑިންގީ ދުއްވި ފަޒީލްގެ ދުލުން

ފުލުހުންގެ ބެލުމުގެދަށުގައި، ފުލުހުންގެ ވެހިކަލްގައި އިން މީހަކަށް ބަޔަކު އަނިޔާކުރާ ވީޑިއޯ އެއް އާންމުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންގެ ބެލުމުގެދަށުގައި، ފުލުހުންގެ ވެހިކަލްގައި އިން މީހަކަށް ބަޔަކު އަނިޔާކުރާ ވީޑިއޯ އެއް އާންމުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު