Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މޭޔަރ ކެންޑިޑޭޓް ބަހުސް

ރާއްޖެޓީވީ އިން މާލެސިޓީ މޭޔަރ ބަހުސް ބޭއްވުމުގެ ތައްޔާރީތައް ފަށައިފި

ކުރިއަށް އޮތް މާލެ ސިޓީގެ މޭޔަރު ބަހުސް މާރޗް މަހުގެ ފަހުކޮޅު ބޭއްވުމަށް ރާއްޖެޓީވީން ތައްޔާރުވަމުންދާ އިރު މި ބަހުސްގައި ބައިވެރިވުމަށް ފަސް ކެނޑިޑޭޓުންނަށް ވެސް ދައުވަތު ދީފަވޭ. ރާއްޖެޓީވީން މަސައްކަތް ކުރަމުން ގެންދަނީ ބަހުސް ވަރަށް ފުރިހަމަ ކޮށް ކުރިއަށް ގެންދެވޭތޯ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 12 ފެބުރުއަރީ 2026 | ބުރާސްފަތި 15:43
މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓުން.

މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓުން. | ރާއްޖެއެމްވީ ގްރެފިކްސް

ރާއްޖެޓީވީ އިން ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި މާލެސިޓީ މޭޔަރގެ މަޤާމަށް ކުރިމަތިލައްވާ ކެންޑިޑޭޓުންގެ ބަހުސް ބޭއްވުމުގެ ތައްޔާރީތައްވާން ފަށައިފި އެވެ.

 ރާއްޖެޓީވީ ގެ ޑެޕިއުޓީ ޗީފް އޮޕަރޭޓިންގ އޮފިސަރ (ޑެޕިއުޓީ ސީއޯއޯ) ނާޒްމީ ސައީދު ވިދާޅުވީ ރާއްޖެ ޓީވީ އިން ކުރިއަށް ގެންދާ މި ބަހުސްގެ އެންމެ ފަހުގެ  ތައްޔާރީތައް މިހާރު ވަމުންދާ ކަމަށެވެ. މާލޭ ސިޓީ ކައުންސިލް ގެ މޭޔަރު ކަމަށް ވާދަކުރައްވާ ހުރިހާ ބޭފުޅުންނަށް މި ބަހުސް ގައި ބައިވެރިވުމަށް ދައުވަތު ފޮނުވާފައިވާ އިރު، މިހާތަނަށް 1 ކެންޑިޑޭޓް ފިޔަވާ ހުރިހާ ކެންޑިޑޭޓުން އެ ދައުވަތު ޤަބޫލުކޮށްފައިވާ ކަމަށް ނާޒްމީ ވިދާޅުވި އެވެ.

Advertisement - newsAdvertisement

މި ބަހުސްގައި ބައިވެރިވުމުގެ ދައުވަތު ޤަބޫލުކުރުމާއި މެދު ގޮތެއް ނިންމުމަށް ދީފައިވާ މުއްދަތު ހަމަވާނީ  15 ފެބްރުއަރީ 2026 ވަނަ ދުވަހުގެ 16:00 އަށެވެ.

ބަހުސް ބާއްވާނެ ތާރީޚް ކަނޑައަޅާނީ، ބައިވެރިވުމަށް ދީފައިވާ މުއްދަތު ހަމަވުމުން ކަމަށް ނާޒްމީ ވިދާޅުވި އެވެ. 

 ރާއްޖެޓީވީ ގެ ޑެޕިއުޓީ ޗީފް އޮޕަރޭޓިންގ އޮފިސަރ (ޑެޕިއުޓީ ސީއޯއޯ) ނާޒްމީ ސައީދު
ރާއްޖެޓީވީ ގެ ޑެޕިއުޓީ ޗީފް އޮޕަރޭޓިންގ އޮފިސަރ (ޑެޕިއުޓީ ސީއޯއޯ) ނާޒްމީ ސައީދު

"މި ބަލަނީ މި ބަހުސް މާރޗް މަހުގެ ފަހުކޮޅު ބޭއްވޭތޯ. ސްޓޭޝަނުން ވަރަށް ބޮޑަށް ތައްޔާރީތައް ވަމުން މިހާރުވެސް މި ގެންދަނީ ފުރިހަމަ ބަހުސް އަކަށް ހެދޭތޯ" ނާޒްމީ ވިދާޅުވި އެވެ.

މި ބަހުސް ގެ ފޯމެޓާއި ބަހުސް ކުރިއަށް ދާނެ ގޮތުގެ އިތުރު ތަފްސީލް ތައް ފައިނަލް ކުރާނީ ވެސް ބައިވެރިންނާ މަޝްވަރާ ކުރުމަށް ފަހު ކަން އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ. ރާއްޖެ ޓީވީ އިން ވަނީ މީގެ ކުރިން ވެސް މިފަދަ ބޮޑެތި ބަހުސްތައް ކާމިޔާބުކަމާއި އެކު ކުރިއަށް ގެންގޮސްފަ އެވެ. އޭގެ ތެރޭގައި ރައްޔިތުންގެ ދަރުބާރު، އެމްޑީޕީގެ ޗެއަރޕަރސަން ހޮވުމަށް ބޭއްވި ބަހުސް ފަދަ ބަހުސްތައް ފާހަގަކޮށްލެވެ އެވެ.

މާލޭ ސިޓީ ގެ މޭޔަރ ކަމަށް ވާކުރައްވާ ކެންޑިޑޭޓުންނަކީ، އާދަމް އާޒިމް (އެމްޑީޕީ)، މޫސާ އަލީ ޖަލީލް (ޕީއެންސީ), އަހްމަދު އައިހަމް (އަމިއްލަ ކެންޑިޑޭޓް)، އިސްމާއިލް ޒަރިޔަންދު (އަމިއްލަ ކެންޑިޑޭޓް)، އަދި އަބްދުﷲ މަހްޒޫމް މާޖިދު (އެމްޑީއޭ) އެވެ.

ރާއްޖެ ޓީވީނާޒްމީ ސަޢީދުއާދަމް އާޒިމްމޫސާ އަލީ ޖަލީލުއެމްޑީޕީލޯކަލް ކައުންސިލް އިންތިޚާބު 2026މޭޔަރުންގެ ކެންޑިޑޭޓް ބަހުސް

ކޮމެންޓް

އިތުރަށް ކިޔާލަން

ތިނަދޫ ގައި އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދު ކުރި ވެމްކޯގެ 3 މުވައްޒަފެއްގެ ވަޒީފާ އެހެން ރަށްރަށަށް ބަދަލުކޮށްފި

ތިނަދޫ ގައި އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދު ކުރި ވެމްކޯގެ 3 މުވައްޒަފެއްގެ ވަޒީފާ އެހެން ރަށްރަށަށް ބަދަލުކޮށްފި

12 ފެބުރުއަރީ 2026
މީހަކު ފަލާހަށް ހަންދާންކޮށްދިން ވާހަކަތައް

މީހަކު ފަލާހަށް ހަންދާންކޮށްދިން ވާހަކަތައް

12 ފެބުރުއަރީ 2026
މޭޔަރު އާޒިމް މެމްބަރު ސައުދާ އަށް: ﷲ ގަންދީ ހުވައި ކޮށްގެން ހުންނަވާ، ދީނާއި މުގައްދަސް ބިނާތަކާ ގުޅުވައިގެން އިތުރުފުޅު ނުހައްދަވާ!

މޭޔަރު އާޒިމް މެމްބަރު ސައުދާ އަށް: ﷲ ގަންދީ ހުވައި ކޮށްގެން ހުންނަވާ، ދީނާއި މުގައްދަސް ބިނާތަކާ ގުޅުވައިގެން އިތުރުފުޅު ނުހައްދަވާ!

11 ފެބުރުއަރީ 2026
އެމްޑީޕީ އަށް ޕީއެންސީގެ ފަލާހު އަވަލައިގެން މި އުޅުއްވަނީ ކީއްވެ؟

އެމްޑީޕީ އަށް ޕީއެންސީގެ ފަލާހު އަވަލައިގެން މި އުޅުއްވަނީ ކީއްވެ؟

11 ފެބުރުއަރީ 2026
އީސީން އާއްމު ނުކުރާ މައުލޫމާތު ޕީއެންސީން ހާމަ ކުރޭ، މިއީ ކަންބޮޑުވާ ބޮޑު މައްސަލައެއް: އެމްޑީޕީ

އީސީން އާއްމު ނުކުރާ މައުލޫމާތު ޕީއެންސީން ހާމަ ކުރޭ، މިއީ ކަންބޮޑުވާ ބޮޑު މައްސަލައެއް: އެމްޑީޕީ

11 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު