Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ ހަނގުރާމަ

އީރާނުގެ މަޝްވަރާތަކުން ތެލުގެ ބާޒާރަށް ކުޑަ ލުޔެއް، ނަމަވެސް ހުރްމުޒާއި ސައުދީއަށް ދޭ ހަމަލާތަކުން ނުރައްކާ އަދިވެސް ބޮޑު

27 އޮކްޓޯބަރު 2026 | އަންގާރަ 08:16

މެދުއިރުމަތީގެ މަސްރަހު ފިނިކުރުމަށް އީރާނާއެކު ބޭއްވި މަޝްވަރާތަކާ ގުޅިގެން، ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގު %1 ދަށަށް ގޮސްފި. ނަމަވެސް، ހުރްމުޒް ކަނޑުއޮޅީގެ ނުތަނަވަސްކަމާއި ސައުދީއަށް އަމާޒުވާ ހަމަލާތަކުގެ ސަބަބުން ތެޔޮ ފޯރުކޮށްދިނުމަށް އޮތް ހުރަސްތައް އަދިވެސް ނައްތައެއް ނުލެވޭ

ނިއުސް ޓީމް
ނިއުސް ޓީމް | 27 އޮކްޓޯބަރު 2026 | އަންގާރަ 08:16
ސޫރިޔާގެ ރިމޭލާންގައި ހުންނަ ތެޔޮ ނަގާ ޕަންޕުތަކެއްގެ ކައިރިން މީހަކު ހިނގާފައި ދަނީ.

ސޫރިޔާގެ ރިމޭލާންގައި ހުންނަ ތެޔޮ ނަގާ ޕަންޕުތަކެއްގެ ކައިރިން މީހަކު ހިނގާފައި ދަނީ. | ރޮއިޓަރސް

ސައުދީ އަރަބިއްޔާއަށް އަމާޒުކޮށް ހޫޘީން އަލުން ހަމަލާތައް ދޭން ފަށާފައިވީ ނަމަވެސް، އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ޣައިރުގާނޫނީ ހަނގުރާމަ ހައްލުކުރުމަށް ތެހެރާނުގައި ކުރިއަށްދާ މަޝްވަރާތަކާއެކު ތެޔޮ ފޯރުކޮށްދިނުމުގައި ދިމާވެދާނެ ދަތިތަކާ މެދު އޮތް ބިރުވެރިކަން ކުޑަވެ، އަންގާރަ ދުވަހު ތެލުގެ އަގު ގާތްގަނޑަކަށް %1 ދަށަށް ހިނގައްޖެ އެވެ.

މި ގޮތުން، ބްރެންޓްގެ ސާފުނުކުރާ ތެލުގެ ފިއުޗާސްގެ އަގު ވަނީ 1 އެމެރިކާ ޑޮލަރު ނުވަތަ %0.86 ދަށަށް ގޮސް، ފީފާއެއްގެ އަގު 114.81 ޑޮލަރަށް ވެއްޓިފަ އެވެ. އަދި، އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަމީޑިއަޓް ކްރޫޑްގެ އަގު 0.88 ޑޮލަރު ނުވަތަ %0.86 ދަށަށް ގޮސް، ފީފާއެއްގެ އަގު ހުރީ 100.88 ޑޮލަރުގަ އެވެ. ވިޔަފާރި ފެށުނު ވަގުތު މި ދެ ބާވަތުގެ އަގު ވެސް ވަނީ %1 ދަށަށް ވެއްޓިފަ އެވެ.

Advertisement - worldAdvertisement

މެދުއިރުމަތީގެ މަސްރަހުގައި އުފެދިފައިވާ ނުތަނަވަސްކަން ކުޑަކުރުމުގެ މަގުސަދުގައި، ސައުދީ އަރަބިއްޔާއާއި ތުރުކީވިލާތުގެ އިތުރުން ޕާކިސްތާނުން ހޯމަ ދުވަހު ވަނީ ތެހެރާނުގައި އީރާނުގެ އޮފިޝަލުންނާ ބައްދަލުކޮށް މަޝްވަރާތައް ބާއްވާފަ އެވެ. ސުލްހައާއި އަމަންއަމާންކަން ދެމެހެއްޓުމުގައި އެއްބާރުލުން އިތުރުކުރުމުގެ މަގުސަދުގައި މި މަޝްވަރާތައް ކުރިއަށް ގެންދިއުމަށް މި ހަތަރު ޤައުމުން އެއްބަސްވެފައިވާ ކަމަށް އީރާނުގެ ދައުލަތުގެ މީޑިއާއިން ބުންޏެވެ.

"ހުޅަނގު އޭޝިޔާގައި ޑިޕްލޮމެޓިކް ގޮތުން ކުރެވޭ އާ މަސައްކަތްތަކުގެ ސަބަބުން، އެމެރިކާއާއި އީރާނާ ދެމެދު ކުރެވޭ މަޝްވަރާތަކަށް ކުރިއެރުމެއް ލިބިދާނެ ކަމުގެ އުންމީދުތައް ވަނީ ބޮޑުވެފައި. އަދި، ތެލުގެ އަގު އެތައް މަހެއްގެ ރެކޯޑު މިންވަރަކަށް އުފުލުމަށްފަހު، މިހާރު ފެންނަމުން ދަނީ ފައިދާ ނެގުމަށް ވިޔަފާރިވެރިން މަސައްކަތްކުރާ މަންޒަރު،" ނިއު ދެއްލީގެ ދިރާސާކުރާ ކުންފުންޏެއް ކަމަށްވާ އެސްއެސް ވެލްތުސްޓްރީޓްގެ ބާނީ ސުގަންދާ ސަޗްދޭވާ ވިދާޅުވި އެވެ.

ހުރްމުޒް ކަނޑުއޮޅި ކައިރިން ތެޔޮ ޓޭންކަރުތަކަށް އީރާނުން ދިން ގިނަ ހަމަލާތަކަކާ ގުޅިގެން، ހުސްވި ހަފުތާގައި ބްރެންޓް ތެލުގެ އަގު ވަނީ ފީފާއެއް 117 ޑޮލަރަށްވުރެ މައްޗަށް އަރާފަ އެވެ. މިއީ، އެޕްރީލު މަހަށް ފަހު ތެލުގެ އަގު މިހާ މައްޗަށް އުފުލުނު ފުރަތަމަ ފަހަރެވެ. ހޯމަ ދުވަހު ވެސް ބްރެންޓް ތެލުގެ އަގު ވަނީ 117 ޑޮލަރަށް އަރާފަ އެވެ. "ޖިއޯޕޮލިޓިކަލް ނުތަނަވަސްކަމާއި ނުރައްކާތެރި ކަން ދެމިއޮތުމުގެ ސަބަބުން ތެލުގެ އަގު އަދިވެސް ހުރީ މަތީގައި،" ސަޗްދޭވާ ވިދާޅުވި އެވެ.

ތެޔޮ އުފައްދާ މައި އެއް ޤައުމު ކަމަށްވާ ސައުދީ އަރަބިއްޔާއަށް، އީރާނަށް ވާގިވެރިވާ ހޫޘީން އަލުން ހަމަލާތައް ދޭން ފެށުމާއެކު ސުލްހައިގެ ފުރުސަތުތައް އަދިވެސް އޮތީ ނާޒުކު ފައްތަރެއްގަ އެވެ. 2017 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ ކަނޑު ދަތުރުފަތުރުގެ ސަލާމަތީ ކަންކަން ދިރާސާކުރަމުން އަންނަ، ވޮޝިންގޓަންގެ ތިންކް ޓޭންކެއްގެ ހިސާބުތަކުން ދައްކާ ގޮތުގައި، ހުރްމުޒް ކަނޑުއޮޅިއާއި އެ ސަރަހައްދުގެ ކަނޑުގެ މަގުތަކުގައި ވިޔަފާރި އުޅަނދުފަހަރަށް ހަމަލާދިނުމުގައި އެންމެ ނުރައްކާތެރި މަހަކަށް ވެފައި ވަނީ އޮކްޓޫބަރު މަހެވެ.

މެދުއިރުމައްޗަށް ފެތުރިގެން ގޮސްފައިވާ މި ހަނގުރާމައިގެ ނުރައްކަލުގެ މެދަށް ވެއްޓިފައި ވަނީ ހުރްމުޒް ކަނޑުއޮޅި އެވެ. ފެބުރުވަރީ މަހު ހަނގުރާމަ ފެށުމުގެ ކުރިން، ދުނިޔޭގެ ހަކަތައިގެ ސަޕްލައިގެ ގާތްގަނޑަކަށް ފަސްބައިކުޅަ އެއްބައި އުފުލަމުން އައީ މި ހަނި ކަނޑުއޮޅި މަގުންނެވެ.

ތެޔޮ ފޯރުކޮށްދިނުމާއި، ލޮޖިސްޓިކްސްއާއި، ތެލުގެ ރިޒާވް އަދި ސާފުކުރުމުގެ ދާއިރާތަކަށް ކުރިމަތިވެފައިވާ ފިއްތުންތަކާއެކު، ތެލުގެ ބާޒާރު އޮތީ ވަރަށް ނާޒުކު ހާލަތެއްގައި ކަމަށް އޭއެންޒެޑް ރިސަރޗުން ނެރުނު ނޯޓެއްގައި ބުންޏެވެ. މިއާއެކު، ގަލްފު ސަރަހައްދުން ސާފުނުކުރާ ތެޔޮ ބޭރުކުރި މިންވަރު ވިދިވިދިގެން ހަތަރުވަނަ ހަފުތާއަށް ދަށަށް ގޮސްފައިވާއިރު، ހުރްމުޒް ކަނޑުއޮޅިން ތެޔޮ އުފުލާ މިންވަރު ހުރީ އާންމު ހާލަތުގެ ގާތްގަނޑަކަށް %60 ގަ އެވެ. ހަމަމިއާއެކު، ދުނިޔޭގެ ޑިސްޓިލޭޓް ރިޒާވް ހުރީ ވޭތުވެދިޔަ ފަސް އަހަރުގެ އެވްރެޖަށް ވުރެ ގާތްގަނޑަކަށް %5 ދަށުގަ އެވެ.

ހޫޡީއެމެރިކާ-އީރާންއިސްރާއީލްހުރްމުޒް ކަނޑުއޮޅިބްރެންޓް ކްރޫޑް އޮއިލްސައުދީ އަރަބިއްޔާ

އެންމެ ހިނގާ

1

ހެލްތު މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރުންތަކެއް އޮފީސްތެރޭ ނަށާ ވީޑިއޯ އާންމުވެ، ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

2

އަލައްބާރު އެތައް މިލިއަން ޑޮލަރެއް ދިން ކަމަށް ބުނާ "އަބްދުﷲ" އަކީ ކާކު؟

3

ފެނަކައިގެ ކޮރަޕްޝަން މައްސަލައިގައި ދީނާ ޖަލަށްލާން ހުކުމްކޮށްފި، ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކުރަން ދައުލަތުން އިންކާރުކުރޭ!

4

އެމެރިކާއަށް އީރާނުގެ ހަރުކަށި ރައްދެއް، މުޅި ސަރަހައްދުގައި ހަނގުރާމައިގެ "ސުންގަޑި" ކައިރިވަނީ

5

ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިމާއި ޕްރޮޕަޓީ މިލްކުކުރެވޭ ގޮތަށް ގާނޫނެއް ފާސްކުރުމަށް އޭޖީން މަޖިލީހަށް ފޮނުވަން ތައްޔާރުވެއްޖެ

އިތުރަށް ކިޔާލަން

27 އޮކްޓޯބަރު 2026

19 އަހަރުގެ ވެރިކަމަށް ފަހު ޔަހޫދީ ނަތަންޔާހޫގެ ސިޔާސީ ހަޔާތް ނިމުމަކަށް އަންނަނީތަ؟

27 އޮކްޓޯބަރު 2026
19 އަހަރުގެ ވެރިކަމަށް ފަހު ޔަހޫދީ ނަތަންޔާހޫގެ ސިޔާސީ ހަޔާތް ނިމުމަކަށް އަންނަނީތަ؟
27 އޮކްޓޯބަރު 2026

ޔަހޫދީ އިސްރާއީލުން ޣައްޒާގައި ނަސްލުހޭދު ހިންގަމުންދާ ކަމަށް އދ. ގެ ކޮމިޝަނަކުން އަނެއްކާ ވެސް ކަނޑައަޅައިފި

27 އޮކްޓޯބަރު 2026
ޔަހޫދީ އިސްރާއީލުން ޣައްޒާގައި ނަސްލުހޭދު ހިންގަމުންދާ ކަމަށް އދ. ގެ ކޮމިޝަނަކުން އަނެއްކާ ވެސް ކަނޑައަޅައިފި
26 އޮކްޓޯބަރު 2026

ރިޔާޟުގެ އެއާޕޯޓަށާއި ތެޔޮ ހޮޅިލައިނަށް އަމާޒުކޮށް ޙޫޘީން ދިން ހަމަލާތަކާއެކު، ސައުދީ އިއްތިހާދުން މިސައިލެއް ވައްޓާލައިފި

26 އޮކްޓޯބަރު 2026
ރިޔާޟުގެ އެއާޕޯޓަށާއި ތެޔޮ ހޮޅިލައިނަށް އަމާޒުކޮށް ޙޫޘީން ދިން ހަމަލާތަކާއެކު، ސައުދީ އިއްތިހާދުން މިސައިލެއް ވައްޓާލައިފި
26 އޮކްޓޯބަރު 2026

ސައުދީ، ތުރުކީ އަދި ޕާކިސްތާނުގެ އިސް އޮފިޝަލުން އީރާނުގެ ވެރިންނާ ބައްދަލުކުރައްވަނީ

26 އޮކްޓޯބަރު 2026
ސައުދީ، ތުރުކީ އަދި ޕާކިސްތާނުގެ އިސް އޮފިޝަލުން އީރާނުގެ ވެރިންނާ ބައްދަލުކުރައްވަނީ
25 އޮކްޓޯބަރު 2026

އެމެރިކާއަށް އީރާނުގެ ހަރުކަށި ރައްދެއް، މުޅި ސަރަހައްދުގައި ހަނގުރާމައިގެ "ސުންގަޑި" ކައިރިވަނީ

25 އޮކްޓޯބަރު 2026
އެމެރިކާއަށް އީރާނުގެ ހަރުކަށި ރައްދެއް، މުޅި ސަރަހައްދުގައި ހަނގުރާމައިގެ "ސުންގަޑި" ކައިރިވަނީ
25 އޮކްޓޯބަރު 2026

ނަތަންޔާހޫ ހިމެނޭ މައްސަލައިގައި އިސްރާއީލުގެ ބަންދުގައި ހިންގި އަނިޔާތަކާ ގުޅިގެން ފުޅާ ތަހުގީގަކަށް އެދިއްޖެ

25 އޮކްޓޯބަރު 2026
ނަތަންޔާހޫ ހިމެނޭ މައްސަލައިގައި އިސްރާއީލުގެ ބަންދުގައި ހިންގި އަނިޔާތަކާ ގުޅިގެން ފުޅާ ތަހުގީގަކަށް އެދިއްޖެ
25 އޮކްޓޯބަރު 2026

ބަންދަރު ޢައްބާސް މަތިން އެމެރިކާގެ 'ލޫކަސް' މަރުކާގެ ޑްރޯނެއް އީރާނުން ވައްޓާލައިފި

25 އޮކްޓޯބަރު 2026
ބަންދަރު ޢައްބާސް މަތިން އެމެރިކާގެ 'ލޫކަސް' މަރުކާގެ ޑްރޯނެއް އީރާނުން ވައްޓާލައިފި
25 އޮކްޓޯބަރު 2026

އެމެރިކާ ރައްޔިތުންނަށް ހަމަލާދޭން އީރާނުން ރާވަނީ، ވޮޝިންގޓަނުން ސައުދީގައި ތިބި ޑިޕްލޮމެޓުން ގެންދަން ފަށައިފި

25 އޮކްޓޯބަރު 2026
އެމެރިކާ ރައްޔިތުންނަށް ހަމަލާދޭން އީރާނުން ރާވަނީ، ވޮޝިންގޓަނުން ސައުދީގައި ތިބި ޑިޕްލޮމެޓުން ގެންދަން ފަށައިފި
24 އޮކްޓޯބަރު 2026

އާ އުދުވާނެއް ފަށައިފިނަމަ ގަލްފުގެ ސަބްމެރިން ކޭބަލްތައް ބުރިކޮށްލަން ތެހެރާނުން ތައްޔާރުވަނީ

24 އޮކްޓޯބަރު 2026
އާ އުދުވާނެއް ފަށައިފިނަމަ ގަލްފުގެ ސަބްމެރިން ކޭބަލްތައް ބުރިކޮށްލަން ތެހެރާނުން ތައްޔާރުވަނީ
24 އޮކްޓޯބަރު 2026

ހަނގުރާމަވެރި ފެކްޝަންތަކުގެ ހަތިޔާރު އަތުލައި، އިރާޤުން އެމެރިކާއާއެކު އިގުތިސާދީ ގުޅުން ބަދަހިކުރުމުގެ އާ މިސްރާބަކަށް

24 އޮކްޓޯބަރު 2026
ހަނގުރާމަވެރި ފެކްޝަންތަކުގެ ހަތިޔާރު އަތުލައި، އިރާޤުން އެމެރިކާއާއެކު އިގުތިސާދީ ގުޅުން ބަދަހިކުރުމުގެ އާ މިސްރާބަކަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް