Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާގެ މިޑްޓަރމް އިންތިޚާބު

ކޮންގްރެސްގެ ކޮންޓުރޯލު ޑިމޮކްރެޓުންނަށް ލިބިއްޖެ ނަމަ އެމެރިކާގެ ޚާރިޖީ ސިޔާސަތަށް އަންނާނީ ކޮން ބަދަލުތަކެއް؟

26 އޮކްޓޯބަރު 2026 | ހޯމަ 07:02

އެމެރިކާގެ ކޮންގްރެސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުންނަށް ލިބިއްޖެ ނަމަ، އީރާނުގެ ހަނގުރާމައާއި އިސްރާއީލަށް ދޭ އަސްކަރީ އެހީތައް ހުއްޓުވުމަށް ބާރުލިބިގެންދާނެ. މީގެ އިތުރުން، ޓްރަމްޕްގެ ޚާރިޖީ ސިޔާސަތުތަކަށް ހުރަސްއަޅައި، ޔޫކްރެއިނަށް އައު އެހީ ފާސްކުރުމާއި އަސްކަރީ ބަޖެޓު ކުޑަކުރުމަށް އެ ޕާޓީން އިސްކަންދޭނެ

ނިއުސް ޓީމް
ނިއުސް ޓީމް | 26 އޮކްޓޯބަރު 2026 | ހޯމަ 07:02
އެމެރިކާގެ ގާނޫނުހަދާ މަޖިލީހުގެ އިދާރާ، ޔޫއެސް ކެޕިޓަލް އިމާރާތް

އެމެރިކާގެ ގާނޫނުހަދާ މަޖިލީހުގެ އިދާރާ، ޔޫއެސް ކެޕިޓަލް އިމާރާތް | ރޮއިޓަރސް

ނޮވެންބަރު 3 ގައި ބާއްވާ މިޑްޓަރމް އިންތިޚާބުގައި އެމެރިކާގެ ގާނޫނުހަދާ މަޖިލީހުގެ ތިރިގެ ކަމަށްވާ ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އަދި ފަހަރުގައި މަތިގެ ކަމުގައިވާ ސެނެޓުގެ އަޣުލަބިއްޔަތު ހޯދުމުގެ ފުރުސަތު ޑިމޮކްރެޓިކް ޕާޓީއަށް ބޮޑު ކަމަށް ވަކި ފަރާތަކަށް ނުޖެހޭ ސިޔާސީ ދާރިސުން ބުނެފި އެވެ. ވޮޝިންގޓަންގެ ބާރުތައް ވޭތުވެދިޔަ ދެ އަހަރު ރިޕަބްލިކަނުންގެ ބާރުގެ ދަށުގައި އޮތުމަށް ފަހު، މި އިންތިޚާބު ކާމިޔާބުވެއްޖެ ނަމަ ވެރިކަމުގެ ބާރުތަކުގެ ތެރެއިން މުހިންމު ހިއްސާއެއް ޑިމޮކްރެޓުންނަށް އަލުން ލިބިގެންދާނެ އެވެ. އެމެރިކާގެ ގާނޫނުއަސާސީން ހަނގުރާމަ އިއުލާނުކުރުމާއި ދައުލަތުގެ ޚަރަދުތައް ކޮންޓުރޯލުކުރުމުގެ ބާރު ގާނޫނުހަދާ މަޖިލީހަށް ދީފައި އޮތް ނަމަވެސް، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރަށް އެ ބާރުތައް މުށުތެރެއަށް ނެގުމުގެ ފުރުސަތު ރިޕަބްލިކަނުން ފަހިކޮށްދީފައިވާ ކަމަށް ޑިމޮކްރެޓުން ދަނީ ބުނަމުންނެވެ.

ކޮންގްރެސްގެ ކޮންޓުރޯލު ލިބިއްޖެ ނަމަ، ޓްރަމްޕްގެ ޚާރިޖީ ސިޔާސަތުތަކަށް ހުރަސްއެޅުމަށް ޑިމޮކްރެޓުންނަށް ފުރުސަތު ލިބޭނެ އެވެ. އޭގެ ތެރެއިން ބައެއް ދާއިރާތަކަށް ބަލައިލާނަމެވެ.

Advertisement - worldAdvertisement

އީރާނުގެ ހަނގުރާމަ ހުއްޓުވުމަށް ފިއްތުންތައް ކުރިމަތިކުރުން

ފެބުރުވަރީ 28 ގައި ޓްރަމްޕް އީރާނާ ދެކޮޅަށް ޣައިރުގާނޫނީ ހަނގުރާމައެއް ފެށްޓެވީ ކޮންގްރެސްގެ އެއްވެސް ރުހުމެއް ހޯއްދެވުމެއް ނެތި އެވެ. އެހެންކަމުން، ކޮންގްރެސްގެ ހުއްދަ ނެތި ކުރިއަށްގެންދާ ހަނގުރާމަ ހުއްޓާލުމަށް ގޮވާލައި ޑިމޮކްރެޓުން ވަނީ ތަކުރާރުކޮށް މަޖިލީހުގައި ވޯޓު ދީފަ އެވެ. މި ގޮތުން ފާސްކުރި ގަރާރުތަކުގެ ތެރެއިން އެއް ގަރާރަށް ރިޕަބްލިކަން ޕާޓީގެ މަދު މެންބަރުންތަކެއް ތާއީދުކުރި ނަމަވެސް، ޓްރަމްޕްގެ ސަރުކާރުން ވަނީ އެ ނިންމުމަށް އިހުމާލުވެފަ އެވެ.

ހައުސް ނުވަތަ ސެނެޓުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުންނަށް ލިބިއްޖެ ނަމަ، ހަނގުރާމަ ކުރިއަށް ގެންދިއުމަށް ކޮންގްރެސްގެ ހުއްދަ ހޯދުމަށް ޓްރަމްޕަށް މަޖުބޫރުކުރުވުމުގެ ގޮތުން ދިފާއީ ޚަރަދުތައް ކުޑަކުރުމުގެ ފުރުސަތު އެ ފަރާތްތަކަށް ލިބޭނެ އެވެ. މިއާއެކު، ސަރުކާރުގެ އިސް ވެރިން ކޮންގްރެސްއަށް ހާޒިރުކޮށް، ހަނގުރާމައިގެ ރޭވުންތަކާ ގުޅޭގޮތުން ފާޅުގައި ހެކިބަސް ދިނުމަށް ލާޒިމުކުރުމުގެ ބާރު ވެސް ޑިމޮކްރެޓުންނަށް ލިބިގެންދާނެ އެވެ.

ޔޫކްރެއިނަށް އައު އެހީ ފާސްކުރުން

ރަޝިޔާގެ ސިފައިންނާ ދެކޮޅަށް ޔޫކްރެއިނުން ކުރަމުންދާ ހަނގުރާމައިގައި އެ ޤައުމަށް އެހީތެރިވުމަށް ޑިމޮކްރެޓުންނާއި ރިޕަބްލިކަނުންގެ ގިނަ މެންބަރުންގެ ތާއީދު އޮތް ނަމަވެސް، އެމެރިކާއިން ސީދާ ދެމުން އައި މާލީ އަދި އަސްކަރީ އެހީތައް ޓްރަމްޕް ވަނީ މެދުކަނޑާލައްވާފަ އެވެ. އެންމެ ފަހުން، ރަޝިޔާގެ ހަކަތައާއި ޑީސަލާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ގާނޫނެއް ފާސްކޮށް އޭގައި ސޮއިކުރެއްވިތާ މަދު ހަފުތާތަކެއްގެ ތެރޭގައި، އެ ފިޔަވަޅުތައް ޓްރަމްޕް އުވާލައްވައި ލުއި ދެއްވުމުން ގިނަ އަދަދެއްގެ ރިޕަބްލިކަނުން ހިމެނޭހެން ކޮންގްރެސްގެ ގިނަ މެންބަރުންގެ ނުރުހުން ވަނީ އަމާޒުވެފަ އެވެ.

ނޮވެންބަރު މަހުގެ އިންތިޚާބުގައި ދެ ގޭގެ ކޮންޓުރޯލު ޑިމޮކްރެޓުން ހޯދައިފި ނަމަ، ވޯޓަށް އަހާނެ މައްސަލަތަކާއި އެ ކަން ކުރާނެ ވަގުތު ކަނޑައެޅުމުގެ އިޚުތިޔާރު އެ ޕާޓީއަށް ލިބޭނެ އެވެ. މީގެ ސަބަބުން ޔޫކްރެއިނަށް އައު އެހީ ދިނުމުގެ ބިލުތައް ފާސްކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ބެލެވެ އެވެ. އަދި، ޓްރަމްޕް އެ ފަދަ ބިލެއް ވީޓޯ ކުރެއްވި ނަމަވެސް، އެ ވީޓޯ ބާތިލުކުރުމަށް ބޭނުންވާ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތު މަޖިލީހުން ހޯދިދާނެ އެވެ.

ހަމަމިއާއެކު، ޓްރަމްޕްގެ އެހެން ސިޔާސަތުތައް ހުއްޓުވުމަށް ވެސް ޑިމޮކްރެޓުންނަށް މަގުފަހިވާނެ އެވެ. މި ގޮތުން، ޑިމޮކްރެޓުން އަޣުލަބިއްޔަތު ހޯދައިފި ނަމަ ހައުސްގެ ފޮރިން އެފެއާޒް ކޮމިޓީގެ ވެރިޔަކަށް ވަޑައިގަންނަވާނެ ކަމަށް ބެލެވޭ ނިއު ޔޯކްގެ މަންދޫބު ގްރެގަރީ މީކްސް ވަނީ، ރަޝިޔާގެ ޑީސަލް އަލުން ދުނިޔޭގެ ބާޒާރަށް ނެރުމަށް ޓްރަމްޕް ގެންގުޅުއްވާ ރޭވުން ހުއްޓުވުމަށް ދެ ޕާޓީ އެކުލެވޭ ބިލެއް ހުށަހަޅުއްވާފަ އެވެ.

އިސްރާއީލަށް ދޭ އަސްކަރީ އެހީ މަދުކުރުން ނުވަތަ ހުއްޓާލުން

ޣައްޒާގައި ޔަހޫދީ އިސްރާއީލުން ހިންގަމުންދާ ޤަތުލުއާންމުގައި ފަލަސްތީނުގެ އެތައް ހާސް އާންމުން ޝަހީދުވަމުންދާތީ، ޑިމޮކްރެޓުންގެ މެދުގައި އިސްރާއީލަށް އޮތް ތާއީދު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ. އިސްރާއީލުން އިސްތިއުމާރު ކޮށްފައިވާ ހުޅަނގު އައްސޭރީގައި ހިންގަމުންދާ އަނިޔާވެރި ޖަރީމާތަކާއި، އިސްރާއީލުގެ ހައްދުފަހަނައެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ރިޕަބްލިކަނުންނާއެކު ބާއްވާ ގާތް ގުޅުމަކީ ވެސް މި ނުރުހުން އިތުރުވި މައިގަނޑު ސަބަބުތަކެވެ.

ޑިމޮކްރެޓުންނަށް މަޖިލީހުގެ އަޣުލަބިއްޔަތު ލިބިއްޖެ ނަމަ، އެންމެ ފަހުގެ މާލީ އަހަރު 3.8 ބިލިޔަން ޑޮލަރަށް އެރި އިސްރާއީލުގެ އަސްކަރީ އެހީ ކުޑަކުރުން ނުވަތަ އެއްކޮށް ހުއްޓާލުމަށް ފިޔަވަޅު އެޅިދާނެ އެވެ. މިއީ، އެމެރިކާއިން އެހެން އެއްވެސް ޤައުމަކަށް ދިން މިންވަރަށް ވުރެ އިތުރު އަދަދެކެވެ. މި ހިނގާ ހޫނުމޫސުމުގައި، އިސްރާއީލަށް ދޭ އެހީ ކަނޑާލުމަށް ހައުސްގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ޑިމޮކްރެޓުން ވަނީ ވޯޓު ދީފަ އެވެ. އަދި، އެހީ އެއްކޮށް ކަނޑާލުމާ ދެކޮޅަށް ވޯޓު ދެއްވި މީކްސް ފަދަ ބައެއް މެންބަރުން ވެސް ވަނީ، ބޮޑެތި ބޮން ފަދަ ނުރައްކާތެރި ހަތިޔާރު އިސްރާއީލަށް ދިނުން ހަނިކުރުމަށް ތާއީދުކުރައްވާފަ އެވެ.

އަސްކަރީ ބަޖެޓު ކުޑަކުރުމާއި ބޭރުގެ އެހީ އިޢާދަކުރުން

ރިޕަބްލިކަނުންނާ ޚިލާފަށް، އަސްކަރީ ޚަރަދުތައް ކުޑަކުރުމަށް ޑިމޮކްރެޓުން އިސްކަންދިނުމުގެ ފުރުސަތު މާ ބޮޑެވެ. މި އަހަރުގެ އަސްކަރީ ބަޖެޓު ރެކޯޑު މިންވަރެއް ކަމަށްވާ %67 އިތުރުކޮށް، 1.5 ޓްރިލިޔަން ޑޮލަރަށް ބޮޑުކުރުމަށް ޓްރަމްޕް އެދިވަޑައިގެންނެވި ނަމަވެސް، ސެނެޓުގައި ޑިމޮކްރެޓުން ވަނީ އެ ކަން ހުއްޓުވާފަ އެވެ. އެ ފަރާތްތަކުން ފާހަގަކުރި މައިގަނޑު ސަބަބަކީ، އީރާނުގެ ހަނގުރާމައާ ގުޅޭގޮތުން ކޮންގްރެސްގެ މަޝްވަރާ ހޯއްދެވުމަށް ޓްރަމްޕް ދެކޮޅު ހެއްދެވުމާއި އިޖުތިމާއީ ޕުރޮގުރާމުތަކުގެ ބަޖެޓު އިންތިހާއަށް ކުޑަކުރެއްވުމެވެ.

މީގެ އިތުރުން، ކޮންގްރެސްއިން ފާސްކޮށްފައިވާ ބޭރުގެ އެހީގެ ބިލިޔަނަކަށް ވުރެ ގިނަ ޑޮލަރު ޓްރަމްޕް ވަނީ ހިފަހައްޓަވައި ނުވަތަ ބާތިލުކުރައްވާފަ އެވެ. މި އުނިކުރުންތަކާ މެދު ގިނަ އަދަދެއްގެ ޑިމޮކްރެޓުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، މަޖިލީހުގެ ކޮންޓުރޯލު ލިބުމާ އެކު އެ ފައިސާ އަލުން އިޢާދަކުރުމަށް މަސައްކަތްކުރާނެ ކަމަށް އެ ފަރާތްތަކުން ބުންޏެވެ.

މަސްދަރު: ރޮއިޓަރސް

ޑޮނަލްޑް ޓްރަމްޕްއެމެރިކާ-ޔޫކްރެއިންއެމެރިކާ-ފަލަސްޠީންބެންޖަމިން ނަތަންޔާހޫޑިމޮކްރެޓިކް ޕާޓީ-ރިޕަބްލިކަން ޕާޓީ

އެންމެ ހިނގާ

1

ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން ބައެއް މެންބަރުންނާ އެކު ރައީސް މުއިއްޒުގެ ބައްދަލުވުންތަކެއް، ސަރުކާރާއެކު ކުރިއަށްދާން ބޭނުންވާނަމަ އެ މަޝްރޫއާ މެދު ދެކޭގޮތް ބަދަލުކުރަން ޖެހޭކަމުގެ އިންޒާރު!

2

ކީވްއަށް ބެލިސްޓިކް މިސައިލްތަކެއް، މޮސްކޯ ވަށައިގެން އެތައް ސަތޭކަ ޑްރޯނެއް އަދި ވޮޝިންގޓަނުގެ ސިއްރު ޑީލްތައް ފަޅާއެރުން!

3

އެމެރިކާއަށް އީރާނުގެ ހަރުކަށި ރައްދެއް، މުޅި ސަރަހައްދުގައި ހަނގުރާމައިގެ "ސުންގަޑި" ކައިރިވަނީ

4

ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިމާއި ޕްރޮޕަޓީ މިލްކުކުރެވޭ ގޮތަށް ގާނޫނެއް ފާސްކުރުމަށް އޭޖީން މަޖިލީހަށް ފޮނުވަން ތައްޔާރުވެއްޖެ

5

"ވައިޓް ހައުސް ހީވަނީ ޞައްދާމް ހުސައިން ހުޅުއްވި ޗީޒްކޭކް ފެކްޓަރީއެއް ހެން": އޮބާމާގެ ފާޑުކިޔުން ޓްރަމްޕަށް!

އިތުރަށް ކިޔާލަން

26 އޮކްޓޯބަރު 2026

އެމެރިކާގެ އެންގުންތަކަށް ފަސްޖެހުމެއްނެތި މަޗާދޯ ސިއްރިއްޔާތުގައި ވެނެޒުއެލާއަށް އެނބުރި ވަޑައިގަންނަވައިފި

26 އޮކްޓޯބަރު 2026
އެމެރިކާގެ އެންގުންތަކަށް ފަސްޖެހުމެއްނެތި މަޗާދޯ ސިއްރިއްޔާތުގައި ވެނެޒުއެލާއަށް އެނބުރި ވަޑައިގަންނަވައިފި
26 އޮކްޓޯބަރު 2026

ޓްރަމްޕްގެ ދެ ދައުރުގެ އެންމެ ދަށް ތާއީދު، އިންތިޚާބުގައި ބަދަލުހިފަން އެމެރިކާގެ ރައްޔިތުން ތައްޔާރުވަނީ

26 އޮކްޓޯބަރު 2026
ޓްރަމްޕްގެ ދެ ދައުރުގެ އެންމެ ދަށް ތާއީދު، އިންތިޚާބުގައި ބަދަލުހިފަން އެމެރިކާގެ ރައްޔިތުން ތައްޔާރުވަނީ
25 އޮކްޓޯބަރު 2026

އެމެރިކާއަށް އީރާނުގެ ހަރުކަށި ރައްދެއް، މުޅި ސަރަހައްދުގައި ހަނގުރާމައިގެ "ސުންގަޑި" ކައިރިވަނީ

25 އޮކްޓޯބަރު 2026
އެމެރިކާއަށް އީރާނުގެ ހަރުކަށި ރައްދެއް، މުޅި ސަރަހައްދުގައި ހަނގުރާމައިގެ "ސުންގަޑި" ކައިރިވަނީ
25 އޮކްޓޯބަރު 2026

"އެއްވެސް ހާލަތެއްގައި ގަލްފަށް އެމެރިކާ ސިފައިންނަކަށް ނުވަދެވޭނެ": އެމެރިކާއަށް އީރާނުގެ އާ އިންޒާރުތަކެއް!

25 އޮކްޓޯބަރު 2026
"އެއްވެސް ހާލަތެއްގައި ގަލްފަށް އެމެރިކާ ސިފައިންނަކަށް ނުވަދެވޭނެ": އެމެރިކާއަށް އީރާނުގެ އާ އިންޒާރުތަކެއް!
25 އޮކްޓޯބަރު 2026

ނަތަންޔާހޫ ހިމެނޭ މައްސަލައިގައި އިސްރާއީލުގެ ބަންދުގައި ހިންގި އަނިޔާތަކާ ގުޅިގެން ފުޅާ ތަހުގީގަކަށް އެދިއްޖެ

25 އޮކްޓޯބަރު 2026
ނަތަންޔާހޫ ހިމެނޭ މައްސަލައިގައި އިސްރާއީލުގެ ބަންދުގައި ހިންގި އަނިޔާތަކާ ގުޅިގެން ފުޅާ ތަހުގީގަކަށް އެދިއްޖެ
25 އޮކްޓޯބަރު 2026

ބަންދަރު ޢައްބާސް މަތިން އެމެރިކާގެ 'ލޫކަސް' މަރުކާގެ ޑްރޯނެއް އީރާނުން ވައްޓާލައިފި

25 އޮކްޓޯބަރު 2026
ބަންދަރު ޢައްބާސް މަތިން އެމެރިކާގެ 'ލޫކަސް' މަރުކާގެ ޑްރޯނެއް އީރާނުން ވައްޓާލައިފި
25 އޮކްޓޯބަރު 2026

"ވައިޓް ހައުސް ހީވަނީ ޞައްދާމް ހުސައިން ހުޅުއްވި ޗީޒްކޭކް ފެކްޓަރީއެއް ހެން": އޮބާމާގެ ފާޑުކިޔުން ޓްރަމްޕަށް!

25 އޮކްޓޯބަރު 2026
"ވައިޓް ހައުސް ހީވަނީ ޞައްދާމް ހުސައިން ހުޅުއްވި ޗީޒްކޭކް ފެކްޓަރީއެއް ހެން": އޮބާމާގެ ފާޑުކިޔުން ޓްރަމްޕަށް!
25 އޮކްޓޯބަރު 2026

އަލް-ޚަލީލްގެ ހިސާރާއި މަޖުބޫރުން ގެދޮރު ގެއްލުވާލުން: ހުޅަނގު އައްސޭރީގައި 'ނަކްބާ' ތަކުރާރުކުރުމުގެ އިންޒާރެއް

25 އޮކްޓޯބަރު 2026
އަލް-ޚަލީލްގެ ހިސާރާއި މަޖުބޫރުން ގެދޮރު ގެއްލުވާލުން: ހުޅަނގު އައްސޭރީގައި 'ނަކްބާ' ތަކުރާރުކުރުމުގެ އިންޒާރެއް
25 އޮކްޓޯބަރު 2026

އެމެރިކާ ރައްޔިތުންނަށް ހަމަލާދޭން އީރާނުން ރާވަނީ، ވޮޝިންގޓަނުން ސައުދީގައި ތިބި ޑިޕްލޮމެޓުން ގެންދަން ފަށައިފި

25 އޮކްޓޯބަރު 2026
އެމެރިކާ ރައްޔިތުންނަށް ހަމަލާދޭން އީރާނުން ރާވަނީ، ވޮޝިންގޓަނުން ސައުދީގައި ތިބި ޑިޕްލޮމެޓުން ގެންދަން ފަށައިފި
24 އޮކްޓޯބަރު 2026

އުތުރު ކޮރެޔާގެ ލީޑަރު ކިމް ޖޮންގ އުން އާ ބުރިޖު ހުރަސްކޮށް ޗައިނާއަށް!

24 އޮކްޓޯބަރު 2026
އުތުރު ކޮރެޔާގެ ލީޑަރު ކިމް ޖޮންގ އުން އާ ބުރިޖު ހުރަސްކޮށް ޗައިނާއަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް