Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިރާން-އެމެރިކާ ހަނގުރާމަ

"އެއްވެސް ހާލަތެއްގައި ގަލްފަށް އެމެރިކާ ސިފައިންނަކަށް ނުވަދެވޭނެ": އެމެރިކާއަށް އީރާނުގެ އާ އިންޒާރުތަކެއް!

25 އޮކްޓޯބަރު 2026 | އާދީއްތަ 09:06

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅުތަކެއް އަޅާފާނެ ކަމުގެ އިންޒާރު ދިނުމާ ގުޅިގެން، ކޮންމެ ހަމަލާއަކަށް ވެސް ވަރުގަދަ ރައްދެއް ދޭނެ ކަމަށް ބުނެ އީރާނުން ދިފާޢީ ތައްޔާރީތައް ވަނީ ވަރުގަދަކޮށްފައި. މި ނުތަނަވަސް ކަން ބޮޑުވެފައި ވަނީ އެމެރިކާއާއި އިސްރާއީލުގެ އިންތިޚާބީ ފިއްތުންތަކާ ދިމާކޮށް ކަމަށްވާއިރު، އަމިއްލަ ނަފްސު ދިފާޢުކުރުމުގައި އެއްވެސް ފަސްޖެހުމެއް ނެތް ކަމަށް އީރާނު ސަރުކާރުން ވަނީ ހާމަކޮށްފައި

ނިއުސް ޓީމް
ނިއުސް ޓީމް | 25 އޮކްޓޯބަރު 2026 | އާދީއްތަ 09:06
ތެހެރާންގައި ހުރި އީރާނުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ މުޖުތަބާ ޚާމަނާއީގެ ފޮޓޯފުޅުތައް ހިމެނޭ ބެނާތަކާއި މިސައިލްތަކުގެ ކައިރިން ސައިކަލުތަކެއް ދުއްވާފައިދަނީ.

ތެހެރާންގައި ހުރި އީރާނުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ މުޖުތަބާ ޚާމަނާއީގެ ފޮޓޯފުޅުތައް ހިމެނޭ ބެނާތަކާއި މިސައިލްތަކުގެ ކައިރިން ސައިކަލުތަކެއް ދުއްވާފައިދަނީ. | އޭޕީ

އެމެރިކާއާއި އިސްރާއީލާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމުގެ މަގުސަދުގައި ވެފައިވާ ވަގުތީ އެއްބަސްވުން ރޫޅުމުގެ ޒިންމާ ވޮޝިންގޓަނުން އުފުލަންޖެހޭނެ ކަމަށް އީރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިޔާން ވިދާޅުވެއްޖެ އެވެ. ދެ ފަރާތުގެ ދެމެދުގައި އަލުން ކުރިމަތިލުންތައް ފެށިދާނެ ކަމުގެ ބިރުވެރިކަން އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައި، ހޮނިހިރު ދުވަހު އީރާނުގެ ޕްރެސް ޓީވީން ދެއްކި ބަސްދީގަތުމެއްގައި ޕެޒެޝްކިޔާން ވިދާޅުވީ، ދެ ފަރާތުން ވެސް އަލުން އެއްބަސްވުމަށް ރުޖޫއަވެ، އެ އެއްބަސްވުން ފުރިހަމަކުރަން ޖެހޭ ކަމަށެވެ.

މި ހަފުތާ ބަންދުގައި އަސްކަރީ ކުރިމަތިލުންތައް އަލުން ފެށިދާނެ ކަމުގެ ކަންބޮޑުވުން އުފެދިފައި މި ވަނީ، "ކުޑަ އެޕިކް ފިއުރީއެއް" އަލުން ހިންގާފާނެ ކަމަށް ހުކުރު ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމާ ގުޅިގެންނެވެ. 'އެޕިކް ފިއުރީ' އަކީ ފެބުރުވަރީ 28 ގައި އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ފެށި ހަނގުރާމައަށް ދީފައިވާ ކޯޑު ނަމެވެ.

Advertisement - worldAdvertisement

އީރާނާ ދެކޮޅަށް ދޭ ކުޑަ ހަމަލާއަކަށް ވެސް "އެތައް ގުނައެއް ވަރުގަދަ" ރައްދެއް ދޭނެ ކަމުގެ އިންޒާރު، އެ ޤައުމުގެ އިސްލާމިކް ރިވޮލޫޝަނަރީ ގާޑް ކޯއިން (އައިއާރްޖީސީ) ވަނީ ދީފަ އެވެ. ފާރްސް ނޫސް އޭޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ކޮންމެ ހަމަލާއަކަށް ވެސް ހަރުކަށި ރައްދެއް ދިނުމަށް އީރާނުން އޮތީ ތައްޔާރަށެވެ. ހަމަމިއާއެކު، އެއްވެސް ހާލަތެއްގައި އަދި އެއްވެސް ވަގުތެއްގައި އެމެރިކާގެ އަސްކަރިއްޔާއަށް ގަލްފުގެ ސަރަހައްދަށް ވަނުމުގެ ފުރުސަތު ނުދޭނެ ކަމަށް، އީރާނުގެ ހަތިޔާރުއެޅި ބާރުތަކުގެ ޗީފް އޮފް ސްޓާފް ޢަލީ ޢަބްދުﷲހީ ހޮނިހިރު ދުވަހު ވިދާޅުވި އެވެ. އެމެރިކާގެ ސިފައިން ގަލްފަށް ވަންނަތަން ދެކުމަކީ ޓްރަމްޕަށް ހަމައެކަނި ފެންނާނެ "ހުވަފެނެއް" ކަމަށާއި، އެ ހުވަފެން އޭނާ ގެންދަވާނީ ކަށްވަޅަށް ކަމަށް ވެސް ޢަބްދުﷲހީ ވިދާޅުވި އެވެ.

ސިޔާސީ އޮއިވަރާއި އިންތިޚާބީ ފިއްތުންތައް

އީރާނާ ދެކޮޅަށް އިތުރު އަސްކަރީ ފިޔަވަޅުތަކެއް އަޅާފާނެ ކަމުގެ އިޝާރާތެއް ޓްރަމްޕް ދެއްވާފައިވާއިރު، އީރާނުގެ ވެރިކަން ވައްޓާލުމަށް ވެފައިވާ ވައުދުގައި ސާބިތުވެ ހުރި ކަމަށް ޔަހޫދީ އިސްރާއީލުގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބިންޔާމިން ނަތަންޔާހޫ ވެސް ވަނީ ބުނެފަ އެވެ. މި ދެ ލީޑަރުންނަށް ވެސް އިންތިޚާބީ ގޮތުން ބޮޑެތި އިމްތިހާނުތަކަކާ ވަނީ ކުރިމަތިލާން ޖެހިފަ އެވެ.

މި ގޮތުން، އަންގާރަ ދުވަހު އިސްރާއީލުގެ ރައްޔިތުން އެ ޤައުމުގެ އާ ސަރުކާރު ހޮވުމަށް ވޯޓުލާނެ އެވެ. ނޮވެންބަރު 3 ގައި އެމެރިކާގައި ބާއްވާ މުހިންމު މިޑްޓަރމް އިންތިޚާބުގައި، ކޮންގްރެސްގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްއާއި ސެނެޓުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބު ކުރުމުގެ ފުރުސަތު ބޮޑުވުމަކީ ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީއަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެކެވެ. މިއީ، ވައިޓް ހައުސްގައި އޭނާގެ ފަހު ދައުރުގެ ދެ އަހަރަށް ވުރެ ގިނަ ދުވަސް އަދިވެސް ބާކީ އޮތް ޓްރަމްޕަށް ލިބޭނެ ވަރުގަދަ ސިޔާސީ ހީނަރުކަމެކެވެ.

ދިފާޢީ ތައްޔާރީތަކާއި ޚާމަނާއީގެ މަޝްވަރާތައް

އަމިއްލަ ނަފްސު ދިފާޢުކުރުމަށް ޓަކައި އެއްވެސް ފަރާތެއްގެ ހުއްދައަކަށް ތެހެރާނުން "އިންތިޒާރު ނުކުރާނެ" ކަމަށް، އީރާނު ސަރުކާރުގެ ތަރުޖަމާނު ފާތެމެހް މޮހާޖެރާނީ ހޮނިހިރު ދުވަހު ވިދާޅުވި އެވެ. އީރާނުން އެދެނީ ސުލްހައަށް ކަމަށާއި، ނަމަވެސް ކުރިމަތިވާ ކޮންމެ އުދުވާނަކަށް ވެސް ހަރުކަށި ނަތީޖާތަކަކުން ރައްދު ދޭނެ ކަމަށް މޮހާޖެރާނީ ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ ނިންމުން ވަރަށް ސާފު! ސުލްސައިގެ މަޝްވަރާތަކުން އަޅުގަނޑުމެން ފިލައެއް ނުދާނަން. އަދި، ޤައުމު ދިފާޢުކުރުމުގައި ފަސްޖެހުމެއް ވެސް ނެތް. އީރާން ހަލާކުކޮށްލެވިދާނެ ކަމުގެ ކުށްހީގައި ތިބި ފަރާތްތަކުން، އެ މީހުންގެ ހިސާބުތައް އިސްލާހުކުރަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

މޮހާޖެރާނީ މިހެން ވިދާޅުވެފައި މިވަނީ، އީރާނުގެ ޝަރުޢީ ދާއިރާގެ އިސްވެރިޔާ ޣޮލާމްހޮސައިން މޮޙްސެނީ އެޜެއީ، އެ ޤައުމުގެ އެންމެ މަތީ ވެރިޔާ މުޖްތަބާ ޚާމަނާއީއާ ބައްދަލުކުރައްވާފައިވާ ދަނޑިވަޅެއްގަ އެވެ. މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމާއި، އެމެރިކާއާއި އިސްރާއީލުގެ ހަނގުރާމައިގެ ސަބަބުން ގެއްލުން ލިބުނު އީރާނުގެ ރައްޔިތުންނަށް ބަދަލު ހޯދައިދިނުމާ ގުޅޭގޮތުންނާއި އެ ނޫން ވެސް މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ.

މުޖްތަބާ ޚާމަނާއީ އީރާނުގެ އެންމެ މަތީ ވެރިޔާގެ މަގާމާ ހަވާލުވެވަޑައިގެންނެވީ، ފެބުރުވަރީ 28 ގައި ހަނގުރާމަ ފެށުމުގެ ގޮތުން ދިން ފުރަތަމަ ހާމަލާތަކުގައި އޭނާގެ ބައްޕާފުޅު އަވަހާރަކޮށްލުމާ ގުޅިގެންނެވެ. މާރިޗު މަހުގެ ކުރީކޮޅު އެ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން، މުޖްތަބާ ޚާމަނާއީ އާންމުންގެ ތެރެއަށް ނުކުމެވަޑައިގަންނަވާފައެއް ނުވެ އެވެ. މިއާއެކު، އީރާނުގެ ގާނޫނުހަދާ މަޖިލީހުގެ ރައީސް އަދި އިސް މަންދޫބު މުޙައްމަދު ބާޤިރު ޤާލީބާފް ވެސް މި ހަފުތާގެ ކުރީކޮޅު މުޖްތަބާ ޚާމަނާއީއާ ބައްދަލުކުރެއްވި ކަމަށް ވަނީ ރިޕޯޓުކޮށްފަ އެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން-ޔޫއެސްއޭ-އިސްރާއީލްމަސްއޫދު ޕެޒެޝްކިއާންޑޮނަލްޑް ޓްރަމްޕްމުޖްތަބާ ޚާމަނާއީބެންޖަމިން ނަތަންޔާހޫއެޕިކް ފިއުރީ

އެންމެ ހިނގާ

1

ވިންޑްސަރ ގަނޑުވަރުގައި ރަސްގެފާނު ޗާލްސް އަރަބި ބަހުން ވިދާޅުވީ މާތް ނަބިއްޔާގެ ހަދީސްފުޅެއް!

2

ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން ބައެއް މެންބަރުންނާ އެކު ރައީސް މުއިއްޒުގެ ބައްދަލުވުންތަކެއް، ސަރުކާރާއެކު ކުރިއަށްދާން ބޭނުންވާނަމަ އެ މަޝްރޫއާ މެދު ދެކޭގޮތް ބަދަލުކުރަން ޖެހޭކަމުގެ އިންޒާރު!

3

ކީވްއަށް ބެލިސްޓިކް މިސައިލްތަކެއް، މޮސްކޯ ވަށައިގެން އެތައް ސަތޭކަ ޑްރޯނެއް އަދި ވޮޝިންގޓަނުގެ ސިއްރު ޑީލްތައް ފަޅާއެރުން!

4

އެންމެ ދުވަހަކުން ހަތް ތެޔޮ ޓޭންކަރަށް ބޮޑެތި ގެއްލުންތަކެއް، އެމެރިކާގެ މަރުކަޒުތަކަށް ވެސް ހަމަލާދޭނެ ކަމުގެ އިންޒާރު!

5

ޕާކިސްތާނާއި ރާއްޖެއާ ދެމެދު ގާއިމުކުރި އެއްބަސްވުންތައް ވަރަށް ގާތުން ބަލައި، އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނެކަމަށް އިންޑިއާއިން ބުނެފި

އިތުރަށް ކިޔާލަން

25 އޮކްޓޯބަރު 2026

ނަތަންޔާހޫ ހިމެނޭ މައްސަލައިގައި އިސްރާއީލުގެ ބަންދުގައި ހިންގި އަނިޔާތަކާ ގުޅިގެން ފުޅާ ތަހުގީގަކަށް އެދިއްޖެ

25 އޮކްޓޯބަރު 2026
ނަތަންޔާހޫ ހިމެނޭ މައްސަލައިގައި އިސްރާއީލުގެ ބަންދުގައި ހިންގި އަނިޔާތަކާ ގުޅިގެން ފުޅާ ތަހުގީގަކަށް އެދިއްޖެ
25 އޮކްޓޯބަރު 2026

ބަންދަރު ޢައްބާސް މަތިން އެމެރިކާގެ 'ލޫކަސް' މަރުކާގެ ޑްރޯނެއް އީރާނުން ވައްޓާލައިފި

25 އޮކްޓޯބަރު 2026
ބަންދަރު ޢައްބާސް މަތިން އެމެރިކާގެ 'ލޫކަސް' މަރުކާގެ ޑްރޯނެއް އީރާނުން ވައްޓާލައިފި
25 އޮކްޓޯބަރު 2026

"ވައިޓް ހައުސް ހީވަނީ ޞައްދާމް ހުސައިން ހުޅުއްވި ޗީޒްކޭކް ފެކްޓަރީއެއް ހެން": އޮބާމާގެ ފާޑުކިޔުން ޓްރަމްޕަށް!

25 އޮކްޓޯބަރު 2026
"ވައިޓް ހައުސް ހީވަނީ ޞައްދާމް ހުސައިން ހުޅުއްވި ޗީޒްކޭކް ފެކްޓަރީއެއް ހެން": އޮބާމާގެ ފާޑުކިޔުން ޓްރަމްޕަށް!
25 އޮކްޓޯބަރު 2026

އަލް-ޚަލީލްގެ ހިސާރާއި މަޖުބޫރުން ގެދޮރު ގެއްލުވާލުން: ހުޅަނގު އައްސޭރީގައި 'ނަކްބާ' ތަކުރާރުކުރުމުގެ އިންޒާރެއް

25 އޮކްޓޯބަރު 2026
އަލް-ޚަލީލްގެ ހިސާރާއި މަޖުބޫރުން ގެދޮރު ގެއްލުވާލުން: ހުޅަނގު އައްސޭރީގައި 'ނަކްބާ' ތަކުރާރުކުރުމުގެ އިންޒާރެއް
25 އޮކްޓޯބަރު 2026

އެމެރިކާ ރައްޔިތުންނަށް ހަމަލާދޭން އީރާނުން ރާވަނީ، ވޮޝިންގޓަނުން ސައުދީގައި ތިބި ޑިޕްލޮމެޓުން ގެންދަން ފަށައިފި

25 އޮކްޓޯބަރު 2026
އެމެރިކާ ރައްޔިތުންނަށް ހަމަލާދޭން އީރާނުން ރާވަނީ، ވޮޝިންގޓަނުން ސައުދީގައި ތިބި ޑިޕްލޮމެޓުން ގެންދަން ފަށައިފި
25 އޮކްޓޯބަރު 2026

ކަނޑަށް ތެޔޮ އެޅުމުގެ ނުރައްކާ ޔޫއޭއީގެ އުތުރަށް ފެތުރި، ރައުސު އަލް-ޚައިމާގެ ގޮނޑުދޮށްތައް ބަންދުކޮށްފި

25 އޮކްޓޯބަރު 2026
ކަނޑަށް ތެޔޮ އެޅުމުގެ ނުރައްކާ ޔޫއޭއީގެ އުތުރަށް ފެތުރި، ރައުސު އަލް-ޚައިމާގެ ގޮނޑުދޮށްތައް ބަންދުކޮށްފި
24 އޮކްޓޯބަރު 2026

އުތުރު ކޮރެޔާގެ ލީޑަރު ކިމް ޖޮންގ އުން އާ ބުރިޖު ހުރަސްކޮށް ޗައިނާއަށް!

24 އޮކްޓޯބަރު 2026
އުތުރު ކޮރެޔާގެ ލީޑަރު ކިމް ޖޮންގ އުން އާ ބުރިޖު ހުރަސްކޮށް ޗައިނާއަށް!
24 އޮކްޓޯބަރު 2026

ހުޅަނގު އައްސޭރި ފުރަބަންދުކޮށްފި: 15 ރަށަކަށް އިސްރާއީލު ފައުޖުތައް ވަދެގަނެ، އެތައް ބަޔަކު ހައްޔަރުކޮށްފި

24 އޮކްޓޯބަރު 2026
ހުޅަނގު އައްސޭރި ފުރަބަންދުކޮށްފި: 15 ރަށަކަށް އިސްރާއީލު ފައުޖުތައް ވަދެގަނެ، އެތައް ބަޔަކު ހައްޔަރުކޮށްފި
24 އޮކްޓޯބަރު 2026

ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް އަބޫދާބީގައި ފަށަނީ: ސްޓާލިންކްގެ ހުރަސްތަކާއި ހުޅަނގުގެ ފަސްޖެހުމާ ދެކޮޅަށް ޒެލެންސްކީގެ ހަރުކަށި ބަސްތަކެއް

24 އޮކްޓޯބަރު 2026
ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް އަބޫދާބީގައި ފަށަނީ: ސްޓާލިންކްގެ ހުރަސްތަކާއި ހުޅަނގުގެ ފަސްޖެހުމާ ދެކޮޅަށް ޒެލެންސްކީގެ ހަރުކަށި ބަސްތަކެއް
24 އޮކްޓޯބަރު 2026

"އަނެއްކާވެސް ކުޑަ 'އެޕިކް ފިޔުރީ' އެއް ފެށިދާނެ": އީރާނަށް އާ އިންޒާރާއެކު، ކަނޑުއަޑީގެ ކޭބަލްތަކަށް ހަމަލާދޭން ތެހެރާނުން ތައްޔާރުވެއްޖެ

24 އޮކްޓޯބަރު 2026
"އަނެއްކާވެސް ކުޑަ 'އެޕިކް ފިޔުރީ' އެއް ފެށިދާނެ": އީރާނަށް އާ އިންޒާރާއެކު، ކަނޑުއަޑީގެ ކޭބަލްތަކަށް ހަމަލާދޭން ތެހެރާނުން ތައްޔާރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް